އިސްލާމިކް މިނިސްޓްރީގެ އިސްވެރިންގެ ބައްދަލުވުމެއްގައި ހައްވާ ލަތީފު ވާހަކަ ދައްކަވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
09 އޯގަސްޓް 2024 - 16:14
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެންބޭފުޅަކު ހުތުބާއެއް ލިޔުއްވައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން، މި ހަފުތާގެ ނުވަތަ މިއަދުގެ ހުކުރު ހުތުބާ ލިޔުއްވީ ހައްވާ ލަތީފު އެވެ.
އެ މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، މީގެ ކުރިން ރާއްޖޭގައި އެހެން އަންހެން ބޭފުޅަކު ހުތުބާ ލިޔުއްވާފައި އޮތް ކަން ތާރީހުން އެނގޭކަށް ނެތެވެ.
މިއަދުގެ ހުތުބާގެ މައުލޫއުއަކީ އާއިލީ ގުޅުން ދެމެހެއްޓުމުގެ މުހިންމު ކަމެވެ.
އެ ހުތުބާ ލިޔުއްވި ހައްވާ ލަތީފަކީ މިސްރުގެ އަލް އަޒްހަރު ޔުނިވަސިޓީން މަތީ ތައުލީމު ހާސިލް ކުރައްވައި، އިސްލާމިކް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމު ވެސް ކުރިން އަދާކުރެއްވި ބޭފުޅެކެވެ.
އޭނާ މިހާރު ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުބްލާ2024
10 August 2024
އަންހެނަކު ލިޔުނަސް ފިރިހެނަކު ލިޔުނަސް މައްސަލައެއްނެތް. ހުކުރު ހުތުބާގަ ކިޔާއެއްޗެހި 99% ދިވެހީންގެ އެއްކަންފަތުން ވަދެފަ އަނެއް ކަންފަތުން ނިކުމެގެންދަނީ. އެޔަށް އަމަލުކުރާ ބަޔަކު ނޫޅޭ.
މުޙައްމަދު123
10 August 2024
ޚުޠުބާއަކީ ލިޔެގެން ކިޔަން އޮންނަ އެއްޗެއް ނޫން. ސަރުކާރުން ބޭނުންވާ ގޮތަށް ނޫސްވެރިއަކު ލައްވާ ވެސް ލިޔުއްވިދާނެ. ޚުޠުބާއަކީ ކިޔަންޖެހޭ އެއްޗެއް ނޫން. ދޭންޖެހޭ އެއްޗެއް. ޚުޠުބާދިނުން އޮންނަނީ. ހުކުރު ޚުޠުބާދޭނީ ފިރިހެނުން.
ޢަންސަރު އަލީ
10 August 2024
ތިއީ ހުއްދަ ކަމެއް ނޫން. ޙުތުބާ އަކީ ފިރިހެން ދޭންޖެހޭ އެއްޗެއް. ޢެލިޔުމަށްވެސް ހިނގާނީ ހމަ އެހުކުމް.
އިލްމުވެރިޔާ
10 August 2024
ތިހާ އެނގިފަ ހުކުމް ބުނެލާއިރު ކޮންމެވެސް ނައްސަކަށް ރިފަރކޮށްލަންވާނެ
ލުބްލާ2024
10 August 2024
އެއޮތީ ލިޔެފަ. އަދި އޭނަ ލިޔުނު ހުތުބާ ފިރިހެނުން ލައްވާ ހުކުރުދުވަހު އިއްވާފަ. ދެނޯ؟
އަންސަރު އަލީ
11 August 2024
ލުބްލާ2024 އަށް ބުނެލާން އޮތީ މިއަދު ގަދަބަސް ބުނެވިދާނެއޭ...
raajje
09 August 2024
ކޮބައިތޯ މިކަމުގެ ހާއްސަކަމަކީ ނުވަތަ ފައިދާއަކީ؟ ހުތުބާތަކުގައި މިހުންނަނީ ދާދިއެއްވާހަކަތަކެއް، މުޖުތަމަޢުގައި ހުރިމައްސަލަތަކަށް އެކަށީގެންވާގޮތުގައި އެޑުރެސްކުރެވި ހައްލުބުނެދިވިފައިނުހުރޭ، ހުތުބާކިޔުމަކީ ކުރަންޖެހޭކަމަކަށްވާތީ ކޮންމެވެސްއެއްޗެއް ހަދާފައިއޮންނަކަހަލަ!
އެއީކީއްވެ
09 August 2024
ތިކަހަލަ ކަންކަން ނުކުރޭ. "ޢިލްމުވެރިން" ރުޅިއައިސްފާނެ.
ޓެސްޓު
09 August 2024
ސޭހު އަހުސަނުގެ ހުތުބާއެއްގެ އިންތިޒާރުގަ.
