ބިދޭސީންގެ ވޯކް ޕާމިޓާއި ކޯޓާ ފީއަށް ޖުމްލަ 636 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަށް ލިބެން ޖެހޭ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
25 ޖުލައި 2024 - 12:22
ރާއްޖޭގައި މަސައްކަތް ކުރުވާ ބިދޭސީންގެ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާ އިން ދައުލަތަށް މުޅި ޖުމްލަ 636 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެން ޖެހޭ ކަން ހޯމް މިނިސްޓްރީން ރޭ އާންމުކުރި ލިސްޓުން ހާމަވެއްޖެ އެވެ.
މިއީ، ބިދޭސީންނާ ގުޅޭ ފީތަކާއި ޖޫރިމަނާތައް ނުދައްކައިގެން ސަރުކާރުން ކުންފުނިތަކާއި މީހުންގެ ނަންތައް ހާމަކުރި ފުރަތަމަ ފަހަރެވެ. މީގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ވިޔަފާރި ކުންފުނިތައް ވެސް ހިމެނެ އެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރަން ފަށައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، މިނިސްޓްރީން އާންމުކުރި ލިސްޓުގައިވާ ގޮތުން ބިދޭސީންގެ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައިގެން 1،026 ފަރާތެއް ވަނީ ޖޫރިމަނާކޮށްފަ އެވެ. އެ ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި ޖުމްލަ 636،534،736ރ. ދައުލަތަށް ދައްކަން ޖެހެ އެވެ.
ވޯކް ޕާމިޓް ފީގެ ގޮތުގައި 573،840،450ރ.
ކޯޓާ ފީގެ ގޮތުގައި 96،550،286ރ.
ކެންސަލޭޝަން ޖޫރިމަނާގެ ގޮތުގައި 2،144،000ރ.
ހޯމް މިނިސްޓްރީން އާއްމުކުރި ލިސްޓުގައިވާ ގޮތުން އެންމެ ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހެނީ ފުޓްސަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓުންނެވެ. އެއީ، 26.8 މިލިއަން ރުފިޔާ އެވެ.
މިލިއަނުން ޖޫރިމަނާ ދައްކަން ޖެހޭ 123 ކުންފުނި މި ލިސްޓުގައި ހިމެނެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ވަރަށް މަޝްހޫރު، ގިނަ ދުވަސްވީ ކުންފުނިތައް ހިމެނެ އެވެ.
ބިދޭސީންގެ މައްސަލަތައް ހައްލުކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން މި ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި، ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރުން ހުއްޓުވައި ވިޔަފާރި ހިންގާ ބިދޭސީން ޑިޕޯޓްކުރުން ހިމެނެ އެވެ.
ބިދޭސީންނަށް މުސާރަ ނުދޭ ނަމަ، ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށް ގާނޫނަށް އިސްލާހެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން އަތުލައިގަންނަން ރެއިޑް އޮޕަރޭޝަން ހިންގައި އަތުލައިގަންނަ މީހުން ޑީޕޯޓްކުރަން ވެސް ވަނީ ފަށައިފަ އެވެ. އޭގެ ފަހުން މިހާތަނަށް އެކަނިވެސް 2،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފަ އެވެ. މީގެ ތެރޭގައި ފުޅާދާއިރާއެއްގައި މާލޭގައި ވިޔަފާރި ހިންގާ މީހުންނާއި ބޮޑެތި ކުށްތަކަށް ތުހުމަތުވާ މީހުން ވެސް ހިމެނެ އެވެ.
އިމިގްރޭޝަނުން މިހާރު ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު ކޮންމެ ވަގުތަކު ކޮންމެ މީހަކަށް ވެސް އެ އިދާރާއަށް ހުށަހެޅޭނެ ހާއްސަ ޕޯޓަލެއް ވެސް ގާއިމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލަސް ވެއްޖެ
27 July 2024
މަގު މަތިން ދިމާ ކޮއް ހެދުމެއް ނެތަސް. މީ ހުން އަބުރާ ބެހުމާ މީހުންގެ އަގު ވައްޓާލާ. ބުލީ ކުރުން ވަރަށް ގިނަ ވެއްޖެ، ސޯސަލް މީޑިއާ ގަ. ސައިބާ ބުލީން ވަރައް ގިނަ. މިނިސްޓަރް މިކަމައް ހައްލެއް ގެނަސްދީ..
