އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް އާއި ބޮލީވުޑްގެ އެކްޓްރެސް އަދި އިންޑިއާގެ މަޖިލިސް މެމްބަރު ކަންނަގާ ރަނާވަތު.
23 ޖުލައި 2024 - 06:41
އެމެރިކާގެ ރިޔާސީ ރޭހުގައި އެ ގައުމުގެ ނައިބު ރައީސް ކަމަލާ ހެރިސް ވާދަކުރަން އުޅުއްވާތީ ސޯޝަލް މީޑިއާގައި އެކަމަނާއަށް މަލާމަތް ރައްދުވާ ގޮތަށް މީމްސް ހަދައި ޝެއާކުރާތީ ބޮލީވުޑްގެ އެކްޓްރެސް އަދި އިންޑިއާގެ މަޖިލިސް މެމްބަރު ކަންނަގާ ރަނާވަތު ހިތްހަމަނުޖެހިއްޖެ އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް ޖޯ ބައިޑެން ވާދަނުކުރައްވަން ނިންމަވައި، ޕާޓީގެ ފަރާތުން ވާދަކުރައްވާނެ އާ ކެންޑިޑޭޓަކަށް މިހާރުގެ ނައިބު ރައީސް ކަމަލާގެ ނަން ވަނީ ހުށަހަޅުއްވައިފަ އެވެ. އެއާ އެކު، ކަމަލާއަށް ރައްދުވާ ގޮތަށް ވަރަށް ބައިވަރު މީމްސްތައް ހަދައި ޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ.
ކަމަލާއަށް ރައްދުވާ ގޮތަށް ހަދާފައިވާ މީމްއެއް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރަމުން ކަންގަނާ ބުނީ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ކަމަލާގެ ނަން ހުށަހެޅި ފަހުން މި ކަހަލަ ބޭއަދަބީ ކަންކަން އިތުރުވެފައިވާ ކަމަށެވެ.
"އަހަންނަކީ ޑިމޮކްރެޓްސްއަށް ތާއީދުކުރާ މީހަކަށް ނުވިޔަސް، ކެލިފޯނިއާގެ އެޓާނީ ޖެނެރަލްކަން ކުރައްވާފައިވާ އަދި ދުވަސްވީ ސިޔާސީ ޝަހުސިއްޔަތަކަށް މިގޮތަށް ޖިންސީ ތަފާތުކުރުން ބަލައިނުގަނެވޭ،" ކަންނަގާ ބުންޏެވެ.
"މި އެމެރިކާ މީހުންނަށް ހީވަނީ އެމީހުންނަކީ ވަރަށް ޒަމާނީ ބައެކޭ، އެކަމަކު ހަގީގަތަކީ އެމީހުންނަކީ އިންޑިއާ މީހުންނަށް ވުރެ ވެސް މާ ނާތަހުޒީބު ބައެއް. ލަދުވެތި."
ކަންގަނާ އިންސްޓަގްރާމް ސްޓޯރީގައި ކުރި ޕޯސްޓް.
ކަންގަނާއަކީ އަބަދުވެސް ސޯޝަލް މީޑިއާގައި އެކި ކަންކަމުގައި މީހުންނަށް ފާޑުކިޔާ މީހެކެވެ.
މިދިޔަ ޖޫން މަހު ބޭއްވި އިންޑިއާގެ އާންމު އިންތިހާބުގައި ކަންގަނާ ވަނީ ބީޖޭޕީގެ ފަރާތުން ވާދަކޮށް، އޭނާގެ އުފަން ސްޓޭޓް ހިމާޗަލް ޕްރަދޭޝްގެ މަންޑީގެ ގޮނޑި ކާމިޔާބުކޮށްފަ އެވެ. މަޖިލިސް މެމްބަރަކަށް ވުމުން އޭނާ މިހާރު ވަނީ ފިލްމީ މަސައްކަތްތަކާ ދުރަށް ޖެހިލައިފަ އެވެ. ނަމަވެސް، އިންތިހާބުގެ ކުރިން އޭނާ ކުޅެފައި ހުރި ބައެއް ފިލްމުތައް މި އަހަރު ރިލީޒްކުރަން ވަނީ ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓްރަމްޕް
24 July 2024
ކަންގަނާ ފިލްމީ ދާއިރާ ދޫކޮށް ސިޔާސީ މައިދާނަށް ނިކުތީ ސަމާލުކަމާއި ބާރުގެ ބޭނުމުގަ. އަދި ކަމަލާއަށް ތާއީދު ކުރަނީ އޭނާ އަކީ އަންހެނަކަށްވާތީ އާއި އިންޑިއާ ނަސްލުގެ މީހަކަށް ވާތީ.
