ކުވެއިތުގެ ލޯނު އެއްބަސްވުމުގައި ފިނޭންސް މިނިސްޓަރު ޑރ. ޝަފީގު އަދި ކުވެއިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެކްޓިން ޑިރެކްޓާ ޖެނެރަލް ވަލީދު އަލް ބަހަރް ސޮއިކުރައްވަނީ.-- ފޮޓޯ: ފިނޭންސް މިނިސްޓްރީ
29 ޖުލައި 2024 - 20:41
ރާއްޖޭގެ ކުދި ރަށްރަށުގެ ސިއްހީ ހިދުމަތްތައް ފުޅާކުރަން ކުވައިތު ފަންޑާ އެކު، ތިން މިލިއަން ދީނާރު (9.8 މިލިއަން ޑޮލަރު) ލޯނުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަގުސަދުގައި އުފައްދާފައިވާ "ސްމޯލް އައިލޭންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓް"ގެ ލޯނު އެއްބަސްވުމުގައި ކުވައިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެކްޓިން ޑިރެކްޓަ ޖެނެރަލް ވަލީދު އަލް ބަހަރް އަދި ރާއްޖޭގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ސޮއިކުރައްވާފައިވާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް ބައިވެރިވެވަޑައިގަތެވެ.
މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގެ ކުދި ރަށްރަށަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާއި އެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ ބޭނުމެއް ކަމަށެވެ.
ހިދުމަތްތައް ފޯރުކޮށްދޭ ރަށްރަށުގެ މެދުގައި ސިއްހީ ހިދުމަތް ހޯދަން ދަތުރުކުރުމުގެ ހަރަދު ކުޑަވެ، ރަށްރަށުގެ އާބާދީ އާއި ޓޫރިސްޓުންނަށް ލާމަރުކަޒީ އުސޫލުން ސިއްހީ ހިދުމަތް ފޯރުކޮށްދީ، ދެ ވަނަ ފަންތީގެ ސިއްހީ ފަރުވާ އެންމެ އެކަށީގެންވާ ވަގުތުގައި އެ ލޯނުގެ ދަށުން ކުރަން ޖެހޭ ކަންކަން ފުރިހަމަ ވުމުން ލިބޭނެ ކަމަށް ވެސް ބުންޏެވެ.
އެ ހޮސްޕިޓަލްތައް ތަރައްގީ ކުރުމުގެ ތެރޭގައި ހިމެނެނީ އެ ތަންތަން އިމާރާތްކުރުމާއި ހިދުމަތްތަކުގެ އިލެކްޓްރޯ-ޓެކްނިކަލް މަސައްކަތްތަކާއި ސިއްހީ އާލަތްތަކާއި ފަރުނީޗަރު ފޯރުކޮށްދިނުމާއި ކުރެހުންތަކާއި ބީލަން ލިޔެކިޔުންތައް ތައްޔާރު ކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތް ބަލަހައްޓަން ބޭނުންވާ އިންޖީނިއަރިން ހިދުމަތްތައް އަދި މަޝްރޫއު ތަންފީޒުކުރާ ޔުނިޓުތައް ހެދުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިހާލު
30 July 2024
އަހަރެންނަކީ ގއ އަށް ނިސްބަތްވާ، ބ އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރަމުންދާ މީހެއް. ބ.އަތޮޅު ހޮސްޕިޓަލުގެ ހިދުމަތްތައް ފުރިހަމަ ކަމުގައި ފާހަގަކޮށްލަން. ޚާއްޞަ ގޮތެއްގައި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ދިވެހި، އެތެރެހަށީގެ ޑަކުޓަރަކީ ވަރަށް މޮޅު ބޭފުޅެއް ކަމުގައި ދެކެން. މިގޮތަށް ދިވެހި ޑޮކްޓަރުން ރާއްޖެތެރޭގައި މަސައްކަތް ކުރުމަށް ސަރުކާރުން ބާރު އަޅުވާ މަގުފަހި ކޮށްދޭންޖެހޭ.
