ދުނިޔެ / ބަންގްލަދޭޝް

ބޮޑުވަޒީރު ހަސީނާ އިސްތިއުފާ ދެއްވައި ފިއްލަވައިފި، ރައްޔިތުން ރިޔާސީ ގަނޑުވަރަށް ވަދެގެންފި

ބަންގްލާދޭޝްގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާގައި އޭނާއާ ދެކޮޅު ޕޯސްޓަރެއް ދައްކަނީ. -- ފޮޓޯ: އޭއެފްޕީ

05 އޯގަސްޓް 2024 - 14:41

19 comments

ބަންގްލާދޭޝްގައި ސަރުކާރާ ދެކޮޅު މުޒާހަރާގެ ބައިވެރިން ބޮޑުވަޒީރު ޝައިޚް ހަސީނާގެ ގަނޑުވަރު ކައިރިއަށް ޖަމާވާން ފެށުމާ އެކު އޭނާ އިސްތިއުފާ ދެއްވައިފި އެވެ.

އޭއެފްޕީން ބުނި ގޮތުގައި ގަނޑުވަރު މިހާރު ވަނީ މުޒާހަރާކުރާ މީހުންގެ ބާރުގެ ދަށުގަ އެވެ. އަދި ސިފައިންގެ ވެރިޔާ ގައުމާ މުޚާތަބު ކުރައްވައި، ވިދާޅުވީ ހަސީނާގެ އިސްތިއުފާއާ އެކު، ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބީބީސީން ބުނިގޮތުގައި ހަސީނާ ހެލިކޮޕްޓަރެއްގައި ވަޑައިގަތީ އިންޑިއާގެ އަގާޓަލާ ސިޓީއަށެވެ. ހަސީނާގެ އަރިސް ބޭފުޅަކު އޭއެފްޕީ އަށް ބުނި ގޮތުގައި ހަސީނާ ގައުމު ދޫކޮށް ވަޑައިގަތީ ރައްކާތެރިކަން ކަށަވަރުކުރެއްވުމަށެވެ.

ސިވިލް ސާވިސް ވަޒީފާއަށް މީހުން ނަގާ ގޮތާ މެދު ހިތްހަމަނުޖެހުން މިދިޔަ މަހު ފެށި މުޒާހަރާތަކުގައި އެތައް ބަޔަކު މަރުވުމުން މުޒާހަރާ މެދުކަނޑާލުމަށް ފަހު މި ހަފްތާގައި އަލުން ފެށުމަށް ފަހު އިއްޔެ އަކީ މުޒާހަރާގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އެއާ އެކު ހަސީނާގެ އިސްތިއުފާ އަށް ގޮވައި، މުޒާހަރާގެ މިސްރާބު އެއްކޮށް ބަދަލުވި އެވެ.

ބަންގްލާދޭޝްގައި އިއްޔެ ކުރި މުޒާހަރާގައި އިމާރާތެއްގައި ހުޅުޖަހާފައި. -- ފޮޓޯ: އޭއެފްޕީ

މިއަދު މުޒާހަރާ ވަރުގަދަކޮށް މިއަދު މިއީ ފަހު ދުވަސް ކަމަށް އިއްޔެ އޮތީ މުޒާހަރާގެ ލީޑަރުން އިއުލާނުކޮށްފަ އެވެ. އެހެންވެ ވެރިރަށް ޑާކާއަށް އެންމެން ޖަމާވާން ގޮވާލާފައިވެ އެވެ.

މުޒާހަރާގެ ބައިވެރިން ބޮޑުވަޒީރުގެ ގަނޑުވަރަށް ވަދެ އެތަނުގައި ހުރި ތަކެތި ނެރެގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ވަނީ އާންމުވެފަ އެވެ.

މިދިޔަ މަހު މުޒާހަރާކުރި އިރު ސިފައިންނާއި ފުލުހުން ވެސް މުޒާހަރާގެ ބައިވެރިންނަށް އެއްވެސް ފުރުސަތެއް ނުދީ ކުރިމަތިލި ނަމަވެސް އިއްޔެ ކިތަންމެ ސަރަހައްދެއްގައި ވަނީ މުޒާހަރާގެ ބައިވެރިން ކުރިއަށް ދާން ދޫކޮށްލާފައި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.

19 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 68%
icon sad icon sad 3%
icon angry icon angry 9%
icon wow icon wow 15%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިމިނާ

06 August 2024

ކޮންތާކުން ކޮން އެއްޗެއް ކިޔަވައިގެން އުޅޭ ކުދިބައެއްބާއެޭ ހިތައްއަރާ. ޙަސީނާގެ އިސްތިއުފާއަށް ގޮވީ ޙަސީނާ އެއްމެ ފަހުން އަސްތިއުފާދީފި. ދެން ކީއްވެބާ ރިޔާސީ ގަނޑުވަރު ހަލާކުކޮށް ހެދީ. އެއީ އެ ރައްޔިތުންގެ މުދާ ނޫންތޯ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

05 August 2024

ސާބަހޭ ބަންގާޅު ރައްޔަތުން.

The name is already taken The name is available. Register?

ޖަޒީރާ ގައުމު

05 August 2024

ޝެއިޚު ޙަސީނާގެ ވެއްޓުމުގެ ފެށުންކަމުގައި ވީ މައިގަނޑު ކަންކަމުގެ ތެރޭގައި އިދިކޮޅުގެ އަޑު ކަނޑުވާލަން އުޅުމާއި، މުއްސަދިންނަށް މާ ބޮޑަށް ފޭވަރކުރުން ހިމެނެއެވެ! (އަލްޖަޒީރާ ނިއުސް).

