ދަރުމަވަންތަ ސްކޫލުގެ ކްލާސްރޫމެއްގައި ޓީޗަރަކު ކިޔަވައިދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
23 ޖުލައި 2024 - 10:37
އިތުރު 23 ސްކޫލެއްގައި އަލަށް އޭ ލެވެލަށް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ ވިދާޅުވެއްޖެ އެވެ.
ސީއެޗްއެސްއީގެ އިނާމު ދިނުމުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، އޯލެވެލް ނިންމާ ކުދިން އިތުރުކޮށް، އޭލެވެލަށް ކިޔެވުމަށް ފުރުސަތު ފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.
އިތުރު 23 ސްކޫލެއްގައި އަލަށް އޭ ލެވެލް ފަށަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގްރޭޑް އެކެއް ފަށައި 7.000 ދަރިވަރުންގެ ތެރެއިން މަތީ ފެންވަރުގެ ޔުނިވާސިޓީގެ ތައުލީމާ ހަމައަށް ވާސިލްވާ މިންވަރަށް އަދިވެސް އަޅުގަނޑުމެން މި އުޅެނީ 2،500 ދަރިވަރުން ފާސްނުކުރެވިގެން. ރައީސްގެ ޒައާމަތުގައި އިސްކަމެއް ދޭނެ ކަމަކީ، ފާސްވާ ނިސްބަތް މަތިކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.
"މި އަހަރު ރާއްޖޭގެ 23 ސްކޫލަކަށް އޯލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށްހެން އޭލެވެލް އަށް ވަދެވޭނެ ގޮތް މި ފަހަރު ފަހިކޮށްދޭނަން."
ސީއެޗްއެސްއީގެ އިނާމްދިނުމުގެ ޖަލްސާގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ ވިސްނުމަކީ އަލަށް އޭ ލެވެލް ފަށާ 23 ސްކޫލުގެ ނަތީޖާއަށް ބަލައި އިތުރު ސްކޫލުތަކުގައި ވެސް އޭ ލެވެލް ކިޔަވައިދޭން ފެށުން ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
ސީއެޗްއެސްއީގައި ކިޔެވުމަށް މިހާރު ވެސް 400 އަށް ވުރެ ގިނަ ކުދިން މާލެ އިން ހުޅުމާލެ އަށް ދަތުރުކުރަން ޖެހޭކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެކަމުގެ ސަބަބުން ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ކުދިންނަށް އަނިޔާ ލިބޭ ކަމަށެވެ.
މާލޭގައި ޒަމާންވަންދެން ހިންގި އޭ ލެވެލް ސްކޫލް، ސީއެޗްއެސްއީ އިމާރާތުގައި އަންނަ ސެޕްޓެމްބަރު މަހު އަލުން އޭ ލެވެލަށް ކިޔަވައިދޭން ފެށުމަށް މިހާރު ވަނީ މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. މާލޭގައި މި އިމާރާތުގައި ކިޔަވައިދޭން އަލުން ފެށި ނަމަވެސް ހުޅުމާލޭގައި ހިންގާ ސީއެޗްއެސްއީގެ އާ އިމާރާތުގައި ވެސް ކިޔަވައިދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫސުފްް
23 July 2024
އިންޝާﷲ މީގެ ފޮނި ނަތިއްޖާފެންނާނެ
ރައްޔާންް
23 July 2024
އަތޮޅުތަކުންވެސް ފަސޭހަކަމާއެކު ދެން އޭލެވެލް ހެދުމުގެ ފުރުސަތުތައް ދަރިވަރުންނަށް މި ލިބުނީ
ރިޔާޝްް
23 July 2024
ރާއްޖޭޖައި މިގޮތައް ތަޢުލީމީ ފުރުޞަތައް އިތުރުކޮއްގެން ނަތިއްޖާފެންނާނީ
ރިމާހް
23 July 2024
މި މަޝްރޫޢަކީ ރަށްރަށުގެ ތަޢުލީމީ ވަސީލަތްތަކަށް އިންވެސްޓްކޮށް ޒުވާނުންގެ ތަރައްޤީއަށް އެހީތެރިވެދިނުމުގެ ތެރެއިން މުޖުތަމަޢުގެ ކުރިއެރުން އިތުރުކުރުމަށް އެޅޭ މުހިންމު ބިންގަލަކަށް ވެގެން ދާނެ
ނިމާލެ
23 July 2024
މި ދާ ރޭޓުގަ ދަންޏާ މި ގައުމުގަ އެޑިއުކޭޝަން ސެކްޓަރ ވަރަށް ވަރުގަދަ ވެގެން ދާނެ
ބައޯކަލޯ
23 July 2024
ކަލޭގެ ނަމަކީ ނިމާލުތަ ނޫނީ ނިމާލެތަ؟
ލިއުޝަމް
23 July 2024
ކިޔަވައިގެން ހުރި މޮޅު ރައީސް އަކު ވެރިކަމަށް އައިމަ އޭގެ ފޮނިމީރުކަން އަންނަންއޮތް ޖީލުތަކަށްވެސް ކުރާނެ
ފާއިދް
23 July 2024
އޭލެވެލް ކިޔަވާކަށް ކޮންމެހެން މާލެއަކަށް އަންނާކަށް ނުޖެހޭނެ، އެ ފެންވަރުގަ މިހާރު މި ސަރުކާރުން އަތޮޅުތަކުގައި އޭލެވެލް ކިޔެވޭނެ ގޮތް ހަމަ ޖައްސަމުން އެ ގެންދަނީ
ހަޔަރއެޑިއުކޭޝަން
23 July 2024
އޯލެވެލް 5 މާއްދާއިން ފަސްވެގެން އޭލެވެލްއަށް ޖޮއިންކުރާ %30 މިހާރުވެސް ފާސްނުވޭ. އަނެއްކާ އޯލެވެލްގައި އެވްރެޖް ނަތީޖާ ހޯދާ ގިނަކުދިން އޭލެވެލް ހަދާކަށް ބޭނުމެއް ނުވޭ. އެކުދިން ފައުންޑޭޝަން ހަދައިގެން ހިލޭ ޑިގްރީއަށް ޖޮއިން ކުރަނީ. އޭލެވެލް އިން ފާސްނުވާކުދިން ފަހުން ބުނޭ ބޭކާރު 2 އަހަރޭ ދުއްވާލެވުނީ. ދެން އޯލެވެލް 3 މާއްދާއިން ފާސްވެގެން އޭލެވެލް އިން ނެރެވިދާނެ ނަތީޖާއަކަށް ސަރުކާރުން ވިސްނާލިބާ؟ ކޮން ދިރާސާއެއްބާ ސަރުކަރުން މިކަމުގަ ކުރީ
ކަލާމު
23 July 2024
އަތޮޅު ތެރޭވެސް އޭލެވެލް ހެދޭނެ ގޮތް ފުޅާ ކުރަންވީ.
އާޝޯހު
23 July 2024
40 ސްކޫލުގައިވެސް ފަށަންވީ . އެކަމަކު އިނގެރޭސި ކިޔަވައިދޭން ހިސާބު ޓީޗަރު ފޮނުވީމާ ކަމަކު ނުދާނެ! ތަނަކުން ތަނަކު ލައްވައި ނުލާ އިންޑިޔާ ޓީޗަރުން އެތެރެ ކުރަނީ. އެ ކުދިންނަށް ވާއެއް ނުވާއެއް ނޭނގޭ. ހުރިހާ ދެރައެއް ކުދިންނަށް .