އެއާ އެރޭބިއާ
24 ޖުލައި 2024 - 09:00
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ބަޖެޓު އެއާލައިން، "އެއާ އެރޭބިއާ" އިން ރާއްޖެ އަށް ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.
ކޮންމެ ދުވަހަކު ފްލައިޓެއް ބާއްވާ ގޮތަށް، އެއާ އެރޭބިއާގެ ދަތުރުތައް ރާއްޖެ އަށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އެވެ.
މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ މަތިންދާބޯޓެއް ކަމަށް އެ އެއާލައިނުން ބުންޏެވެ.
އެއާ އެރޭބިއާގެ ސީއީއޯ އާދިލް އަލް އަލީ ވިދާޅުވީ، ރާއްޖެ ފަދަ ދުނިޔޭގެ މަގުބޫލު މަންޒިލަކަށް އެއާލައިންގެ އޮޕަރޭޝަންސް ފުޅާކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އަމާޒަކީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްތަކަށް ދަތުރުކުރުމުގެ މަގު ކަސްޓަމަރުންނަށް ފަހިކޮށްދިނުން ކަމަށެވެ.
އެއާ އެރޭބިއާ އިން އަންނަނީ މެދިއިރުމައްޗާއި ޔޫރަޕް އަދި އެފްރިކާ ހިމެނޭ ގޮތަށް 80 އަށް ވުރެ ގިނަ މަންޒިލްތަކަށް ދަތުރުތައް ކުރަމުންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން، އާ ޕެސެންޖާ ޓާމިނަލް މި އަހަރު ހުޅުވަން މަސައްކަތް ކުރަމުން އަންނައިރު، އިތުރު އެއާލައިންތައް ގެނެސް، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ޓޫރިސްޓުން ރާއްޖެ އަށް ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
24 July 2024
އެޑްމުންޑޯ އަށް : އަޅުގަނޑު ދެންނެވި ގޮތަށް ހަފުތާއަކު ޝެޑިއުލް 1 ދަތުރު ކޮށްދިނުމަށް ހުށަހަޅާއިރު އެއް އަހަރު ވަންދެން އެއަރ އެރަބީއްޔާ އަށް ޙާއްސަ ހުއްދައެއްގެ ގޮތުގައި އެދަތުރު ކުރުމަށް ޑްބާއީ - ގޭން - މާލެ އަދި ރިޓާރން މާލެ-ގޭން- ޑްބާއީ ކަމުގައި ކަޑައަޅާން ފުރުސަތު ދީފިނަމަ، ދަތުރުގެ ޙަރަދު ދެކޮޅުޖެހި ކުންފުންޏަށް ފައިދާ ދަތުރު ތަކެއް ކަމަށް މިދަތުރު ވެގެން ދާނެކަމާއިމެދު އެއްވެސް ޝައްކެއްނެތް. މީގެ ސަބަބުން މޯލްޑިވިއަން އަށްވެސް ވާނީ ފައިދާ.
އޮނަރަބްލް އަފީފު ދީދީ
24 July 2024
ވޯޓް ހޯދުމަށް އައްޑޫ ރައްޔިތުނަށް ރައީސް އިބްރާހިމް ވެވެޑައިގަތް އެންމެބޮޑު ރިޔާސީ އެއް ވަޢުދު ކަމުގައިވާ "ފަސް މަންޒިލުން 5 ފްލައިޓް ގެނައުމުގެ ވަޢުދު" އެއްވެސް ވަރަކަށް ނުފުއްދާ އަދި އެކަމަށް މަސައްކަތެއްވެސް ނުކޮށް 5 އަހަރުގެ ދައުރު ނިންމާލި. # ޑރ މުއިއްޒުގެ ސަރުކާރުން އެއާ އެރޭބިއާ އާއި ވާހަކަދައްކައިގެން ގޭން އެއަރޕޯޓާއި ޑްބާއީ އާއިދެމެދު ހަފުތާއަކު 1 ދަތުރު ބޭއްްވުމަށް މިފުރުސަތުގެ ބޭނުންކުރެވިދާނެތޯ ވާހަކަ ދައްކަވާނެކަމަށް އުއްމީދު ކުރަން.
އޮނަރަބްލް އަފީފު ދީދީ
24 July 2024
މިދެންނެވިގޮތަށް ފްލައިޓް ބާއްވާދިނުމަށްއެދުމާއި، އަދި އެގޮތަށް ސިޔާސަތުކަޑައެޅުމަކީ ދުނިޔޭގެ ޤައުމުތަކުން ކުރާ އަދި ކޮށްއުޅޭކަމެއް. # މިގޮތުން އެންމެބޮޑެތި އެއަރޕޯޓްތަކަށް ކޮންމެ އެއަރލައިނަކަށް ދުވާލަކަށް 1 ސްލޮޓަށްވުރެން އިތުރަށް ދަތުރުއަޅާން ޖާގަބޭނުންނަމަ އެޤައުމަކުން ތަރައްޤީކުރާންބޭނުން އެއަރޕޯޓަކަށް ދަތުރެއްއަޅާން މަޖުބޫރުކޮށްފައި، މިދެންނެވި ބިޒީ އެއަރޕޯޓަށް ސްލޮޓްތައް އިތުރުކޮށްދީފައި އެބަހުރި. މާލޭސަރުކާރު ބޭނުންނަމަ މިކަން ކުރެވޭނެ.
އެޑްމުންޑޯ
24 July 2024
އަފީފުގެ ޚިޔާލު ކިތަންމެހާވެސް މުއްސަދި ، ނަމަވެސް ގަބޫލުކުރެވޭ ގޮތުގައި އަދި އައްޑުއަށް އިންޓަރނޭޝަނަލް ފްލައިޓް ބޭއްވޭނެ މަގެއް ފެންނާކަށްނެތް ، ފްލައިޓް ތައްބޭއްވުމަށް ފުރަތަމަ ކުރަންވީ ކަމަކީ ރިސޯޓްތަކާއި ގެސްޓްހައުސް ތަކުން ތިއަތޮޅައި ފުވައްމަުލަށް އަދި ހުވަދޫ ފުރާލުން ، ހުސްފުލައިޓްތަކެއް ބުރެއް ނާޅާނެދޯ ،،،،،
އޮނަރަބްލް އަފީފު ދީދީ
24 July 2024
އެޑްމުންޑޯ އަށް: އެކްސްއެލް ޝީޓެއްގައި ހިސާބުހަދާ މޯލްޑިވިއަން ކުންފުނީގެ ވެރިނާއި "އައްޑޫގެ ތަރައްޤީއަށް ނޭދޭ" ސަރުކާރު ވެރިން ދައްކާ ވާހަކަ އަޑު އަހާނެ ކަމެއްނެތް. 2015 އިން ފެށިގެން (ޕެންޑަމިކް މުއްދަތު ފިޔަވާ) ސްރީލަންކަން A-321 ފްލައިޓް ކޮންމެ ހަފުތާއަކު 3 ނުވަތަ ދޭއް ޝެޑިއުލް ދަތުރު އަޅަމުންދަނީ "ގެއްލުމުގައި" ކަމަށް އެޑްމުންޑޯ ޤަބޫލުތޯ!؟ އަދި ލަންކާގެ ޤައުމީ އެއަރލައިނަށް އެކަން ކުރާން ކުންފުނިން ހުއްދަ ދޭނެކަމަށް ޤަބޫލު ކުރަންތޯ!؟