މީހަކު މަރާލި ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަނީ: ރާއްޖޭގެ ގާނޫނުލް އުގޫބާތު އޮތީ މަރުގެ އަދަބު ނުދެވޭނެ މިންވަރަށް ހަރުކަށި އިޖްރައާތުތަކެއް ބަޔާން ކޮށްފައި ކަމަށް ހައި ކޯޓުގެ ހުކުމެއްގައި ބުނެފައިވޭ --- ފޮޓޯ/މިހާރު
30 ޖުލައި 2024 - 11:03
ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި އޮތީ ހައްދާއި މަރުގެ ކުށްތައް ސާބިތު ނުކުރެވޭނެ މިންވަރަށް ހަރުކަށި އިޖުރައާތުތަކެއް ކަމަށް ހައި ކޯޓުގެ ހުކުމެއްގައި ބުނެފި އެވެ.
ގާނޫނުލްއުގޫބާތު ބުނާގޮތުން މަރުގެ އަދަބު ދެވޭނީ ތުހުމަތުވާ މީހާގެ ބަޔާނާއި ހެކިންގެ ބަހުގައި އެއްވެސް ފުށުއެރުމެއް ނެތުމުގެ އިތުރުން އެ މީހަކު ކުރި ކުށަކީ އެހެން ހުރިހާ ކުށަކަށް ވުރެ ބޮޑު ކުށެއް ކަން ދައުލަތުން ސާބިތުކޮށް ދީގެންނެވެ.
އދ. ދަނގެތީގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި އޭނާގެ ގާތިލް ޝާހް އަލޮމް މިއާ (ސާލިމް) ތަހުގީގާއި ދަށު މަރުހަލާގައި ތަކުރާރުކޮށް، އެ ކުށަށް އެއްބަސްވިޔަސް، ފަހުން އެކަމަށް އިންކާރު ކުރި އެވެ.
ސާލިމް މެރުމަށް ކުރި ހުކުމް ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ދަމަހައްޓަމުން ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ގާނޫނުލްއުގޫބާތުގައި މަރުގެ އަދަބު ކަނޑައެޅުމާ ގުޅޭ އިޖުރައާތު އޮތީ ހައްދާއި ގިސާސްގެ ކުށްތައް ސާބިތު ނުކުރެވޭނެ ގޮތަކަށް އިޖުރައާތުތައް ހަރުކަށި ކޮށްފައި ކަމަށެވެ. އެގޮތުން ތުހުމަތުވާ މީހާގެ ބަޔާނާއި ހެކިންގެ ހެކިބަސް އެއްވެސް މިންވަރަކަށް ފުށުއަރައިގެން ނުވާނެ ކަމަށް ގާނޫނުލްއުގޫބާތުގައި ބުނާއިރު، ތުހުމަތުވާ މީހާ އެކި ފަހަރު އެކި ގޮތަށް ވާހަކަ ދެއްކުމުގެ ފުރުސަތު އޮތުމުން އެ މިންގަނޑަށް ވާސިލް ނުވެވޭނެ ކަމަށް ހުކުމުގައިވެ އެވެ.
"މިއީ ހައްދާއި ގިސާސްގެ ކުށް ސާބިތު ކުރުމަށް އޮތް މުސްތަހީލް އިޖްރައާތެކެވެ. އަދި ހެކިބަސް ދޭ ހެކިންގެ ހެކިބަސް އެއްވެސް މިންވަރަކަށް ފުށުނާރާ ގޮތަކަށް ހެކިބަސް ދިނުމަކީ ވެސް އިންސާނީ ތަބީއަތުން ބޭރު މުސްތަހީލް ކަމެކެވެ،" ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވުމަށްޓަކައި، އެ މީހަކު ކުރި ކުށަކީ އެހެން ހުރިހާ ކުށަކަށް ވުރެ ބޮޑު ކުށެއް ކަން ދައުލަތުން ސާބިތުކޮށް ދޭން ޖެހޭ ގޮތަށް ގާނޫނުލް އުގޫބާތުގައި ހިމަނާފައި އޮތް އޮތުމަކީ އެފަދަ ކުށްކުރާ މީހުން އެކަމުން ސަލާމަތްވެ، ބޮޑެތި ކުށްތަކަށް ހިތްވަރު ދެވޭނެ ކަމެކެވެ.
