08 އޯގަސްޓް 2024 - 06:28
ހުޅުމާލޭގައި ހިންގާ ބޯކޮށާ ހަތަރު ތަނެއް ބަންދުކޮށް، ގަވާއިދާ ހިލާފަށް އުޅޭ ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފި އެވެ.
އިމިގްރޭޝަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ބޯކޮށާ ތަންތަނަށް އަމާޒުކޮށް ހިންގި ރެއިޑުގައި ހަ ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަތަރު ތަނެއް ބަންދުކޮށް، ގަވާއިދާ ހިލާފަށް އުޅޭ ހަތް ބިދޭސީއަކު ބަންދުކޮށްފައިވާ ކަމަށް ބުންޏެވެ.
ހުޅުމާލޭގައި ބިދޭސީން ހިންގާ ކޮފީ/ޓޭކްއަވޭ ހަތް ތަނެއް ވެސް އިއްޔެ ފާސްކުރި އެވެ. އެ ތަންތަނުން ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ ހަތަރު ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ ދެކޮޅަށް ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން އަންނަނީ ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އޭގެ ތެރެއިން، ލޯކަލް މާރުކޭޓުތަކާއި ކޮފީ/ޓޭކްއަވޭ ތަންތަން ފާސްކޮށް، ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހިފަހައްޓައިފަ އެވެ.
އެ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 2،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ޑީޕޯޓް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޫލހަސަން
08 August 2024
އަޅެ ފަހާ ތަންތަން ބަލާނީ ކޮން ދުވަހަކުންތަ.
ޗީޕް އޮފް މުރާއިދު
08 August 2024
ރެއިޑް ކުރި ވަގުތު ބޯކޮށަން ގޮނޑިއަށް އަރާއިން ކަސްޓަމަރުގެ ބޯކޮށާ ނިންމަން އިމިގުރޭޝަނުން ފުރުސަތު ދިންބާ؟ ނުވަތަ ކަސްޓަމަރު ގެޔަށް ދިޔައީ ބޮލުގެ އެއްފަރާތް ކޮށައިގެން ބާ؟
އައްޑޫ1234
08 August 2024
އެމްޑީޕީ ކޮންކަމެއްތަ 5 އަހަރު ކުރީ.؟
ފަރު
08 August 2024
ގެސްޓް ހައުސް ތައް ޗެކްކޮއްބަލަ
އަސްލުމީ
08 August 2024
ސާބަހޭ ތިޔަކުރައްވާ މަސައްކަތައް
ޗަމްކީ ޗަމްޗަމް
08 August 2024
ހުޅުމާލެ ބަލާލަދީބަލަ ހުޅުމާލެ. އަގު ނުޖަހާ އަންނަ މީހަކަށް ބަލާފަ، ދިވެހީންނަށް ބޮޑު އަގު ޖަހާފަ ބޯކޮށާދޭ ތަންތަން ހުންނާނެ، ބޭރު މީހުން ހިންގާ. އެކަހަލަ ތަފާތުކުރާ ތަންތަން އެބަޖެހޭ ހަމަ މަގަށް އަޅުވާލަދޭން
ކާއްޓޭ
08 August 2024
ދިވެހި ފިރިހެނުން ކަޑަތަކުގަ ކޮފީބުއިމާއި ރާޒުވާތާސް އަދި ޖުވާ ކުޅުން ހުއްޓާލާފަ މަސައްކަތަށް ނުކުންނަންވީ ވަގުތު ޖެހުނީ.
ރަނިކަމަނަ.
08 August 2024
ޔަޤީން މިކަލޭގެ އަކީ އެފާޑަށް އުޅޭ މީހެއްކަން. ދިވެހިންގެ ތެރޭގައިވެސް ތިޔަބުނި ޒާތުގެ މީހުން މަދުން ނަމަވެސް އުޅޭ. އެކަމަކު އެއީ ހުރިހާ ދިވެހިންނެއްނޫން. މޮޔަ ނުގޮވާ
މޮހޮނދޭ
08 August 2024
ބޭރުމީހުންނާ ގުޅޭ ޚަބަރު ލިޔާއިރު ނިމޭހިސާބުގަ މިއޮންނަ 2000 އައްވުރެ ގިނަ ބިދޭސީންނޭ ލިޔާތީ ސާފެއްނުވޭ..ލަފާކުރެވޭގޮތުން އަދަދު މާމަތިވާނެ މިހާރު. ރެޔަާދުވާލު އޮޕަރޭޓް ކުރޭއެބަ މިހާރު.
ކޮރަލް
08 August 2024
މަސާޖް ޕާ ގެ ނަމުގައި ހަށި ވިއްކާ ބައެއް ތަންތަނުގެ ފަހަތުގަ އެމީހުންގެ ހިމާ ޔަތުގަ ސަރުކާރު ޔުނިފޯމް ލީ ބަޔަކު އެބަ އުޅެ އެވެ. އެތަން ތަން ބަލާ ޗެކް ކުރާލެއް ވ މަދެވެ.
ާކަޑަ
08 August 2024
ތިވަރަށް ސަކަރާތް ވީ. ދެން ކާކު އަހަރުމެންގެ ބޯ ރީތި ސްޓައިލްތަކަށް ކޯށާ ދޭނީ