ޚަބަރު / ރާއްޖެ-އީރާން

ފަހުގެ ތާރީހެއްގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ނައިބު ރައީސަކު އީރާނަށް ވަޑައިގެންފި

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު، އެ ގައުމުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގެ އިސްވެރިންނާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް

މި ފަހުގެ ތާރީހެއްގައި ރާއްޖޭގެ ނައިބު ރައީސަކު، ފުރަތަމަ ފަހަރަށް އީރާނަށް މިއަދު ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ، އީރާންގެ އާ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އީރާނަށް ވަޑައިގެންފައިވާ ކަމަށެވެ.

އީރާންގެ އެއާޕޯޓުން ނައިބު ރައީސަށް މަރުހަބާ ދެންނެވީ އެ ގައުމުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގެ ނައިބު ރައީސް ޑރ. އަލައިއްދީން ބޮރޫޖަރްދީ އެވެ.

މަޖިލީހުގައި މާދަމާ ބާއްވާ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުންނެވެ.

އީރާންގެ އާ ރައީސް ހުވާކުރައްވާ ރަސްމިއްޔާތުގައި ރާއްޖޭގެ އިސްވެރިއަކު ބައިވެރިވެވަޑައިގަންނަވާއިރު، އެ ގައުމާއެކު ގާއިމްކުރި ސިޔާސީ ގުޅުން މެއި 17، 2016 ގައި ރާއްޖެއިން އިސްވެ ކަނޑާލި އެވެ.

ފޮރިން މިނިސްޓްރީން އޭރު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ޖޫން 2، 1975 ގައި ގާއިމްކުރި ގުޅުން ކަނޑާލީ އަރަބި ގަލްފު ސަރަޙައްދުގެ ހަމަޖެހުމާއި ސުލްހަ އަށް އީރާނުން ހުރަސް އަޅަމުން ދާތީ އެވެ.

ނަމަވެސް، ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖެ އާއި އީރާނުން ވަނީ މާޗު 10، 2023 ގައި ސިޔާސީ ގުޅުން ގާއިމްކޮށްފަ އެވެ.

24 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 0%
icon angry icon angry 46%
icon wow icon wow 8%
icon inlove icon inlove 15%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވައްހާބީ

30 July 2024

ރާއްޖެއަކީ ސުންނީ ގައުމެކޭ ކިޔަނީ ނަމުގަ. މިތަނުގަ ކަރިކިއުލަމްވެސް މުޅިން ވައްހާބީކޮށްފި

The name is already taken The name is available. Register?

ޟެލޭ

30 July 2024

ކަލޯ މިފަހަރު ދުނިޔެ ބަލާ ލާތި..އާޓިކް އަދި އެންޓާޓިކް ، އަށް ވެސް ގޮސްލާތި.

The name is already taken The name is available. Register?

ސްވާސްތީސިރީ

30 July 2024

ބަޔަކު ބުނެގެން އިރާނާއި ، ގަތަރުގެ ސިޔާސީ ގުޅުން ކަނޑާލީ މިހާރުވެސް ވެރިކަމުގަ ތިބި މީހުން، އެކަން އީރާނުން ފާހަގަކުރޭ. އީރާނަކީ، ވަަރަށް ގަދީމީ އަދި ތަހުޒީބް ދުރުވިސްނޭ ބައެއް އުޅޭ ގައުމެއް.

The name is already taken The name is available. Register?

ސުނާރު

30 July 2024

އެމީހެއްގެ މަސްލަހަތު އޮތްތާކަށް އެމީހަކަށް ފަސޭހައިން ދެވޭގޮތްވުން ގާތް!

The name is already taken The name is available. Register?

އަބްޑޫޅް +

30 July 2024

ތިޔަ ހީކުރާހާ ކުރީގެ ތާރީހެއްގަ ރާއްޖޭގަ ނައިބު ރައީސަކު ހުންނެވިތަ؟ ރާއްޖޭގެ ފުރަތަމަ ނައިބުރައީސު އަކީ، އަލްފާލިލު ވެލާނާގޭ އިބްރާހިމް ދީދީ. އެ ދީދީ ކޮޅުނބު ގައި އަވަހާރަވީ 6 އޮކްޓުބަރު 1981 ގައި. ބަލަ، މިއީ މާ ކުރީގެތާރީހެއްގައި އުޅުއްވި ބޭފުޅެއް ނޫނޭ.

The name is already taken The name is available. Register?

ލކލކޖ

30 July 2024

2008 އިން 2024 ވީމާ އެއީ 16 ވަރަކަށް އަހަރު! އެހާ ދުވަހަކީ ކުރު މުއްދަތަކީތަ؟

The name is already taken The name is available. Register?

އަހަނދޭ

29 July 2024

ހެޑިން އޮތްގޮތުން ލަފާކުރެވުނީ ނާށިގަނޑު ހިފައިގެން ޖައްސާލީއޭ.

The name is already taken The name is available. Register?

