އެމްކިއުއޭގެ ބައްދަލުވުމެއްގައި އެ އޮތޯރިޓީގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވާހަކަ ދައްކަވަނީ
07 އޯގަސްޓް 2024 - 20:31
މަތީ ތައުލީމުގެ ކޯހަކާ ގުޅުމުގެ ކުރިން ހުއްދަ ލިބިފައިވާ ޕްރޮގްރާމެއްކަން ކަށަވަރުކުރަން އެމްކިއުއޭއިން މިއަދު އެދިއްޖެ އެވެ.
އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ މަތީ ތައުލީމާއި ތަމްރީނު ދޭ ގިނަ މަރުކަޒުތަކުން ހިންގާ ގިނަ ޕްރޮގްރާމްތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އިޝްތިހާރު ކުރަމުންދާ ކަމަށެވެ.
އެހެންވެ އެ ކޯހަކަށް އެންރޯލް ވުމުގެ ކުރިން، އެ ޕްރޮގްރާމް ހިންގަނީ އެމްކިއުއޭ އިން ހުއްދަ ދޫކޮށްފައިވާ ގޮތަށް ކަން ކަށަވަރުކޮށް، ކިޔެވުމުގެ ފެށުމުގެ ކުރިން އެ ޕްރޮގްރާމަކާ ބެހޭ މައުލޫމާތު ހޯދުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
ހުއްދަ ދީފައިވާ ކޯސްތަކާއި އެހެނިހެން މައުލޫމާތު ވެބްސައިޓުން ފެންނާނެ ކަމަށް އެމްކިއުއޭއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލު2.0
08 August 2024
އެމް.އެން.ޔޫ އިން ހިނގާ ފައިނޭންސް ޑިގްރީއަކީ އެމް.ކިއު.އޭ އެޕްރޫވްޑް ކޯހެއް. އެކަމަކު، އެތަނުން ހަދާ ފައިނޭންސް ޑިގްރީ އެއްވެސް ބައިނަލްއަޤްވާމީ ޕްރޮފެޝަނަލް ބޮޑީއަކުން ބަލައެއް ނުގަނޭ. މިވަނީ ކިހިނެއްތޯ؟
ވެލިގަލަށްދާސައްތާރު
08 August 2024
އިސްމާއިލާ، އެމް.ކިއު.އޭގެ އެމް.ގެ މާނަޔަކީ ދިވެހި ރާއްޖެ، ބައިނަލްއަޤްވާމީއެއްނޫން. އެހެންނަމަ އޮންނަނީ ބައިނަލްއަޤްވާމީ.ކިއު.އޭ. މިހާރު ވާގޮތް އެނގިއްޖެކަމަށް ހީކުރަން
އެމްސް
08 August 2024
ހުއްދަ ނޫން ކަންކަން ކުރާ ފަރާތްތަކަށް އެކަމުގެ ފުރުސަތު އޮވެގެނެއްވެސް ނުވާނެއެވެ! މުއްދަތު ހަމަވެފަ ހުންނަ މުދާ ވިއްކާ ފަރާތްތައްވެސް ކުށްވެރިނުވެ، ހަމައެކަނި މުދާ ގަންނަމީހާގެ ޒިއްމާ ބޮޑުކުރުމީ އިދާރާތަކުން ޒިއްމާ އަދާނުކުރުމެވެ! އެމްކިއުއޭގަ ތިބީ ކަންކުރެވޭ ވަރަށްވުރެ މާމަދު މުވައްޒަފުންކަންވެސް ފާހަގަކުރަމެވެ!
އައިންން
08 August 2024
ގައުމީ ޔުނިވަރސިޓީއިން މެލޭޝިއާގެ ޔުނިވަރސިޓީ ތަކުގެ ޕީ.އެޗް.ޑީ ވެސް ކިޔަވައިދޭންފަށާ އެކްރެޑިޓް ނުކޮށް. ދެންވީ އެމީހުން އިޢްލާންކުރީމަ އެޕްލައި ނުކުރަން؟