ދުންނިކަ
09 August 2024
އަންހެނަކު ލައްވައި ހުތުބާ ލިޔުއްވުމުގެ މަގްސަދަކީ ކޮބާ؟ ތާރީހުގެ ތެރެއަށް ވަނުންތަ؟ އަންހެނުންގެ ހައްގުތައް ކަށަވަރުކޮށް އަންހެނުން ބާރުވެރި ކުރުވުންތަ؟ ނުވަތަ ވަކި އަންހެނަކަށް ޝަރަފެއް އެރުވުންތަ؟ ނުވަތަ މީޑިއާގެ ކަވަރޭޖް ދިނުންތަ؟
މައުލޫ
10 August 2024
ޚުތުބާގެ މަޢުޟޫއާ ގުޅިގެން ކަމަށް ބެލެވެނީ އެކަން އެކުރީ
ށުކުންބެ
09 August 2024
ޜާއްޖެ އިސްލާމްވިތާ 870 އަހަރު ފަހުން އަންހެނަކަށް މިވަރު ކަމެއް ކޮށްލަންވެސް ފުރުސަތު މި ދިނީ! ޙާދަ ޖާހިލު ބައެކޭ އަހަރުމެންމީ
ހުސަ
09 August 2024
ރާއްޖޭގަ މީހުން އުޅޭތާ 2000 އަހަރު ވީއިރުވެސް، ދިވެއްސަކު ހަނދަކަށް ނުދޭ. ހާދަ ނާތަހުޒީބު ބަޔެކޭދޯ ދިވިހިންނަކީ.
ތަމީމު
10 August 2024
އީސާގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ 2500-3000 އަހަރު ކުރިން ވެސް ރާއްޖޭގައި މީހުން ދިރިއުޅޭކަމަށް ތާރީހުން ފެންނަން އެބައޮތް ކަމުގައި، ދިރާސާވެރިން ބުނެފައި އެބަވޭ!
ފިލިބޭ
10 August 2024
ރާއްޖެ އިސްލާމްވުމާ އެކަމަކާ އެއްވެސް ގުޅުމެއް ނެތް. ކޮންމެ ކަމެއް ތިހެން ކަމަކާ ގުޅުވަންވެއްޖިއްޔާ ށުކުންބެ އިސްތަށި ބާލަން ދަސްކުރި އަހަރާމެދުވެސް ބަހުސަކަށް ދެވިދާނެ.
އޮނަރަބްލް އަފީފު ދީދީ
09 August 2024
ރާއްޖޭގެ ބައެއްގެގޮތުގައި މިހާރުއޮތް އައްޑޫސިޓީއަކީ މާލޭގައިހުންނެވި ރަސްގެފާނުގެއަމުރަށް މާލޭގެދަށުގައި ހުރި ރަށްތަކުގެމީހުން އިސްލާމްދީނަޢް ވަނުމުގެ މާކުރިންވެސް އިސްލާމްދީން ޤަބޫލުކޮށް މުސްލިމުންގެ ގޮތުގައި ދެމިތިބި ޙަޟޯރަތެއް އޮތް ތަނެއް. # ތައުލީމީމީހުނާއި ދީނީއިލްމުވެރިން ގިނަ އަދި އެންމެގިނަ ފަނޑިޔާރުންވެސް ނިސްބަތްވާ އައްޑޫސިޓީ މީދޫއަވަށު މިސްކިތުއިމާމް އެމީހުންގެ އަމިއްލަ ބަހުން ޙުތުބާ ކިއުމުން މާލޭސަރުކާރުން އިމާމަށްއަދަބުދިނީ ކީއްވެ!؟
ހަމަހަމަކަން
10 August 2024
"އިސްލާމްދީނަޢް ވަނުމުގެ މާކުރިންވެސް އިސްލާމްދީން ޤަބޫލުކޮށް މުސްލިމުންގެ ގޮތުގައި ދެމިތިބި ޙަޟޯރަތެއް އޮތް ތަނެއް." މިކަމުގެ އެއްވެސް ހެއްކެއް އިހުގެ ލިޔުމަކުން އެބަ ތޮތްތޯ..؟ އޮތިޔާ ހުރިރާ ބޭފުޅުންނަށް އިގޭނޭހެން ރިފަރެންދެއްވާ.. ނެތް ނަމަ ތިޔަކަހަލަ ފިތުނަވެރިކަން ނުފަތުރަމާ..
މަރުކަޒު އާމިލު
09 August 2024
އެންމެ ފުރަތަމައެއްނޫން، ހައްވަގެ ކުރިން ޝަބާނާވެސް ލިޔުނު، ތޮލްސޫމާވެސް ލިޔުނު، ފެކްޓަށް ލިޔަންވާނީ،