ޚަބަރު / އައްޑޫ

ހިތަދޫގައި ވެލި ފުންޏަކަށް އަރައި ޒުވާނަކު ސީރިއަސް ހާލަތުގައި

އައްޑޫ ފޭދޫގެ މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި މަގު ކޮނަންނަން ފަށާފައި: މުޅިން އައްޑޫން 100 ކިލޯ މީޓަރުގެ މަގު ހަދާނެ.

އައްޑޫ ހިތަދޫގައި ފެން ހިންދާ ނިޒާމު ގާއިމު ކުރަން ކޮނެފައިވާ ވެލިފުންޏަކަށް ސައިކަލެއް އަރައި، މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފެން ހިންދާ ނިޒާމު ގާއިމްކުރަން މަގު ކޮނެފައިވާ ހިސާބުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ރޭ 11:50 ހާއިރު ވެލި ފުންޏަކަށް އަރައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި ސައިކަލު ދުއްވަން އިން އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން އައްޑޫ އިކުރިޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އެ ފިރިހެންމީހާ އަށް ލިބިފައިވާ ގެއްލުންތައް ސާފު ނުވިޔަސް، ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު ސީރިއަސް ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

21 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 67%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޓަމަސް

04 August 2024

ސައިކަލުނުލާހިކު މަޑުން ދުއްވަނިކޮށް ވެލިފުންޏެއް އައިސް ސައިކަލަށް އެރީ

The name is already taken The name is available. Register?

ޖައުމާ

03 August 2024

ވެލިފުންޏަކަށް ތަ ނޫނީ ވަޅުގަނޑަކަށް ތަ ވެއްޓުނީ.

The name is already taken The name is available. Register?

raajje

03 August 2024

ރާއްޖޭގެ ޕޮލިހުގައިވަނީ ކަންފަސޭހަކަމާ ޒިންމާއަދާނުކުރުމުގެ ސަގާފަތެއް އަށަގަނެފަ! ލ.ގަމު ޕޮލިސްސުޓޭޝަނަށް ހުށަހެޅިމައްސަލައެއްގައި އެބައިމީހުންގެ ބަހަކީ ސީސީޓީވީ ފުތޭޖުއެބައޮތްތަ؟ ފާރުމަތިން ގޯއްޗަށްވަނީ ކާކުކަންއެނގޭތަ؟ ނޭންގެންޔާ މައްސަލައެއްނުބެލޭ! ފާރުމަތިން ގޯއްޗަށްވަންކަން ހާމަވާހެކި އެބަހުރި ވަނީ ޖެހިގެންހުރި ގޭގެއޭސީއެއްހަދަން، ވީއިރު މައްސަލަތަހުގީގުކޮށް އިވިޑެންސްހޯދުމަކީ ޕޮލިހުންކުރަންޖެހޭކަމެއްނޫންތަ؟ ޒިންމާއަދާނުކުރާ ކެރަވަޅުބައެއް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

03 August 2024

ކަރަންޓް ހިދުމަތްދޭ ކުންފުނިތަކަށް (ފެނަކައަށް) އެނާޖީ އޮތޯރިޓީގެ ފަރާތުން އަމުރުކޮށްފައިވަނީ ELCB ހަރުނުކޮށް މަގުބައްތިތަކަށް ކަރަންޓް ނުދިނުމަށް. # އެގޮތަށް ކަރަންޓްދީފައިހުރި މަގު ބައްތިއެއްގެސަބަބުން ކުޑަކުއްޖަކު މަރުވި. އީއެލްސީބީ ހަރުކުރުމަށާއި އެކަން ނުކުރާނަމަ ކަރަންޓް ކަޑާފައި ބަހައްޓަން އަމުރުކުރީ އެހެންވެ. # އެކަމަކު އެއީ ކައުންސިލްތަކުން ކުރާންޖެހޭ މަސައްކަތަކަށް ހަދާފައި އާދަން ޝަރީފު އުޅެނީ ELCB ހަރުނުކޮށް ކަރަންޓްދީފައި ބަހައްޓަން.

The name is already taken The name is available. Register?

‫އަސްލު އަފީފް

04 August 2024

ރ‫ަށްރަށު ކުދިންނަށް މަގެއް ވެލިފުންޏެއް ވަކި ކުރާކަށް ނޭނގޭ. ދެން މާލެ ސަރަހައްދު ތަރައްޤީވެ ބިމުގެ އަގުއެރީމަ މި ކިޔަނީ ބޭފުޅުވިއްޔޭ. އޮނަރަބަލް މެންގެ ބޮލުގަ އިންނަނީ މީދާކޭ އުނބެއް ވީމަ ވާގޮތް މި ފެންނަނީ.

The name is already taken The name is available. Register?

ލޮލްް

03 August 2024

ބާރު ސުޕީޑުގައި ދުއްވިއްޔާ ނޫނީ އެދާން ބޭނުންވާ ތަނަކަށް ހަމަ ނުދެވެނީތަ؟ ކޮންމެހެން ޖެހޭތަ އެހާ ދަން ގަޑިއެއްގައި ބާރުސުޕީޑުގައި ދުއްވަން؟ އެހާ ބާރަށް ދުއްވާފައި އެދިޔައީ ފަހަތުން ހަންޑިއެއް އެސޮރު ކާލަން އައީ ތޯއްޗެއް.

The name is already taken The name is available. Register?

ޜނބޑރ

03 August 2024

ޚަމެއްދިމާވާއިރަށް ޕޮލިހުން ބުނާނެ އެމަސްއަލަ އިތުރަށް ބަލާވަހަކަ މީގަ އިތުރަށް ބަލަން އޮތީކޯޗެއްތޯ

The name is already taken The name is available. Register?

