ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހިންގާ "ކުރަނގި" އޮޕަރޭޝަންގައި ބިދޭސީއެއްގެ ބަޔޯމެޓްރިކްސް ނަގަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
13 އޮކްޓޯބަރ 2025 - 20:02
ބިދޭސީންގެ ޖޫރިމަނާ އާއި ފީތައް ފަހުން ދައްކަން އެއްބަސްވެއްޖެ ނަމަ ކުރިން ފީ ނުދައްކާ ހުރި ވޯކް ޕާމިޓުތައް ބާތިލް ކޮށްދޭން ހޯމް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ ބަދަލު ގެނައީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދޫކޮށްފައިވާ ވޯކް ޕާމިޓްތަކާއި މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުމުގައި ވަޒީފާދޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އެ ބަދަލާ އެކު، މިއަދުން ފެށިގެން ވޯކް ޕާމިޓްތަކާ ގުޅުން ހުރި ފީތަކާއި ޖޫރިމަނާތައް ވަގުތުން ދެއްކުމަކާ ނުލައި، އެ ފީތައް ފަހުން ދައްކައި ހަލާސްކުރާނެ ކަމަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެއްބަސްވުމުން، ވޯކް ޕާމިޓްތައް ބާތިލު ކުރެވޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ ބާތިލުކުރާ ވޯކް ޕާމިޓްތަކުގެ ކޯޓާ ސްލޮޓް ރިލީޒް ކުރެވޭނީ، އެ ޕާމިޓަކާ ގުޅިގެން ދައްކަން ޖެހޭ ހުރިހާ ފީތަކާއި ޖޫރިމަނާތައް ފުރިހަމައަށް ދައްކައި ހަލާސްކުރުމުން ކަމަށެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން އަންނަނީ "ކުރަނގި" ނަމުގައި ހާއްސަ އޮޕަރޭޝަނެއް ވެސް ހިންގަމުންނެވެ. އެ އޮޕަރޭޝަންގައި އަންނަނީ ބިދޭސީންނަށް ބަޔޯމެޓްރިކްސް އާއި އެހެން މައުލޫމާތު ނަގަމުންނެވެ. އަދި ބަޔޯމެޓްރިކްސް ނުދޭ ބިދޭސީންނަށް ފިޔަވަޅު އަޅަން ނުވަތަ ޑީޕޯޓްކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ހޯމް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ބުނީ، އެހާތަނަށް 27،773 ބިދޭސީއެއްގެ ބަޔޯމެޓްރިކްސްގެ މައުލޫމާތު އެ މިނިސްޓްރީ އަށް ދީފައި ނުވާ ކަމަށާއި އެކަށީގެންވާ ސަބަބެއް ނެތި އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ކަން ނުކުރާ އެންމެން ޑީޕޯޓު ކުރާނެ ކަމަށެވެ.
ހޯމް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން، ވަޒީފާ ދޭ ފަރާތުގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީ ކޮށްފައިވާ 3،942 ފަރާތުގެ ބެލުމުގެ ދަށުގައި ތިބި 27،773 ބިދޭސީއެއްގެ ބަޔޯމެޓްރިކްސް އަޕްޑޭޓު ކޮށްފައި ނުވާ ކަން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ހުރި ރެކޯޑުތަކުން ދައްކަ އެވެ.
ހޯމް މިނިސްޓްރީން ބުނިގޮތުގައި ބަޔޯމެޓްރިކްސްގެ މައުލޫމާތު އެކަށީގެންވާ ސަބަބެއް ނެތި އަންނަ މަހުގެ 15 އިގެ ކުރިން އަޕްޑޭޓު ނުކުރާ ހުރިހާ ބިދޭސީން ޑީޕޯޓު ކުރާނެ އެވެ. އަދި އެ މީހުންނަށް ވަޒީފާ ދޭ ފަރާތުގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީ ކޮށްފައިވާ ފަަރާތްތައް ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން 50،000ރ. އިން ޖޫރިމަނާކޮށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް މިނިސްޓްރީން ދީފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޯހޯން ގޯހައް
14 October 2025
ވަރައްދެރަ ނިންމުމެއް ތިޔައީ މިޤައުމުގަ ކަންތައް ހިނގާގޮތައް ބަލާއިރު ތިޔަ ފައިސާ ދުވަހަކުވެސް ނުލިބޭނެ އަނެއްކާއަނެއްބުރަ ރައްޔިތުންގެ ޚަޒާނާއަށް ތިޔަޖެއްސީ.
