އިއްޒުއްދީން ފާލަން. ފާލަމުގެ މަސައްކަތުގެ ސްޕީޑު އަވަސް ވާނީ ބޭރުން ތަކެތި އައުމުން ކަމަށް އެމްޓީސީސީއިން ބުނެފައިވޭ -- ފޮޓޯ: މިހާރު
23 ޖުލައި 2024 - 14:33
މާލޭގެ ރަސްމީ ފާލަމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިހާރު މަޑުޖެހިފައިވާއިރު، އެ މަސައްކަތް ނިންމުން އަވަސް ކުރެވޭނީ ސާމާނުތައް ރާއްޖެ ގެނެވުމުން ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
އިއްޒުއްދީން ފާލަމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން ބުންޏަސް މަސައްކަތުގެ ސްޕީޑް ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ފާލަމުގެ މަތީބައި އެއްކޮށް ރޫޅާލާފައިވާ ދުވަސްތަކެއް ވެފައިވާއިރު، މަސައްކަތް ކުރާ ތަނެއް ނުފެނެ އެވެ.
ރަސްމީ ފާލަމުގެ މަރާމާތުތައް އެމްޓީސީސީން ފެށީ މިދިޔަ މޭ މަހުގެ ކުރީކޮޅުގަ އެވެ.
ރަސްމީ ފާލަން އަލުން މަރާމާތުކޮށް އަދި އާ ޑިޒައިނަކަށް އެ ތަން ހެދުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ އަގަކީ 11.7 މިލިއަން ރުފިޔާ އަށެވެ. އެ ކުންފުނިން އެ މަސައްކަތް ކޮށްދެނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. އެ ފާލަން ހަދަނީ 1950 ގައި އެ ސަރަހައްދު ހުރި ސްޓައިލް އަސްލަކަށް ބަލަިއގެންނެވެ.
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އިއްޒުއްދީން ފާލަން ރަސްމީކޮށް ހުޅުވީ ޖުލައި 26، 2015 ގަ އެވެ. އެ ފާލަން ހުޅުވުމަށް ފަހު، ދެ ފަހަރެއްގެ މަތިން އެތަން މަރާމާތުކުރި އެވެ. އެންމެ ފަހުން މަރާމާތުކުރީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެކުސް
24 July 2024
ޕްރޮޖެކްޓްއެއް ރަނގަޅަށް ހިންގާ މެނޭޖް ކުރަން ނޭނގޭ މީހުން ވެރިންނަށް ލީމައި ވާނެ ގޮތް މިފެންނަނީ.
އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް ހަމ ސުމެއް
24 July 2024
މަ ބުނީ ފުދޭވަރަކަށް ޕްލޭނިން ރަނގަޅޭ ދޯ.
އެއްކަލަ މެކުނު
24 July 2024
އެ ބޭޅާގެ ސްޕީޑް ދެއްތޯ. މެކުނު ފުމުނަކަސް ގާހަކަޔަކަށް ނު ފުމެވޭނެ. ޔާންޓޭ ވަރެއް ނެތޭ ހަމަ ބުނެވޭނީ. އެ ވާހަކަ ބުނެލީ. ވަރަށް ސަލާން. ކަޓު
ސަލީމު އިދުރީސް
23 July 2024
ޒަމާނީ އަދި ރާއްޖެއާ ގުޅޭ ގޮތައް ޑިޒައިން ކޮއްފަވާ ފާލަން ނަގާނީ ކީއްވެތޯ؟ މަގޭކުރެ ކަމެކޭ ނުބުނެ ވޭނެތިތޯ؟؟
ހޮޓްކިންގ
23 July 2024
ހުރިހާ މަސައްކަތެއް ހޮޅިއަށްވެ ނިމިއްޖެ. މެކުނު ފުމުނަސް ގާހަކައަށް ނުފުމެވޭނެ. ސްލޯކަމަށް އިބޫއަށް ޖޯކުޖެހި ވައިގަނޑު ކޮބާ؟ ޔާމީނުވަރެއް ހަމަނެތް.
