ބަޔޯމެޓްރިކްސް ސިސްޓަމަށް ނާޅާ ހުރިހާ ބިދޭސީން ޑީޕޯޓްކޮށް، ވަޒީފާ ދިން މީހުން 50،000ރ. އިން ޖޫރިމަނާ ކުރާނެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ ބަޔޯމެޓްރިކްސްގެ މައުލޫމާތު ނަގަނީ.
09 އޮކްޓޯބަރ 2025 - 23:44
މިހާތަނަށް 27،773 ބިދޭސީއެއްގެ ބަޔޯމެޓްރިކްސްގެ މައުލޫމާތު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އަށް ދީފައި ނުވާ ކަމަށާއި އެކަށީގެންވާ ސަބަބެއް ނެތި އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ކަން ނުކުރާ އެންމެން ޑީޕޯޓު ކުރާނެ ކަމުގެ އިންޒާރު އެ މިނިސްޓްރީން މިއަދު ދީފި އެވެ.
ހޯމް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން، ވަޒީފާ ދޭ ފަރާތުގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީ ކޮށްފައިވާ 3،942 ފަރާތުގެ ބެލުމުގެ ދަށުގައި ތިބި 27،773 ބިދޭސީއެއްގެ ބަޔޯމެޓްރިކްސް އަޕްޑޭޓު ކޮށްފައި ނުވާ ކަން ރެކޯޑުތަކުން ދައްކަ އެވެ.
އެހެންވެ، އަންނަ ނޮވެމްބަރު 15 އިގެ ކުރިން އެ އެންމެންގެ ބަޔޯމެޓްރިކްސް، އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްޑޭޓު ކުރުމަށް ފަހު ފުރުސަތު ދީފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓު ކުރުމުގެ މަސައްކަތް އެ ދުވަހާ ހަމައަށް ކުރިއަށް ގެންދާނީ ކުރިއެކޭ ވެސް އެއްގޮތަށް، އެންސީއައިޓީ އިމާރާތުގެ ގްރައުންޑު ފްލޯގައި ގާއިމްކޮށްފައިވާ "ޖޮކް ސެންޓަރު" ން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ހޯމް މިނިސްޓްރީން ބުނިގޮތުގައި ބަޔޯމެޓްރިކްސްގެ މައުލޫމާތު އެކަށީގެންވާ ސަބަބެއް ނެތި އަންނަ މަހުގެ 15 އިގެ ކުރިން އަޕްޑޭޓު ނުކުރާ ހުރިހާ ބިދޭސީން ޑީޕޯޓު ކުރާނެ އެވެ. އަދި އެ މީހުންނަށް ވަޒީފާ ދޭ ފަރާތުގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީ ކޮށްފައިވާ ފަަރާތްތައް ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން 50،000ރ. އިން ޖޫރިމަނާކޮށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް މިނިސްޓްރީން ދިނެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބައޯމެޓްރިކްސް މައުލޫމާތު ނަގަން ފެށީ މެއި 2024 ގަ އެވެ.
"އޮޕަރޭޝަން ކުރަނގި"ގެ ދަށުން ބިދޭސީ މަސައްކަތްތެރިންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، ޑޭޓާބޭސް އަޕްޑޭޓު ކުރުމުގެ މަސައްކަތް ކާމިޔާބު ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވެފައި ވަނީ ބިދޭސީންގެ މައުލޫމާތުތައް އެއްކޮށް، އެއީ ކާކު ކަމައި ކޮން ގައުމެއްގެ ރައްޔިތެއްކަން ދެނެގަތުމަށް މި ސަރުކާރުން ފަށާފައިވާ ކުރަނގި އޮޕަރޭޝަން ޕްރޮގްރާމުން އެނގުނު އެއް ކަމަކީ މިދިޔަ ދެ އަހަރުގެ ތެރޭގައި 178،982 ބިދޭސީން ރާއްޖޭގައި އުޅޭ ކަން ކަމަށެވެ.
