ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާއި އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު ޝްރީ ގަޖެންދްރަ ސިންގް ބައްދަލުކުރައްވައި، ފަތުރުވެރިކަން ކުރިއެރުވުމަށް ވަނީ މަޝްވަރާކުރައްވާފައި.
30 ޖުލައި 2024 - 14:43
އިންޑިއާއާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކޮށް، ދެ ގައުމު ގުޅިގެން ޓޫރިޒަމް ކުރިއަރުވަން، ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު މަޝްވަރާކުރައްވައިފި އެވެ.
ޓޫރިޒަމް ކުރިއަރުވަން އެއްބާރުލުން ދިނުމުގެ މަޝްވަރާތައް މިދިޔަ ހަފުތާގައި ރާއްޖޭގައި ބޭއްވުމަށް ފަހު އިތުރު ބައްދަލުވުންތަކަށް މިނިސްޓަރު ފައިސަލް މިހާރު ހުންނެވީ އިންޑިއާގަ އެވެ.
މިނިސްޓަރު މިއަދު ވަނީ އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު ޝްރީ ގަޖެންދްރަ ސިންގް އާ ބައްދަލުކުރައްވައި، ޓޫރިޒަމްގެ ގުޅުން މިހާރަށް ވުރެން ވަރުގަދަކުރަން މަޝްވަރާކުރައްވައިފަ އެވެ.
އެ ބައްދަލުވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ދެ ގައުމު ގުޅިގެން ފަތުރުވެރިކަން ކުރިއެރުވުމާއި ދެ ގައުމުގެ ގުޅުން ބަދަހިކުރަން ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.
Pleased to meet with Hon'ble Tourism Minister Shri Gajendra Singh Shekhawat today. Our discussions focused on enhancing tourism collaboration and strengthening the ties between our two nations. Together, we look forward to fostering mutual growth and enriching our tourism sectors pic.twitter.com/EQhDOVhEJ5
— Ibrahim Faisal (@ifaisalofficial) July 30, 2024
ފައިސަލް، އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި "ވެލްކަމް އިންޑިއާ" ގެ ނަމުގައި އެ ގައުމުން ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުކުރުމުގެ ކެމްޕެއިނެއް ވެސް ފައްޓަވައިދެއްވާނެ އެވެ.
ރޯޑް ޝޯއެއް ގޮތަށް ބާއްވާ މި ހަރަކާތް އޮންނާނީ ދިއްލީ އާއި މުމްބާއީ އަދި ބެންގަލޫރުގަ އެވެ.
ރާއްޖެއަށް މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާ އިންނެވެ. އެކަމަކު މިހާރު އިންޑިއާ އޮތީ ލިސްޓުގެ ހަ ވަނައިގަ އެވެ. އެ ގައުމުން މިދިޔަ އަހަރު ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އަ އެވެ. އަދި މިދިިޔަ އަހަރުގެ މި މުއްދަތުގައި ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އަ އެވެ. އެކަމަކު މި އަހަރުގެ މިހާތަނަށް އައީ 57،000 އެއްހާ ޓޫރިސްޓުންނެވެ.
ރާއްޖެއަށް އަންނަ އިންޑިއާ ޓޫރިސްޓުންގެ އަދަދު އެހާ ބޮޑަށް ދަށްވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ޖެހުނު ސިޔާސީ މައްސަލަތަކެއްގައި ނަމަވެސް މިހާރު ދެ ގައުމުން ވެސް އަންނަނީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރަމުންނެވެ. ރާއްޖެއަަށް އެކި ކަންކަމުގައި މިފަހުން އިންޑިއާ އިން އަންނަނީ ވަރަށް ބޮޑަށް އެއްބާރުލުން ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެމްސް
31 July 2024
ފައިނަލެއްގަ ކުޅެން އޮތް 2 ޓީމަކުން، 1 ޓީމްގެ ކޯޗް އަނެއް ޓީމް އަށް ބަދަލުކުރީ މެޗްފެށުމުގެ ކުރިންނެވެ!
އޮނަރަބްލް އަފީފު ދީދީ
30 July 2024
ދުނިޔޭގެ އެންމެއަވަހަށް ކުރިއަރަމުންދާ އިޤްތިސޯދު އަދި އެންމެ އާބާދީ ބޮޑު ޗައިނާ އާއި އިންޑިޔާގެ މެދުފަންތީގެ ފަތުރުވެރިން ރާއްޖެ ގެނައުމަށް އެތައް ހުރަސްތަކެއް އެބަހުރި އިގޭތޯ. # މިދެންނެވި ހުރަސްތައް ނައްތާލުމަށްޓަކާ ކުރާންޖެހޭކަމަކީ މިދެންނެވިމާކެޓަށް އަމާޒުކޮށްގެން ރާއްޖޭގެ އުތުރާއި ދެކުނުގައި ވަންއައިލަންޑް ވަންރިސޯޓް ގެ ބަދަލުގައި އެކިދަރަޖައިގެ ސިޓީހޮޓާ ތަރައްޤީކުރުމަށް ސީދާ ދައުލަތުން އިންވެސްޓް ކޮށްގެން އެފަދަ ހޮޓާތަކެއް ތައާރަފް ކުރުން.
