ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. ގުރައިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް
26 ސެޕްޓެމްބަރ 2025 - 09:21
ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން އަތުލައިގަތުމަށް ކުރާ މަސައްކަތުގެ ދަށުން މި މަހުގެ މިހާތަނަށް މިހާތަނަށް 340 މީހަކު ޑީޕޯޓު ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ފ. އަތޮޅަށް މި ހަފުތާގައި ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ނިލަންދޫގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހާލަތު އޮތް ގޮތް އޮޅުންފިލުއްވައި ދެއްވައިފަ އެވެ. ރައީސް ވިދާޅުވި ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެއާ އެކު، ބިދޭސީން ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރި ވެސް އިތުރުވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެހެންވެ، އެ ވިޔަފާރިތަކުގައި އުޅޭ މީހުން ހޯދައި ވަގުތުން ޑީޕޯޓުކުރަން މިދިޔަ ހޯމަ ދުވަހުން ފެށިގެން އޮޕަރޭޝަން ފަށާނެކަން އިއުލާން ކުރެއްވި އެވެ. އެ އޮޕަރޭޝަން އެ ދުވަހު ވަނީ ފަށައިފަ އެވެ.
ތ. ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އެ މަސައްކަތުގެ ބައެއް ތަފާސްހިސާބުތައް ހާމަކުރައްވައިފަ އެވެ.
ކުރަނގި އޮޮޕަރޭޝަންގެ ތެރެއިން ބިދޭސީއެއްގެ ބަޔޯމެޓްރިކްސް ނަގަނީ.
ރެއާ ހަމައަށް 475 ވިޔަފާރިއެއް ބަލައިފާސްކޮށް، އެ ތަންތަނުގައި މަސައްކަތް ކުރަމުން ދިޔަ 955 ބިދޭސީންގެ މައުލޫމާތު ނަގާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެ މުއްދަތުގައި 108 ބިދޭސީން ހިފަހައްޓާފައިވާ ކަމަށައި އެ މީހުން ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ރައީސް ވިދާޅުވި އެވެ.
މިދިޔަ ފަސް ދުވަހު 108 ބިދޭސީން ހިފަހައްޓާފައިވާކަމަށާއި އެ މީހުން ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ހާމަކުރެއްވި ހިސާބުތަކުން އެނގޭ ގޮތުގައި މި މަހުގެ އެކަކުން އިއްޔެގެ ނިޔަލަށް 110 ބިދޭސީއަކު ވަނީ ޑީޕޯޓު ކޮށްފަ އެވެ. އަދި މަރުހަލާތައް ފުރިހަމަ ކުރަމުން ދަނިކޮށް 230 މީހަކު އަމިއްލައަށް ފުރުވައިލުމަށް އެދުމުން އެ މީހުން ވެސް ޑީޕޯޓު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. ގުރައިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް
މި މަހުގެ މިހާތަނަށް 340 ބިދޭސީން ޑީޕޯޓުކޮށްފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް އަހަރުން އަހަރަށް ގޯސްވީ އިރު ވެސް ހައްލު ނުވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މާލެ އާއި އެކި ތަންތަނުގައި ބިދޭސީން ވިޔަފާރި ކުރަމުން ދަނީ އެއްވެސް ބިރެއް، ޖެހިލުމެއް ވެސް ނެތި ކަމަށެވެ. އަދި މީގެ ސަބަބުން އެތައް ކުދި ވިޔަފާރިއަކަށް އޭގެ އަސަރު ކުރާކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"ދިވެހިން ކުރަމުން އައި ވިޔަފާރިތައް ގެއްލެމުން ދަނީ. ކުދި ވިޔަފާރިތައް ހާއްސަކޮށް. ކުދިކުދި ފިހާރަތައް ހިންގާ ފަރާތްތަކާއި މިފަދަ ފަރާތްތައް،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން މިގޮތަށް ދިވެހީންގެ މަސައްކަތުގެ ތެރެއަށް ކުރިން އެކި ގޮތްގޮތުން ނުގަވައިދުން ވައްދާފައި ތިބި ބިދޭސީން ނުގަވައިދުން އަޅުގަނޑުމެންގެ އިގްތިސާދީ ކަންކަން ހަލާކުވެގެން ދާކަށް."
ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. ގުރައިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް
ބިދޭސީންގެ މައުލޫމާތުތައް އެއްކޮށް، އެއީ ކާކު ކަމައި ކޮން ގައުމެއްގެ ރައްޔިތެއްކަން ދެނެގަތުމަށް މި ސަރުކާރުން ފަށާފައިވާ ކުރަނގި އޮޕަރޭޝަން ޕްރޮގްރާމުން އެނގުނު އެއް ކަމަކީ ރައީސް މުއިއްޒު މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވިދާޅުވި ގޮތުގައި މިދިޔަ ދެ އަހަރުގެ ތެރޭގައި 178،982 ބިދޭސީން ރާއްޖޭގައި އުޅޭ ކަމެވެ.