"މިއީ ވަރަށް ބޮޑު އަދަދެއް. މިހާރު އެބަ އެނގޭ ރާއްޖޭގައި ދެ ލައްކައެއްހާ ބޭރު މީހުން އުޅޭކަން. މި އޮތް ހުރިހާ ދުވަސްވީއިރު މިކަން ނޭނގޭ،" ރައީސް ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖައިސާމް
10 October 2025
ރާއްޖޭގެ ދިރިއުޅޭ ބިދޭސީންގެ ތެރެއިން ނިޒާމުގެ ތެރޭގަ ތިބި މީހުންގެ ތެރެއިން 27،773 މީހުން ރެޖިސްޓްރީ ނުވާ ވާހަކަ އެބުނީ. ހުރިހާ ބިދޭސީންގެ ތެރެއިން 27،773 މީހުންގެ ބަޔޯމެޓްރިކް ނިޒާމަށް ނުވަންނަ ވާހަކަ އެބުނީ.
އޮނަރަބްލް އަފީފު ދީދީ
10 October 2025
މަތީގައިދެންނެވި ކަންކަމަށް ހައްލުހޯދަން އެންމެފުރަތަމަ ކުރާންވީކަމަކީ އީޔޫގެ ޤައުމުތަކާއި، އިޤިރޭސިވިލާތް، ސްވިޓްޒަލެންޑް، ޖެޕާން، ކޮރެއާ، ސައުދީ، ޤަޓަރ، ކްވެއިތު، ޔޫއޭއީ، ރަޝިޔާ، ސިންގަޕޯރ، ތައިލެންޑް، މެލޭޝިޔާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ކެނަޑާ، އެމަރިކާ، ސައުތުއެފްރިކާ ޗައިނާ، އިންޑިޔާ އަދި ލަންކާ ނޫން ޤައުމުތަކުގެ އޯޑިނެރީ ޕާސްޕޯޓް ހޮލްޑަރުންނަށް އެޑްވާންސް ވީސާނެތި ރާއްޖެ ނާދެވޭގޮތަށް އިމިޤްރޭޝަން ޤަވާއިދު ބަދަލުކޮށްފައި ތިކަންކަން ކުރުން.
ހކޑއ
11 October 2025
މަތީގަ ދަންނަވާތާ ވަރައްޒަމާން ވެއްޖެނު ވީކަމެއްނެތެއްނު، މިހާރުވެއްޖެނު މަތީގަ ނުދަންނަވާ ތިރީގަދަންނަވަން.
ޑރ ވާންޗޯ
10 October 2025
ކޮންމެސް ސަރުކާރުގެ ބޮޑަކު ކޮންފޯމް ކޮއްދެއްވަފާނަންތޯ މީ ކިތައްވަނަ ފަހުފުރުސަތުތޯ. އަދި ކުރިޔައް ކިތައް ފަހުފުރުސަތު އެބައޮތްތޯ؟
އޮނަރަބްލް އަފީފު ދީދީ
10 October 2025
ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ކުރަން ހުރަސްއެޅޭގޮތަށް ހުރި އިމިޤްރޭޝަން ޤަވާއިދުތަކަށް ބަދަލުގެނެސް ރާއްޖެއަންނަނީ ކޮންޤައުމެއްގެ ކާކުކަން އޭނާ ރާއްޖެ އައުމުގެކުރިން އިގޭގޮތަށް އަދި ރާއްޖޭގައި މަސައްކަތްކުރަން ވާކްވީސާ ދޫކުރުމުގައި މިހާރު މިވާގޮތަށް "ރާއްޖެ އައިސް ޕާސްޕޯޓް ނަގާއެއްލާލާފައި ނުވަތަ ޕާސްޕޯޓް ވީދާލާފައި" ކޮން ޤައުމެއްގެ މީހެއްކަން ނޭގޭގޮތަށް އަދި ފަސޭހައިން އެކަން ސާބިތު ކޮށްނުދެވޭގޮތަށް އޮންނަ ބަލިކަށި ޤަވާއިދުވެސް އިސްލާޙް ކުރަންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
10 October 2025
މަތީގައިދެންނެވި ކަންކަމަށް ހައްލުހޯދަން އެންމެފުރަތަމަ ކުރާންވީކަމަކީ އީޔޫގެ ޤައުމުތަކާއި، އިޤިރޭސިވިލާތް، ސްވިޓްޒަލެންޑް، ޖެޕާން، ކޮރެއާ، ސައުދީ، ޤަޓަރ، ކްވެއިތު، ޔޫއޭއީ، ރަޝިޔާ، ސިންގަޕޯރ، ތައިލެންޑް، މެލޭޝިޔާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ކެނަޑާ، އެމަރިކާ، ސައުތުއެފްރިކާ ޗައިނާ، އިންޑިޔާ އަދި ލަންކާ ނޫން ޤައުމުތަކުގެ އޯޑިނެރީ ޕާސްޕޯޓް ހޮލްޑަރުންނަށް އެޑްވާންސް ވީސާނެތި ރާއްޖެ ނާދެވޭގޮތަށް އިމިޤްރޭޝަން ޤަވާއިދު ބަދަލުކޮށްފައި ތިކަންކަން ކުރުން.