ހިތަދޫ ކޮއްޔާ.

03 August 2024

އައްޑޫ މަގު ހެދުމުގެ ކަންތައް ދަނީ ވަރަށް ދޯދިޔާކޮށް. އެތައް ސަތޭކަ މިލިޔަން ރުފިޔާ ޙަރަދުކޮށްގެން ހަދާ މަގުތައް ހަދަނީ ކިހިނެއްތޯ ބަލަން މާލޭ ސަރުކާރު މީހެއްނެތުމުން ސިމެންތީގެ ބަދަލުގައި މަގުގައި ހުރި ޗަކަ އަލާފައިވެސް މަު ހަދާފައި އެބަހުރި. މިކަހަލަ ގެއްލުމާއި އަނިޔާ އައްޑޫ މީހުނަށް ލިބެނީ މިތަނުގައި ރައްކާތެރިކަމެއް ނެތީމަ.

The name is already taken The name is available. Register?

މާލޭ ކޮއްޔާ

03 August 2024

އާން ސަރުކާރުން ބުނެގެން ވިއްޔާ ރޮދީގަ ސައިކަލު ދުއްވަނީ ބާރުސްޕީޑުގަ ސައިކަލު ދުއްވި މީހާ ނުވިއެއްނު ގޯހެއް ގޯސްމިވީ ވެލިފުނި ގޯސްމިވީ ސަރުކާރު ކީކޭދެން ބުނާނީ ދިވެހިން ކޮންދުވަހަކުން ބާ ފަރުދީޒިމްމާ ނަގަންދަސް ކުރާނީ ނަގަން ފަށާނީ ހަމަ ކަމެއްވާ އިރައް ސަރުކާރު ގޯސްކުރީމަ ނިމުނީ

The name is already taken The name is available. Register?

ތައުފީޤު76

03 August 2024

ބާރަށް ކީއްކުރަން 20 ކިލޯމީޓަރުގަ ދިޔަޔަސް އެތަން އޮތްގޮތުން އަނިޔާވުން ގާތް...މަގުގަ ލައިޓް ނުދިއްލޭތާ މަހަކަށްވުރެ ގިނަދުވަސްވަނީ....ދެން ކަޅު އަނދިރީގަ ތާރު އެޅި މަގެއްގެ މެދު ކޮނެފަ ނޫނީ އުސްކޮށްފަ ހުންނައިރު އެނގޭނެ ގޮތެއް ހަދާފަ ނެތުން އެއީ ކައުންސިލްގެ އިހުމާލު...މިއީ އެޅެދީދީ މަގުގެ ވަށްބުރު ހިސާބުން ގޮސް ހޮސްޕިޓަލަށްދާ ތާރުމަގުގެ ހާލަތު....މީހަކު މަރުވީމަ ނޫނީ ކައުންސިލް ހޭނާރާނެ

The name is already taken The name is available. Register?

މަބަލްދީބް

04 August 2024

އެހެންވެ ހެޑްލައިޓް ދިއްލަން އަންގާފަ އޮންނަނީ.

The name is already taken The name is available. Register?

މޮޑްރިޗް234

03 August 2024

މިއީ ހިތަދޫ އެޅެދީދީމަގުން ގޮސް ހޮސްޕިޓަލަށް އެތައްބަޔަކު ދާ ތާރު އެޅިމަގެއް ބުރިކޮށް ކޮނެ އަލުން ފަސް އެޅުމަށްފަހު އެއްވަރުވެސް ނުކޮށް އަނިޔާވެދާނެ ގޮތަކަށްހުރި މަރުވަޅެއްގެ ވާހަކަ...މިމަގުގައި މިހާރު ލައިޓްތައް ނުދިއްލާ އޮންނަތާވެސް އެތަކެއް ދުވަހެއް....މަގު މަސައްކަތް ހުއްޓާލާފައި އެފްކޮންސް އިން ދިޔަތާ އެތައް ދުވަހެއް ވީއިރު ކައުންސިލަކަށް މިކަން ނުފެންނަނީތޯ މިއީ އަަބަދުވެސް އުފެދުނު ސުވާލެއް....މީހަކަށް ބޮޑެތި އަނިޔާއެއްވީމާ ނޫނީ އައްޑޫ ކައުންސިލް ހޭނާރާނީތޯ...ދާއިރާގެ ކައުންސިލަރު އަދާލާ މިއިން ދުވަހަކުވެސް މިސަރަހައްދު ފެނުނުތޯ ސުވާލު އުފެދޭ...އަޅާނުލާ ދޫކޮށްފައި އޮންނަނީ އަލަށް އާބާދުވާ ހިސާބުތައް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

03 August 2024

ތަނެއްދޮރެއް ބެލުމެއްނެތި ދިވެހި ފުލުހުން ދައްކަފާނެ ކޮންމެ ފަދަ ވާހަކައެއްވެސް. އައްޑޫގެ މަގުތައް އެއްވެސް ރައްކާތެރިކަމެއްނެތް ގޮތަކަށް ކޮނެ ނަގާއަޅާފައިވާއިރު ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އަޅާފައިނެތް އިރު ރޭގަނޑު މިތަންތަނުގައި އަލިކަމެއްވެސް ނުހުރޭ. # ގޭގައި ހުރެފައި އިޝާނަމާދަށް ދިޔަ އުމުރުންދުވަސްވެފައިވާ އައްޑޫގެ އެތައްބަޔަކަށް ތިތަންތަނުން އަނިޔާވެފައިވަނީވެސް އެމީހުން "ދުވެފައި" މިސްކިތަށް ދަނިކޮށްތޯ!؟ ހަމަޖެހޭވާހަކަ ދައްކަބަލަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454