ޔާނުމިނު
23 July 2024
ޔާނު ކަންކަން ކުރީ ހެސްކިޔާފަ ޗައިނާއިން ލޯނު ނަގައިގެން.ރަށްތައް ނުއަގުގަ ވިއްކައިގެން. ލާރި ލިބުނީމަ ކަންކަން ކުރެވޭނީ.
އެއަކަލަ ބޫ
24 July 2024
ޔާނުމިނު. ލޯނުވެސް ދޭނީ އިތުބާރު ހުރި ލީޑަރުންނަށް، މުއިއްޒު މިވީ އަށްމަސް ދުވަހު މަހަކު ދެފަހަރު ޗައިނާގެ އާދޭސް ދަންނަވައިގެންވެސް އަދި އެއްޗެއް ނުލިބިގެން ދޯ އެ އުޅެނީ. އެވާހަކަ ބުނެލީ. ވަރަށް ސަލާން. ކަޓު.
ކޮރަލް
23 July 2024
ރަނގަޅަށް ހުރި ފާލަމެއް ޕްލޭން އެއް ނެތި ހަލާކު ކޮށްލީ އެވެ. ކުރީގެ ރައީސުން ކުރާ ރަނގަޅު ކަންތައް ތައް ހަލާކު ނުކޮށް ބަހައްޓަން ވީ އެވެ.
ގުދުގުދުލީބެއްޔާގެ ތެދުބަސް
23 July 2024
ބުރިޖުސްޕީޑު ގޫގާލް ސްޕީޑުގާ ހިނގާންފެށީމާ އެހެންހުރިހާކަމެއް ހިނގާނީ ގާހަކަސްޕީޑުގާ.
1828
23 July 2024
މުޢިއްޒު ސްޕީޑް
ހަސަނާާ
23 July 2024
ބޭނުންކުރެވޭ ހާލަތުގަ ހުއްޓާ ތަން ބަންދުކޮށް ރޫޅާލީ ސާމާނު ލިބޭނެ ދުވަހެއް ބަލާނުލާތަ. ވަރަށް ރަނގަޅަށް ތި ޕްލޭން ކުރެވެނީ
ހޔޅބ
24 July 2024
އެހެންތާވާނީ. ވެރިކަމަށްވެސް އައީ ނަސީބަކުން. ކަންކަންވެސް ވާނީ ނަސީބަކުން. ލޮލް
ފަލްދީ
23 July 2024
އަތޮޅުތަކަށް ފުރާމީހުނާއި އަންނަ މީހުނަށް ފަސޭހަ ގޮތެއް ނުހަދާތި..ދޭތެރެއަކުން ބޮޑުފާލަން ސަރަހައްދު ބަންދުކޮށްލާނެ.ބާޒާރު ސަރަހައްދާއި މާލޭގެ ބޮޑުސަރަހއްދެއް ބްލޮކް ވެފަ އޮންނަނީ..
ނުކެރޭ
23 July 2024
އެއްވެސް މީހަކަށް ނުކެރޭ އާއްމުން އެދިމާލުން ތޮއްޖެހިގެން ފުރާ އުނދަގޫ ހާލަތުގެ ވާހަކަ ދައްކާކަށް. އަތޮޅުތަކުގެ މެމްބަރުންނާ ކައުންސިލަރުންވެސް ހަމަ އެބަ ތިބޭ ބޮޑެތި މުސާރަ ނަގައިގެން
ބަފަލޯ
23 July 2024
އަހަރެމެން މިކޮޅުން ހޮވާފަ ފޮނުވި ސޮރުވެސް މިހާރު އުޅެނީ މާލޭމީހުނަށް ގޯތިބެހުމުގެ ކަންތަކާ، މިރަށު ގޯތިތަކުގެ ވާހަކައެއް ނުވެސްދައްކާ.