"މިއީ ވަރަށް ބޮޑު އަދަދެއް. މިހާރު އެބަ އެނގޭ ރާއްޖޭގައި ދެ ލައްކައެއްހާ ބޭރު މީހުން އުޅޭކަން. މި އޮތް ހުރިހާ ދުވަސްވީއިރު މިކަން ނޭނގޭ،" ރައީސް ވިދާޅުވި އެވެ.
އެ މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ބަޔޯމެޓްރިކްސް އެއްކޮށް ނިމުމުން، ރާއްޖޭގައި ގަވައިދަށް ފެތިގެން މަސައްކަތް ކުރަން ބޭނުންވާ މީހުން ރެގިއުލަރައިޒް ކުރުމުގެ ޕްރޮގްރާމެއް ހިންގާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސީ އެން އެން
28 September 2025
ތިޔަކަން ކުރަނީ އިޚްލާސްތެރި ނިޔަތެއް އޮވެގެން ނޫންކަން ވަރައް ރަނގަޅައް ދެނަހުރީމު. ޑިޕޯޓް ކުރާމީހާ އެހެން ނަންނަމުގަ އެބަ އެތެރެވޭ އިމިގްރޭޝަންގެ ސްޓޭޓް މިނިސްޓަރަކައް އެއްލައްކަ ރުފިޔާ ދިނީމަ ރާއްޖެއައް އެތެރެވުމުގެ ވިސާ ލިބޭކަން އަހަރެމެން ދެނަހުރީމު. ގަވާއިދުގެ ތެރެއިން ބޭރުމީހަކު ގެންނަންވިޔަސް މިބުނި ސްޓޭޓް މިނިސްޓަރައް އެއްލައްކް ރުފިޔާ ދީގެންނޫނީ ހުއްދަ ލިބޭކަމަކައްނުވޭ. ކާކުކަން ހާމަނުކުރީ ކޮމެންޓް ނުޖަހާނެތީވެ. ސަލާމް
އެ ގޮނޑި އެއޭޓީއެމް
27 September 2025
ތިހެޑްލައިންތަށް ކިޔައިފިއްޔާ ތިން ދައުރު ދޭންޖެހޭ އަސްލު މަންޒަރު ވަރަށް ތަފާތު އެކަމަކު.
އޮނަރަބްލް އަފީފު ދީދީ
26 September 2025
އިމިޤްރޭޝަންޤާނޫނާއި ޙިލާފް މީހުންގެމައްސަލަ ހައްލުވަންދެން ރާއްޖެއަށް އާންމުކޮށް ޓްއަރިސްޓުން އަންނަ އީޔޫގެ ޤައުމުތަކާއި، އިޤިރޭސިވިލާތް، ސްވިޓްޒަލެންޑް، ޖެޕާން، ކޮރެއާ، ސައުދީ، ޤަޓަރ، ކްވެއިތު، ޔޫއޭއީ، ރަޝިޔާ، ސިންގަޕޯރ، ތައިލެންޑް، މެލޭޝިޔާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ކެނަޑާ، އެމަރިކާ، ސައުތުއެފްރިކާ ޗައިނާ، އިންޑިޔާ، ލަންކާ ފިޔަވާ އެހެންޤައުމުތަކުގެ އޯޑިނެރީ ޕާސްޕޯޓް ހޮލްޑަރުންނަށް އެޑްވާންސް ވީސާނެތި ރާއްޖެ ނާދެވޭގޮތަށް ހަދާފައި ތިކަމްކުރޭ.
އޮނަރަބްލް އަފީފު ދީދީ
26 September 2025
މަތީގައިދެންނެވި ޤައުމުތައްވެސް ހިމެނޭގޮތަށް "ރާއްޖެ އަންނަ މީހުންގެތެރެއިން ޑިޕްލޯމެޓިކް އިނާޔަތް ލިބިގެން އަންނަ ފަރާތް ތައް ފިޔަވާ" ރާއްޖެއަންނަ އެހެން ހުރިހާ ފަރާތްތަކުންވެސް ރާއްޖެ އައުމުގެކުރިން ޕެއިޑް ހޮޓެލް ބްކިންސް ރިސިޕްޓް އިމިޤްރޭޝަނަށް ހުށަހަޅައި Electronic Travel Authorization ނަގައިގެން ނޫނީ ރާއްޖެ އެތެރެ ނުވެވޭގޮތަށް ހަދައިގެން ނޫނީ "ހިތުހުރި ގޮތަކަށް ރާއްޖެ އެތެރެވާ މީހުން" ހުއްޓުވުމަކީ އިމިޤްރޭޝަނަށް ކުރެވޭނެ މަސައްކަތެއް ނޫން.
