ޚަބަރު / ރައީސް ޑރ. މުހައްމަދު މުއިއްޒު

ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލާ އެކު، ރައްޔިތުންގެ ބައިވެރިވުން ތަންކޮޅެއް ވެސް ކުޑަނުވާނެ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން މާލޭގެ މޭޔަރު އާދަމް އާޒިމް އެމަނިކުފާނާ ސަލާންކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ލާމަރުކަޒީ ނިޒާމަށް އެ މަނިކުފާނު ގެންނަވަން ހުށަހަޅުއްވާ ބަދަލުތަކުގެ ސަބަބުން އެ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން ތަންކޮޅެއް ވެސް ކުޑަނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް ކައުންސިލްގެ އިދާރާ އަށް ވަޑައިގެން އެ ތަނުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ އެ މަނިކުފާނު ފުރިހަމައަށް ގަބޫލުފުޅު ކުރައްވާ ނިޒާމެއް ކަމަށެވެ. އެ ނިޒާމަށް އެ މަނިކުފާނު ހުށަހަޅުއްވާ ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކާއި ރައްޔިތުންނަށް ވެސް އެއްވެސް ދެރައެއް ނުލިބޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި އެވެ.

ރަށު ކައުންސިލަރުންގެ އަދަދު މަދުކޮށް އަދި އަތޮޅު ކައުންސިލް އެކުލެވޭ ގޮތަށް ބަދަލުތަކެއް ގެންނަވާނެ ކަން ރައީސް ވަނީ ކުރިން އިއުލާން ކުރައްވައިފަ އެވެ. އެކަން އެގޮތަށް ކުރެވިއްޖެ ނަމަ ދައުލަތުގެ ހަރަދުން ބޮޑު ބައެއް ސަލާމަތް ކުރެވޭނެ ކަމަށާއި އެ ފައިސާ އިން ރައްޔިތުންނަށް ތަރައްގީ ގެނައުމަށް ގިނަ މަސައްކަތެއް ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، އާބާދީގައި 3،000 އަށް ވުރެ މަދުން މީހުން ދިރިއުޅޭ ރަށަކަށް ތިން ކައުންސިލަރުން ހޮވުމުން ފުދޭނެ އެވެ.

ނަމަވެސް، މި ބަދަލު ގެންނަން އުޅޭތީ އިދިކޮޅުން ވަނީ ސަރުކާރަށް ފާޑުކިޔައިފަ އެވެ. ލޯކަލް ކައުންސިލަރުންގެ އަދަދު މަދުކުރަން އުޅެނީ ކައުންސިލްތައް "ސައިޒު" ކުރުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް މިއަދު މާލޭ ސިޓީ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ މި ތުހުމަތުތަކަށް ނުސީދާކޮށް ރައްދު ދެއްވައިފަ އެވެ.

އަޅުގަނޑު ފުރިހަމައަށް ގަބޫލުކުރާ ނިޒާމެއް ލާމަރުކަޒީ ނިޒާމަކީ: ރައީސް

"އަޅުގަނޑު ފުރިހަމައަށް ގަބޫލުކުރާ ނިޒާމެއް ލާމަރުކަޒީ ނިޒާމަކީ،" މާލޭގެ ކުރީގެ މޭޔަރު އަދި މިހާރުގެ ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ހަމައެކަނި އަޅުގަނޑު މިހާރު މި ބޭނުންވެގެން އުޅެނީ ނިޒާމުގެ އެފިޝެންސީ އިތުރުކުރަން، ކުރިއަށް އޮތް ތަނުގައި ކުރަން ހުރި ކަންކަން މިހާރަށް ވުރެ ފުރިހަމައަށް ކުރުމުގެ ކަންތައްތަކެއް ގާނޫނަށް އިސްލާހުތަކެއް ގެނައުން. ރައްޔިތުންގެ ރެޕްރެޒެންޓޭޝަން އެންމެ ތަންކޮޅެއް ވެސް ކުޑަވާކަށް ބޭނުމެއް ނޫން. ރައްޔިތުންގެ ރެޕްރެޒެންޓޭޝަން އޮވެގެން އެހެން ނަމަވެސް މިހާރަށް ވުރެ ތަންކޮޅެއް ބަރުހެލިކަން ކުޑަ، ބައެއް ރަށްރަށުގައި މިހާރަށް ވުރެ ސައިޒު ތަންކޮޅެއް ކުޑަވާން."

