ކުރަނގި އޮޕަރޭޝަންގެ ތެރެއިން ބިދޭސީއެއްގެ މައުލޫމާތު އަޕްޑޭޓްކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
29 ސެޕްޓެމްބަރ 2025 - 11:03
މިދިޔަ އެއް އަހަރުގެ ތެރޭގައި މުޅިން އަލަށް 83،000 އަށް ވުރެ ގިނަ ބިދޭސީންނަށް ވޯކްޕާމިޓް ދޫކޮށްފައިވާ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ފޮނުވި ސުވާލުތަކަށް މިދިޔަ ބުރާސްފަތި ދުވަހު ދިން ޖަވާބުގައި އެ މިނިސްޓްރީން ބުނީ އޮގަސްޓް 1، 2024 އިން މި އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް 83،557 ވޯކްޕާމިޓް ދޫކޮށްފައިވާ ކަމަށެވެ.
އެއީ މުޅިން އަލަށް ދޫކުރި ވޯކްޕާމިޓެވެ. އޭގެ އިތުރުން، ބަރާބަރަށް ފައިސާ ދައްކާ މީހުންނަށް އޮޓޮމެޓިކުން ވޯކްޕާމިޓް އާ ވަމުންދާތީ، އެ މުއްދަތުގެ ތެރޭގައި ވޯކްޕާމިޓް އާ ކުރި މީހުންގެ އަދަދެއް ސާފެއް ނުވެ އެވެ.
އެންމެ ގިނައިން ވޯކްޕާމިޓް ދޫކޮށްފައިވަނީ؛
- ބަންގްލަދޭޝް
- އިންޑިއާ
- ނޭޕާލް
- ސްރީ ލަންކާ
- އިންޑޮނޭޝިއާ
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން އަންނަނީ "ކުރަނގި" ނަމުގައި އޮޕަރޭޝަނެއް ފަށައިފަ އެވެ. އޭގެ ތެރެއިން، ބަޔޯމެޓްރިކްސް އަޕްޑޭޓްކޮށް ފުރުސަތު ދިނުމަށް ފަހު، އެ މުއްދަތުގެ ތެރޭގައި އެކަން ނުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.
މިނިސްޓްރީން ބުނީ ފަހު ފުރުސަތުގައި 6،321 ބިދޭސީއެއްގެ ބަޔޯމެޓްރިކް އަޕްޑޭޓް ކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ބަޔޯމެޓްރިކްސް އަޕްޑޭޓްނުކޮށް ހުރި ވަޒީފާދޭ 4،302 ފަރާތް އެކްސްޕެޓް ސިސްޓަމުން މި ވަގުތު ސަސްޕެންޑު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ސަސްޕެންޑު ވުމުން ވަޒީފާދޭ ފަރާތްތަކަށް އާ ވޯކްސައިޓް ރަޖިސްޓްރީ ކުރުމާއި އާ ކޯޓާ ދިނުން އަދި އާ ވޯކްޕާމިޓްގެ ހިދުމަތް ދިނުން މެދުކެނޑޭނެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ނިޔަލަށް 181،093 ބިދޭސީންގެ ބަޔޯމެޓްރިކްސް ވަނީ އަޕްޑޭޓުކޮށް އެވެ. އަދި ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރިއަސް މިހާތަނަށް އޭގެ ތެރެއިން އެއްވެސް ބިދޭސީއަކު ޑީޕޯޓު ނުކުރާ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް ވަގުފާރި
29 September 2025
އެތެރެވާވަރު މެކުހަށް ! މި ވެސް ރެކޯޑެއް !
ސީ އެން އެން
29 September 2025
ސްޓޭޓް މިނިސްޓަރު ހާ ރުފިޔާއެއް ހަދާލާނޭދޯ.
އަލީ ޝަރީފް
29 September 2025
ބިދޭސީންގެ އުނދަގުލާހެދި ދިވެހިން މި އުޅެނީ ނޭވާ ނުލެވިގެން. ރާއްޖޭގައި ކުރާ ހުރިހާ ކުށްތަކެއްގެ މުގުލުގައި ތިބެނީ ބިދޭސީން. ޑުރަގު، މާރާމާރީ، ވައްކަމާއި ފޭރުން، ޖިންސީ ގޯނާއާއި ފުރައްސާރަ، މީހުން މެރުން، ގޭންގު އޮޕަރޭޓް ކުރުން މިހެން ދެން ކިޔާނެ ކަމެއް ނެތް. ބިދޭސީންގެ މައްސަލައަކީ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އެމްއެންޑީއެފުން ވެސް ވަނީ އިއުލާންކޮށްފައި. މިއީ އަހަރެމެންނަށް ޖެހިފައި އޮތް ބޮޑު މުސީބާތެއް.
އަހުމަދޭ
30 September 2025
ހާދަ ރޭސިސްޓޭދޯ. ތިކިޔާ ހުރިހާ ކުށެއްގެ އަޑީގަ ތިބީ ހަމަ ދިވެހިން.
ކޮރަލް
29 September 2025
މިހާރު ދޫކުރާ ލެއް މަދުވީމަ ވޯކް ޕާމިޓް އެއް މޭޒު ދަށުން 25 ހާހުންނެވެ.
ްއެރރތ
29 September 2025
ތިއީ ރާއްޖޭގެ އާބާދީގެ ތިންބައުކުޅަ އެއްބައި
ކަނބުލޮ
29 September 2025
ފާޑު ފާޑުގެ ކޮމެންޓު ކޮއްކޮއް މިހެން ތިބޭނެ ކަމެއްނެތް. ތިހުރިހާ ހަލާކަކީ މި ޕާޓީ ނިޒާމު. ރައިޔަތުން ނަށް މި އަކުން 17 އަހަރުވިއިރު ވި ރަގަޅެއްނެތް. ޕާޓީތަކުގެ މެމްބަރު ކަމުން ރައިޔަތުން ވަކިވާން ޖެހެނީ. މެބަރުންގެ ބޮލަށް ލާރި ނަގައިގެން އެ ފައިސާ އަށްވެސް ކުރާކަމެއްވެސް ފެންނާކަށް ނެތް. މިހާރު ވަރައްފަސޭހައިން ޕާޓީ އިން ވަކިވެވޭނެ އިލެކަޝަން ވެބަސައިޓަށް ވަދެގެން. އަވަހަށް އެންމެނަ ވަދެ ގާނޫނީ އަދަދު ތިރިކޮށްލީމާ މި ވަބާއިން ރައިޔަތުން މިންޖުވީ.
ޕޭޓްރިއަޓް
29 September 2025
ނޯ! ދިސް އިޒް އަންއެކްސެޕްޓަބުލް
ފޫހި
29 September 2025
ސުބްޙާނަﷲ މިވަރުންދާނަމަ ކުރިއަށް އޮތް ތިން އަހަރު ކިހާބައިވަރެއް އެތެރެވާނެ. ތިޔައޮތީ ޤައުމިއްޔަތު ދިރުވެފަ.ދފ
ޑޮކްޓަރ ކައްޒާބު
29 September 2025
އަތްޖަހާ އަތްޖަހާ ފެންވަރަށްއަތްޖަހާ !
އަޅި އަލީ
29 September 2025
އަލުން ރެމިޓެންސް ޓެކްސް ނަންގަވަން ފައްޓަވާ ދެއްވާށޭ! އިންޑިއާއަށް 5% ބަންގުލްދޭސް އަށް 10% ނޭޕާލަށް 10% ސްރީ ލަންކާ 10%