The name is already taken The name is available. Register?

ޑައިޖިން

05 August 2024

އަންނި އޭނާއަށް މަރުހަބާ ނުކިޔާތަ؟

The name is already taken The name is available. Register?

ޑާކާއިން

05 August 2024

ގައުމަށްޓަކައި އިސްތިއުފާ ދެއްވީ. އިސްތިއުފާ ނުދިނީ ބައްޝާރު، އެހެންވެ ގައުމު ހަލާކުވީ.

The name is already taken The name is available. Register?

ބަތަނީ

06 August 2024

ބައްޝާރު އިސްތިއުފާ ދިންނަމަ ދާހިލީ ހަމަނުޖެހުން މިހާރަށް ވުރެ މާބޮޑުވެ ކޮންމެ ބަޔަކުވެސް ކުދިކުދި ގައުމު ހަދައިގެން އެއްބަޔަކު އަނެއްބަޔަކު ކައި ނިންމާފަ މިހާރު އޮންނާނީ

The name is already taken The name is available. Register?

ވާފިރުު

05 August 2024

ހަސީނާ ދެން ރަނގަޅުވާނީ ޑައިރީ ލިޔަން ފެށިއްޔާ. ތިޔާހެން ލައްކަ ޒަމާނު އުޅެވިއްޖެއެއްނު.

The name is already taken The name is available. Register?

ކޮބާ

05 August 2024

ފިލި ހަސީނާ

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

05 August 2024

މުޅިދުނިޔޭގާވެސް އެންމެ ރީތިކޮށް ފައިބައިގެންދިޔަ ޑިކްޓޭޓަރަކަށް ވާނެ މައުމޫނު.

The name is already taken The name is available. Register?

އަޑާ

05 August 2024

މިޕާރޓީތަކުގެ ވެރިކަންތަކަށްވުރެ މާބޮޑަށްވެސް ރަގަޅު މައުމޫނުގެ ވެރިކަން. އަމިއްލަ އެދުމުން ފޯވެފައިތިބި މީހުންނަށް ރަަޅުވާނެ ޕާޓީވެރިކަން

The name is already taken The name is available. Register?

ކައުންސެލަރު...

05 August 2024

ނިއުޓްރަލް ހިތަކުން މިބުނަނީ.... މައުމޫން ޑިކްޓޭޓަރަކަށް ވާސަބަބަކީ ކޮބަޔޯ؟

The name is already taken The name is available. Register?

މަވ

05 August 2024

30 އަހަރަށްވުރެ ދިގުމުއްދަތަކަށް ވެރިކަންކުރި ހުރިހާވެރިންގެ ވެރިކަންތަށް ނިމުނީ

The name is already taken The name is available. Register?

ބަބްސް

05 August 2024

ބަޤާވާތް ކުރުމާ ، އިންގިލާބައި ހުރި ތަފާތު. އިންގިލާބެއްގައި ފުލުހުން ސިފައިން ބައިވެރިއެއް ނުވާނެ. 2012 ގައި ކުރީ ބަޤާވާތެއް.

The name is already taken The name is available. Register?

މިންމިި

05 August 2024

އެއީ ރަނގަޅު ބަޣާވާތެއް.

The name is already taken The name is available. Register?

ގިތެޔޮ

05 August 2024

ތިއޮތީ އެނގިފަ. ކަލޭ ތިޔަ ބުނާ މާނައިގަ ބަޣާވާތް ކިޔަން ފެށީ ނަޝީދު އިސްތިޢުފާ ދިނުމަށް ފަހު އަލްހާނު ފަހުމީ ޖަލްސާއެއްގަ އެހެން ބުނިފަހުން.

The name is already taken The name is available. Register?

ތުނޑުހަސަނު

05 August 2024

"މިދިޔަ މަހު މުޒާހަރާކުރި އިރު ސިފައިންނާއި ފުލުހުން ވެސް މުޒާހަރާގެ ބައިވެރިންނަށް އެއްވެސް ފުރުސަތެއް ނުދީ ކުރިމަތިލި ނަމަވެސް އިއްޔެ ކިތަންމެ ސަރަހައްދެއްގައި ވަނީ މުޒާހަރާގެ ބައިވެރިން ކުރިއަށް ދާން ދޫކޮށްލާފައި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ." މިއީ ކޮންވާހަަކައެއް. މިވެސް ބައިވެރިވުން.

The name is already taken The name is available. Register?

ހަސީނާޕާކާރ

05 August 2024

ސިފައިންނަކީ ރައްޔިތުންގެ ތެރެއިން ހިމެނޭބައެއް. ވޯޓުވެސްލެވޭ ވީމާ އެމީހުންވެސް ޑިކްޓޭތަރުންނާދެކޮޅަށް ތެދުވާނެ. އެއީބަގާވަތަކަށް ނުވާނެ.

The name is already taken The name is available. Register?

އަޒްރާ

05 August 2024

ބަޣާވާތޭ ގޮވި މީހުން މިހާރު ގޮވަނީ އިސްތިއުފާ ދިނީއޭ ބަޑިޖައްސައިގެން އިސްތިއުފާގެ ސިޓީ ލިއުއވި ކަމަށް ބުނި މީހުން މިހާރު ކިޔަނީ ބަޑިއެއް ނުޖައްސައޭ

The name is already taken The name is available. Register?

ށލލސކސކސ

05 August 2024

އެއީ ބަގާވާތެކޭ، އެކަމަށް އެބަހުއްޓޭ ޅެމާ ރައިވަރު ހަދާފަ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454