މާލޭ ސިޓީ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ މި ވަގުތު ކައުންސިލަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހުރި ދަތިތައް ރައީސްއާ ހިއްސާކުރައްވައިފަ އެވެ.

އޭގެ ތެރޭގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ދިން ގޯއްޗާއި ފްލެޓްތައް ހައްގުވެރިންނަށް ލިބުމުގައި ލަސްވާ މައްސަލަ އާއި މާލޭގެ ޕާކިންގެ މައްސަލަތަކާއި މަގުތަކުގެ މައްސަލަތަކާއި ސަހަރާތަކުގެ ޖާގަ ފުރުމުގެ މައްސަލަ އާއި އުދައެރުމުގެ މައްސަލަތަކާ އަދިވެސް ވަރަށް ގިނަ މައްސަލަތައް ހިމެނެ އެވެ. އަދި ހުޅުމާލޭގައި ސިޓީ ކައުންސިލްގެ ފަރާތުން މުނިސިޕަލްޓީގެ ހިދުމަތް ފެށުމަށް ހުރި ގޮންޖެހުންތަކާ ވެސް ރައީސްއާ ވަނީ ހިއްސާކޮށްފަ އެވެ.

"ބިމާއި ގެދޮރުގެ ކަންކަމުގައި ކައުންސިލްގެ ފުރިހަމަ ބައިވެރިވުމާ އެކު ދާނެކަން އަޅުގަނޑު ޔަގީން ކުރާނަން. ކޮންމެ ގޮތެއް ވިޔަސް 21،000 އެއްހާ ގިނަ ފޯމު ލައިފައި އެބައޮތް. އިއުލާންކޮށްފައި އޮތް ޕްރޮސެސް، ޕޮއިންޓް ދޭ ނިޒާމުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ މީހުންނަށް އެ 4،000 ފްލެޓް ހަމަޖެހިގެން ދިއުން އެއީ އެކަން ވާން ޖެހޭނެ ގޮތްވީމަ، މާލޭގެ ރައްޔިތުންގެ ފަރާތުން ތިއްބަވާ ކައުންސިލަރުން އެކަން ހިނގަމުންދާ ގޮތް އެނގުމަކީ ހަމަ އެންމެ ފުރިހަމަ ގޮތް، މިކަން ވާން ޖެހޭ ގޮތް. އެހެންވީމަ އަޅުގަނޑު އެކަން ޔަގީން ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ކައުންސިލްގެ ހުރި އެހެން ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި ސިޓީސް އެންޑް ލޯކަލް ގަވަނެސް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.

47 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 35%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 43%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ީސިސިސޖސ

12 August 2024

ދައުލަތުގެ ބަޖެޓުގެ 95 އިންސައްތަ ހިތު ހުރިގޮތަކަށް ކަމުން ބޮމުން އެންމެ 5 އިންސައްތައާ ތިޔަގޮތަށް ދިމާ ކުރުމުގެ މަޤްސަދަކީ ރައްޔިތުންގެ ބާރު ނެތިކޮށްލުން ކަމުގައި ދެކެން

The name is already taken The name is available. Register?

ސުފްޔާން

12 August 2024

އެމްޑީޕީ ވެރިކަމުގަ ކައުންސިލްތަކުގެ ހުރިހާ ކަންކަން ހަނި ކުރުމުން ދިޔައީ. މި ސަރުކާރުން މި އުޅެނީ ހުރިހާ ކަމަކުންވެސް ރައްޔިތުންނަށް ފައިދާ ވާނެ ގޮތަށް ކަންކަން ނިންމުމުގަ.

The name is already taken The name is available. Register?

