ޚަބަރު / ރާއްޖެ-އިންޑިއާ

އިންޑިއާއަށް މުހިންމު އަވައްޓެރި ގުޅުމުގެ ތެރެއިން، ރާއްޖެ އަށް އިސްކަން ދެން: ޖައިޝަންކަރު

ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ރޭ ޕްރެސް ސްޓޭޓްމަންޓު ދެއްވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ

10 އޯގަސްޓް 2024 - 08:55

21 comments

އިންޑިއާގެ ތަރައްގީ އާއި ކުރިއެރުން، އަވައްޓެރި ގައުމުތަކާ މެދު އޮންނަ ގާތްގުޅުމާ ވަކި ނުކުރެވޭނެ ކަމަށާއި އެ ގުޅުމުގެ ތެރެއިން ރާއްޖެ އަށް ހާއްސަ އިސްކަމެއް ދޭ ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރޭ ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް އިއްޔެ ފެއްޓެވި ތިން ދަތުރުފުޅުގެ ތެރެއިން، ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު ޖައިޝަންކަރު ވިދާޅުވީ، މިއީ، ދެ ގައުމު ގުޅިގެން ހާސިލް ކުރެވިފައިވާ ކަންތައްތައް ވަޒަން ކޮށްލުމުގެ އިތުރުން، މުސްތަގުބަލުގައި ދެ ގައުމުގެ ގުޅުން ފުޅާކުރެވޭނެ މަގުޗާޓު ކުރެހެމުގައި މުހިންމު ފުރުސަތަކަށް ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަކީ، ކުރިމަތިވާ ކޮންމެ ގޮންޖެހުމަކަށް އެއް ގައުމުން އަނެއް ގައުމަށް އެހީތެރިވެދޭ ފަދަ ގުޅުމެކެވެ. އޭގެ އެތައް ރިވެތި މިސާލެއް މާޒީ އަށް ބަލައިލުމުން ފެންނާނެ ކަމުގައި ޖައިޝަންކަރު ވިދާޅުވި އެވެ.

"އެއީ، އަޅުގަނޑުމެންގެ ރައްޔިތުން އެދުމާއި އުންމީދުތަކާއި އިސްކަންދޭ ކަންކަމާ އެއްގޮތަށް، އަޅުގަނޑުމެންގެ ރައްޔިތުންނަށް ނަތީޖާ ނެރެދެވޭ، ބިނާކުރަނިވި ފައިދާތަކެއް ހޯދައިދިނުމުގެ ފުރުސަތު ލިބިގެންދިޔަ ގުޅުމެއް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު އިއްޔެ ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.---ފޮޓޯ: ފޮރިން މިނިސްޓްރީ

ޖައިޝަންކަރު ވިދާޅުވި ގޮތުގައި، ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވައި، އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އިންޑިއާ އިން އަބަދުވެސް ވަރަށް އިސްކަންދޭ ކަމެކެވެ. އޭނާ ރާއްޖެ ވަޑައިގަންނަވާ ކޮންމެ ފަހަރަކު ވެސް ކަމާބެހޭ އެކި އިދާރާތަކާ ބައްދަލު ކުރައްވައި، އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ހޯއްދަވާ ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.

"އިންޑިއާ އިން ރާއްޖެއާ އެކު ބާއްވާ ގާތް ގުޅުން ބިނާވެފައި ވަނީ ދެ ގައުމުގެ ލާބަ އާއި މަންފާއަށްޓަކައި. މި ވަރުގަދަ ގުޅުމަކީ ދެ ގައުމަށް ދިމާވާ ގޮންޖެހުންތަކުގައި އެކުގައި މަސައްކަތް ކުރުމަށް ލިބޭ ބާރެއް. އަދި މި ވަރުގަދަ ގުޅުމުގެ ސަބަބުން ރައްޔިތުންނަށް ބޭނުންތެރި، ނުހަނު ގިނަ ފައިދާތައް ވެސް ކުރޭ،" އޭނާ ވިދާޅުވި އެވެ.

ޖައިޝަންކަރު ވިދާޅުވި ގޮތުގައި، އޭނާ ތިން ދުވަހަށް ކުރައްވާ މި ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ ވެސް މިއަދު ބައްދަލު ކުރައްވައި މަޝްވަރާތައް ކުރައްވާނެ އެވެ.

ފޮރިން މިނިސްޓަރު ޒަމީރާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ރޭ ބައެއް މަޝްރޫއުތައް އިފުތިތާހު ކޮށްދެއްވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ

ރޭ ރަސްމިއްޔާތުގައި ވަނީ އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ބައެއް މަޝްރޫއުތައް ރަސްމީކޮށް އިފުތިތާހު ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި، އިންޑިއާ އާއި ރާއްޖެއާ ދެމެދު ވެފައިވާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) އެއްބަސްވުމުގެ މިދިޔަ އަހަރުތަކުގެ ތެރޭގައި ހިންގި ބައެއް މަޝްރޫއުތައް ހިމެނެ އެވެ.

އެ ރަސްމިއްޔާތުގައި ވަނީ އިތުރު ދެ އެއްބަސްވުމެއްގައި ވެސް ރާއްޖެ އާއި އިންޑިއާއ އިން ސޮއިކުރި އެވެ.

އޭގެ ތެރެއިން އެއް އެއްބަސްވުމަކީ އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރުމަށްޓަކައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީ އާއި ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)އާ އެކު ސޮއިކުރި އެމްއޯޔޫ އެވެ. ދެ ވަނަ އެއްބަސްވުމަކީ ސިވިލް ސާވިސްގެ އިތުރު 1،000 މުވައްޒަފަކު ތަމްރީނު ކުރުމަށްޓަކައި ރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަނާއި އިންޑިއާގެ ނެޝަނަލް ސެންޓަ ފޯ ގުޑް ގަވަނެންސްއާ ދެމެދު ވި އެއްބަސްވުމެކެވެ.