އޮނަރަބްލް އަފީފު ދީދީ
30 July 2024
މަތީގައިދެންނެވި ފަދަ ސިޓީހޮޓާތައް ތަރައްޤީކުރާން ފެއްޓުމުގެކުރިން ދައުލަތުން ސޮވަރިންގ ގެރަންޓީދީގެން ހަނިމާދުއާއި GAN International Airport ގައި ⭐️ ⭐️ ⭐️ ⭐️ ގެ 1000 ކޮޓަރީގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކޮށް މިދެންނެވި ހޮޓާ ހަދާންދިޔަ ފުރިހަމައަގު އެއްފަހަރާ ދައްކާފަރާތަކަށް 50 އަހަރަށް ހޮޓާދޫކޮށް ނުވަތަ ދައުލަތާއިރައްޔަތް ޙިއްސާވާކުންފުނި MTDC އާއިއެކު 30 އަހަރަށް ހޮޓާ މެނޭޖްކުރާންބޭނުން މާލީ ޤާބިލްކަންހުރި ބަޔަކާއިއެކު މިކަން ކުރުން.
އޮނަރަބްލް އަފީފު ދީދީ
30 July 2024
މިދެންނެވިގޮތަށް އުތުރާއި ދެކުނުގެ ބައިނަލް އަޤުވާމީ 2 އެއަރޕޯޓްގައި އެއަރޕޯޓް ޓްރާންސިޓް ހޮޓާ ތަރައްޤީކުރުމާއި އެކު ދެކުނުން ފުވައްމުލަކާއި ފަރެސްމާރޮޑާގައި 100 ކޮޓަރީގެ 2 ހޮޓާ އަދި އުތުރުންވެސް ޑޮމެސްޓިކް އެއަރޕޯޓްއޮތް ދެރަށެއްގައި ސިޓީހޮޓާ ތަރައްޤީކުރަން ސަރުކާރުގެ ސޮވަރިންގ ގެރަންޓީދީގެން ޗައިނާގެ ކުންފުނިތަކުން މިކަންކުރުވައި އެއަރޕޯޓް ހޮޓާތައް ދޫކުރި އުސޫލުތަކަށް މިރަށްތަކުގެ ސިޓީ ހޮޓާތައްވެސް ވިއްކައި ޖުވަތަ މެނޭޖްކުރަން ޙަވާލު ކުރެވިދާނެ.
ފަހި
30 July 2024
އިންޑިޔާ ފަދަ ބޮޑު ގައުމަކާ ނުލާ ދިވެހިންނަކަށްމޫޅެވޭނެ
ލިހާޒް މުހުސިން
30 July 2024
ބަރާބަރު. އިންޑިޔާ ޓޫރިސްޓުން ވެސް ވަރަށް މުހިއްމު
އެމްސް
31 July 2024
އިންޑިއާ ޓްއަރިޒަމް މިނިސްޓަރުގެ ދައުރަކީ ރާއްޖޭގެ ޓްއަރިޒަމް ކުރިއެރުވުން ކަމުގައި ރާއްޖެއިން ހަމަޖައްސައިފިއެވެ!
ހާލަތުއަދުމިވަނީ
30 July 2024
އެެހެންވީމާ އިންޑިއާ އައުޓްމިވީ ހަމަ ޖޯކަކަށްދޯ
ޖާގަ
30 July 2024
އިންޑިޔާ އައުޓަކީ ފަލްސަފާއެއް.
ހށނ
30 July 2024
މިވަގުތަކަށް އަކްޝޭ އާއި ކަންގަނާއާއި ދެމީހުން ގެނައިމަ އިންޑިއާގެ ހިންދޫން އައުން އިތުރުވެގެން ދާނެ. އިތުރު މަސައްކަތެއް ތިކަމުގަ ކުރާކަށް ނުޖެހޭނެ.
ހަދިޔާބަދިޔާ
30 July 2024
މިއުޅެނީ ދިވެހިން އިންޑިޔާއަށް ދާންތަ ނޫނީ އިންޑިޔާ މީހުން ރާއްޖެއަށް ގެންނަންތަ؟ މިފަކީރަަށް ނޭނގެނީތަ ޓޫރިޒަމް މިނިސްޓަރުގެ މެންޑޭޓުވެސް. އަމިއްލަ މެންޑޭޓުވެސް. ދެން އަޅާނުލާ. އަވަހަށް ރާއްޖެ އާދެވޭތޯ ބަލާ. ބޮޑު އިސްރާފެކޭ، ނަމެއްގަ ކުރަނީ. މިކަލޭގެ މުހިންމު މީހުނާއެކު ފޮޓޯ ނަގަން މި ޖައްސާލަނީ އެކި ޤައުމުތަކަށް.
ޖޫހީ ޗައުލާ
30 July 2024
ބަރާބަރު ކަމެއް. ދެން ތި ދަތުރުފުޅުގައި ޗައިނާ އަށް ގޮސް ޗައިނާ ގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކޮށްދެވާ.
އެމްސް
31 July 2024
ދިވެހި ފަތުރުވެރިއަކު އިންޑިއާއަށް ގޮސް އެތަނުގެ ޓްއަރިޒަމް މިނިސްޓަރ އާއި ބައްދަލުކޮށްފިއެވެ! އެހެންވީމަ ކުރި މިއެރީ ކޮންޤައުމެއްގެ ފަތުރުވެރިކަމެއްހެއްޔެވެ؟