މައިސަރް

12 August 2024

ކައުންސިލްތަށް ވާނީ އެތަކެއް ބާރުތަކެއް ދީފަ. ރައީސް މުއިއްޒުގެ ސިޔާސަތަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ނަގާ ކޮޅަށް ޖެހުން.

The name is already taken The name is available. Register?

ނުއުމާން

12 August 2024

ރައީސް މުއިއްޒު އަކީ ލާމަރުކަޒީ ނިޒާމަށް އެންމެ ފައްކާ ބޭފުޅާކަން މި އަދު އެމަނިކުފާނު ސާބިތުކޮށްދީފި. މީގެ ކުރީގެ އެއްވެސް ވެރިޔަކަށް ނުކެރުނު ސިޓީ ކައުންސިލް މެންބަރުންނާ މިގޮތައް ބައްދަލުކޮށްލާކަށް

The name is already taken The name is available. Register?

އާމިނަތު ސަޢީދު

11 August 2024

މާލެ ސިޓީ ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ރައީސް މުޢިއްޒު ދެއްވާ ޚާއްޞަ ސަމާލުކަމަކީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްލަންޖެހޭ ކަމެއް. ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަވަސް އިޖާބައެއް ދެއްވައި، އެކަށީގެންވާ ފިޔަވަޅުތައް އަޅުއްވާ ޒިންމާދާރު ވެރިއެއްގެ ތީ

The name is already taken The name is available. Register?

މަރްޔަމް ޢަލީ

11 August 2024

ކައުންސިލަރުންގެ އަދަދު މަދުކުރުމަށް އަޅާ ފިޔަވަޅަކީ ވަރަށް ޙިކުމަތްތެރި ފިޔަވަޅެއް. މި ބަދަލުގެ ސަބަބުން ވެރިކަން ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާވާނެ

The name is already taken The name is available. Register?

އިބްރާހީމް ނަޢީމްް

11 August 2024

ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ދެމެހެއްޓުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ސިޔާސަތަށް އަޅުގަނޑު ފުރިހަމައަށް ތާއީދުކުރަން. ރައްޔިތުންގެ އަޑު ސަރުކާރުގެ ނިޒާމުގެ ތެރެއިން އިވުމަށް އެމަނިކުފާނު ދެއްވާ އިސްކަމަކީ ފާހަގަކޮށްލެވޭ ކަމެއް.

The name is already taken The name is available. Register?

ފާޠިމަތު ޝިފްޒާ

11 August 2024

ކުދި އާބާދީގައި ދިރިއުޅޭ ރައްޔިތެއްގެ ހައިސިއްޔަތުން، ކައުންސިލްތަކުގެ އޮނިގަނޑު އަލުން އެކުލަވާލުމުގެ ޚިޔާލަށް އަޅުގަނޑު ފުރިހަމައަށް ތާއީދުކުރަން. މި ބަދަލާއެކު، އިދާރީ މަސައްކަތްތައް ހަލުވިވެ، ޚަރަދުތައް ކުޑަވާނެ

The name is already taken The name is available. Register?

އަޙްމަދު ޙަސަން

11 August 2024

ރައްޔިތުންގެ އަޑު އަހާ ޢަމަލީގޮތުން ކަންކަން ކުރުމަށް އިސްކަންދެއްވާ ވެރިއެއް ފެނުމަކީ ވަރަށް ރަނގަޅު ކަމެއް.

The name is already taken The name is available. Register?

ނައީންބެ

11 August 2024

ތި ދެއްކި ވާހަކަ އަށް ވެސް އަމަލު ނުކުރާނެ ކަމަށް 99% ޔަގީން،. ޔަގީންވާ ދެކަމެއް އިގޭ، ކޮންމެ މީހަކީ މަރުވާނެ މީހެއްކަން، މުއިޒު ދޮގު ހަދާނެކަން. މީ ވަރަށްވާހަކަ. ކޮމެންޓް ނުޖެޔަސް، މިހާރި ނޫހަށް އަހަރަމެންގެ ވިސްނުން އިގޭނެތާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454