އާބަން އައިލްގެ ޗެނަލް ބްރިޖު ހުޅުވުމާއި ހުޅުމާލެ 2 ގައި އާޓިފިޝަލް ބީޗު ހެދުމުގެ މަސައްކަތް ކުރަނީ.
23 ޖުލައި 2024 - 11:34
ހުޅުމާލޭ 2 ގެ ޓޫރިޒަމް ޒޯން ކަމަށްވާ "އާބަން އައިލް"ގެ ޗެނަލް ބްރިޖު ހުޅުވައި، އެ ސަރަހައްދުގައި އާޓިފިޝަލް ބީޗެއް ހެދުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ.
މި މަސައްކަތްތަކުގެ ތަފުސީލު އެ ކުންފުނިން އަދި އާންމުނުކުރިޔަސް މިހާރު ވަނީ އެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ފެންނަ ބައެއް ވީޑިއޯތައް އެކްސްގައި ހިއްސާކޮށްފަ އެވެ. މިއީ "އާބަން އައިލް" ޕްރޮޖެކްޓުގެ ދަށުން ކުރިން ވެސް ކުރަން ރާވާފައިވާ މަސައްކަތްތަކެވެ.
ހުޅުމާލޭ ދެވަނަ ފިޔަވައްސާއި އަރބަން އައިލް ގުޅޭ ސަރަހައްދުގައި ތަރައްގީ ކުރަމުންދާ ޗެނަލް 2ގެ މަސައްކަތް ހަލުވި ކަމާއި އެކު ކުރިއަށް.#އެޗްޑީސީއާއެކު pic.twitter.com/vMbfHSCFxd
— Housing Development Corporation (@hdcmaldives) July 11, 2024
އެޗްޑީސީން އާންމުކޮށްފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި، ހުޅުމާލެ 2 އާއި އާބަން އައިލް ގުޅޭ ހިސާބުގައި އިމާރާތް ކޮށްފައިވާ ބްރިޖުގެ ދަށުން ފެން ދައުރުވާ ގޮތް ހެދުމަށްޓަކައި އެ ސަރަހައްދު ކޮނެ، ފުންކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އާޓިފިޝަލް ބީޗު ހަދަނީ ހުޅުމާލެ 2 ގެ އެންމެ އުތުރަށް އޮންނަ ސަރަހައްދުގަ އެވެ. އެ ސަރަހައްދުގައި ވެސް އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ މަންޒަރު އެ ކުންފުނިން އާންމުކޮށްފައިވާ ވީޑިއޯއަކުން ފެނެ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އުތުރުން ތަރައްގީ ކުރަމުންދާ ބީޗް ސަރަހައްދުގެ މަސައްކަތް ހަލުވި ކަމާއި އެކު ކުރިއަށް.#އެޗްޑީސީއާއެކު pic.twitter.com/D161lu1J1D
— Housing Development Corporation (@hdcmaldives) July 13, 2024
އެޗްޑީސީން މިދިޔަ އަހަރު ބުނި ގޮތުގައި، "އާބަން އައިލް"ގައި 4.9 މިލިއަން ޑޮލަރު (76 މިލިއަން ރުފިޔާ) އިން 6.5 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ) އާ ދެމެދުގެ ޕްރޮޖެކްޓްތައް ހިންގަން ވަނީ އަމާޒު ހިފައިފަ އެވެ.
"އާބަން އަައިލް"ގެ ނަމުގައި ހުޅުމާލެ 2 ގައި ތަރައްގީކުރާ ޓޫރިޒަމް ޒޯނަށް 100،000 އަކަމީޓަރުގެ ބިމުގެ ސަރަހައްދެއް ހާއްސަ ކޮށްފައިވެ އެވެ. އެ ސަރަހައްދުގައި މެދުފަންތީގެ ޓޫރިސްޓް ފެސިލިޓީތަކުން ފެށިގެން އެންމެ ލަގްޒަރީ ވިލާތައް ވެސް އެޅުމަށް ވަނީ ރާވައިފަ އެވެ. ސިނަމާ އާއި ޝޮޕިން މޯލް އާއި ކުޅިވަރާއި މުނިފޫހިފިލުވުމަށް ހާއްސަ ތަންތަން ތަރައްގީ ކުރާނެ އެވެ.
ހުޅުމާލެ 2 ގައި ހަދާ "އާބަން އައިލް"ގެ ޕްރޮޖެކްޓު ނިމުމުން އެ ސަރަހައްދު އޮންނާނެ ގޮތް ދައްކައިދޭ ތްރީޑީ ޑިޒައިން.
ސާވިސް އެޕާޓްމެންޓްތަކުގެ ގޮތުގައި އެއް ކޮޓަރީގެ އެޕާޓްމެންޓުން ފެށިގެން ހަތަރު ކޮޓަރީގެ އެޕާޓްމެންޓް އެޅޭނެ އެވެ. އަދި ވެހިކަލް ޕާކު ކުރުމަށް ހާއްސަ ޖާގަ ވެސް އެޕާޓްމެންޓުގައި ހުންނަން ޖެހޭނެ ކަމަށް އެޗްޑީސީން ކުރިން ބުނެފައި ވެ އެވެ.
