ޚަބަރު

މާލޭގެ ތޮއްޖެހުން ހައްލު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް

ރައީސް، "މާލެ ފަހި" ޕްރޮގްރާމް އިފްތިތާހްކޮށްދެއްވަނީ. -- ފޮޓޯ | ރައީސް އޮފީސް

24 ޖުލައި 2024 - 23:51

64 comments

މާލެ އާއި ހުޅުމާލޭގެ ތޮއްޖެހުމާއި މަގުމަތީގެ މައްސަލަތައް ހައްލު ކުރަން "މާލެ ފެހި" ނަމުގައި ހާއްސަ ޕްރޮގްރާމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިފުތިތާހު ކޮށްދެއްވައިފި އެވެ.

އެއީ މާލެ އާއި ހުޅުމާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރަން މައިގަނޑު ތިން ދާއިރާއަކަށް ބިނާކޮށްގެން ޓްރާންސްޕޯޓް މިނިސްޓްރީން ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.

އެ ތިން ދާއިރާއަކީ ވެހިކަލް ރަޖިސްޓަރީ ކުރުމުގެ ކަންކަން ގާނޫނުގެ ތެރެއަށް ފެއްތުމާއި އެތެރެކުރާ ވެހިކަލް ކޮންޓްރޯލް ކުރުމާއި ޕަބްލިކް ޓްރާންސްޕޯޓު ހަރުދަނާ ކުރުމުގެ އިތުރުން މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ.

އެ ޕްރޮގްރާމް އިފްތިތާހު ކުރަން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ޓްރަންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މާލޭގައި މިހާރު ވެހިކަލް ޕާކު ކުރަނީ އެއްވެސް ހިޔާލެއް ފިކުރެއް ނެތި މިސްކިތްތަކާއި ހޮސްޕިޓަލްތަކުގެ ކުރިމަތީގައި ކަމަށެވެ.

ވެހިކަލްތައް ގެނެސް އެ ވިޔަފާރި ކުރާ ފަރާތްތަކުން ބޭނުން އަދަދަކަށް އެކަން ކޮށްގެން މަންފާ ހޯދުމުގެ މަގު ފަހި ކުރުވާފައިވާ ކަމަށާއި އޭގެ ސަބަބުން އެ މައްސަލަ ވެސް ހައްދުން ނެއްޓިފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

އެ މައްސަލަ އެ ހިސާބަށް ދިޔައީ ގާނޫނީ ޒިންމާ އުފުލުމާއި ރެގިއުލޭޓް ކުރުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާތީ ކަމަށް އަމީން ވިދާޅުވި އެވެ.

މާލެ ފަހި ޕްރޮގްރާމްގެ ދަށުން މި މައްސަލަތައް ހައްލު ކުރަން ފެށުމުން ކުރިއަށް އޮތް ތަނުގައި ކާރު ގެނައުމުގެ ވިޔަފާރި އަކީ ވެސް އެހެނިހެން ވިޔަފާރިތަކެކޭ އެއްގޮތަށް ރެގިއުލޭޓް ކުރެވޭ ވިޔަފާރިއަކަށް ހެދުމަށް ގާނޫނާއި ގަވައިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ސަރުކާރުން ގެންނާނެ ކަމަށް އަމީން ވިދާޅުވި އެވެ.

"މާލޭގެ މަގުމައްޗަކީ އޮޓޮމޮބައިލް ވިޔަފާރި ކުރަން އޮތް ގުދަނަކަށް ހެދުން ނިމުމަކަށް ގެނެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓްރީއަކީ ރައްޔިތުން އިތުބާރު ކުރާ ތަނެއް ހަދާނެ ކަމަށާއި ގަރާޖެއް ނެތި ދައުރުވަމުން ދިޔަ ގަރާޖު ސިޓީގެ ބޭނުމެއް މިހާރު ވެސް ނުހިފޭނެ ކަމަށް އަމީން ވިދާޅުވި އެވެ. އަދި ޑޮމެއިންގެ ހިދުމަތްތައް ވެސް ހުޅުވާލެވޭ ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ކުރިޔަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފިޔަވަޅުތަކާ މެދު ހިތްހަަމަ ނުޖެހޭ މަދު ބައެއް ތިބޭނެ. އެހެން ނަމަވެސް އެއީ ގިނަ ރައްޔިތުންގެ ވިސްނުމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި، ފަހި މާލެ ޕްރޮގްރާމްގެ އެންމެ މުހިންމު މަސައްކަތަކީ މާލޭގައި ދުއްވާ ވެހިކަލްތަކުގެ އުމުރެއް ކަނޑައެޅުމެވެ. އެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ޔަގީންކަން ދީފައިވާ ގޮތަށް މި އަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ނިންމުމަކީ މިނިސްޓްރީގެ އެދުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

64 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 0%
icon angry icon angry 24%
icon wow icon wow 5%
icon inlove icon inlove 48%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުނާރު

25 July 2024

މިހެން ތިބެ ހަދާލާ ޕްރޮގްރާމަކުން މާލެ ތޮއްޖެއްސުން ނުހުއްޓުވޭނެ. މާލެ ޖެހޭނީ ބައެއް އިމާރާތްތައްނަގާ މަގުތައް އަލުން ރީ ޑިޒައިން ކުރަން.

