އެޑްވައިޒަރު ހަލީލު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
08 އޯގަސްޓް 2024 - 21:06
ޓޫރިޒަމް ދާއިރާ ރަނގަޅު ކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މިވަގުތު މަސައްކަތް ކުރަނީ، ކުރިއަށް ވުރެ ގާތްކޮށް އެއް ޓީމެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އެޑްވައިޒަރު އަދި ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔާ މުހައްމަދު ހަލީލު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު އެމްއެމްޕީއާރްސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލު ވިދާޅުވީ، ކުރިން އަބަދުވެސް ފެންނަނީ އެމްއެމްޕީއާރްސީ އާއި ޓޫރިޒަމް މިނިސްޓްރީ އެއްވެސް ވަރަކަށް ކޮމިއުނިކޭޓް ނުކޮށް، ވަކި ދެ ތަނެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަތަން ކަމަށެވެ.
"އަޅުގަނޑު ވަރަށް އުފާކުރަން މިއަދު އެމްއެމްޕީއާރްސީ އާއި ޓޫރިޒަމް މިނިސްޓްރީއާ، ކުރީގަ މި އޮތްގޮތަށްވުރެ ވަރަށް ކައިރިކޮށް އެއް ބައެއްގެ ގޮތުގައި، އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރޭ،" ޚަލީލް ވިދާޅުވި އެވެ.
"ދެތަނުގެ ޕޮލިސީތައް އެލައިނެއް ނުވާނެ. މިހާރު ވެއްޖިއްޔާ ޕޮލިސީތައް އެލައިންވެގެން އެކައްޗެއް ގޮތަށް ޓީމެއް ގޮތަށް މަސައްކަތް ކުރީމާ މިކަންކަން ކުރެވޭނީ. އެއީ އަސްލު ވަރަށް ރަނގަޅު ޕޮޒިޓިވް އެއް ކަންތައް."
އޭނާ ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ކަންކަން ހައްލުކޮށް ކުރިއަށް ގެންދިއުމަށް ދާއިރާގެ ހުރިހާ އެންމެންގެ ބައިވެރިވުން ވަރަށް މުހިއްމު ކަމަށެވެ.
ހަލީލު ވިދާޅުވީ، ޓޫރިޒަމް ސެކްޓަރަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ޓޫރިސްޓުން އިތުރުވިއަސް، ރެވެނިއު ދަށްވުން ކަމަށެވެ. އޭނާ ވިދާޅުވީ، އެ މައްސަލަ ދިމާވަނީ ރިސޯޓުތަކުގެ ކޮޓަރިތައް ވިއްކާ ރޭޓު ދަށްވުމުން ކަމަށެވެ.
"ދައުލަތަކީ ވަރަށް ބޮޑު ބެނިފިޝަރީއެއް ޓޫރިޒަމް އިންޑަސްޓްރީގެ. އެއީ ޑައިރެކްޓް ރެވެނިއު މިދަނީ ދައުލަތަށް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީން އެންމެ ބޮޑަށް އިސްކަން ދޭން ޖެހެނީ، ޑިމާންޑު އިތުރުކޮށް ޓޫރިސްޓުން އަންނަ ވަރު ވެސް އިތުރު ކުރުމަށް ކަމަށެވެ. އަދި އެވްރެޖު ޑެއިލީ ރޫމް ރޭޓު ބޮޑުވާނެ ގޮތަކަށް ސިޔާސަތުތައް އެކުލަވައިލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓޫރިސްޓުން ކިތަންމެ ވަރަކަށް އިތުރުވި އަސް، އަޅުގަނޑުމެން ރޫމް ރޭޓުތައް ކުޑަކުރާ ނަމަ ދައުލަތަށް ލިބޭ އާމްދަނީ ކުޑަވާނެ. ޓެކްސް އިތުރު ނުވަނީ 100 ޑޮލަރަށް ވިއްކި ތަން 80 ޑޮލަރަށް ޑިސްކައުންޓް ކޮށްފައި މި ވިއްކަނީ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަ ތަ؟
09 August 2024
ކާކަށްތަ އޮޅުވާލަން ތިޔަ އުޅެނީ. އަނގަޔެއް އޮތީތީ ހަލުވަނީ ދޯ. ސާފުކޮށް ތިޔަ ބުނަނީ އެއް މަސައްކަތެއްކުރާ ދެ އިދާރާއެކޭތަ؟ ނޫނީ ކޮންމެވެސް އެކަކަށް މަސްއޫލިއްޔަތު އޮޅުނީޔޭތަ؟ ނޫނީ ކޮންމެވެސް އެކަކު ދައުލަތުގެ ޚަރަދުގަ ބުރުޖަހަން ފެށީޔޭތަ؟ ރައީހަށަ ފޮޓޯގަނޑެއް ފޮނުވާލެވުނީމާ ހުރިހާކަމެއް ހަމަޖެހޭނޭތަ؟ ދުއްވާލައިފިޔޭ ދައުލަތުގެ ދުވަސް އަމިއްލަ މަންފާޔަށް...
ބީރުބޮލް
09 August 2024
ތިހެން އަދީބާއި ޒިޔަތުވެސް އެއްޓީމެއްގެ ގޮތުގަ ކުޅެ އުޅުނު. އެ ޓީމުން ޖެހި ވަރަށް ބައިކޮޅަށް ގޯޅު ނުޖަހައިފިއްޔާ ކިތަންމެހާ ވެސް ރަނގަޅު.
ދޮންހުސޭނު
09 August 2024
ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މިހާރު މަސައްކަތްކުރަނީ އެއް ޓީމެއްގެ ގޮތުގަޔޯލައެވެ. ވަރަށް އުފާވެއްޖެއެވެ. ދެން އަހުރެން އެންމެ އުފާވާނީ އެމްއެމްޕީއާރްސީ ގެ ދަށަށް މިނިސްޓްރީ ބަދަލުކޮށް [އިހުކުޅި] ފެށީމައެވެ.
މާކުންބޭ
09 August 2024
އަބަފިވެސް ވަރަށް ގާތް ތި ދެ ތަން، ގާތްވި ވީނުންގސް ހުރިހާ ކަރަޕްޝަން ހިގީ
އއ311
09 August 2024
ކޮންމެވެސް އެއް ތަނެއް އުވާލަން ފެނޭ
ޑަރުސަން
09 August 2024
އަދީބު ބުރޯ ދުވަސްވަރަށް ވުރެވެސް ގާތް ކޮންތޯ މަސައްކަތް ކުރަނީ. ހަލީލު ހާދަ ޒާތެއްގެ ވާހަކައެކޭ ތިޔަ ދެއްކެވީ