އެ ސަރަހައްދުގައި އެޕާޓްމަންޓު އެޅުމަށާއި ގެސްޓް ހައުސް ހިންގަން މިދިޔަ ސަރުކާރުގައި ވަނީ އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަނާލް ސަލީމް
23 July 2024
ތަރައްގީއޭ ބުންޔަސް މީ ހީކުރާހާ މާ ތަފާތު ވިސްނުން ހުރި ސަރުކާރެއް ވިސްނައިގެން ކޮށްފަ ހުރި ޕްލޭންތަކެއް. ހަމަ 100ގެ މަސައްކަތެއް.
މުނާޝާ
23 July 2024
މީ ފެންނަ ހުވަފެނެއް ނޫން. މި ތަރައްގީ ރައްޔިތުންނަށް ލޯމަތިން ފެންނަން ދެން އިރާދަކުރެއްވިއްޔާ މާކަ ގިނަ ދުވަހެއް ނެތް.
ޑުރޯން
23 July 2024
ބުރިޖް ކައިރީގަ އަޅަން ފަށާފަ އިން ވޯޓާ ޕާކު ނިމޭނެ ދުވަހެއް އަހާލަދީބަލަ؟
މުޑަހަންޖާ
23 July 2024
މިދިޔައަހަރު ފަހު 3 މަހު އެކަނި 3 ބިލިއަން ގެއްލުންވިކަމުގައިވިއަސް އަނެއްކާވެސް ޒާތެއްގެ ކުންފުންޏެއް މެދަށްލައިގެން އެއްގަމު ހިކިފަސްތާ ބުރިޖުއަޅާފަ ދަށުން ކޮނެ ފުންކޮށްގެން ކޯރުހަދައިގެން ކ.މާލޭ ގަބީލާމެން ރަށުތެރެ ތަރައްގީކޮށް ނިންމަމުންދާއިރުގައި އަހަރެމެން ތިބެން މިޖެހެނީ ރަށު ފުޓްސެލްދަނޑު ގޯލު ބަޖެޓުގަޖެހިތޯ ބަލަބަލާ ކައުންސިލަރު ފަހަތުން ދުވެދުވެ.
ސަކަރާތޭ
23 July 2024
ބޯހިޔާވަހިކަން ނެތް އިރު އަދިވެސް ޓުއަރިޒަމް ޒޯންތައް މަދުވެގެން މިއުޅެނީ
ބައްޔެއް
23 July 2024
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އިނދަ ޖައްސާލާނެ ޕްރޮޖެކްޓެއް ތީ. މާލެ ސަރަހައްދުން ހުރިހާ ވައްތަރެއްގެ ފެސިލިޓީތައް ( ބަޖެޓް އަދި ލަގްޒަރީ) ގާއިމްކުރީމަ ޓޫރިސްޓުން ދާން ބޭނުންވާނީ ތިތަނަށް. އިންޓަގްރޭޓެޒް ޓޫރިޒަމަށް ކަނޑައެޅި އައްޑޫ ހެންކެނޑެއާއި ލާމު ބަރެސްދޫ އޮތީ އޮތްގޮތަށް، 15 އަހަރު ވެގެންދިޔައިރު. މާލެ ސަރަހައްދަށް ތޮއްޖެއްސުން ހުއްޓާ!
ނޫސަންގު
23 July 2024
ވައްކަން ކުރަން ފަހިކުރާ ކަންކަން. ހުޅުމާލެ ބޮޑުވެގެން ގޮސް ތި ކުންފުންޏަށް އެތަން މެނެޖް ކުރެވޭ ވަރެއް ނުވޭ. ބޮޑު އަރބަން ސްލަމް އަކަށްވެ އެތަން އެ ނިމެނީ. ޒޯން ކަނޑައަޅާފައި ދީފައި ހުރި ބިންތަކުގައި ވިޔަފާރި ކުރަނީ. ކުރެވޭ ކަމެއް ހަރާން. ރެޒިޑެންޝަލް ޒޯނެކޭ ކޮމާޝަލް ޒޯނެއް ވަކި ކުރާކަށް ނޭގޭ. އެއިން ޓްރެފިކަށް ކުރާނެ އަސަރެއް ނޭގޭ. ވިނަރެސް އޭ ކިޔާފައި ހެދިތަން ބޮޑު އަގުގައި ވިއްކާފައި ތިރީގައި ދާއިމީ ކޮށް ކުލި ލިބޭ ފިހާރަ ހަދާފަ.
ފައިސާވެރިންގެ ރާއްޖެ
23 July 2024
މުއްސަނދީން އުޅެން.
ފޫހި
23 July 2024
ދިވެހިން ނިކަމެތިކޮށްފަ މުއްސަދިންނަށް ފުރުޞަތުތައް ފަހިކޮށްދިނުން ކުއްވެރިކުރަން. ހުއްޓާލާ
ޓިސްޓިސް
23 July 2024
ޓޫރިޒަމަށް ދޫކޮށްފައިހުރި ރަށްތަކާއި ފަޅުތަކާއި ސިޓީ ހޮޓާތައް އަދިވެސް މަދުވެގެންތޯ ސަރުކާރުތަކުން މީހުން ތޮއްޖައްސާފައި އޮތް މާލެއާއި ހުޅުމާލޭގެ ކުޑަ ބިންކޮޅުތައްވެސް އަދިވެސް ޓޫރިޒަމަށް ދޫކުރަން އުޅެނީ؟؟ ރާއްޖޭގެ ގިނަ މީހުންނަކީ އަވާ މެންދުރެއްގައި ތިބި ބަޔެއްކަން ވެރިކަން ކުރާ މީހުންނަށްވެސް ރަގަޅަށް އެގޭ