01 އޯގަސްޓް 2024 - 06:05
ހުޅުމާލެ 2 ގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ފަހު، އެ އެކްސިޑެންޓު ހިނގަން މެދުވެރިވި ސްޕޯޓްސް ކާރުގައި އޭރު ތިބި މީހުން ފިލައިގެން އުޅެނިކޮށް ރޭ ހައްޔަރުކޮށްފި އެވެ.
ރޭ ދަންވަރު ފުލުހުން މީޑިއާގައި ބުނީ، އެ މައްސަލާގައި ހައްޔަރުކުރީ ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހުމާނާއި މ. ލޭންޑްއޮފްގާޑަން އިބްރާހިމް އިކްރާމް އަދި ގއ. ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހް އިސްމާއިލް ކަމަށެވެ.
މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ފޮޓޯ އާންމުކުރުން ފަހަކަށް އައިސް ފުލުހުން ހުއްޓާލާފައި ވިޔަސް އެ ތިން މީހުންގެ ފޮޓޯ ވެސް ރޭ އާންމުކުރި އެވެ. އެކަމަކު އަދި އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.
ފުލުހުން ރޭ ފުރަތަމަ މީޑިއާގައި ބުނީ، އެ ކާރު ދުއްވަން ހުރި މީހާ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެކަމަކު، އޭގެ ދެ ގަޑިއެއްހާއިރު ފަހުން ވަނީ ތިން މީހުން ހައްޔަރު ކޮށްފައިވާކަން ހާމަކޮށް، އެ އެންމެންގެ ފޮޓޯ އެންމެންނަށް ދޫކޮށްލައިފަ އެވެ. ކާރު ދުއްވަން އިނީ އުމުރުން 25 އަހަރުގެ ޒުވާނެކެވެ.
މި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާގެ މޫނަށް ވަރަށް ބޮޑަށް އަނިޔާ ވެފައިވާއިރު، އޭނާ އަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗުގަ އެވެ. އޭނާގެ ހާލު މިހާރު "ސްޓޭބަލް" ކަމަށް އެ ހޮސްޕިޓަލުން ރޭ ބުންޏެވެ.
އެކްސިޑެންޓުވިއިރު، ކާރުގައި ތިބި މީހުން އެ ކާރުން ފައިބައިގެން ދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ރޭ ސޯޝަލް މީޑީއާގައި އާންމުވި އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި، އެކްސިޑެންޓުވި ފަހު، ކާރުން ދެ ފިރިހެނުން ނުކުމެ އެވެ. ކާރު ދުއްވަން އިން، ހުދުކުލައިގެ ޓީޝާޓެއް ލައިގެން ހުރި ފިރިހެނަކާ އެކު ކާރުން ދެން ފައިބަނީ ރީނދޫ ކުލައިގެ ޓީޝާޓެއްގައި ހުރި ފިރިހެނެކެވެ.
ހުޅުމާލެ 2 ގައި ހިނގި އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެކްސިޑެންޓުވުމުން އެ ދެ މީހުން ވެސް ކާރުން ފައިބައިގެން ގޮސް އަނިޔާވެފައި އޮތް މީހާ ކައިރީގައި މަޑުކުރެ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން، ކާރު ދުއްވަން އިން މީހާ އެހެން މީހެއްގެ ސައިކަލު ފަހަތަށް އަރައިގެން އެކްސިޑެންޓް ހިނގި ސަރަހައްދުން ފިލައިގެން ދާ މަންޒަރު އެހެން ވީޑިއޯއަކުން ފެނެ އެވެ.
އެ އެކްސިޑެންޓް ހިނގީ ވިނަރެސް ފްލެޓުތަކުގެ މެދަށް އޮންނަ މަގުން ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.
ސްޕޯޓްސް ކާރު ކޮންޓްރޯލުން ނެއްޓި ގޮސް ޖެހުނީ މި ސައިކަލްގައިގައި އިން މީހާގެ ގައިގައި.--- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އިއްޔެ މެންދުރު އެ އެކްސިޑެންޓު ހިނގީ ވިނަރެސް ފްލެޓުތަކުގެ މެދަށް އޮންނަ މަގުން ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރު ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.
އެކްސިޑެންޓުވި ކާރުގެ ނަންބަރު ބޯޑު: އެ ކާރު ދުއްވަމުން އައީ ވެސް ހުއްދަ ނެތް ޒޯނެއްގައި.
ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވި ކާރަކީ މާލެ ޒޯންގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ވެސް ނޫނެވެ. ކާރުގެ ނަންބަރު ޕްލޭޓްގައި އިނީ ބީ ޒޯން [ނުވަތަ ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި] ދުއްވަން ރަޖިސްޓްރީކޮށްފަ އެވެ.