އޮނަރަބްލް އަފީފު ދީދީ
26 September 2025
ޔޯރޮޕާއި، އިޤިރޭސިވިލާތް، އެމަރިކާ، ކެނަޑާ، ރަޝިޔާ، ޖެޕާން، ސިންގަޕޯރ އަދި އޮސްޓްރޭލިޔާ ފަދަ އިމިޤްރޭޝަންގެ ކަންކަން ހަރުކަށި ޤައުމުތަކަށް ޑިރެކްޓް ދަތުރު ކުރެވޭ ގޭޓްވޭ އެއްގެ ގޮތުގައި އޮތް އަދި ދުނިޔޭގެ އެންމެ އަގުބޮޑު ފަތުރުވެރި ކަމުގެ މަންޒިލްގެ ގޮތުގައި އޮތް ދިވެހިރާއްޖޭގައި މަޔަންމާގެ ރަކީން ސްޓޭޓްގައި އުފެދުނު ފަދަ "ރޯހިންގޔާ ދަރިފަސްކޮޅު ފަދަ ބަޔަކު އުފެދެން ފުރުސަތު ނުދިނުމަށްޓަކާވެސް" މަތީގައިދެންނެވި ފަދަ ފިޔަވަޅުތަކެއް އެޅުން މުހިންމު.
ލޮލްލޮލްލޮ
26 September 2025
ތީ ދެން ޖޯކެއް. އާބާދީގެ ތިންބައިކޮށްފަ އެެއްބައި އެއީ ބިދޭސީން. 25 ދުވަހުން 300 ވީމަ ދެން ތީ ބޮޑު ޖޯކެއް ހަމަ
އަބްޑޫޅް +
26 September 2025
ޑިޕޯޓު ކުރުވަން، ކަލޭމެން އެންމެ ލޯބިވާ، އިންޑިޔާ މީހުން ފޮނުވި ޖަލު މީހުން ދޯވ؟ ޙޫމް.
ބުރުހާނު
26 September 2025
ހަމަ 25 ދުވަސް ތެރޭ އޭގެ 2 ގުނަ 680 އަންނާނެތާ! ތިބައިގަނޑެއް މަދެއް ނުވޭ މި ޤައުމަކުން.
އޮނަރަބްލް ވޮޗްމޭން
26 September 2025
25 ދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި ބިދޭސީންގެ އަދަދަު ދޮޅު ހާހަށްވުރެ އިތުރުވާނެ . ގެންނަ މީހާ އަބުރާ ފޮނުވާލުކީ ރޭވިގެން މިހާރު ހިންގާ ހިއުމަންޓުރެފިކިން ވިޔަފާރިއެއް
ވޮޗްމޭން
26 September 2025
އެއާޕޯޓް އެރައިވަލްގައި ވެސް ޓޫރިސްޓުންނަށް މަރުހަބާ ކިޔަން މި ތިބެނީ ބިދޭސީން. މިހާރުން މިހާރަށް މިކަން ހުއްޓުވަންޖެހޭ. ރިސޯޓެއް، ހޮޓަލެއް، ގެސްޓް ހައުސް އެއް ވިޔަސް އެއާޕޯޓަށް ފޮނުވަންވާނީ ދިވެހިން. ކުދި ރަށްރަށުގެ ލޯކަލް ޓޫރިޒަމް ތެރެއަށް ވެސް ބިދޭސީން ވަދެ ގަދަކޮށްފި. ޔޫރަޕް ޗައިނާ މީހަކަސް މިކަން ހުއްޓުވަންޖެހޭ. އިންވެސްޓްކުރެވިދާނެ އެކަމުން އޭމީހުން ޓުއާ ދެނީ، މަސް ދަތުރު ދަނީ، ޑައިވްކުރަނީ، ފޮޓޯނަގަނީ. މީ ދިވެހިންނަށް ދެވޭނެ ހިދުމަތް.
ރަންނަ
26 September 2025
ދިވެހިން ކުރަން ބޭނުންނުވާ ކަންކަން ގަދަކަމުން ކުރުވާނެ ގާނޫނެއް ބޭނުންވަނެ މިކަންކަން ބަދަލު ކުރަން. ބޭރުމީހުން ގެންގުޅުމަކީ ޚަރަދުބޮޑު ކަމެއް. އެހެންނަމަވެސް ވިޔަފާރިއެއް ކުރެވޭނީ ބަރޯސާ ވެވޭ މުއައްޒިފުން ލައިގެން. ސިޔާސީ ބޭނުމަށް ކިތަންމެ ވާހަކައެއްވެސް ދެއްކިދާނެ