05 އޯގަސްޓް 2024 - 19:03
ތައިލެންޑްގެ ވެރި ރަށް ބެންކޮކްގެ ހޮޓެލެއްގެ ތެރޭގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އާންމުކޮށް ދިވެހިން ދަތުރުކޮށް އުޅޭ ބެންކޮކުގައި މަރުވެފައި އޮއްވައި ފެނުނީ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނުކަން މިހާތަނަށް ރަސްމީކޮށް އެއްވެސް އިދާރާއަކުން އާއްމެއް ނުކުރެ އެވެ.
އެކަމަކު "މިހާރު" އަށް ޔަގީން ކުރެވިފައިވާ ގޮތުގައި، މަރުވީ ތ. ތިމަރަފުށީ، މުއާވިޔަތު މޫސާ އެވެ. އޭނާ މަރުވިކަން ފޮރިން މިނިސްޓްރީ މެދުވެރިކޮށް އޭނާގެ އާއިލާއަށް އަންގާފައިވާ ކަން ވެސް އެނގިފައިވެ އެވެ.
އެ ގައުމުގެ ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މިފަދަ ހާދިސާތަކުގައި މީގެ ކުރިން ތައިލޭންޑުން އަމަލު ކޮށްފައިވާ ގޮތަށް ބަލާއިރު، މަރުވި ސަބަބު ދެނެގަތުމަށް ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ބެލެވެ އެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އެއްވެސް އެއްޗެއްް ނުބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނސފ22
06 August 2024
ފޮރިން މިނިސްޓްރީން ކޮންމެހެން އެއްޗެއް ބުނާނެ ކަމެއް ނެތެވެ.. އެމްބަސީއަށް މީހަކު އިތުރުކުރެވޭތޯ ބަލާށެވެ.. ލަންކާ އެމްބަސީގަވެސް ފޮޅާ ސާފުކުރަންވެސް މިހާރު ޑިޕްލޮމެޓުން ތިބިކަމަށް މީހުން ބުނެއެވެ.. އަދި ކުރިއަށް އޮތް ތަނުގައި ކޮންޓްރެކްޓް ސްޓާފުންގެ ބަދަލުގައި ޑިޕްލޮމެޓުން ނަގާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ލަތީފީ
06 August 2024
މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވާ، ސުވަރުގޭގެ ނިއުމަތް ދެއްވާންދޭވް. އިންސާނުން ވިސްނާ ފިކުރުކޮށްފި ނަމަ ވަރަށް ގިނަގުނަ ފިލާވަޅުތަކެއް ލިބިދޭ މިދުނިޔޭއިން. އަސްލު މަގްސަދު ހޯދާ އެކަމަށް ކެނޑިނޭޅި މަސައްކަތް ކުރުމުވައި މީހާގެ ހަވާ ނަފުސުގެ ބޭނުންތައް މާތް ﷲ އެންގެވި މަގުގައި ވިސްނުންތެރިކަމާއި ކެއްތެރިކަމާއި އެކު ބެހެއްޓުމަށް މަސައްކަތް ކުރުން މުހިއްމު. މާދަމާވެސް ލޯމަރަލާން ޖެހިދާނެ.