އެމްސް
25 July 2024
ބިދޭސީންގެ ފީތަކަކީ ބިދޭސީން އުފައްދާ އެއްޗެއްހެއްޔެވެ؟ ރަޢިއްޔަތުން އަތުން ފެލޭ އެއްޗެއް ނޫންހެއްޔެވެ؟ ދިވެހީންނަށް އަދާކުރެވޭ ހުރިހާ ވަޒީފާތަކެއްގަ އުޅޭ ބިދޭސީން ބޭރުކުރަންޖެހެއެވެ!
ޓަޔަރު
25 July 2024
ތިވާހަކަ ދައްކާނެ ކަމެއްނެތް! މަގޭ ސައިކަލު ވިއްކާލީ 2018 ވަނަ އަހަރު، ވިއްކާލުމުގެ ކުރިން ހުރި ހުރިހާ ޓްރެފިކް ވައިލޭޝަނަކަށް ފައިސާ ދައްކަންޖެހުނު. މިދިޔަ އަހަރުގަން ސައިކަލަކަށް މިއަދު އަހަރީ ފީ ދައްކަންބެލިއިރު އަނެއްކާ އެބައިން 2017 ގެ ޓްރެފިކްވައިލޭޝަނެއް. އެވެސް -/500. އެއްޗެކޭ ކިޔައިގެން ހަމަ ފެލަނީ!
ކިބޭ
25 July 2024
ގަވާއިދާ ހިލާފުވެގެން ޖޫރިމަނާ ވިކުންފުނިތަކުން ނަގަންޖެހޭ ފައިސާ ދައުލަތުން ނުހޯދީތީވެ އެކަމުގެ ޒީންމާވާމިހުން ނަށް އޮތް އަދަބެއް ނެތިއްޔާ އަދިވެސް ވާނީ ހަމަ އިހު އޮތްގޮތަށް. ފުރަތަމަ އިހުމާލުވިމީހުން ޖޫރިމަނާކޮށްފަ ދެން ތިޔަކުންފުނިތަކަށް ޕެނަލްޓީ ދީބަލަ. ވާންއުޅެނީ ސިންޕޫރަށް. އެކަމަކު ހުރިހާކަމެއްދަނީ ފަނުފުލުން.
އެހެން
25 July 2024
މާފް ކުރާނީކީނޫން ދެން
ކިރުސައި
25 July 2024
ލިސްޓުގަ އެންމެ ކުރީގަ އޮތް 3 ކުންފުނިވެސް ވަނީ އުވާލުމުގެ މަރުހަލާގައި. 56 މިލިއަން ރުފިޔާ. ކުންފުނި އުވާލީމަ ދައުލަތަށް ދައްކަންޖެހޭ ފައިސާއިން ސަލާމަތްވީ.
ކޮރަލް
25 July 2024
ރަނގަޅު ކަމެކެވެ. ދެން ސިޔާސީ މީހުން ވަގަށް ނެގި ފައިސާ އާ ހަރުމުދާ ސަރުކާރަށް ހޯދަން ވީ އެވެ. އެމީހުންގެ މައްސަލަ ތައް ބަލަން ވީ އެވެ.
އޮނަރަބްލް އަފީފު ދީދީ
25 July 2024
ބިދޭސިން އެތެރެކޮށް ވިޔަފާރި ހިންގާ ކުންފުންޏެއްގެ Group Chairman of Hotels and Resorts Investment Maldives ގެ މަޤާމްގައި ހުންނަވާ މުޙައްމަދު އަލީ ޖަނާޙް އަކީ ޑރ މުއިއްޒުގެ ސަރުކާރުން އެމަނިކުފާނުގެ Principal Advisor to the President on Trade and Investment މަޤާމް ދެއްވާފައިވާ ފަރާތް. # ދައުލަތުގެ އިސްމަޤާމް ތަކަށާއި، ކެބިނެޓް ވަޒީރުންނަށާއި، ރައީސުލް ޖުމްހޫރީއްޔާގެ ޙާއްސަ މުޝީރުންނަށް އައްޔަން ކުރާންވާނީ ޤާނޫނު މުޤުރާނުލާ ނަޒާހަތްތެރި މީހުން.
އަޒްޔާން ފުޓުބޯޅަ އެނަލިސްޓް
25 July 2024
ތި އަަދަދުތައް ރައިޓްއޯފް ކޮށްފަ ކުންފުނިތައް އުވާލީމަ ތިކަމުން ސަލާމަތްވީ.
ހާދަ ޖެހިލުންވަނީ
25 July 2024
ބޮޑެތި ކުންފުނި މިބަސް އެކަނިތަ ކިޔަން އެގުނީ.. ކުންފުނި ނަންތައް ޖަހާލީމަ ލިބޭ ސްޕޮންސަރ ކަނޑާލާނެތީ ބިރުންތޯ