ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު
30 ޖުލައި 2024 - 13:14
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަޝްވަރާ އަރުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސ މިނިސްޓަރުކަން ކުރެއްވި މުނައްވަރު ގަވަރުނަރު ކަމަށް އައްޔަން ކުރުމާ ގުޅޭ ގޮތުން މަޖިލިހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެމްބަރުން ވެސް ވޯޓު ދެއްވީ ފެންނަ ކަމަށެވެ. މަޖިލީހުގައި 85 މެންބަރުން ހާޒިރުވެ ތިއްބެވި ނަމަވެސް އިތުރު މެންބަރުން ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
އެ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރި ގޮތުގެ ރިޕޯޓު ހުށަހަޅުއްވަމުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ އެ ކޮމިޓީގެ މެންބަރުން މުނައްވަރާ ސުވާލު ކުރައްވައި، މައުލޫމާތުތައް ސާފުކޮށްފައިވާ ކަމަށާއި އެމްއެމްއޭގެ ގަވަރުނަރަކަށް މުނައްވަރު އައްޔަން ކުރަން ރައީސަށް މަޝްވަރާ އަރުވަން 94.43 ޕަސެންޓު މާކްސް ދެއްވި ކަމަށެވެ.
މުނައްވަރަކީ މީގެ ކުރިން އެމްއެމްއޭގައި ގިނަ މަސްއޫލިއްޔަތުތަކެއް އަދާ ކުރައްވައި ފިނޭންސް މިނިސްޓަރުގެ މަގާމް ވެސް އަދާ ކުރައްވައި އަދި މާލީ ދާއިރާގެ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެ ކަންކަމަށް ބެލީމާ އެނގޭ ވަރަށް ސާފުކޮށް މި އަށް ވުރެ އެކަށީގެންވާ ބޭފުޅަކު އައްޔަން ކުރަން މިހާތަނަށް ރައީސަކު ފޮނުވާފައި ނުވޭ،" ގާސިމް ވިދާޅުވި އެވެ.
ގަވަރުނަރުގެ މަގާމުގައި މީގެ ކުރިން ހުންނެވީ އެމްޑީޕީ ސަރުކާރުން އައްޔަންކުރި އަލީ ހާޝިމް އެވެ. އަލީ ހާޝިމް މަގާމުން ވަކިކޮށްފައި ވަނީ އޭނާ ވަކިކުރަން މަޖިލީހުން ރައީސް މުއިއޒަށް ލަފާ އެރުވުމާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދައްތަ
30 July 2024
މުނައްވަރު ޢިލްމީ ޤާބީލުކަން ހުރެދާނެ. ނަމަވެސް ޔާމީންގެ ވެރިކަމުގައި ބޮޑެތި ފައިސާގެ ޚިޔާނަތްތައް ވަމުން ކަމުން ނަގަމުން ދިޔައިރު މުނައްވަރަށް ކަހާތަން ހިރުވާވެސް ނުލާ. މުނައްވަރުގެ އެގުމާއި ފެނުމުގެ ތެރޭން މެނުވީ އެވަރުގެ ޚިޔާނަތްތަކެއް ނުހިންގޭނެ. ސަބަބަކީ އޭނާއަކީ އޭރު ރައްޔިތުންގެ ބައިތުލްމާލުގެ ފާރަވެރިޔާ. ތިޖޫރީ ހުރިތަނަށް އެޓޮމް ބޮމެއް ވައްޓާލީމާ އުފެދޭ ވަރުގެ ވަޅުގަނޑެއް އުފެދިގެން ދިޔައިރުވެސް ނޭގެ. ދެންވެސް މަޤާމަށްޓަކައި އަރިކަހާނެ.
އަފްރާސިޔާބު
30 July 2024
މުނައްވަރުގެ ކެޕޭސިޓީއެއް ނެތް ރައްޔިތުންގެ ތިޖޫރީ ބެލެހެއްޓޭވަރުގެ. އެކަމަކު ބުނީމާ ބުނިކަމެއްކުރުމަށް އޭނާގެ ކެޕޭސިޓީ ހުންނާނެ. އެކަންކުރާނެ އެތާގައި ބުޅަލެއް ބާއްވައިގެން ޚަޒާނާ ބެލެއްޓިޔަސް. ކެޕޭސިޓީ އަކީ ރައްޔިތުންނަށް ތެދުވެރިވުން. އެކަމެއް މުނައްވަރުގެ ޝަޚްސުގައިނެތް.
އަަސީލު
30 July 2024
މާލީ ނިޒަމު ހަރުދަނާ ކުރެވޭނީ ކަމަށް ގާބިލު ބޭފުޅުން އެމްއޭއަށް ލައިގެން
އަލީ އަމީން
30 July 2024
ރާއްޖޭގެ މަނިޓަރީ ޕޮލިސީ ވަރުގަދަކުރަން ބޭނުންވަނީ މުނައްވަރު ކަހަލަ ގާބިލު ބޭފުޅުން
އަފްރާސިޔާބު
30 July 2024
ކޮންކަމަކަށްތޯ ގާބިލުކަމޭ ތިކިޔަނީ. އޭނާ ފިނޭންސް މިނިސްޓަރަކަށް ހުރިއިރު ހިންގާފައި ކަންތައް ބަލާބަލަ. ތިމާގެ ސިކުނޑީގައި އެފެންވަރުގެ ކަމެއް ނެތްކަން ޚުދު މުނައްވަރުވެސް އެއްބަސްވާނެ.
ކަލާމު
30 July 2024
މުނައްވަރަކީ މި ގަވަރުނަރުގެ މަަގަމަށް މިހާރު ހުރި އެންމެ ގާބިލް ބޭފުޅާ