ހޯމް މިނިސްޓަރު އިހުސާން މިއަދު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
25 ޖުލައި 2024 - 14:03
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ފީ ނުދައްކާ ކުންފުނިތައް ހާމަ ކުރުމާއި ފިޔަވަޅު އެޅުމުގައި އެއްވެސް މީހަކު ބެލުމެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމަށާއި އަދި އެ މައްސަލާގައި ނުދައްކާ ހުރި ފައިސާ ހޯދަން ކޯޓަށް ވެސް ހުށަހަޅާނެ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އޭނާ "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އަމިއްލަ މަސައްކަތުގައި އުޅުއްވުމަށްފަހު، އެންމެ ބުރަ އެއް މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވީ "ގޮނޑީގެ ހޫނުކަން" އެނގިވަޑައިގެން ހުންނަވާ ކަމަށެވެ. އަދި ބޭނުންވަނީ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށާއި އެއްވެސް ކަމެއް ނުކޮށް ނުހުންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތްއިރު ވެސް، އެ ދާއިރާގެ ކަންކަން ރަނގަޅުކުރަން އެއްވެސް މީހެއްގެ ނުފޫޒަކަށް ނުބަލާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެގޮތަށް އެއްވެސް ބަޔަކު ތަފާތު ނުކޮށް އެކަންކަމުގައި ފިޔަވަޅު އަޅުއްވާނެ ކަމަށް އިހްސާން ވިދާޅުވި އެވެ.
"ގާނޫނު ވާނީ ގާނޫނަށް. އެއީ ކޮންމެ މީހަކު ކަމަށް ވިޔަސް." އިހްސާން ވިދާޅުވި އެވެ.
މިނިސްޓްރީން ރޭ ވަނީ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކާ ކުންފުނިތައް ރޭ ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި މި ސަރުކާރު ކޯލިޝަންގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ނުފޫޒު ގަދަ ބޮޑެތި ވިޔަފާރިވެރިންގެ ކުންފުނިތައް ވެސް ހިމެނެ އެވެ.
ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނެގުމުގެ ގައުމީ ކެމްޕެއިން، "ކުރަނގި" ފެށުމަށްފަހު، ހިންމަފުށީގައި މަސައްކަތްކުރާ ބިދޭސީންތަކެއްގެ މައުލޫމާތު ނެގުމަށް މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ފައިސާ ދެއްކުމަށް ކުރިން މުއްދަތެއް ދީ، އެކަން އިއުލާންކުރި ކަމަށެވެ. އަދި ދެވަނަ ފިޔަވަޅެއްގެ ގޮތުން، ލިސްޓު އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ފުރުސަތު ދިނުމަށްފަހު ކަމަށާއި އަދި އިތުރު ފިޔަވަޅުތައް ވެސް ފަހުން އަޅާނެ ކަމަށް ވިދާޅުވި އެވެ.
އިހްސާން ވިދާޅުވި ގޮތުގައި މިނިސްޓްރީން އާއްމުކުރި ކުންފުނިތަކުގެ ތެރޭގައި ހިއުމަން ޓްރެފިކިންގެ އަމަލުތައް ހިންގާ ކުންފުނިތައް އެބަހުއްޓެވެ. އެހެންވެ، އެ މައްސަލަތައް ވަކިން ތަހުގީގު ކުރަން ޕޮލިހަށް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ އެންޓި ޓްރެފިކިންގައި އުޅޭ ފަރާތްތަކުގެ އިންޑިކޭޓާއެއް އުޅޭ ކަމަށެވެ. އޭގެ ތެރޭގައި އާދަޔާ ހިލާފަށް ބިދޭސީން ގެއްލިގެން ހުށަހެޅުމާއި ބިދޭސީން ގެނައުމަށްފަހު ފައިސާ ނުދައްކާ ހުރި ކުންފުނިތަކަކީ ހެއްކެކެވެ. އެ އިންޑިކޭޓާތަކަށް ބަލައި މިނިސްޓްރީން އަންނަނީ ވެރިފިކޭޝަން ޕްރޮސެސް ކުރަމުންނެވެ. އެއަށްފަހު، ތަހުގީގުކުރަން ޖެހޭ މައްސަލަތައް ފުލުހަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ރޭ އާއްމުކުރި އިއުލާނުގައިވާ ގޮތުން ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކާ ހުރި 1،026 ފަރާތެއް ހިމެނެ އެވެ. އެ ކުންފުނިތަކުން ފީ އާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ޖުމްލަ 636 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އެވެ.
ހޯމް މިނިސްޓަރު އިހުސާން މިއަދު "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
މިނިސްޓަރު ވިދާޅުވީ އޭގެ ތެރޭގައި ސަރުކާރުގެ އެކި ޕްރޮޖެކްޓުތައް ހިންގުމަށްފަހު ސަރުކާރުން ވެސް ފައިސާ ދޭންޖެހޭ ކުންފުނިތައް ހިމެނޭ ކަމަށެވެ. އެހެންވެ، އެ ކުންފުނިތަކާ އެކު ސެޓްލްމަންޓް އެގްރިމެންޓެއް ހަދައި، ފިނޭންސް މިނިސްޓްރީއާ މަޝްވަރާކޮށް، ދެ ފަރާތުން ދައްކަންޖެހޭ ފައިސާއަށް ލުޔެއް ގެނައުމުގެ ފުރުސަތު އޮތް ނަމަ އެކަން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ގަސްތުގައި ފީ ނުދައްކާ އެތައް ކުންފުނިތަކެއް އެބަތިބި ކަމަށް އިހްސާން ވިދާޅުވި އެވެ. އެހެންކަމުން އެ ފަރާތްތަކަށް މިހާރު ދެމުން އަންނަ ހިދުމަތްތައް ކަނޑާލައި، ބިދޭސީންނާ ގުޅޭ އެއްވެސް ހިދުމަތެއް ނުލިބޭ ގޮތަށް ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
"ނެކްސްޓް އޯޑާގައި އިން ބިޒްނަސް ނުވަތަ ނެކްސްޓް އެކްޝަންސްތައް އަޅުގަނޑުމެން ނަގާނަން." އިހުސާން ވިދާޅުވި އެވެ.