ކުރި

29 July 2024

އީރާން އެއީ ޝީއީން އަހަރުމެން މިއީ ސުންނީ މުސްލިމުން އެހެންވީމަ ގުލުން ބާއްވަން ޖެހޭނީ ވަކި ހިސާބެއްގަ. ރަތް ރޮނގު ހުރަސް ކުރިޔަ ދީގެން ނުވާނެ

The name is already taken The name is available. Register?

އަޒްރާ

29 July 2024

އަދި މިވީ ހާތަނަށް ޝިޢަޢީންގެ އެއްވެސް ކަހަލަ ކަމެއް މިގައުމަށް ދިމާ ނުވޭ ދެން ބިރުގަންނަން ޖެހޭކަމެއް ނެތް

The name is already taken The name is available. Register?

އަފްރާސިޔާބު

29 July 2024

@ކުރި. ޝިޔައީން ވިޔަސް ސުންނީ ވިޔަސް އެއަކުން ކެއްކޭނޭ ޑޮންޑޮނެއް ނެތޭ ﷲ އަށް ތަގްވާވެރި މިންވަރަކުން ނޫނީ. ތިޔަ ކިޔާ ސުންނީންނަކީ މިއަދު ގައުމުތަކަށް ދިމާވެފައިވާ ހުރިހާ މައްސަލައަކީ. އިރާނަކީ އަރަބި ކަރައިގެ ހަމަޖެހުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ މުސްލިމު ގައުމެއް. މުޅި ދުނިޔެ އެމީހުންނާ ދެކޮޅަށް މަސައްކަތްކުރިއިރުވެސް އެބައިމީހުން ފަލަސްތީނަށް ކުރާ ތާއީދެއްގެ ކުޑަމިންވަރެއްވެސް އުނިނުވޭ. އެހެންތަ ތިކިޔާ ސުންނީން ތިބީ؟

The name is already taken The name is available. Register?

އަބްޑޫޅް +

30 July 2024

ކަލޭމެން ތިޔަ ތިބީ ހުދޫދުން ބޭރުގަ، އީސާގެފާނުގެ މީލާދުން 1959 ވަނަ އަހަރު، 17 ރަބީއުލް އޫލާ މިވެނި ދުވަހު، މިސުރުގެ އަލް އަޒުހަރު މިސްކިތުގެ އުއްތަމަ އިމާމު، އައްޝޭހު އަލް އުސްތާޒު މަޙަމޫދު ޝަލްތޫތު، އެކަލޭގެފާނުގެ ސިއްކަ ޖައްސަވައި ފަތްތޫރަ ހިންގެވި ފަތްކޮޅުން (فتوى شلتوت) ސަލާމް ލެއްވި އަލީގެފާނުގެ ޝިޢަތު (ޝިޢައީ އިސްލާމް) އަކީ ސުންނަތު ޖަމާއަތުގެ 4 މަޒުހަބު ފަދަ، ފުރިހަމަ އިސްލާން ދީން ކަމުގައި ވަނީ އިއުލާނު ކުރައްވާފައި.

The name is already taken The name is available. Register?

އަބްޑޫޅް +

30 July 2024

ބަލަ ކަލޭމެންނަށް ނޭގެނީތަ، ރާއްޖޭގަ އިސްމާއީލީ ޖަމާއަތުގެ ޝިޢާ އިންގެ 300 ވަރަކަށް މީހުންގެ އާބާދީ އެއް، މީލާދީން 1834 އާއި 1962 އާއި މި ދެމެދު އޮތް. އޭގެ ތެރެެއިން ފަޒުލް މޮހޮންމަދަލީ ސޭޓާއި ތާހިރުއަލީ ގުލާމްހުސޭނު ސޭޓު 1980 ގެ އަހަރުތަކާއި ހަމައަށް އުޅުނު. މާލޭގަ އެމީހުންގެ މިސްކިތެއްވެސް ހުރި. ކަލޭމެން ވެއްޖެނުން ކަލޭމެންގެ ރާއްޖެ އާއި ބެހޭ މިކަހަލަ ކަންތައް ދެނެގަންނަން. ކަލޭމެންގެ އިޝްކޯލު ތަކުގެ މުދައްރިދުން ކަނެނެތީތް؟

The name is already taken The name is available. Register?

އަހުމަދު55

30 July 2024

ކާފަރުންނާ ގުޅުން އޮނަންވީ އޮންނަނީ އެންމެ ފުނުގަ. މުސްލިމު ހިޔާލު ތަފާތު ބައެއް ވީމަ ދުރުގަ. ތިޔައް ކިޔަނީ ފިތުނަ ފަސާދަ

The name is already taken The name is available. Register?

އަލީބެ

30 July 2024

ޝިޢައީންގެ ތެރޭ އޮންނަ ވަޖިދު ވުމަކީ ރާއްޖޭގައިވެސް ކުރިން ކޮށްއުޅުނު ކަމެއް. ދިވެހިންނަކީ ކުރިން ސުންނީ ޝިއައީ ދަންނަ ބައެއްނޫން. ދިވެހިން ގަބޫލުކުރަނީ އިސްލާމް ދީން. މިތާގަ ސުންނީ ޝިއައީންގެ ވާހަކަ ދައްކަނެ ކަމެއްނެތް.

