ޕީއެންސީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވާހަކަ ދައްކަވަނީ: މާލޭ މީހުންނަށް ގޯތި ދޭން ކުރީގެ ސަރުކާރުން ހިންގި މަޝްރޫއުއަކީ އެންމެ ބޮޑު ޚިޔާނާތް ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/މަޖިލިސް
12 އޯގަސްޓް 2024 - 16:53
މާލޭ މީހުންނަށް ކުރީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުއަކީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މާލޭގެ ރައްޔިތުންނަށް ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ގޯތީގެ މައްސަލާގައި ސުވާލުކުރުމަށް މިއަދު ހައުސިން މިނިސްޓަރު އަލީ ހައިދަރު މަޖިލީހަށް ހާޒިރުކުރުމުން އޭނާ ދެއްވި ޖަވާބުތަކާ ގުޅިގެން އެމްޑީޕީގެ މެމްބަރުން ވަނީ ޖަލްސާގައި އަޑުގަދަކޮށްފަ އެވެ. އެކަމާ ގުޅިގެން ބައެއް މެމްބަރުންގެ ނަން އިއްވި އެވެ.
އެ މައްސަލައާ ގުޅިގެން ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވިދާޅުވީ ކުރީގެ ސަރުކާރުން ގޯތި ދޫކުރިއިރު އަމަލުކޮށްފައިވަނީ ޒިންމާދާރު ސަރުކާރަކުން އަމަލުކުރާ ގޮތާއި ހިލާފަށް ކަމަށާއި މިއީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލެއިން ދޫކުރި ގޯތިތަކުގެ އަގު އެކަނި ވެސް 5.4 ބިލިއަން ރުފިޔާ އަރަ އެވެ.
"އަޅުގަނޑު ދަންނަވާނީ މިއީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ހިޔާނާތުގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމުގެ ވިސްނުން ގެންގުޅޭ ނަމަ މާލޭގެ އެންމެންނަށް ވެސް ދޭން ވާނީ ގޯތި ހިލޭ ކަމަށެވެ. އޭނާ އެގޮތަށް ވިދާޅުވެފައިވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ވިއްކުމުގެ މަސައްކަތް ވެސް ކޮށްފައިވާތީ އެވެ.
"ވަރަށް އުސޫލުތަކާ ހިލާފަށް ކުރެވިފައި އޮތް ކަމެއް މިއީ،" ފަލާހު ވިދާޅުވި އެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ބިމާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން، ބިމެއް ބަޔަކަށް ދޭން ޖެހެނީ ބިމެއް އުފައްދާފައި ކަމަށެވެ. އެކަމަކު ފަޅުތަކުން ބިން ދޫކޮށްފައި އޮތުމުން، އެތަންތަން ރައްޔިތުންނަށް ދެވެން އޮތީ ބިމަށް ބަދަލުކޮށްގެން ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޕީއެންސީގެ ޕީޖީ ލީޑަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.
ޕީޕީއެމްގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި އޮތީ މަގުތައް ހަދައި، ނެޓްވޯކިންގެ މަސައްކަތްތައް ވެސް ކޮށްފައި ކަމަށާއި އަދި އެމްޑީޕީގެ ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްނަމަ އެ ބިމުން ކުރީގެ ސަރުކާރުން ގޯތި ނުދިނީ ކީއްވެތޯ ޝުޖާއު ސުވާލު އުފެއްދެވި އެވެ.
"މާލޭގެ ރައްޔިތުންނާ މެދު އެ މީހުން އުޅެމުންދާ ހާލާ ދޭތެރޭގައި ވިސްނި، އެހާ ހިތަށް ތަދުވާ ނަމަ، އުފައްދާ ފައްކާކޮށްފައި އޮތް ބިމަކުން ގޯތި ނުދެވުނީ ކީއްވެގެންތޯ،" ޝުޖާއު ސުވާލު ކުރެއްވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ނުވަ މަސް ދުވަސްވީއިރު، ބޯހިޔާވަހިކަމުގެ ގުޅިގެން އެއްވެސް މަޝްރޫއުއެއް ނުހިންގޭ ކަމަށް ބުނެ އެމްޑީޕީގެ މެމްބަރުން އުފައްދައި ސުވާލުތަކާ ގުޅިގެން ޝުޖާއު ވިދާޅުވީ ކުރީގެ ސަރުކާރުން ދިން ގޯތި ލިސްޓާ ގުޅިގެން ބިން ހިއްކަން ޖެހުނީ މި ސަރުކާރަށް ކަމަށެވެ.