ކާރުން ޖެހުނުލެއް ބާރުކަމުން އޭނާ ވެއްޓެނީ ވިއްސައިގެން ގޮސް އެނބުރެމުން ގޮހެވެ. ސައިކަލްގެ މަޑިއާ އާއި އެކި ބައިތައް ވެސް މާ ދުރަށް ބުރައިގެން ދިޔަ މަންޒަރު، ސޯޝަލް މީޑިއާގައި އާންމުވި އެ އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯގޯސްއަދުރޭ
01 August 2024
އެމީހުން ދޫކޮށްލައިފި !
މިހާލު
01 August 2024
ހުކުމަކާ ހަމައަށް ގެންދެވޭނެ ކަމަށް އެއްގޮތަކަށްވެސް އުއްމީދު ކުރާނެ ކަމެއް ނެތެވެ. ތަހުގީގުގައި ގޯހެއް ހަދާނެއެވެ. ނޫނީ އިޖުރާއަތެއް ފުރިހަމަ ނުކޮށް އޮންނާނެއެވެ. ކޮންމެވެސް ކަމަކާ ނުލާ ނުދާނެއެވެ.
ހާސަރު
01 August 2024
ހުއްދަނެތް ޒޯނެއްގައި ކާރުދުއްވާއިރު ޓްރެފިކް ޕޮލިހުނަށް ކުރެވުނު ކަމެއްނެތް! ތިޔަ ފޮޓޯގައި ތިބި މީހުން ކުއްވެރިއެއްވެސް ނުވާނެ ދުވަސްކޮޅަކުން އަނެއްކާ ހަމަ ތިފާޑަށް އުޅޭތަން ފެންނާނީ! އެންމެ މިނިސްޓަރެއްގެ ގަޓް ހުއްޓަކަސް އަދި ގޭންގްތައް މައިތިރި ނުކުރެވޭނެ.
މިނިވަންކަނު
01 August 2024
ކީއްވެ ޔުނިވާސިޓީ ލަކްޝަރާ ފުނޑާލި މީހާގެ ފޮޓޯ ނުޖެހުނީ އޭރު؟ އޭނައަކަށް އަދަބެއްވެސް ނުލިބުނު.
ލޯކަނު. .
01 August 2024
..ކީކޭތޯ ؟ .
އަފްރާސިޔާބު
01 August 2024
އަސްތަޣުފިރުﷲ. ތިޔަ މީހުންނަކީ އެމީހުންގެ ގައިގާ އަތްލި މީހެއްގެ މުޅި ޚާންދާން ނެތިކޮށްލެވޭފަދަ ބާރުގަދަ ބައެއް. ހެޔޮނުވާނެ ތިމީހުން ގައިގާ ހިފަން. ދުވަހެއްނުވާނެ މަތިން އަންނަ އޯޑަރަކަށް ދޫކޮށްލަންޖެހިފައި އޮންނަނީ. ތިޔައީ ވަރުގަދަ ގްރޫޕްތަކަށް ނިސްބަތްކުރެވޭ ބައެއް. މުޅި ދައުލަތް ކުޑަކަކޫ މައްޗަށް ތިރިކޮށްލާނެ.
މިޑްސް
01 August 2024
އެއްކަމެއްވެސް ނުކުރެވޭނެ. ތިހެން ބިރުގަނެފައި ފަހަތައް ޖެހެންޔާ ތިޔަ މީހުންގެ ދަށުވެފައި ތިބެން ޖެހޭނީ. ތިޔަބޭފުޅާ މިހާރު ތިޔަހުރި ގޮތަށް.
ޑޮކްޓާރ. ބަނާނާ
01 August 2024
ހަދާނަށް އަންނަނީ 2012 ވަނައަހަރު ޑރ. ނާޒް ތައްޔާރު ކުރެއްވި " ގޭންގްސް އިން މާލޭ ސިޓްއޭޝަނަލް އެސެސްމެންޓް " ރިޕޯޓް! މިއަދާއި ހަމަޔަށް ވެސް ސަރުކާރު އޮތީ ނިދިން ހޭނުވެލި ސިޔާސީ ކަނޑު ކޮހުން ގެ ފަރާތުން ސަލާމަތް ނުވެވި! ކެޕްޓަނަށް ދަންނަވަން މިރިޕޯޓް ވިދާޅުވެ ލައްވަން! ވ. ވެދުން!
އަބުޅޯބެ
01 August 2024
ކުރީގަ ކީ ވަކި ގާޒީ އެއް ހުރެގެން ކުއްވެރިން ދޫވާ ވާހަކަ. މިހާރު ކާކުބާ؟
ދޭހިލޭ
01 August 2024
މައްސަލައަކީ ގާނޫނު ތަންފީޒު ނުވުން. ކާރުގެ ނަންބަރު ބޯޑު ބަލާލުމުންވެސް ފެންނަން އެއޮތީ އެކަން. ހުޅުމާލޭގައި އެއްވެސް ނަންބަރު ބޯޑެއް ނެތި އެތަންމިތަނުގައި ޕަބްލިކް އޭރިޔާތަކުގައި ހުރި ކާރުތަކަކީ ކާކުގެ އެއްޗެއްތޯ އެނގޭނެ ގޮތެއް ނެތް. މާދަމާވެސް ބޭނުން ބޯޑެއް ޖަހައިގެން ދުއްވަންވީ. ދުއްވާފައި ބޯޑު ނައްޓާލައިގެން ދިޔައިމީ އެ ނިމުނީ. ޞައްޙަ ނަންބަރު ބޯޑެއްތޯވެސް ބެލޭނެ ގޮތެއް ނެތް. ނަންބަރު ބޯޑު ނެތް ހުރިހާ އެއްޗެއް ނަގައި ހުސްކުރަންޖެހޭ.
