ފެނަކައިން ހިދުމަތްދޭ ރަށެއްގައި އެ ކުންފުނިން ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކެއް.
06 އޯގަސްޓް 2024 - 14:30
ފެނަކައިން ފެށުމަށް ނިންމާފައިވާ އިންހައުސް ސޯލާ ޕްރޮގްރާމްގެ ސަބަބުން އަހަރަކު 20 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފެނަކައިން ބުނެފި އެވެ.
ފެނަކައިން ބުނީ މި މަޝްރޫއުގެ ދަށުން ފެނަކައިން ހިދުމަތް ދޭ ރަށްރަށުގެ އިންޖީނުގެތަކާއި އޮފީސް އިމާރާތްތަކުގައި ސޯލާ ޕެނަލް ހަރުކުރަން ހަމަޖެހިފައިވާ ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން މުޅި ޖުމްލަ 5.2 މެގަވޮޓް ޕީކުގެ ސޯލާ ހަރު ކުރާނެ އެވެ. މި މަޝްރޫއުގެ އަގަކީ 92 މިލިއަން ރުފިޔާއެވެ.
މި މަޝްރޫއުގެ ދަށުން، އަހަރަކު 2.6 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށާއި އެއީ 19.9 މިލިއަން ރުފިޔާގެ ޑީސަލްކަން ފެނަކައިން ފާހަގަކުރެ އެވެ. މި މަޝްރޫގެ ދަށުން 18 އަދި 30 ކިލޮވޮޓްގެ ގްރިޑް ޓައިޑް ސޯލާ ހަރު ކުރާއިރު، މި މަޝްރޫއު ފޯމިއުލޭޓްކޮށް އަންނަ އަހަރު ކުރީކޮޅު ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިގެ އިންހައުސް ސޯލާ ހަރުކުރުމުގެ މަޝްރޫއުގެ އިތުރުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ގުޅިގެން 'ޕޮއިސްޑް ޕްރޮޖެކްޓްގެ ދަށުން' ވެސް ފެނަކައިން ދަނީ ސޯލާ ހަރު ކުރުމުގެ މަޝްރޫއެއް ހިންގަމުންނެވެ.
ފެނަކައިން ވަނީ މިދިޔަ ދެ އަހަރު ތެރޭ 191 ކިލޮވޮޓްގެ ސޯލާ ނިޒާމު ފެނަކައިން ހިދުމަތްދޭ 8 ރަށެއްގެ އިންޖީނުގެތަކާއި އޮފީސް އިމާރާތް ތަކުގައި ހަރުކޮށްފަ އެވެ. އަދި އިތުރު މަޝްރޫއުތަކުގެ ދަށުން ފެނަކައިން ހިދުމަތް ދެމުން ގެންދާ ރަށްތަކުގައި ޖުމްލަ 14 މެގަވޯޓްގެ ސޯލާ ނިޒާމް އިންސްޓޯލްކޮށް ބޭނުން ކުރަމުން މިހާރު ވެސް ގެންދެ އެވެ.
ފެނަކައިން ބުނީ ސަރުކާރުން އިޔާދަ ކުރުވަނިވި ހަކަތަ އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް މި މަޝްރޫއުތަކުގެ ސަބަބުން އިތުރު ބާރެއް ލިބިގެން ދާނެ ކަމަށެވެ އަދި ރާއްޖޭގެ ހަކަތައިގެ ދާއިރާގައި ފާހަގަ ކުރެވޭ ކުރިއެރުންތައް ލިބި، ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހސވަހ
06 August 2024
ސަލާމަތްވާ ލާރިޔަށްވާގޮތެއް ނޭނގޭ. ގިނަކޮށްލަނީ ޕޮލިޓިކސް މަގާމުތައް. ދެން 20މިލިޔަނުން ނުވެގެން ދަރަނިވެފައި އޮއްވައި މިފެންނަނީ ކުންފުނިތައްވެސް.
އަލިީ
06 August 2024
އަވަހަށް އިތުރު ސްޓާފުންކޮޅެއް ވައްދަން އިންތިޒާމްތަށް ފުރިހަމަކުރޭ.
އެޑްމުންޑޯ
06 August 2024
މިހެން ކިޔާތާވެސް އަހަރުތަކެއް ފާއިތުވެގެން ދައުރުތަކެއް ނިމިގެން ހިގެއްޖެ ، އެބުނާ މިލިއަންރުފިޔާ ސަލާމަތްވާކަމެއްނޭގެ ، އަހަރުން އަހަރަށް ކަރަންޓް ބިލް ބޮޑުވެ ޖީބުނުކަތާވަރުވަމުން މިދަނީ