މާލޭގެ މަގެއް މައްޗަށް ކުނި އަޅައިފައި: މާލޭގެ މަގުތަކަށް ކުނި އުކައިގެން އަހަރުގެ މިހާތަނަށް ވަނީ 6،000 އަށް ވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައި.-- ފޮޓޯ: މިހާރު
29 ޖުލައި 2024 - 10:22
މާލޭގެ މަގުތަކަށް ކުނި އުކާލުމާ ގުޅޭ 6،000 އަށް ވުރެ ގިނަ މައްސަލަ މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލަށް ރިޕޯޓްކޮށްފި އެވެ.
އެ ކައުންސިލުން ރޭ އާންމުކުރި މިދިޔަ ހަ މަސް ދުވަހުގެ މަސައްކަތްތަކުގެ ރިޕޯޓުގައިވާ ގޮތުން، މާލޭގެ މަގުމައްޗާއި ގޯޅިތަކާއި ހުސްބިންތަކަށް ކުނި އަޅައިގެން މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި 6،560 މައްސަލަ ވަނީ ހުށަހަޅައިފަ އެވެ.
މާލޭގެ މަގުމައްޗަށް ކުޅި އަޅާ މައްސަލަ މި ފަހުން ބޮޑުވެގެން ސިޓީ ކައުންސިލުން ވަނީ ފުލުހުންނާ ގުޅިގެން އެ މީހުން ހޯދައި ޖޫރިމަނާ ވެސް ކޮށްފަ އެވެ. މިދިޔަ ރޯދަމަހަށް ގޭތެރެ ސާފުކޮށް، ފަރުނީޗަރާއި ގޭގޭގައި ހިފައި ގެންގުޅޭ އެހެން ސާމާނު ބައެއް މީހުން ނެރުނީ މަގުތަކަށެވެ. އެހެންވެ، މާލޭގެ އެކި ސަރަހައްދުތައް ވަރަށް ބޮޑަށް ގޮނޑުވެ، ކަންކަން ބޮއްސުންލައިގެން ދިއުމުން ސިޓީ ކައުންސިލާއި ވެމްކޯ އިން ވަނީ މަގުތައް ސާފު ވެސް ކޮށްފަ އެވެ.
ސިޓީ ކައުންސިލްގެ ރިޕޯޓުގައިވާ ގޮތުގައި، މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެ ކައުންސިލުން ވަނީ 2،359.2 ޓަނުގެ ކުނި މާލެ އިން ނަގައިފަ އެވެ. އެހެނިހެން ގޮތްގޮތުން ނެގި ކުންޏާ އެކު 6،475.1 ޓަނުގެ ކުނި އުކާލާފައި ވެ އެވެ.
• މަދިރި ކޮންޓްރޯލް ކުރުމަށް 11،607 ތަނެއް ބެލި.
• ޕާކުތަކާއި މިސްކިތްތަކުގައި މީހުން ނިދުމުގެ 1،212 މައްސަލަ.
• އުޅަނދުތައް ގަވާއިދާ ހިލާފު ވެގެން 1،088 ސްޓިކާ ޖަހާފައިވޭ.
• އެކި މައްސަލަތަކުގައި 437 ފަހަރު ޖޫރިމަނާ ކޮށްފައިވޭ.
• ބޯޑު ނެތި މަގުމަތީގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރުމުގެ 366 މައްސަލަ.
• މަގުމަތީގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރުމުގެ 322 މައްސަލަ.
• ހަތަރު ފުރޮޅުލީ 312 ވެހިކަލް ގަރާޖު ކުރުމުގެ ހުއްދަ ދީފައިވޭ.
• ފިހާރައިން ބޭރުގައި މުދަލާއި އަދި ތަކެތި ބެހެއްޓުމުގެ 223 މައްސަލަ.
• އިމާރާތްކުރުމަށް ގެންނަ ތަކެތި މަގުމަތީގައި ބެހެއްޓުމުގެ 141 މައްސަލަ.
• ޕާކިންގެ 33 މައްސަލަ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓާރ. ބަނާނާ
29 July 2024
ކޮންގައުމެއްގައި ތޯ ގެންގުޅޭ އަތް ދަބަސްގަނޑު ބާވެގެން އުކާލަން ގޮނޑަށް ހިފައިގެން ދިއުމުން ފައި ސާ ނަގަނީ. ކުނިގޮޑުން ވިޔަފާރި ކުރާހާ ހިންދަކު ތިޔަކަމުން ސަލާމަތެއް ނުވާނެ، ކުނި މެނޭޖް ކުރާގޮތް ދަސްކުރަން ދުނިޔޭގެ އެހެން ގައުމު ތަކުގައި ކުރާ މަސައްކަތް ބައްލަވާ ލައްވާ !. ވ ސަލާމް
މަމެން1
29 July 2024
ސައިކަލުތައް މައްޗަށް ބުޅާ އަރާ ހީސްލާ މައްސަލަ އަކީ ވެސް ބޮޑު މައްސަލައެއް. ސައިކަލު މަޑި މަތީގައި އޮންނަނީ ހުސް ބުޅަލުގެ ޕޯސްތަކުގެ ނިޝާނާ ކިލާ، ދެން ދުވާ ބުޅާ ހީސްވަހުން ސައިކަލަށް އެރޭ ވަރެއް ނޫން.
ޑިންޑިން ތަކުރު
29 July 2024
ސައިކަލުގެ ވަށިގަނޑަށް ފުޅިއާ ޓިޝޫއާ ދަޅުއަޅާ މައްސަލަ ހިމަނާނަމަ ތިއަދަދު 1 ލައްކައަށްވަރަށް އަރާނެ.
ބޭކާރު ކައުންސިލްތަކެއް
29 July 2024
ޓީވީ މޯލްޑިވްސް ހޮޅިތަކުން މަގުމަތީ ހިނގާމީހުންގެ ބޮލަށް ފެންފައިބާނީ. ސިއްތިމާވާހިނގުން ޕޭމަންޓްމަތީ އިރުަރާއިރު ކުނިކޮތަޅުތަކުން ފުރިފަ. އެދިމާ ފާރުމަތީ ގޮދަޑިއެއް އެއްލާފައޮންނަތާ 6 މަސްވީ. ރިޕޯޓުކުރިއަސް ވާކަމެއް ހަރާން.