"މިގޮތަށް އޮތުމުން ފަނޑިޔާރުންގެ ދައުރު ނިމުމަކަށް އާދެ އެވެ. މި އިޖްރައާތަކީ އަހުރެން ބެލި ތަނުން ދުނިޔޭގެ އެހެން އެއްވެސް ޖުޑީޝަލް ނިޒާމެއްގައި މަރުގެ ކުށެއް ސާބިތު ކުރުމަށް އެކަށައެޅިފައިވާ އިޖްރައާތެއް އަދި މިންގަނޑެއް ކަމަކަށް ނުފެނުނެވެ. އަދި އެއީ އިސްލާމީ ޝަރީއަތުގައި ހައްދާއި ގިސާސް ސާބިތު ކުރުމުގައި އަމަލު ކުރުމަށް އޮތް އިޖްރައާތެއް ކަމަކަށް ވެސް ނުފެނުނެވެ،" ފަނޑިޔާރު މުހައްމަދު ނިޔާޒް ލިޔުއްވި އެ ހުކުމުގައި ވެ އެވެ.
އެހެންކަމުން، ގާނޫނުލްއުގޫބާތުގެ އެ މާއްދާތައް މާނަކުރަން ޖެހޭނީ ހައްލު ހޯދައި ދިނުމުގެ އުސޫލު ބޭނުން ކޮށްގެން ކަމަށް ހުކުމުގައި ވެ އެވެ.
އެ މައްސަލާގައި ސާލިމްގެ މަރުގެ އަދަބު ހައި ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. އެގޮތަށް ހުކުމް ކުރީ ފަނޑިޔާރު ނިޔާޒްގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް ފޮނުވަން ޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏަމް
31 July 2024
ކިތައް މީހުން ތޯ ރާއްޖޭގެ ކޯޓު ތަކާއި ފުލުހުންގެ ކޮރަޕްޓް ކަމުގެ ވާހަކަ ދައްކަނީ. ޢެފަދަ ނިޒާމަކުން ނިންމާ މަރުގެ ޙުުކުމެއް ތަންފީޒުކުރަން ކެރޭނީ ކާކަށް؟ ތި ގާނޫނު ހެދި މީހުންނަށް ނިޒާމުގެ ކޮރަޕްޓްކަން ރަނގަޅަށް އެނގޭނެ، އެމީހުން އެ އޮތީ އެއްވެސް ޝައްކެއްނެތް ހާލަތް ތަކުގައި މެނުވީ މަރުގެ އަދަބު ނުދެވޭނެހެން ގާނޫން ހަދާދަ
މަނޭ
03 August 2024
ތިނޫން ކޯޓެެއް މިދުނިޔޭން ދައްކަބަލަ
ކިމް
30 July 2024
ދެން ބަދަލުކުރެގަ
އެނަލިސްޓް
30 July 2024
ޕީޖީ ޝަމީމު ވަރަށް ފޮނިކަޑާފައި ޕޮލިހަށް އައިސް ތިހުށަހެޅި އެކިދުވަސްމަތިން އެވަރުގެ ޤާނޫނުލް އުޤޫބާތެއް އަދި ނެހެދެޔޭ ކިޔާފައި.... ޤާނޫނުލް ވަލުދޮރާށި.
އުދުހޭ
30 July 2024
އަނެއްކޮޅުން ޓެރެރިޒަމުގެ ގާނޫނު ލިޔެފައިވަނީ، އދ އިން ބުނާގޮތުން އާބާދީގެ ދެބައިކުޅައެއްބައި ޓެރެރިސްޓުންގެ ގޮތުގައި ބެލެވޭ ގޮތަށް. ނާގާބިލް މީހުން މަޖިލީހުގަ ތިބުމަކީ ރައްޔިތުންނަށް ގެއްލުންބޮޑު ކަމެއް އެމަކު އެފަދަ މީހުންނަށް މަޖިލީހަށް ވަދެވެނީ ރައްޔިތުން ވޯޓްދީގެން. އަމިއްލައަށް ފޭލި އިލޮށި އައްމިއްލަ ލޮލަށް.
1
30 July 2024
މީތޯ ދިވެހިރައްޔިތުންނަށް ހައްގު މިންވަރަކީ؟
އަހުމަދު އަތީގު
30 July 2024
100% އެއް ނު
ހށނ
30 July 2024
ކުޑަ މުޖުތަމައެއްގަ މަރަން ހުކުމުން ކުރަންޖެހޭވަރުގެ ކުށްްވެރިން ގިނަވުމަކީ އެމުޖުތަމައެއްގެ ނުކުޅެދުންތެރިކަން.
ހަސަންރަހާ
30 July 2024
މިއީ އޮޅުމަކުން ވެފައި އޮތްކަމެއް ކަމަށް ގަބޫލެއް ނުކުރެވޭ! ގާނޫނުލް އުގޫބާތު ހެދުމަށް އެހިތެރިވީ ބޭރުގެ ތަޖުރިބާ ކާރުންނާއި ރާއްޖޭގެ ސިޔާސީ ނިޒާމުގެ ތެރެއިން ފުންނޤާބު އުސް ބަޔަކު އެއްބަސްވެ ރޭވިގެން ކޮށްފައި އޮތް ކަމެއް ކަން ކަށަވަރު!