އަލިހާޖީ
01 August 2024
މީގަ ގައިމުވެސް ކާރު ދުއްވާނީ އެކަކު. ދެން ތިބި ދެމީހުން ތިބޭނީ ޕަސިންޖަރ ސީޓުގަ ތިބި މީހުން. ސީން ދޫކޮށް ނުފިލާ އެކަކު ހުރި. ފިލީ ދުއްވި މީހާއާއި އެހެން މީހެއް. އެހެންވިއްޔާ އަސްލު ހައްޔަރު ކުރަން ޖެހޭނީ ދުއްވި މީހާއާއި ފިލި މީހާ ނޫންތަ؟ ދެން ޕަސިންޖަރ ސީޓުގަ އިން، އަނެއްކާ ސީން ދޫކޮށް ނުދާ މީހާ ހައްޔަރު ކުރީ ކޮން އުސޫލަކުން ތޯ؟
ގުނަނ
01 August 2024
ޕަސިންޖަރޭ ސީޓޭ ތިކިޔަނީ އެއީ ޓެކްސީއެއްނޫނޭ ޕަސިންޖަރު ސީޓްގަ އިންމީހާ ދޫކުރަން..އެކަކުވެސް ދޫކުރާނެ ކަމެއްނެއް ތެރަރިޒަމްގެ ދައުވާ ކުރަންވީ
ނާޑުވާ
01 August 2024
ފިލި 2 މީހުން. ފިލުވަން އައި ސައިކަލުގަ އެކަކު
ހޭބައްޔާ
01 August 2024
ހަމަހޭގައިތަ ތިހުރީ. ތިޔަ ސީޓުގައި އިނުމަކީ އެކަމުގައި ބައިވެރިވުން. މާދަމާ ދުއްވަން އިންނާނީ އޭނާ ނޫންކަމެއްވެސް ނޭނގެ. ތި އެންމެންނަކީ އެއްފާޑަކަށް އެއްގޮތަށް އެއް ވިސްނުމެއްގައި ހައްދުންނެޓިގެން އުޅޭ ބައެއް. އޭނާއެއް މީނާއެއް ކިޔާނެ ކަމެއް ނެތް. ކުށުގެވެށީގައި ހުރިއްޔާ ހިފައި ހައްޔަރުކޮށް ބޮޑެތި އަދަބުތައް ދޭންވީ.
ޙޯބެއްޔާ
01 August 2024
ކާރެއްގެ ޕެސެންޖާ ސީޓުގަ އިންދާ އެކްސިޑެންޓެއް ވީމަ ޕަސިންޖަރ ސީޓުގަ އިންމީހާ ކުއްވެރި ވަނީ ކިހިނެއް؟ މާދަން އޭނަ އެހެން އުޅެފާނެތީ މިއަދު ހައްޔަރު ކުރަން ޖެހޭތަ؟ ސީން ދޫކޮށް ނުދާ ޕެސެންޖަރ ސީޓުގަ އިންމީހާ ހައްޔަރު ނުކޮށް ވެސް ތަހުގީގު ކުރެވޭނެ. ދުއްވަން އިން މީހާއާއި ފިލި މީހާގެ ވާހަކަ އެއް ނޫން މިއީ.
ވެންގަބޯ
01 August 2024
އާމުކޮށް މިކަހަލަ ކާރުތައް ބޭރު ގައުތަކުގައި ދުވާނީ ގޭންގު ތަކަށް ނިސްބަތް ވާމީހުން މަޖިލީހަށް ކުރެވޭނެ ކަމެއްނެތް! މަޖުލީހަށް ބުނެވިދާނެ އެމީހުން ދޫކޮށްލަން އެކަންކަން ކުރެވިދާނެ ކޯޓުން ބަންދުގެ މުއްދަތު މިމީހުންނަށް ނުޖަހަނީ ކީއްވެގެން. ރައްޔިތުންނަށް ނުރައްކާ ވާގޮތަށް ދުއްވާ މީހުންނަށް. އުމުރަށްވެސް ދެން ނުދުއްވެ ގޮތަކަށް ހަދަންޖެހޭ އެބަ
އަފްރާސިޔާބު
01 August 2024
އުމުރަށް ނުދުއްވޭ ގޮތް ހަދަންވެއްޖެއްޔާ އަތާއި ފައި ބުރިކުރަންޖެހޭނީ. މަދަމާ ތިމީހުން ތިބޭނީ ހަމަ ތިގޮތުގައި ކާރު ދުއްވަން ނުކުމެ.