މީގެ އިތުރުން ކުރީގެ ސަރުކާރުން ފެށި ފަހި ދިރިއުޅުން ފްލެޓް މަޝްރޫއު ވެސް އޮތީ އެފަދަ ގޮތަކަށް ކަމަށާއި އެގޮތުން މަސައްކަތް ނިމިފައި ވަނީ މަދު ފްލެޓްތަކެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ފްލެޓްތައް ނިންމުމުގެ މަސައްކަތް ބާރު ސްޕީޑުގައި މި ސަރުކާރުން ކުރަމުންދާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޕީއެންސީގެ ޕީޖީ ލީޑަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވާހަކަ ދައްކަވަނީ.--
ފްލެޓް ލިސްޓުގެ ޝަރުތުތަކުގެ ތެރޭގައި ވެސް ބޮޑެތި އޮޅުވާލުންތައް ހުރިކަން ފާހަގަ ކުރައްވައި، ޝުޖާއު ވިދާޅުވީ މާލޭގައި ވަކި މުއްދަތެއްގައި އުޅުނު ކަމަށް ދެއްކުމަށް އެމްޑީޕީއާ ގުޅުން އޮތް ކައުންސިލުތަކުން ލިޔުން އުފައްދައިގެން ހުށަހަޅާފައިވާ ކަމަށެވެ. އެއީ އެ ޕާޓީގެ މީހުންނަށް ފްލެޓް ދިނުމަށް ކުރި ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ޝުޖާއު ވަނީ އެހާ ވަރަށް އޮޅުވާލުމުން ފްލެޓް ދޭނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފަ އެވެ.
"ތިމާމެންނަށް ސަޕޯޓުކުރާ ތިމާމެންގެ ޕާޓީގެ މީހުންނަށް ފްލެޓް ދޭން ކޮށްފައި ހުރި ވައްކަންތައް އޭގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ. ކިހިނެއްތޯ އަޅުގަނޑުމެން އެކަހަލަ ވައްކަން ކޮށްފައި އޮތް ލިސްޓަކަށް ފްލެޓް ދޭނީ. ނުދެވޭނެ އިނގޭތޯ،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލޭގެ މޭޔަރަކަށް ރައީސް މުއިއްޒު ހުންނެވިއިރު ވަނީ ގޭގެއަށް ޒިޔާރާތް ކުރައްވައި، މީހުންގެ ހާލަތު ބައްލަވައިފަ އެވެ. އެހެންވެ، ހާލުގައި އުޅޭ މީހުން އެމަނިކުފާނަށް އެނގިވަޑައިގަންނަވަ އެވެ. އެހެންވެ، މިވެރިކަމުގައި ފްލެޓް ދޭނީ އެންމެ ހައްގުވެރިންނަށް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމަން މުހައްމަދު
13 August 2024
މި ވެރިކަމުގަ ރައްޔިތުން އެދޭ ހިސާބަށް ގެންގޮސްދޭނެ. ފްލެޓްވެސް ދޭނެ. ގޯތިވެސް ޔަގީންކޮށްދޭނެ
ވާފިރް
13 August 2024
ބަލަ އެހެން ދެވިގެންނުވާނޭ.. ކީއްވެތަ އެމީހުން އަތުން ތި ފުލެޓްތައް އަތުނުލާ ތި ތިބެނީ.. ކިހާބޮޑު ގެއްލުމެއް އަނަން އޮތް ޖީލުތަކަށް ތިހެން ހެދީމަ
އަމްޝާދު އަޒީޒް
13 August 2024
ފްލެޓްވެސް ނުދެވޭނެ ގޯތިވެސް ނުދެވޭނެ. އިބޫ ދިނީ ރައްޔިތުންނަށް ގެއްލުން.