އަހުމަދު އަތީގު
30 July 2024
ހާދަ ވަރަކަށް މީހުން ނު މެރިގެން ތި އުޅެނީ
މުހާމީ
30 July 2024
މަދަނީ އިޖުރާއަތުވެސް އޮތީ އިގިރޭސިވިލާތުން ކޮޕީކޮށްގެން ގެނެއްސަ. މިރާއްޖެއަށް ފެތޭ ގޮތަކަށްނޫން. ތަރުޖަމާކުރިކުރީނުންގޮސް ނަސީބު ރާނީގެ ވާހަކަވެސް ނުގެނައިކަން. އެވަރަށް ކޮޕީކުރަންޖެހޭބާ. މިރާއްޖޭގަ ގާނޫނީ ފުންނާބު އުސް މީހުން ތިބިއިރު ބޭރު ކަރަކަރައިން ގާނޫނު ނުގެނެސް ރާއްޖޭގެ ހާލަތާ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ގާނޫނު ހެދޭނެ. އެކަމު ކަންކުރަނީ އެހެނެއްނޫން. މަދަނީ މައްސަލަތައް ހުއްޓި ގައުމު ބޮއްސުންލަނީ. އެކަމު އަދިވެސް ހައްލު ހޯދަންނޫޅޭ.
ބާނިއާ
30 July 2024
މަރުގެ އަދަބަކީ އެހާ ފަސޭހައިން ލުއިކޮށް ދެވޭ ގޮތަށް އޮންނަ އެއްޗަކަށް ވެގެން ނުވާނެ. އިސްލާމީ ޝަރީޢާގައިވެސް ބޮޑަށް ބާރު އަޅާފައިވަނީ މަޢާފު ކުރުމުގެ މައްޗަށެވެ. މަޢާފުދޭތޯ ބެލުމަށް އެތައް މަރުހަލާއެއް ކަނޑައަޅާފައިވޭ، އެމަރުހަލާތައް ކަޑައްތުކުރުމަށްފަހު، މަރުގެ ޙުކުމް ތަންފީޒުކުރުމަށް ހާޒިރުކޮށްފައިވެސް މަޢާފުދޭނެތޯ ސާފުކުރުމަށްފަހު، އެގޮތް ބަދަލު ނުވާނަމަ ތަންފީޒުކުރަންޖެހެނީ.
އަހުމަދު އަތީގު
30 July 2024
ކުދިން ގެ ތެރެއިން އެންމެ ކުއްޖަކު މާފު ކޮއްފި ނަމަވެސް ގާތިލު ސަލާމަތްވީ
މަނޭ
03 August 2024
އެކަމާ ކާކު ދެކޮޅު ހެދީ، ލިޔެފަ އޮތް އެއްޗެއް ނުކިޔަންދޯ. ދެންހަމަ ކޮމެންޓެއް ކޮށްލަނީ ދޯ!
ފަހުދުބޭ
30 July 2024
ތިބާވަތުގެ ޖިނާއީ ބޮޑެތި މައްސަލަތައް ސާބިތުވާނީ ޝައްކެއްނެތް މިންވަރަށް ސާބިތު ވެގެންކަމަށް އެންމެންވެސް ގަބޫލުކުރޭ. އެހެންވީމާ އެފެންވަރަށް ސާބިތު ނުވާނަމަ މަރަށް މަރުހިފުންފަދަ އަދަބުތައް ކަނޑައަޅާނީ ކިހިނެއްތޯ؟ އާދައިގެ މައްސަލައެއްގައި ހުކުމްކޮށްލާ ފަދައިން ތިފަދަ ބޮޑެތި ކަންކަމުގައި މީހެއްގެ މަރުހިފަން ހުކުމްކޮށްލަން ހަމަ ތިޔަ ފަނޑިޔާރުންނަށް މާބޮޑުކަމަކަށް ނުވަނީތޯ.
މަނޭ
03 August 2024
ޝައްކެއް ނެތް މިންވަރު ސާބިތުކުރަންވާނީ އިންސާނުންނަން ކުޅަދާން މިންވަރަކުން. އެއަށްވުރެ މަތިން ގާނޫނުގަ އޮތްވާހަކަ އެބުނަނީ، ކިޔާބަލަ ލިޔެފަ އޮތް އެއްޗެއް. މާ އަވަހަށް ތި ތެޅިގަންނަނީ