ހުޅުމާލޭގެ އާ މާސްޓަޕްލޭންގެ ދަށުން ފަރުކޮޅުފުށީގައި ހަދާ ޕާކުގެ ތުރީޑީ ޑިޒައިން.-- ފޮޓޯ: އެޗްޑީސީ
28 މެއި 2025 - 15:13
ހުޅުމާލޭގެ މާސްޓަޕްލޭނަށް ގެނެސްފައިވާ ބަދަލުތަކަށް އާންމުންގެ ހިޔާލު ހޯދުމަށް އެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލޭގެ "ރިވައިޒްޑް މާސްޓަޕްލޭނަށް" ހިޔާލު ހުށަހަޅަން ބޭނުންވާ މީހުންނަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެޗްޑީސީން ބުނީ އެ މާސްޓަޕްލޭނާ ގުޅޭ ހުރިހާ މައުލޫމާތެއް އެކަމަށް ހާއްސަކޮށް ހަދާފައިވާ ޕޯޓަލްއިން މިހާރު ފެންނަން ހުންނާނެ ކަމަށެވެ. އަދި ބޭނުންވާ މީހަކަށް އޮންލައިންކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އެ ޕޯޓަލްގެ ތެރެއިން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލޭގެ އާ މާސްޓަޕްލޭންގެ ދަށުން ގެންނަ ބަދަލުތައް ފެންނަ ތުރީޑީ ޑިޒައިން.-- ފޮޓޯ: އެޗްޑީސީ
ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހު 16 ކަމަށާއި މާސްޓަޕްލޭން ފައިނަލް ކުރާނީ އާންމުންގެ ހިޔާލާއި ހުށަހެޅުންތަކަށް ބެލުމަށް ފަހުގައި ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގެ މާސްޓަޕްލޭނަށް ބަދަލު ގެނައީ ބަނދަރުގެ ޖާގަ ބޮޑުކުރުމާ އެކު، ހުޅުމާލެ އަށް ބޭނުންވާ އިތުރު ތަރައްގީގެ މަޝްރޫއުތަކަށް ފުރުސަތު ހޯދުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
We invite your feedback, your questions, and your ideas—so we can build a Hulhumalé that works for everyone.
— Housing Development Corporation (@hdcmaldives) May 26, 2025
Scan and share your thoughts on our revised Hulhumalé masterplan: https://t.co/Zpp3tIIt00#withHDC pic.twitter.com/z0KdGOlxSd
ހުޅުމާލޭގެ ތަރައްގީއަށް ބޭނުންވާ މުހިންމު ބަދަލުތައް ހިމަނައިގެން އިސްލާހުކުރި މި އާ މާސްޓަޕްލޭން މިދިޔަ އާދިއްތަ ދުވަހު އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި މާސްޓަޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް ވިދާޅުވީ މި މާސްޓަޕްލޭނަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފަސޭހަތައް ހޯދައިދިނުމަށް އިތުރު ވަސީލަތްތަކާ އެކު، ހުޅުމާލެ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ.
އެޗްޑީސީން އަބަދުވެސް މަސައްކަތްކުރަނީ އާންމުންގެ ހިޔާލާއި މަޝްވަރާއާއެކު ހުޅުމާލެ ތަރައްގީކޮށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީވެފައިވާ ހިތްފަސޭހަ އައިލެންޑް ސިޓީއަކަށް ހުޅުމާލެ ހެދުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މި ތަރައްޤީ ބޭނުން
29 May 2025
ހުޅުމާލެ ފޭސް 2 ގައި ދޮށި އުކައިގެން ފަސޭހައިން މަސްބޭނޭނެ ގޮތެއް ހަދައިދީ. މިއީ ވެސް ސްޕޯޓްސް އެއް
ނަސީބު
29 May 2025
ރީތިކޮށް މިރަށް އޮތުމަކީ ވަރަށް ބޭނުންކަމެއް، މިހާރުގެ ޕްލޭނަށް ތާއިދުކުރަން! ކުރިން ޤައުމާ ޙަވާލުވި ބަޔަކުވަނީ މިރަށުގެ ޕްލޭން ގެއްލުވާލާފައި މީ ޙަޤީގަތެއް! މަހަމަ ހައިރާން ވެއްޖައިން ޤާާނޫނަށް ޤަވައިދަކަށް ނުބަލައި ޖައްވާ، ފަޒާއިން ނުވިތަނުން ކަނޑުން ވަކިބަޔަކަށް ގޯތިދީ ބަހައި ހެދިއިރު ވީކަމެއްނެތް.ރަނަށްވުރެ އަގުބޮޑު ބިންތައް ހިލޭބެހީ އަހަރެމެން .... މިހެންވެގެން...
