ރަޝްމް: އޭނާ އެކްސިޑެންޓްވީ މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހުގެ ރޭ.
02 މެއި 2018 - 11:12
އައްޑޫ ލިންކް ރޯޑުގައި މިދިޔަ މާޗް މަހު ސައިކަލަކާއި ކާރެއް ޖެހި ޒުވާނަކު މަރުވި މައްސަލައިގެ ތަހުގީގު ނިންމައި، ކާރު ދުއްވަން އިން މީހާ އަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރެލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ، މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ހިތަދޫ ނޫމުގުމާގޭ މުހައްމަދު ރަޝްމު ރިޔާޒް މަރުވި މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދުނީ، ކާރު ދުއްވި މީހާގެ މައްޗަށް ކަމަށެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، އެކްސިޑެންޓު ހިނގި އިރު ކާރު ދުއްވަން އިނީ މަރަދޫގެ ޒުވާނެކެވެ. އޭނާ އަކީ ގަމުގައި ހިންގާ ފްލައިން ސްކޫލްގެ ދަރިވަރެކެވެ.
އެކްސިޑެންޓާ ގުޅިގެން ފުލުހުން އޭނާ ހައްޔަރު ވެސް ކުރި އެވެ. އެކަމަކު ފަހުން ވަނީ ދޫކޮށްލައިފަ އެވެ.
Addu Accident: Emme bodethi aniya thah reygai!
The most trusted news source in the Maldives
Mihaaru
ރަޝްމް އެކްސިޑެންޓްވީ މާޗް މަހުގެ 10 ވަނަ ދުވަހުގެ ރޭ.
ލިންކް ރޯޑުން ކުނިކޮށްޓާ ދިމާލުގައި ހިނގި އެކްސިޑެންޓްގައި މަރުވި ރަޝްމު އަކީ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓްގެ މުވައްޒަފުންނަށް ބަހުގެ ހިދުމަތް ދޭ ލިއޯ ޝަޓްލްގެ ޑްރައިވަރެކެވެ. ކާރުގައި ޖެހި އޭނާ އެކްސިޑެންޓުވީ ޑިއުޓީ އަށް ދިޔަ މަގުމަތީގަ އެވެ.
ބާރު ސްޕީޑްގައި ދުއްވި ކާރާއި ރަޝްމުގެ ސައިކަލް އެކްސިޑެންޓްވެ، އޭނާ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެ އެވެ. ރަޝްމް މަރުވި ހާދިސާ އަކީ އައްޑޫގައި މިހާތަނަށް ހިނގި އެކްސިޑެންޓްތަކުގައި އެންމެ ބޮޑެތި ޒަހަމްތައް މީހަކަށް ލިބުނު ހާދިސާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެކްސް ހަލީލް
02 May 2018
ކުއްވެރިވާނީ އެމީހާގެ ކުލައަށް ބަލާފަހެން ހާދަ ހީވޭ
ނޭނެ
02 May 2018
އައްޑޫ އެޔާޕޯޓު ތަރައްގީ ކުރުމައްވުރެ ލިންކު ރޯޑު ރައްކާތެރި ތަނަކައް ހެދުން މާމުހިންމު!!
އިއްމަ
02 May 2018
ކުރީ ކޮން ދައުވާއެއްތޯވެސް ހަބަރުގަ ލިޔުން މުހިއްމު!!
ޢަލިބެ
02 May 2018
ކޮބާތަ އޭގެ މާ ކުރިން އެންވާރް މިނިސްޓުރީގެ ވެހިކަލުން ޖެހި މަރުވި ނިކަމެތި ކުއްޖާގެ ކޭސް. މި ކޭސް ވީ ކިހާ ހިސާބަކުތަ؟