އައްބާސް
13 August 2024
އެއްވެސް ސަރުކާރަކަށް ހިލޭ ގޯތި ދެވިގެން ނުވާނެ، މަޖިލީހުން އެބަޖެހޭ އެކަމަށް ހާއްސައް ބިލެއްލާފަ އެކަން ނުކުރެވޭގޮތް ހަދަން، ސިޔާސީ މަންފާ އަކަށް މިވަރުގެ ކަންތައް ކުރެވިގެން ނުވާނެ
އިނގުރަިދޫ ކުއްޖާ
13 August 2024
ހަޖަމް ކޮށްލާ ފަލާހޫ. ދެއިރު ދެ ދަޅަޔަށް ޕާޓީ ބަދަލުކޮށްފަ ކޮންވާހާކަ އެއް
ފިސާރިކަމެއް
13 August 2024
މިވަރުގެ ކަމަކާއި ބަޔަކާއި ދިމާނުވާނެ. ބޮޑު ޚިޔާނާތެކޯ. އެކަމަކު ފުލެޓުތައް ހިފެހެއްޓިގޮތަށް ބިންތައް ހިފަހައްޓައި އެމައްސަލަ ބަލާކަށް ނުކެރޭ. ޢަނެއްކާ ކެތްނުވާވަރަށް އޭގައި ބަނދެވިފައި ތިބީތަ!
ބަޑިތަކުރު
13 August 2024
ކޮންުމެ ވެރިކަމެއްގެ ދައުރު ނިމެންގާތްވީމާ ދެވަނަ ދައުރު ކާމިޔާބުކުރަން ހިހޫތަނުން ކާލާ އުސޫލުން ދައުލަތުން އެތައް ބިލިޔަން ރުފިޔާ ހޭދަކޮށްގެން ހިއްކާބިންތައް ހިލޭ ބަހާލުމަކީ ހަގީގަތުގައިވެސް ގައުމަށްވެވޭ ވަރަށްބޮޑުު ޚިޔާނާތެވެ. އެތަންތަނަށް ދައުލަތުން ކުރިހޭދަ ނުލިބުނަސް އެތަންތަނަކީ އެލިބޭ ބަޔަކަށް އާމްދަނީ ހޯދާނެ އަގުބޮޑު ވަޞީލަތެކެވެ. އެހެންކަމުން ބިންކުޑަ މިރާއްޖޭގައި ގޯތިދިނުން ހުއްޓާލާފައި ހުރިހާ ފެންވަރެއްގައި ފްލެޓް އަޅާފައި ދޭންވެއްޖެއެ
މާނިއު އަހްމަދު
13 August 2024
ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ސްކޭމެއް ޖައްސާފައިވަނީ އިބޫ. އޭނަ ކޯޓަށް ހާޒިރުކޮށް ގައުމީ ތަހުގީގެއް ފަށަން ޖެހޭ
މަސްއޫދު އިބްރާހިމް
13 August 2024
ވަރަށް ރަނގަޅު ވާހަކައެއް. މިފަދަ ބޮޑެތި ހިޔާނާތް ހިގާފައި ވަނީ އެމްޑީޕީ ގެ 2 ވެރިކަމުގަ. އެމްއެމްޕީއާރުސީގެ ހިޔާނަތަކީ އަދި ކޯވަރެއް
އިސްމާލި
13 August 2024
މާލެ މީހުނަށް ގޯތި ދީގެން ވަރުތަކެއް ވޭ ދޯ އެބަ. މަށަށް ފެންނަނީ ތިނަދޫއިން ހިއްކި ބިމުން ދިން ގޯތިތައްވެސް އަތުލަން، މާފުށި، ނައިފަރު، ހޯރަފުށި، ކުޑަހުވަދޫ، އައްޑޫ...މިހެންގޮސް ހިއްކި ހުރިހައި ތަނަކުން ދިން ގޯތިތައް އަތުލައި އަގުކޮށްފައި ވިއްކަން.