އޮނަރަބްލް އަފީފު ދީދީ
29 May 2025
ރާއްޖޭގެ އެންމެ ބިން ބޮޑު އަދި ކ.އަތޮޅު މާލެ ނަގާފައި އެންމެ ގިނަމީހުން ރަށްވެހި ވެފައިވާ އައްޑޫސިޓީ ލިންކް ރޯޑްގައި ހެދިފައި ހުރި ވަޅުގަނޑު ތަކަށް އަޅާނެ ތާރު ކޮޅެއް ގަންނާނެ ފައިސާ ވެސް މސަރުކާރުގައި ނެތިގެން މިއަދުވެސް އެތަންތަނަށް އެދަނީ ވެލި އަޅަމުން. މިދިޔަ ރޯދަމަސް އެއްކޮށް ކަހަލަ ގޮތަކަށް އައްޑޫ ރައްޔިތުން ކަނު އަނދިރީގައި ހޭދަކުރިއިރު އަދިވެސް ކަރަންޓްގެ މައްސަލަ ހައްލުކޮށް ނުދޭ. ދެން ތިރަށު ކަންކަމަށް އަހަރުމެން ނޫޅެން ގޮތް ކިޔާކަށް.
އޮނަރަބްލް އަފީފު ދީދީ
29 May 2025
މަތީގައި ދެންނެވި ކަންކަން މިހެން ހުރި ކަމުގެ އެންމެ ބޮޑު ހެއްކަކީ 280 ބިލިޔަން ރުފިޔާ އަށް ދައުލަތް ދަރަނި ވެރިވެގެންދިޔަ ފައިސާއިން ހިއްކި ބިމާއި އަޅާފައި ހުރި އުޑުގައި ޖެހޭވަރު އުސް އިމާރާތް ތިރަށު މީހުނަށް ދީފައި ހުރިގޮތް. ޤަބީލާ ވަންތަ ރޭސިސްޓް ސިޔާސަތުގެ ދަށުން ކޮންމެ މީހަކަށް 25މ ރުފިޔާގެ ބިމެއް ހިލޭ ދީފައިވާއިރު އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކަން ޙަވާލު ކުރި ފުލެޓް ތަކަށް %75 މީހުން ލާރި ނުދިނަސް މާލޭސަރުކާރުން އަޅާލުމެއްނެތް.
ައްަދސް
29 May 2025
އަރބަނައިޒްވުމުގެ މާނައަކީ ތަނެއްގައި ހުރި ހުރިހާ ގަހެއް އުފުރާލާ ކޮންކްރީޓް ޖަންގައްޔަކަށް ހެދުމެއް ނޫން. އެގޮތަށް އަރބަނައިޒޭޝަން ކޮންމެ މީހަކު ކުރިއަށް އަދި ވިސްނިއަސް އެއީ ގޯސް ވިސްނުމެއް. ލިވަބަލް ތަނަކަށް ހެދުން މުހިންމީ. ގްރީން ސްޕޭސްއޭ ކިޔާފައި އެސްތެޓިކް ބޭނުމަށް ގަސް އިންދާތަން ފެންނަނީ. މި ޕްލޭން ބަލަލީމަވެސް އެގޮތަށް މި ފެންނަނީ. ނޭޗަރ އިންކޯޕަރޭޓްކޮށް، ސަސްޓެއިނަބަލް ގޮތަކަށް އެ ތަން ބެލެހެއްޓޭ ގޮތަށް ޕްލޭން ހެދުމަކީ އެންމެ ބޭނުންތެ
ހުސައިން803
29 May 2025
ރާއްޖޭގެ އޮތް އެންމެ އަގުބޮޑުބިންތަކާއި ފަޅުތައް ހަމައެކަނި މާލޭމީހުންނާއި އެމީހުންގެ ދަރިފަސްކޮޅަށް ބަހާ ހުސްކުރަނީއެވެ. މިއީ އަޖައިބުވެ އަންތަރީސް ވާވަރުގެ ކަމެކެވެ. މާލޭގެކައިރީގައި ހުރި ހުރިހާ ބިންތަކުގެ ހަމައެކަނި ހައްގުވެރިންނަކީ މާލެމީހުންނަށް ނޫނެވެ. މާލެއަތޮޅުގެ އެހެން ރަށްށުގެ ރައްޔިތުންގެ ހައްގެއްގެ އިތުރުން މުޅިރާއްޖޭގެ އެންމެންގެވެސް ހައްގެކެވެ.
