ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރުއާ ސަލާންކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
10 އޯގަސްޓް 2024 - 12:24
ރާއްޖެ އާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ހެދުމަށްޓަކައި ދެ ގައުމުގެ މެދުގައި މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެ އަށް އިއްޔެ ފެއްޓެވި ދަތުރުގައި ބޭއްވި ބައްދަލުވުމަށް ފަހު ދެއްވި ބަޔާނުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، އާ ފްރީ ޓްރޭޑް އެގްރީމަންޓުން އިގްތިސާދީ އަދި ވިޔަފާރީގެ ދާއިރާއިން އިތުރު ލުއިތައް ރާއްޖެ އަށް ލިބޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ދެ ގައުމުގެ މެދުގައި ގިނަ ދާއިރާތަކަކުން ގުޅުން ބަދަހި ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އިންޑިއާ އިން ދޭ އެހީތެރި ކަމަށް ޒަމީރު ޝުކުރު އަދާކުރެއްވި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ރޭ ބަޔާން ދެއްވާއިރު، ފޮރިން މިނިސްޓްރީގެ އޮފިޝަލުން އަރިހުގައި.---ފޮޓޯ: ފޮރިން މިނިސްޓްރީ
ރާއްޖެ އިން އިންޑިއާއާ އެކު، ވިޔަފާރީގެ އާ އެއްބަސްވުމެއް ހަދާއިރު، މީގެ ކުރިން ވެސް ބައެއް ބާވަތްތައް ގެނައުމުގައި ހާއްސަ ގޮތްތަކެއް އިންޑިއާ އިން ކަނޑައަޅާފައި ވެ އެވެ. އެ ގައުމާ އެކު މިހާރު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެ އަށް ބޭނުންވާ ޒަރޫރީ ނުވަ ބާވަތެއް ފަސޭހަ ކަމާ އެކު، އެތެރެ ކުރުމަށް ތިން އަހަރުގެ އެއްބަސްވުމެއް އެބައޮތެވެ. އޭގެ ތެރޭގައި ހަނޑުލާއި ހަކުރާއި ފުށާއި އަލުއްވާއި ބިހާއި ފިޔާ، މުގު އަދި ހިލަ އާއި ހިލަވެލި ހިމެނެ އެވެ.
ޖައިޝަންކަރުގެ ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ މިއަދު ބައްދަލުކުރައްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީމާން މުސްތޮފާ
10 August 2024
އިދިކޮޅުން އުފައްދާ ފިތުނަޔަށް ބެލުމެއް ނެތި ދިވެހި ސަރުކާރުން މިދަނީ ގައުމަށް ފައިދާ ވާ ކަންކަން ކުރަމުން.
އަފްރާސިޔާބު
10 August 2024
އެބަ ރަނގަޅުވޭ. ގުޅިގެން އެކަމަކު ދަށުނުވެ މަސައްކަތް ކުރަންވާނީ. މައުމޫނު ޢަބްދުލްޤައްޔޫމް ކުރެން އައްސަވަ ބައްލަވަ ކިހިނަކުންތޯ އެގޮތަށް މަސައްކަތް ކުރާނީ.
ހަސަން ނިހާމް
10 August 2024
އިންޑިޔާ ފްރީޓްރޭޑް އެއްބަސްވުން. ޗައިނާ ފްރީޓްރޭޑް އެއްބަސްވުމެއް. މިޔާއެކު މުޅި އިގްތިސާދް ބޫސްޓް ވާނެ
މަސްއޫދު ޝަރީފް
10 August 2024
މިޔާއެކު ދެން އަގު ހެޔޮކޮށް މުދާ ލިބޭނެ. މަސް ބޭރު ކުރެވޭނެ އިންޑިޔާ އަށް ފަސޭހައިން.
އާސިމް ރިޒާ
10 August 2024
އިގްތިސާދް ކުރިއެރުމަށް މުހިއްމު މިކަހަލަ ފްރީ ޓްރޭޑް އެގްރީމެންޓްތައް
އަބްޑޫޅް +
10 August 2024
އިންޑިޔާ އައުޓު.
ތިހާމް ހުސައިން
10 August 2024
މީގެ ސަބަބުން އަގުހެޔޮކޮށް އަހަރުމެން ބޭނުންކުރާ ނުދާ އަގުހެޔޮކޮށް ލިބިގެންދާނެ.
ހަންނާން މުހައްމަދު
10 August 2024
މިއީ އުފާވެެރި ހަބަރެއް. މީގެ ސަބަބުން މި ގައުމަށް ތަކެތި ފަސޭހައިން ލިބޭނެ.
ނުކުރާނެއޭ
10 August 2024
އިންޑިއާގެ އެފްޓީއޭ އެއީ ރާއްޖޭގެ އިގްތިސާދަށް ހުރި ޗޮއިސް އެއް ނޫނޭ ސަބަބަކީ އެފްޓީއޭގެ ދަށުން އިންޑިއާ އިން މުދާ ގަންނަން ބަލާއިރު ރާއްޖޭގެ ކަރަންސީ އަށް ވުރެން އިންޑިއާގެ ކަރަންސީގެ ވެލިއު ދަށްވުމުން ދިވެހި ރުފިޔާ ޑިވެލިއު ވާނެ ކަން އެއީ ހަމަ ޔަގީން ކަމެކޭ އަނެއް ކޮޅުން އިންޑިއަން ކަރަންސީ އަކީ ވަރަށް ބޮޑަށް ފްލަކްޗުއޭޓް ވާ އެއްޗަކަށްވާއިރު ތަކެތީގެ އަގު އިންތިހާ އަށް ފިޔާ އަގުބޮޑުވާ އުސޫލުން ބޮޑުވެގެންދާނެއޭ އިގްތިސާދަށް ފައިދާ އެއް