ޚަބަރު / ރައްޔިތުންގެ މަޖިލިސް

ޔުނިވާސިޓީއަށް ބަދަލުކުރާ މުއްދަތު: ދަރިވަރުންގެ ޔޫނިއަންތަކުގެ ހިޔާލު ތަފާތު

އައިޔޫއެމްގެ ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިވި ބައެއް ދަރިވަރުން.--ފޮޓޯ: މިހާރު

ކޮލެޖަކުން ޔުނިވާސިޓީއަކަށް ބަދަލުކުރާ މުއްދަތު 15 އަހަރަށް ދަށްކުރަން ވިލާ ކޮލެޖާއި އާއި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ދަރިވަރުން ތާއީދު ކުރި ނަމަވެސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ދަރިވަރުންނަށް ރަނގަޅީ 20 އަހަރު ކަމަށް އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާއިން ބުނެފި އެވެ.

މަތީ ތައުލީމުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ޔުނިވާސިޓީއެއްގެ ދަރަޖަ ލިބޭނީ ކޮލެޖެއް ގޮތުގައި މެދުނުކެނޑި ހިންގާތާ 20 އަހަރު ވުމުންނެވެ. އެކަމަކު މި މުއްދަތު 15 އަހަރަށް ކުރު ކުރަން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވަނީ ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފަ އެވެ.

އެ މައްސަލާގައި މިއަދު ބޭއްވި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި ވިލާ ކޮލެޖާއި ގައުމީ ޔުނިވާސިޓީ އަދި އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާތަކުގެ ހިޔާލު ވަނީ ހޯދައިފަ އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ ފަރާތުން ވާހަކަ ދައްކަމުން އެ ޖަމިއްޔާގެ ރައީސް ހުސެއިން އަރުބާން ފައްވާޒް ބުނީ ޔުނިވާސިޓީއަކަށް ބަދަލުކުރަން 20 އަހަރު ރަނގަޅު ކަމަށެވެ. އެއީ 20 އަހަރުން ގިނަ ތަޖުރިބާތައް ކުރެވޭތީކަން އޭނާ ފާހަގަކުރި އެވެ.

އޭގެ އިތުރުން އެމްކިޔުއޭއިން ރޭޓިން ސިސްޓަމެއް ގާއިމްކުރަން ޖެހޭ ކަމަށާއި ޔުނިވާސިޓީއަކަށް ބަދަލުކުރާއިރު މިހާރު ހުރި ޔުނިވާސިޓީތަކުގެ ޖާގައިގެން ދަތިކަން ހައްލު ކުރަން ޖެހޭކަން އަރުބާން ފާހަގަ ކުރި އެވެ.

ވިލާ ކޮލެޖުގައި ބޭއްވި ގްރެޖުއޭޝަން ހަފުލާގައި، އެ ކޮލެޖުގެ ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: މިހާރު

އެ ބައްދަލުވުމުގައި ވިލާ ކޮލެޖުގެ ދަރިވަރުންގެ ފަރާތުން ވާހަކަ ދައްކަވަމުން ހުސެއިން ޖުނާން ބުނީ މުއްދަތަކީ އެހާ މުހިންމު އެއްޗެެއް ނޫން ކަމަށެވެ. އެހެންވެ، 20 އަހަރުން 15 އަހަރަށް ދަށްކުރުން އެއީ ރަނގަޅު ގޮތެއް ކަމަށް ފެންނަ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ވަކި މުއްދަތެއް ކަނޑައަޅާނަމަ އެންމެ މުހިންމީ ތަޖުރިބާއަށް ބެލުން ކަމަށާއި ކޯސްތަކުގެ ކޮލެޓީ އާއި ވަކި މިންގަނޑުތަކެއް ހިފަހައްޓަން ޖެހޭނެ ކަމަށާއި އަދި ރޯޑް މެޕެއް ބިލަށް އިތުރުކުރަން ފެންނަ ކަމަށް އެ ކޮލެޖްގެ ދަރިވަރު ޝާނާ އުމަރު ބުންޏެވެ. އޭގެ ބޭނުމަކީ ހުރިހާ ޔުނިވާސިޓީތަކެއް އެއް ގޮތަކަށް ބައްޓަން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކޮލެޖްގެ ދަރިވަރު ޖައިލަމް މުހައްމަދު ފާހަގަ ކުރީ ޕްރައިވެޓް ކޮލެޖްތައް ޔުނިވާސިޓީތަކަށް ބަދަލުކުރަން ހުޅުވާލުމުން ރާއްޖެއިން ބޭރަށް ކިޔަވަން ދާން މިހާރު ކުރާ ހަރަދު ކުޑަވާނެ ކަމަށެވެ. އަދި އެ ފުރުސަތު ލިބިއްޖެނަމަ މައިންބަފައިން ކައިރީ ތިބެގެން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަން އޭނާ ފާހަގަ ކުރި އެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފަރާތުން ވާހަކަ ދައްކަމުން ސްޓޫޑެންޓް ޔުނިއަންގެ ރައީސް އަރުޝަދު އަޝްރަފް ފާހަގަކުރީ ގައުމީ ޔުނިވާސިޓީ، ޔުނިވާސިޓީއަކަށް ބަދަލުވާން ނެގި ދިގު މުއްދަތުގެ ވާހަކަ އެވެ. އަދި މުއްދަތެއް ކަނޑައެޅި ނަމަވެސް މުހިންމީ ރަނގަޅު މޮނިޓަރިން ނިޒާމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އެމްއެންޔޫގެ ދަރިވަރުން.--