ހޯހޯ.!
28 May 2025
މާލޭގެ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ރަށްވެހިން ތިއްބާ އެހެނިހެން ރަށްރަށުގެ މީހުންނަށް މާލެކައިރި އެއްވެސް ތާކުން ބޯހިޔާވަހިކަމެއް ލިބުމަކީ ނާއިންސާފު އަނިޔާވެރި ޢަމަލެއް ކަމުގައި ދަންނަވަމެވެ.
ކޮކާފަނި
28 May 2025
އެތަބައިވަރު މާލެމީހިން އެބަތިބި ބިންނޖުލިބިފަ ބޯހިޔާވެހިކަން ހޯދާދީފަ ތިސަކަރާޖަހާ
ބީބީ
28 May 2025
އަހަރުމެންގެ ހިޔާލު ހޯދާނެ ކަމެއްނެތް ތިކަމުގަ. އަހަރުމެން ރައްޔިތުންގެ ބްރެއިންސްޓޯމް ހަދައިގެން ހަދާތަންތަނަކުން އަހަރުމެންނަކަށް ފައިދާއެއްނެތް. ތީ ވަކިބަޔަކަތް އޮތްކަމެއް.
ހުރިހާ ގޯއްޗެއް އަތުލާ
28 May 2025
ކުރިން ގަވައިދުން ކުލި ދެއްކިން. އެކަމަކު ދެން އެންމެ ލާރިއެއްވެސް ނުދައްކާނަން. އެއީ މާލޭ ކޮންމެ މީހަކަށް 10 މިލިއަން ރުފިޔާގެ އަގުބޮޑު ބިން ހިލޭ ބަހާލީމަ. މާލޭ މީހުން މުއްސަނދި ކޮށްފައި ސޯޝަލް ހައުސިން ފްލެޓުތަކުގެ ކުއްޔޭ ކިޔާފާ އަނގަ ނުހުޅުވާ.
ނާފިހު
28 May 2025
ބަލަ ކަލޭމެން ރަށުން ކަލޭމެނަށް ދިން ގޯތި ނުފުދޭތަ ؟ މާލޭގެ ބިމުގެ އަގު ބޮޑުވުން އެއީ މާލޭމީހާގެ ކުށެއްތަ ؟ ކަލޭމެނަށް ބިން ލިބިފައޮތް ގޮތަށް މާލޭމީހާއަށްވެސް ބިން ލިބެންވާނެ.
އުދުހޭ
28 May 2025
މާލޭގެ ބިމުގެ އަގު ބޮޑުވީ މާލެ ކިޔާތީވެއެއްނޫން. ގައުމުގެ ބައިތުލްމާލުން ބޮޑު ބައެއް މިތަނަށް އޮއްސީމަ. އެހެން ރަށްރަށުގަވެސް މަގުތަކާ ހޮސްޕިޓަލާ ސުކޫލްތަކާ ސަރުކާރުގެ އޮފީސްތަކާ ވެލާނާއެއަރޕޯޓް ވަރުގެ އެއަރޕޯޓް އަޅާބަލަ ވާއެއްޗެއް ބަލަން.