ހަމްޒަތު
02 October 2024
ބ.އަތޮޅު ހޮސްޕިޓަލް މާބޮޑަށް ރަގަޅުވީމާތަ އިރުކޮޅަކާ އުނގޫފާރަށް ފުރައިގެން ދާން މިޖެހެނީ
ފަރުހާދުބޭ
30 July 2024
ކުދިރަށްރަށޭ ނުކިޔާ ކޮންމެ އަތޮޅެއްގައި 1 ހޮސްޕިޓަލް ރަނގަޅު ފެންވަރަކަށް ހަދައިދީބަލަ. ދަތުރުފަތުރުގެ ނިޒާމް އޮތީ ރަނގަޅު ފެންވަރެއްގައި ހެދިފައި. އެހެންވީމާ އަތޮޅު ހޮސްޕިޓަލަށް ގޮސްގެން ރަނގަޅު ފަރުވާ ލިބޭގޮތަށް އޮތީވިއްޔާ މާލެއަށް ބަރޯސާނުވެ މިކަން ހައްލުކުރެވޭނެ. މާލެއަކީ މީހުން އައިސް އުޅެން މިހާރު ހެޔޮވާވަރުގެ ތަނެއް ނޫން. މާލެ ނޫންގޮތެއް ދިވެހިން ބޭނުންވަނީ. ސަރުކާރުތަކަށް މިކަން ނުވިސްނޭތީ ހިތާމަކުރަން.
އަކްމަލްް
30 July 2024
ރާއްޖެއާއި ކުވައިތު ފަންޑުގެ އެއްބާރުލުން ދައްކުވައިދެނީ ދުނިޔޭގެ ސިއްހީ ގޮންޖެހުންތަކަށް ހެޔޮ އަދި ޕްރޮއެކްޓިވް ގޮތެއް ގެންގުޅޭ ކަމެއް
އިމްދާދްް
30 July 2024
ލާމަރުކަޒީ ސިއްހީ ހިދުމަތްތަކަށް މި މަޝްރޫއުގެ ސަމާލުކަން ދިނުމުން ގިނަ ބަޔަކަށް ވަގުތުން ބޭސްފަރުވާ ލިބޭނެ ގޮތް ހަމަޖެއްސޭނެ
ހާނިފް އިމްތިޔާޒް
30 July 2024
ކުދި ރަށް ރަށުގެ ސިއްހީ ނިޒާމަށް އެއްވެސް އެހެން ސަރުކާރަކުން ނުކުރޭ. އަދިކިރިޔާ މިކަމަށް އިސްނަގާ ސަރުކާރަކުން މަސައްކަތް މިކުރަނީ
މަންސާހް
30 July 2024
ކުވެއިތްއާއެކު ވެފައިވާ ލޯނު އެއްބަސްވުމަކީ ކުދި ރަށްރަށުގައި ސިއްހީ ހިދުމަތް ލިބޭނެ ގޮތް ރަނގަޅު ކުރުމަށް އެޅި ބޮޑު ފިޔަވަޅެއް.
ޖުނާދްް
30 July 2024
ރަށްރަށުގައި ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް ރާއްޖެއަށް އެހީތެރިކަން ލިބޭތަން ފެނުމަކީ އުފާވެރިކަމެއް.
ާއެދުރު1
30 July 2024
“ ތަރައްގީ ކުރުމުގެ ތެރޭގައި ހިމެނެނީ އެ ތަންތަން އިމާރާތްކުރުމާއި ހިދުމަތްތަކުގެ އިލެކްޓްރޯ-ޓެކްނިކަލް މަސައްކަތްތަކާއި ސިއްހީ އާލަތްތަކާއި ފަރުނީޗަރު ފޯރުކޮށްދިނުމާއި ކުރެހުންތަކާއި ބީލަން ލިޔެކިޔުންތައް ތައްޔާރު ކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތް ބަލަހައްޓަން ބޭނުންވާ އިންޖީނިއަރިން ހިދުމަތްތައް އަދި މަޝްރޫއު ތަންފީޒުކުރާ ޔުނިޓުތައް ހެދުމެވެ”މިހާރުވެސް ސެންޓަރުތަށް އެބަހުރި ނެތީ އާބާދީކުޑަވީމަ ކޭސް ނުލިބޭތި ތިތަނަށް ދާނެޑޮކްޓަރުން
ފާރިގް
30 July 2024
ލިބޭ އަނިޔާތަކަށް ބޭނުންވާ ހާއްސަ ސިއްހީ ފަރުވާ ވަގުތުން ވީހާވެސް ކައިރިން ލިބެން ހުރުން އެއީ މުހިންމު ކަމެއް. އެ ފެންވަރަށް ސިއްހީ ނިޒާމް ހުންނަން ވާނެ.
ހަމަދު ސަލީމް
30 July 2024
ރަށް ރަށުގެ ސިއްހީ ނިޒާމްވެސް ކުރިޔަށް ޖައްސާނީ އަދުގެ ސަރުކާރުން. ހާސްނުވޭ