އެމްއެންޔޫއަކީ އެންމެ ގިނަ ދުވަސްވީ ޔުނިވާސިޓީ ނަމަވެސް ދަރިވަރުންނަށް ބޭނުންވާ ވަރަށް ވަސީލަތްތައް ގާއިމް ކޮށްދެވިފައި ނުވާ ކަމަށާއި އެއީ ހައްލު ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން އޭނާ ފާހަގަކުރީ ކޮލެޖް ތަކުން ނަގާ ފީ ބޮޑުވުމާއި ކޮލެޖްތައް ޔުނިވާސިޓީއަކަށް ބަދަލުކުރާއިރު ދަނާލު ކަހަލަ (ދަރިވަރުން ތިބޭނެ ތަންތަނެއް) ހަމަޖެއްސުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ދިރާސާކުރަަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މިދިޔަ ހޯމަ ދުވަހު ވަނީ ކަމާގުޅޭ އިދާރާތައް ހާޒިރުކޮށްފަ އެވެ. އިދާރާތަކުން ފާހަގަ ކޮށްފައިވަނީ ޔުނިވާސިޓީއަކަށް ބަދަލުކުރަން މުއްދަތަށް ވުރެ ބަލަންވީ ކޮލިޓީއަށް ކަމަށެވެ.

3 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމްސް

31 July 2024

މުއްދަތަކުން ޔުނިވަސިޓީއަކަށް ބަދަލުވަންޏާ ރާއްޖޭގަ ބިދޭސީން ހިންގާ ޓިއުޝަން ކްލާސްތައްވެސް . . !

The name is already taken The name is available. Register?

އަހަންމާ3

01 August 2024

ދެން އެހެން ނޫނަސް ގާސިމް އިބްރާހިމް ގެ ޓިއުޝަންކްލާސް ޔުނިވަރސިޓީ އަކަށް ހެދީމަ ވަރަށް ހެއްވާ. ޔުނިވަރސިޓީ އެއްގެ އެއްވެސް ސިފައެއްނެތް އަދި. މި ގައުމުގަ މަހުޖަނުންގެ ވިޔަފާރިތައް ކުރިއަރުވަން މަޖިލިސްގެ މެންބަރު މި ތިބެނީ. އެއީ މި ވާގޮތަކީ. ބޮޗޭއަކީ އޭގެ އެކަކު.

The name is already taken The name is available. Register?

މުއްދަތަކުން މާބޮޑުކަމެއް ވޭބާ

31 July 2024

ހަގީގަތުގައިވެސް މިކަމުގައި މާ ބޮޑު މުއްދަތެއްގައި އަޅައިގަތުމަށްވުރެ މުހިއްމީ އިތުބާރު ކުރެވޭ މޮނިޓަރިންގ ނުވަތަ ރޭންކިންގ ނިޒާމެއްގެ ތެރެއިން ތަނުގެ ފެންވަރު ކަށަވަރު ކުރެވި، ވަސީލަތްތަކާއި ފެންވަރު ދަމަހައްޓަމުން ގެންދާކަން ކަށަވަރުކުރުން. އެމް.އެން.ޔޫ އަށް އެހާ ދުވަސްވީއިރުވެސް ވަސީލަތްތައް މަދުވުމުން ދޭހަކޮށްދެނީ މުއްދަތު އެހާ ބޮޑު ޝަރުތަކަށް ބެލުން ހަމަނުޖެހޭކަން. ޔުނިވަރސިޓީ ތައުލީމު ފުޅާވުމަކީ ގައުމަށް ލިބޭ ބޮޑު ފައިދާއެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454