ފުލުހުން އަތުލައިގެންފައިވާ މަސްތުވާއެއްޗެހިތަކެއް: ޖަލުގައި މަސްތުވާތަކެތި ގެންގުޅުނު ގައިދީއަކު އުމުރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/ޕޮލިސް
28 ޖުލައި 2024 - 13:43
މާފުށީ ޖަލުގައި ޑްރަގް ގެންގުޅުނު ގައިދީއަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ޖެނުއަރީ، 2016 ގައި ގައިދީއެއްގެ އަތުން މަސްތުވާތަކެތި ފެނުނީ އޭނާ ލައިގެން ހުރި ބޮކްސާގެ ތެރޭގައި ފޮރުވައިގެން އުޅެނިކޮށެވެ. ކަރެކްޝަންސްއިން ހިންގި އެ އޮޕަރޭޝަންގައި 30 ގްރާމަށް ވުރެ ގިނަ ޑައިމޯފިން ފެނިފައިވެ އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ އޭނާ އެ ދައުވާއަށް އިންކާރުކުރި ނަމަވެސް މަސްތުވާތަކެތި ފެނުނީ އޭނާ ލައިގެން ހުރި ބޮކްސާގެ ތެރެއިން ކަމަށް ވާތީ އޭނާގެ ހަގީގީ ހިޔާޒަތުގެ ދަށުން މަސްތުވާތަކެތި ފެނުނުކަން ސާބިތުވާ ކަމަށެވެ. އަދި އެތަނުން މަސްތުވާތަކެތި ފެނުނު ކަމަށް އޭނާ އިންކާރު ނުކުރާއިރު، އެ ތަކެއްޗަކީ މަސްތުވާތަކެތި ކަން އޭނާއަށް އެނގޭކަން ސާބިތުވާތީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، ހުކުމުގައިވަނީ އޭނާ އުމުރަށް ޖަލަށްލުމާ އެކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ އެއް މަސް ތެރޭގައި ދައުލަތަށް ދެއްކުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންކަލޯބެ
29 July 2024
ކޮބާ ޖަލުގެ ސެކިއުރިޓީ ޔަގީންކުރަން ތިބިމީހުންގެ ދޯދިޔާކަން އެމީހުންގެ ނާގާބިލުކަން ވަޒީފާއަށް އިހުމާލުވުން މިކަންކަމަށް އެޅިފިޔަވަޅު. މިވެސް ބޮޑުސިއްރެއްއުތަ
މމމމމމ
29 July 2024
1 ލައްކަ ދެއްކިޔަސް ނުދެއްކިޔަސް އުމުރު ދުވަހު ޖަލުގައި ހުންނަންޖެހޭ މީހަކު ބައި ރުފިޔާ ވެސް ދޭނެތަ؟
އަހަންމާކަލޯ
29 July 2024
ޖަލުގައި ޑުރަގު ގެންގުޅުމުން ހަގީގަތުގައި އުމުރަށް ހުކުން ކުރަންވީ
މީމަމީހާ
28 July 2024
ގަދަޔަށް އެތެރެ ކުރާ މީހުން އެކަމު މިނިވަން ވަނީ.. މިވާ ރާއްޖޭއެއް.
ކުރި
28 July 2024
ކޯޓުގެ ހުކުމް އެންމެ ފުރިހަމަ އޭ ބުނަން ދަތި ޖަލަކީ ކޮންމެ ކޮންމެ މީހަކަށް ވަދެ ނުކުމެ އުޅެވޭނެ ތަނެއްނޫން އެހެންވެ ކޮބާތޯ ޒިންމާދާރު ވެރިޔާގެ މައްސޫލިއްޔު. ކީއްވެތޯ ވެރިޔާ ޒިންމާ ނުނަގަންވީ މިއީ ހައްތަހާވެސް އުފެދޭ ސުވާލު ތަށް.
ސަނީސައިޑްބޮންޑް
28 July 2024
ވީމާއަޅެފަހެ ކަލޭ އެންމެކުރާހިއްވާކަންތައްކަމަށްވާ ޖަލުގައިޑްރަގްގެންގުޅުން ފަހިކޮށްދިނުމުގެގޮތުން އެމަސައްކަތްކުރެވޭގޮތަށް އުމުރަށް ޖަލައް ހުކުމް ކުރީއެވެ.
ބުރާން
28 July 2024
މިހާރުވެސް އޭނަހުރީ އުމުރަށް ޖަލަށް ލާފަ..އަނެއްކާ؟؟؟
ޖަމީލުބެ
28 July 2024
2016؟
ގޮތް ހުސްވީތާ
28 July 2024
ތީ ދެން ވަރަށް ތާކުންތާކުން ނުޖެހޭ ޙުކުމެއް. ޖަލު އެއީ އޭނާ ޑްރަގް ގެންގުޅެން ފަރިތަ މާޙައުލެއްކަން އޭނާ އެއޮތީ ސާބިތުކޮށްދީފަ. ދެން ދައުލަތުން މި ބުނަނީ އޯ.ކޭ އޭ ދެން އަހަރެމެން ކަލޭ ތިކަން ކުރަން ތިތާނގައި ހުރުމަށް ފުރުޞަތު އެބަ ދެމޭ. ޤައިދީއަށް އޯ.ކޭ. ޖަލުބަލަހައްޓާ މީހުންނަށް އޯ.ކޭ. ފަނޑިޔާރަށް އޯ.ކޭ ދެން ރައްޔިތުން ކޮން މައްސަލަ ހުންނަނީ
ސާފުބާ
28 July 2024
ތާކުންތާކު ނުޖެހޭ ހުކުމެއްކަން އެނގޭނެ ގޮޅިއެއްގައި އޮވެ އުމުރު ދުއްވާލަން ޖެހުނީމަ. ދުނިޔެއަށް އުފަންވުން ވެސް ބޭކާރުވީ.