The name is already taken The name is available. Register?

ފާންތު

30 July 2024

އެމެރިކާ އާ އިންޑިޔާ އާ ޗައިނާ އާ ގުޚުން ބާއްވަނީ އެމީހުންގެ ސުންނީކަން ވަރުގަދަކަމުން؟!

The name is already taken The name is available. Register?

ލލލލލ

30 July 2024

ޝީއީންނަކީ ކޮންބައެއް؟ އަސްލު ޝީއީންނަކީ، ހަލީފާ ވެރިކަން ތަރުތީބުވެގެން އައިގޮތް ގަބޫލުނުކުރާ މީހުން. އެހެންވީމަ އެމީހުންނަކީ މުސްލިމުންނަށް ނުވާނެ ހަމައެއްވެސް ގޮތެއް ނޯންނާނެ. އެމީހުންނަކީ އިސްލާމްދީނުގެ 5 ރުކުނަށް ތަބާވާ ބައެއް. އެމެރިކާއާ ޔޫރަޕުން މުސްލިމުން ބައިބައިކުރުމަށް ދައްކާ ވިޔާނުދާ ވާހަކަތައް މުސްލިމުންތެރޭ ނުފެތުރުން ރަނގަޅުވާނީ!

The name is already taken The name is available. Register?

އަބްޑޫޅް +

29 July 2024

އިސްރާއީލާއި އެކު އެންމެ ފުރަތަމަ ޑިޕްލޮމެޓިކު ގުޅުން އުފެއްދި އިސްލާން އަގުލަބިއްޔަތެއް އޮންނަ 3 ދައުލަތް: 1- ތުރިކިއްޔަ ޖުމްހޫރިއްޔަތީ (1949 ވަނަ އަހަރު) 2- އިންބަރާތޫރީ އީރާން (1950 ވަނަ އަހަރު) 3- ދިވެހިރާއްޖޭގެ ރަސްކަން (1965 ވަނަ އަހަރު) މީގެ ތެރެއިން މިހާރުވެސް އިސްރާއީލާއި އެކު، އިހުތިޔާރު ލިބިފައިވާ އާދަޔާހިލާފު ސަފީރުންގެ ފެންވަރުގަ، ފުރިހަމަ ޑިޕްލޮމެޓިކު ގުޅުން އަދިވެސް އޮންނަނީ، ބައިތުލްމަޤްދިސް އާއި އަންގޯރާ އާއި މިދެމެދުގަ.

The name is already taken The name is available. Register?

ސީޒަން ޖެކްޝަން

29 July 2024

އިރާނާ ގުޅުންކެނޑިއިރު ކެޔޮޅަކަށް ހުރީ ކާކު؟ ދެން ފަޅުވެރިންނަށް ތިބީ ކޮން ބައެއް؟ އެއަށްފަހު މާފަހުގެ ތާރީޚެއްގާ ކެޔޮޅު ބޭރުކޮށް ފަޅުވެރިން ގެނައި އިންގިލާބު ކޮބާ؟....... ޖަރީމާގެ ވެށިން ފެންނަނީ ހަމަ އެއްބައެއް.

The name is already taken The name is available. Register?

ލކލކ

30 July 2024

2018 ނޮވެންބަރު މަހުން ފެށިގެން 2023 ނޮވެމްބަރު 18 ވަނަ ދުވަހާ ހަމައަށް ހިނގައިދިޔަ މުއްދަތަކީ ދުނިޔޭގެ ތާރީޚުން އުނިވި އަހަރުތަކެއްގެ ގޮތުގައި ވަކި ސިޔާސީ ފިކުރަކަށް ތަބާވާ ބަޔަކު ބަލަނީ. އެދުވަސްވަރު ދިވެހިރާއްޖޭގެ ވެރިކަމުގައި ތިބި ބައެއްގެ އަމަލުތަކަކީ ނުލިޔެވޭ އެއާމެދު ސުވާލުނުކުރެވޭ އަމަލުތަކެއްގެ ގޮތުގައި ހަދަން އެފިކުރުގެ މީހުން އުޅެނީ ކޮންފަދަ މުޑުދާރު އަމަލުތަކެއް އެމުއްދަތުގައި ކޮށްފައިއޮތީމަކަމެއް ނޭނގެ!

The name is already taken The name is available. Register?

ގުލްޒާރު

29 July 2024

ފަހުގެ ތާރީޙެއްގަ އީރާނާއޮތް ދުވަސްވީ ގުޅުންކަނޑާލީ ކޮންބަޔެއްތޯ

The name is already taken The name is available. Register?

3456

30 July 2024

5 އަހަރު ވެރިކަންކޮށް ފައިބައިގެން ދިޔަ ބައިގަނޑު އެގުޅުން އަލުން ނުގުޅުވީ ކީއްވެތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454