21 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބްލޫ

11 August 2024

އިންޑިއާއައުޓް ޓީޝަރޓް އޭރު ލީ ހިތާ ދެކޮޅަށްކަން އެނގުނީމަ ދެން މިހާރު ނޯ ހާޑް ފީލިންގްސްޔޯ

The name is already taken The name is available. Register?

ރަމީޒްް

11 August 2024

ގުޅުންވެސް ބާއްވަންވީ. އެމްޑީޕީއިން މިގައުމުގެ އިގްތިސާދު ވައްޓާލާފަ މިއޮތް އަނދަވަޅުން ގައުމު ސަލާމަތްކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންވީ.

The name is already taken The name is available. Register?

ޖައިބެެ

11 August 2024

ޔާމީނަށް ހަޖަމެއްނުވާނެ. ދެން ހުންނާނެ ފްރޮންޓް އޮފީހުގަ ކުދި ކިޔަކިޔަ.

The name is already taken The name is available. Register?

ނިހާާ

11 August 2024

އަވައްޓެރި ގައުމަކާއެކީ ރަނގަޅު ގުޅުމެއް ބޭއްވުމަކީ އެއްވެސް މައްސަލައެއްނޫން. އެކަމް އަހަރެމެން ދާޙިލީ ކަންކަމުގެ ތެރެއަށް އަތް ބާނާ ގައުމު ކޮމްޕްރޮމައިޒް ވާކަންކަން ކުރުމަށް ފުރުސަތު ދެވިގެން ނުވާނެ.

The name is already taken The name is available. Register?

ޖިޔާމްް

11 August 2024

އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރުގަދަ ވި ވަރަކަށް މިގައުމަށް ކުރިއެރުން އޮންނާނީ. މިސަރުކާރުގެ ޙާރިޖީ ސިޔާސަތް ހުރީ ރަނގަޅު މިސްރާބަކަށް.

The name is already taken The name is available. Register?

1828

11 August 2024

އިސްކަން ދޭނެކަމެއް ނެތް. ހަމަ އާދައިގެ ގުޅެއް ބޭވީމައި އަހަރެމެންނަށް ފުދޭނެ. ތިޔަ އުޅެނީ ހަމަ އަމިއްލަ އެދުމާއިގެން. އަހަރެމެންނަށް އިންޑިއާ އަލެއްނުވާނެ.

The name is already taken The name is available. Register?

ލިއަމް

10 August 2024

މިމީހުން ހީކުރީ އިންޑިއާ މިލިޓަރީ އައުޓް ކުރަން ރައީސް މުއިއްޒު ހިފަލީމަ އިންޑިއާ އާ ޒާތީވާނެއޭ. މިހާރު މި ފެންނަނީ ބުނި ކަންތައް ކޮއްފަ އިންޑިއާ ގުޅުންވެސް ބަދަހި ކުރަމުން ދާ ތަން.

The name is already taken The name is available. Register?

1828

11 August 2024

އިންޑިއާއަށް ހަޖަމްނުވަނީ. އޭރުވެސް އަހަރެމެން ކިޔަމުން ދިޔައީ އިންޑިއާ އުނގަށް މިޤައުމު ވެއްޓޭކަށް ނުޖެހެއޭ. މެދުމިނުގެ ގުޅުމެއް ގެންގުޅުނީމައި ރަނގަޅުވާނެ. ބުނިކަމަކީ ކޮބާ؟ އިންޑިއާގެ ބާ ދެ ހެލްކޮޕްޓަރާއި ބާ ޑޯނިއާ މަތިންދާ ބޯޓު މިހާރު އޮޕަރޭޓްކުރޭ. މިލިޓަރީ އުޅަނދެއް އޮޕަރޭޓްކުރަން ސިވިލިއަނުންނެއް ނުތިބޭނެ. ބޭލީ ހަމައެކަނި ލައިގެން އުޅުނު ޔުނީފޯރމް. ރައްޔިތުންނަށް އޮޅުވާލަން ނޫޅޭ.

The name is already taken The name is available. Register?

އަމްދާން އަލީ

10 August 2024

ޝުކުރިއްޔާ ޖައިޝަންކަރު. ޝުކުރިއްޔާ ރައީސް. ދިވެހިން އެދެނީ ރާއްޖެ އިންޑިއާގެ ގުޅުން ބަދަހިވުން

The name is already taken The name is available. Register?

އިޝާރު

10 August 2024

ބަލަބަލާ ތިއްބާ އިންޑިޔާ އާވެސް ރައީސް މުއިއްްޒް މިދަނީ ގުޅުން ބަދަހި ކުރަމުން. ގައުމަށް އެއްމެ މުހިއްމު ގޮތް ހޯދަމުން

The name is already taken The name is available. Register?

1828

11 August 2024

އިންޑިއާ އުނގަށް ޕަސްލާފައި އަދި ޕަސްނުލާވެސް ވެއްޓި ގަތުމަކީ އަހަރެމެން ގިނަ ދިވެހިން ރުހި ޤަބޫލުވާނެކަމެއްނޫން.

The name is already taken The name is available. Register?

ރިޒުހާން މުހައްމަދު

10 August 2024

އެމްޑީޕީއަށް ހީވާ ކަހަލަ އެމީހުންނަ އެކަނި ކަމަށް ގުޅުން އޮންނަނީ އިންޑިޔާ. ހެހެ. އެހެން ނުވާނެ ދޯ ވަކި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454