އޮނަރަބްލް އަފީފު ދީދީ
10 October 2025
މިޒަމާނުގެ ޕާސްޕޯޓްގައި ހުންނަ ސަލާމަތާއި ރައްކާތެރިކަމާއި، މައުލޫމާތުގެ މިންގަޑަށް ނުފެތޭ "ނަވަތަފޮތެއް ފަދަ އެއްޗަކާއި އެކު" ރާއްޖެއައިސް އުޅޭ، އިމިޤްރޭޝަންޤާނޫނާއި ޙިލާފް ބިދޭސިންހޯދަން މަތީގައިދެންނެވިޤައުމުތަށް ފިޔަވާ އެހެންޤައުމުގެ އޯޑިނަރީޕާސްޕޯޓް ހޯލްޑަރުން އެޑްވާންސް ވީސާ ނެގުމަށާއި، ޑިޕްލޯމަޓިކް އިނާޔަތްލިބިގެން އަންނަފަރާތްތައް ފިޔަވާ، އެހެން އެންމެން ރާއްޖެ އައުމުގެކުރިން Electronic Travel Authorisation ހުށަހަޅާންޖެހޭ ގޮތަށް ހަދާ.
އޮނަރަބްލް އަފީފު ދީދީ
10 October 2025
އިޤިރޭސިވިލާތާއި، އެމަރިކާ، އީޔޫގެ ގިނަ ޤައުމުތަކާއި އާސިއާން ގެ ޤައުމުތަކަށް ވެސް ދަތުރު ކުރާނަމަ އޭނާގެ މައުލޫމާތާއި ޕެއިޑް ހޮޓެލް ބުކިންގ ރިސިޕްޓް އާއި އެކު އެޑްވާންސް ކޮށް Electronic Travel Authorisation އަށް އިމިޤްރޭޝަނަށް ހުށަހަޅާން ޖެހޭ ގޮތަށް އެ ޤައުމު ތަކުން ވަނީ އިމިޤްރޭޝަން ޤަވާއިދު ތަކަށް ބަދަލު ގެނެސްފައި. ރާއްޖެ ފަދަ "ފަތުރުވެރިކަމުގެ މަންޒިލެއްގެ ރައްކާތެރި ކަމަށްޓަކާވެސް" ލރާއްޖެ އަންނަނީ ކާކުކަން ދުރާލާ އެގުން ވަރަށް މުހިންމު.
ކުރަނގި25
10 October 2025
ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓް ކުރަނީޔޭ ކިޔާފަ މި މަޖުބޫރުކުރަނީ ފުރައިގެންގޮަސް ގިނަދުވަސްވެފަ ތިބި ބިދޭސީން ކެންސަލްކުރަން! ކެންސަލްކުރެވެނީ މިސިން ރިޕޯރޓްކުރުމަށްފަހު ހުރިހާ ފައިސާއެއް ދެއްކީމަ ، މިސިންގ ރިޕޯރޓްކުރީމަ ޑިޕޮސިޓް ރީފަންޑް ދެނެއް ނުކުރެވޭނެ. ދެން ތިޔަބޭފުޅުން ހިސާބު ޖައްސަވާލައްވާ،27773 ބިދޭސީން × 8،000ރ = 216މިލިޔަން ދިވެހި ރުފިޔާ! ވ.ސަލާމް!