ސެލެބުރިޓީ
23 July 2024
ކަންގަނާގެ ޚަބަރުތައް ދެން މުނިފޫހިފިލުވުމުގެ ކެޓަގަރީގައި ނުހިމެނޭނެ އެއްނު. އޭނާއަކީ މިހާރު ސިޔާސީ މީހެއް.
ސުނިޔަންކާ
23 July 2024
ކަމަލާ ކުރިމަތި ލާން އުޅެނީ އެމެރިކާގެ ރައީސް ކަމަށް ކަންގަނާ އަކަށް ނޭގޭނެ. މަލާމާތް ކުރުމާއި ނުކުރުމަކީ އެމެރިކާ މީހުންގެ ކަމެއް. “ކަންގޭ”މެން ނުބެހޭ ކަމެއް ދުނިޔޭގަ ހައްދަވާފަނުވޭ. އަމިއްލަ ކަންތަކާ އުޅުން މާ ބުއްދުވެރި. ކަންގޭ ވެސް ވިސްނުން ތި ގެންގުޅެނީ މަހަލްދީބޭ މެންގެ ވިސްނުން ހުންނަ ފާޑަށް ވިއްޔާ
ހިފެހެއްޓުމެއްނެތްކަރުނަ
23 July 2024
ދުނިޔޭގެ ކޮންމެތާކު ކަމެއް ހިނގިޔަސް މިމީހަކު ހީވާނީ އެހެންފަދަ ކަމެއް ވެގެންއުޅޭހެން. އަނެއްކާ މީގަ އެންމެ ހެއްވާ ތަންކޮޅަކީ މީނާއާ ނުބެހޭ ގިނަ ކަންތަކާ މީނާ ބެހެމުންދާކަން. މިސާލަކަށޤ އަމީތާބުފަދަ މީނާއާ އެއްވެސް ގުޅުމެއް އެއްޗެއް ކިޔުމެއް ނުބާއްވާ މީހުނާވެސް.
ޓްރަމްޕް މައި މޭން
23 July 2024
ކަންްގަނާ ދައިތަގެ ތިޔަ ސްޓެޓަސްގަވެސް ގްރެމާ މިސްޓޭކްސް އެބަހުރި. އެހެންވެސް ބުނެފިއްޔާ އެ ވާނީ އަންހެނަކު ލިޔުނެއް އެއްޗެއް ވީމަ ކްރިޓިސައިޒް ކުރީ ކަމަށް. އެބްސޮލިއުޓް ސޯރ ފެމިނިސްޓް ލޫޒަރ
ކީޕް ކްރައިން ޔޫ ފެމިނިސްޓްސް
23 July 2024
ކޮންމެ ކަމެއްގަވެސް އަންހެން ކާޑު ކުޅެގެން ދެމިގަންނަން އުޅޭނީ. ޖޯ ބައިޑަން، ޓްރަމްޕް، ރިޝީ ސުނަކް މި މީހުންނަށް މީމްސް ނަހަދަނީތަ އަޅެފަހެ؟
ބިލީ
23 July 2024
ޖޯބައިޑަންއާއި ޓްރަމްޕްގެ މީމްސްތައް މަދީތަ. އަންހެނަކަސް ސިޔާސީދާއިރާގަ އުޅެންޔާ މަލާމާތްވެސް ރައްދުވާނެކަން ޤަބޫލުކުރަންޖެހޭ. އެއީ އަންހެނަކަށްވީތީ ކުރާ މަލާމާތެއް ނޫން. ކަންގަނާގެ ޕޯސްޓުގައި ކަމަލާއަށް "އެލްޑަލީ ވުމަން" ނުވަތަ އުމުރުން ދުވަސްވެފައިވާ މުސްކުޅި އަންހެނެއް މިގޮތަށް ކަމަލާއާ ދިމާލަށްބުނުން މާ ބޭއަދަބީހެން ހީވަނީ.
ފެމިނިސްޓް ކަތްދާދީ
23 July 2024
ފެމިިނިސްޓުންނަށް ހީވާނީ ކަމަކަށް ކަލޭ ކުފޫ ހަމަނުވެއޭ ބުންޏަސް އެއީ މަލާމާތެކޭ.