ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި ރަސްމީ ފާލަން ހުރި ގޮތަށް މިހާރު ފާލަން ހަދާފައި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
27 ފެބުރުއަރީ 2025 - 13:56
ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި މާލޭގެ ރަސްމީ ފާލަން ހުރި ޑިޒައިނަށް މި ސަރުކާރުން އެތަން އަލުން ހަދައި، ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ރަސްމީ ފާލަން މި ފަހަރު ހަދާފައި ވަނީ 1950ގައި ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި ފާލަން ހުރި ގޮތް އަސްލަކަށް ބަލައިގެންނެވެ. އަމީން ދީދީގެ ދައުރުގައި ލަކުޑިން ހެދި ފާލަމަށް އޭރު ކިޔައި އުޅުނީ ބޮޑު ފާލަމެވެ.
ފާލަމުގެ ޑިޒައިނަށް އެކި ދުވަސްވަރު ބަދަލުތައް ގެނެސްފައިވެ އެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ވެސް ރަސްމީ ފާލަން އަލުން ހެދި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު ފާލަމުގެ ޑިޒައިން ހެދީ ރިޔަލެއްގެ ގޮތަށެވެ.
އެ ފާލަން ހުޅުވުމަށް ފަހު ދެ ފަހަރެއްގެ މަތިން އެތަން މަރާމާތުކުރި އެވެ. އެންމެ ފަހުން މަރާމާތުކުރީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.
ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި ރަސްމީ ފާލަން ހުރި ގޮތަށް މިހާރު ފާލަން ހަދާފައި-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ނަމަވެސް އޭގެ ފަހުން މަރާމާތު ނުކޮށް ގިނަ ދުވަސް ވުމުން ފާލަމުގެ ދަގަނޑުތަކުގައި ދަބަރުޖަހައި އެ ތަން ހުރީ ބޮލަށް ވެއްޓޭ ހިސާބުގަ އެވެ. އެހެންވެ މި ސަރުކާރުން އެތަން މަރާމާތު ކުރަން އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އަހަރު މޭ މަހު އެވެ.
ފާލަމުގެ މަސައްކަތް މިހާރު ނިމިފައި ވާއިރު އެމްޓީސީސީން އަންނަނީ އެތަން ހުޅުވުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
ރަސްމީ ފާލަން ސަރަހައްދުގައި އެމްޓީސިސީގެ މުވައްޒަފުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ފާލަމުގެ ޑިޒައިން އެއްކޮށް ބަދަލުކޮށް، އެތަން ހުޅުވައި އިއްޒުއްދީން ފާލަމުގެ ނަން ދިނެވެ.
ފާލަން މަރާމާތުކުރަން 11.7 މިލިއަން ރުފިޔާ ހަރަދު ވާއިރު އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވި ގޮތުގައި، ބަދަލު ގެނެސް މަރާމާތު ކޮށްފައި ވަނީ ފާލަމުގެ މަތީބައި އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅި
28 February 2025
ރަސްކަމަށް އަނބުރާ ދާން ބޭނުންވަނީބާއެވެ؟
އައިފާން
27 February 2025
ފާލަމެއް ނިންމާލަން 14 މަސް. ބާރައް އަތް ޖަހާ
ބުރަހުއްމަޗާރީ
27 February 2025
ހީހީ މީ ދޯ ބަޖެޓް ހުސްކޮށްލައިގެން މިކުރތެވުނު ކަމަކީ އަދި މިހާތަނަށް. އެންމެ ފުަރަތަމަ ފެށި މިއޮށްބޮޑު މަސައްކަތް ހާދަ އަވަހަކަށް މިނިންމާލީ
ހާސަރު
27 February 2025
މިފާލަން ފެނުމުން އާއްމުރައްޔިތުމީހާ ޖެހޭނީ ހިތުގަ! އާއްމުރައްޔިތުން މާލެއަރާފައިބާ ހާލު އެއްވެސް ސަރުކާރަކަށް ނުފެނޭ! މިމާލެއަށްވުރެ އާއްމުމީހާ އަރާފައިބަން އުދަގުއެއްވެސް ރަށެއްނެތް! ވެހޭވާރެއާ ދޭހާއަވީގައި ތިބެފަ ތިންހަތަރު ލޯންޗްބޭރުން ބަލިމީހުނާ މާބަނޑު މީހުންވެސް އަރާފައިބަނީ!؟؟
އިސްކަންދަރު ސްކޫލް
27 February 2025
ކޮންމެގޮތެއްވިއަސް އަހަރެން އުފާވޭ އަހަރެން އުޅުނު ސްކޫލްގެ ބެޖު ތިތާޖެހީމަ. ތާޖުއްދީން ޖަމާލުއްދީން ކަލާފާން ކުދިން ރުޅިއަންނާނެ ކަންނޭގެ
ކެނެޑީ
27 February 2025
އޮޅިގެންވެސް ތިޔަހުރީ ފައްޅި ކުލަލެވިފަ :ޕ
އޯކިޑް
27 February 2025
މެގާ ޕުރޮޖެކްޓް އެއް ނިންމާލައިފި.
ޑރ ވާންޗޯ
27 February 2025
ވަރަށް ސަޅި، ދެން އަވަހަށް މާލެވަށާ ބޮޑުފާރުލާފަ ބަޑިބުރުޒުވެސް ހަދާ!!.
ސެއިޚް މަރުޖާން
27 February 2025
ބަލާލަން ވަރަށްރީތި، މަރާމާތުކުރަން ނުޖެހި ގިނަދުވަހު ހުރިއްޔާ ކިތައްމެހާވެސް ރަނގަޅު، އެކަމު ވާރޭ ވިއްސާ ހިސާބުގައި ފްލައިވުޑް ފިލާޖަހާފަ ހުރިހެން ހީވަނީ،
ބޮޑުބެގެ ބެއްޔާ
27 February 2025
ރިހަ ފާލަން