The name is already taken The name is available. Register?

އަހްމަދުހު

25 July 2024

ބުޅާގެންގުޅެއް ކުލި ނުނަގާ މަގުމަތި ދީފަ ބާއްވައިގެން ނުވާނެ. ގުއިތައް ނަގާނެ މީހަކުނެއް. ނޭފަތްތޮރި އަންހެނެއް އައިސް ފަސޭހަ ކަމެއްވީމަ މަގުމައްޗަށް ކާން އަޅާފައި ދަނީ. ބުޅާ ބަނޑުފުރި ކާއެތިކޮޅު ކައިރި ނިދާފަ އޮވެ ދެންގޮސް ސައިކަލް ބުޑަށް ހުންނަނީ ގުއިރީފަ. ދެރަކަމެއް

The name is already taken The name is available. Register?

ރިޒުހާން

25 July 2024

މި ފިޔަވަޅުތަކަށް ރައްޔިތުން ދޭ ތާއީދުން ދައްކުވައިދެނީ މި ޕްރޮގްރާމުގެ ފައިދާތައް ފުޅާ ދާއިރާއެއްގައި ލިބޭނެކަމަށް ގަބޫލްކުރެވޭ

The name is already taken The name is available. Register?

ރިޔާޒް އަލީ

25 July 2024

މިއީ އެހެން ސިޓީތަކުން ވެސް ފުޅާ ދާއިރާއެއްގައި ސިޓީ ބެލެހެއްޓުމުގެ ސްޓްރެޓެޖީތައް އެކުލަވާލުމަށް ނަމޫނާއެއް

The name is already taken The name is available. Register?

ސޫދާ ސޮބްރީ

25 July 2024

ސަތޭކައިގެ ނިންމުމެއް. ކުރިޔަށް ވަޑައިގަންނަވާ

The name is already taken The name is available. Register?

އައިމަން އަލީ

25 July 2024

ހުޅުވާލެވިފައިވާ ބީލަމުގެ ތެރެއިން ޑޮމެއިން ޚިދުމަތްތައް ފޯރުކޮށްދިނުމުން ހާމަކަން ބޮޑުވާނެ. ސަޅި

The name is already taken The name is available. Register?

ސާބަސް އަމީން

25 July 2024

"މި ފިޔަވަޅުތަކާ މެދު ހިތްހަަމަ ނުޖެހޭ މަދު ބައެއް ތިބޭނެ. އެހެން ނަމަވެސް އެއީ ގިނަ ރައްޔިތުންގެ ވިސްނުމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ. އެންމެ ތަންކޮޅެއް ވެސް ދޫ ނުދޭތި، ތި އަޒުމުގައި ހިފަހައްޓާލާތި. ހައްލު ވާތަށް އެބަ ފެނޭ! ޤާނޫނު ތަންފީޒް ވާ މަންޒަރު މިހާރު އެބަ ފެނޭ! ސާބަހޭ މިނިސްޓަރ

The name is already taken The name is available. Register?

ކިނާންް

25 July 2024

އުޅަނދުފަހަރުގެ އުމުރުގެ ގަވާއިދުތަކަށް ސަމާލުކަންދީގެން ސަރުކާރުން ދަނީ ތިމާވެށީގެ ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއެރުވުމަށް މުހިންމު ފިޔަވަޅުތަކެއްއަޅަނުން. މީގެ ނަފާވެރިކަން ރައްޔިތުންނަށް މާ ލަސްތަކެއްނުވެ ލިބެނެ.

The name is already taken The name is available. Register?

ރުގިއްޔާާ

25 July 2024

ވެހިކަލް އިމްޕޯޓް ރެގިއުލޭޓް ކުރުމަށް ބާރުއެޅުން އަޅުގަނޑު ފާހަގަކުރަން

The name is already taken The name is available. Register?

ފަރްހަތް

25 July 2024

އަޅުގަނޑު އުފާކުރަން، ރައީސް މުއިއްޒު ޕްރޮއެކްޓިވް ފިޔަވަޅުތަކެއް އަޅުއްވައިގެން، އަޅުގަނޑުމެންގެ ސިޓީތަކަށް ޒަމާނަތްކަށް ކުރިމަތިވެފައިވާ އުޅަނދުފަހަރުގެ ތޮއްޖެހުމުގެ މައްސަލަތައް ހައްލުކުރެއްވުމަށް ކުރައްވާ މަސައްކަތަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454