"ހަތަރު ވަނަ މަރުހަލާއަކީ [ބިދޭސީންގެ ކަންކަމަށް] ހުއްދަ ނުދިނުމަށްފަހު ކޯޓަށް މައްސަލަތައް ހުށަހެޅުން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަގުތުން ހުއްޓުވަން ޖެހޭ
27 July 2024
މަގު މަތިން ދިމާ ކޮއް ހެދުމެއް ނެތަސް. މީ ހުން އަބުރާ ބެހުމާ މީހުންގެ އަގު ވައްޓާލާ. ބުލީ ކުރުން ވަރަށް ގިނަ ވެއްޖެ، ސޯސަލް މީޑިއާ ގަ. ސައިބާ ބުލީން ވަރައް ގިނަ. މިނިސްޓަރް މިކަމައް ހައްލެއް ގެނަސްދީ..
އަބްޑޫޅް +
26 July 2024
ބައެއް ބޮލަށާއި ބައެއްކަނދުރާ އަށް ނޫނީ، ވަކި ބޮލަކަށާއި ވަކި ކަނދުރާ އަކަށް ކަލެލޭމެން ނުބަލަމު.
ކުޑަމޫސަބޭ
26 July 2024
ދެން ތިހެން ހުރިހާ ވާހަކައެއް ދައްކާފަ އޯގާތެރި ވެރިކަމެއް ކުރިކަމަށް ދައުވާކުރި ރައީސަކު ކުރެއްވި ކަހަލަ ފީކުދާނު ކަމެއް ނުކުރުން އެދެން. އެއީ ދައުލަތަށް ލިބެން ޖެހޭ ޖޫރިމާނާ ފައިސާ ބިލިޔަނުން މާފުކޮށްދިނީ. ހަޤީޤަތުގައި އެ ރައީސް އެކުރީ ބޮޑު ޚިޔާނާތެއް. ލިބިފައިވާ ބާރެއް ވަކިބަޔަކަށް މަންފާވެސް ކޮށްދިނީ. މިއީ ސައްޙަ ނިންމުމެއްތޯ ކޯތާސްވެސް ހުޙަލަޅަން ގޮވާލަން. ދައުލަތަށް ކެރިދާނެ ބާ؟!؟!؟!؟!
ދަންތުރޭ
26 July 2024
ގިނަ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. އަމަލު ގިނަ ކުރަންވީ. ގާނޫނާ ގަވައިދު ތަންދޭ އުސޫލުގެ ތެރެއިން ކަންކަން ކުރަންވީ. މެދު އުމުރުގެ ކޮންމެ މީހެއްގެވެސް ކުރީގައި ކުރި މަސއްކަތެއް އޮންނާނެ. އެކަމެއް ދޫކޮށްފަ އާ ވަޒީފާއަކަށް އާދެވޭނީ. އެއަކީ މާކަ ބޮޑު ހުއްޖަތެއްގެ ގޮތުން ދައްކަން ޖެހޭ ވާހަކައެއް ނޫން.
އިހްސާސް
26 July 2024
ސާބަހޭ އިޙްސާން. ގަޓުހުންނަންވާނެ. އަމީން ކޮންސްޓްރަކްޝަންފަދަ ފީނުދައްކާ އެހެނަސް ސަރުކާރުން މަސައްކަތްދެމުން ގެންދާތަންތަން ބުލެކްލިސްޓުކޮށް މަސައްކަތް ދިނުން ހުއްޓާލަންޖެހޭ.
ހަސަން އަލީފުޅު
26 July 2024
މިހާރު އަޑުއެހޭކަށް ނުހުރޭ! އެކީއްވެ؟
ޥަކަބެ
26 July 2024
ތީ ރޮކެޓް ސައިންސްގެ ވެރިޔާ، ސޯ ނޯ ސަޕްރައިސް!
ޖުއި
26 July 2024
ހެޕީ މާރކެޓަށް ވީ ގޮތެއް މީހަކު ބަލާލަދީބަލަ
ހުސް އަނގަ
25 July 2024
ނިމުނު ޖޫން މަހުން ފެށިގެން ޕޮލިސް ސިވިލް މުވައްޒަފުން ނަން ބޮޑު މުސާރަ ލިބޭނޭ ބުނީ ކުރީ ސަރުކާރުގެ ހޯމް މިނިސްޓަރތޯ؟
1234567
25 July 2024
އެއްވެސް ސަރުކާރަކަ ކިސްޓުއާމުކުރާކައް ނުކެރުނު. މި ސަރުކާރަ ކެރުނީ.
ދޮށި
25 July 2024
ދެތިން ފަހަރު ކިޔާލަން ޖެހުނު ކޮމެންޓެއް މިއީ.