ޕިކްސް
14 October 2025
ވޯކުޕާމިޓް ބާތިލްކުރީމަ ދެން އެއަށް ފަހުން ޒިންމާވާކަށް ނުޖެހޭނެ. އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެއްބަސްވުމަކީ އޭގެ ގާނޫނީ އެއްވެސް ބުރަދަނެއް ހުންނާނެކަމެއްނޫން. މި ރާއްޖެގަ ގެންގުޅޭ ސިސްޓަމުތަކަކީ ދެއިރުކާ ބޭހެއްހެން ސިޔާސީމީހުން ބަދަލުގެންނަ އެއްޗެއް.
ޝަހީދު
14 October 2025
ފުރަތަމަ ކަލޭމެން ދޭންޖެހޭ ޑިޕޮސިޓު ލާރި ދީބަލަ
އަބްޑޫޅް +
14 October 2025
މިހާރު، ކޮނޑުގަ އަޅާ، ފުލައިޓު ތެރެޔަށް ކޮއްޕާލައިގެން ޑިޕޯޓުކޮށްލާ ކަންތައް ހުއްޓުނީ ދޯވ؟ ކަލޭމެންނަމަވެސް ތަހުޒީބުވުމުގެ ކުޑަނަމަވެސް އުންމީދެއް، އަދި އެބަ އޮތް.
ޢަހުސަން ފަލީ
13 October 2025
ޚޮންއިރަކުންތަ 2010 ވަނަ އަހަރު ބެހެއްޓި ޑިޕޮސިޓް ކޮލުދެނީ
މެސްލިޔާނ
13 October 2025
މިދާގޮތުން އަހަރު ނިމުމުގެ ކުރިން ފީއާއި ޖުރުމަނާއަށް ފައިސާ ނުދެއްކިޔަސް، އަލުން ކޯޓާވެސް ލިބޭނެ، އަދި ވޯކްޕާމިޓްތައްވެސް ބާތިލް ކުރެވޭނެ، ޔަޢުނީ ކުރިން އޮތް އުސޫލުން ބޭނުން ވަރަކަށް ބިދޭސީން ގެނެސް މަގުމައްޗަށް ދޫކޮށްލުމަށްވެސް ފުރުސަތު ހުޅުވޭނެ، ކުރިންވެސް ޖުރުމަނާކޮށް ފައިސާ ނުދައްކާ މީހުންނަށް ލުއިދެމުން ދެމުންގޮސް އެންމެ ފަހުން އެ ފައިސާ ދައްކަން ނުޖެހޭ ގޮތަށް ނިމިގެންދަނީ، ދިސް އިޒް މޯޑިސް
ހެލޯލޯ
13 October 2025
ބަލަ މީހުންނަށް މިނިސްޓްރީތަކުން ދޭންހުރި ލާރި ތައް ދޫކޮށްލާފަ މިކަހަލަ ވާހަކަތައް ދެއްކުން ބުއްދިވެރި. ލޭބަރ މިނިސްޓްރީ ހިސާބުންވެސް ބައެއްކުންފުނިތަކުގެ ލާރިނުދީ އެބަހުރި. ހަމަހުސް ރައްޔިތުން ތިރި އަރުވާލާ ވާހަކަ ކަމަކުނުދޭ.
ކަންނެލި
13 October 2025
މިތާ ކިޔާނުކިޔާއެއް ސާފެއްނުވޭ. ބިދޭސީން ގެންގުޅޭ މީހުންނަށް ދެން ސާފުވާނެކަންނޭންގެ.