ޑްރަގް ޓެސްޓު ކުރަނީ.--
13 އޯގަސްޓް 2024 - 13:08
ޕާޓީ ޑްރަގްސްގެ ހަ ކިލޯ ރާއްޖެ އެތެރެކުރި ކަމުގެ ތުހުމަތުގައި ނެދަލެންޑްސްގެ މީހަކު ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކުރީ ނެދަލެންޑްސްގެ މަޒޭސާ އެނޯކް ޑައިސޮނަމާ ކިޔާ 30 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ކްރިމިނަލް ކޯޓުގައި ބުނި ގޮތުގައި މަސްތުވާތަކެތި ފެނުނީ އޭނާގެ ލަގެޖެ ތެރޭގައި ހުރި ޒިޕް ލޮކް ބޭގުތަކުންނެވެ.
މި މައްސަލާގައި އޭނާ ވަނީ 15 ދުވަހަށް ބަންދުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ހައްޔަރުކުރި މީހާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ހަ ކިލޯ ހުރި ކަމަށެވެ.
ކްރިސްޓަލްތަކެއްގެ ގޮތަށް ހުއްޓައި ފެނުނު އެއްޗިއްސާ މެދު ޝައްކުކުރެވިގެން ޓެސްޓްކުރިއިރު، ޑްރަގްގެ ބާވަތެއް ކަމުގައިވާ (methylmethcathinone) 2-MMC އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް އެ އަމުރުގައިވެ އެވެ. އެއީ ޕާޓީ ޑްރަގުގައި ބޭނުންކޮށްފައި ހުންނަ މާއްދާއެކެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާ ދޫވެފައި ހުރެއްޖެ ނަމަ މުޖުތަމައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑެވެ.
މި މައްސަލާގައި، ދިފާއުގައި ވާހަކަ ދައްކަމުން ކޯޓުގައި އޭނާ ބުނީ ރާއްޖެ އައީ ޗުއްޓީ ހޭދަކުރަން ކަމަށެވެ. އެ ލަގެޖަކީ އޭނާގެ އެއްޗަކަށް ވިޔަސް މަސްތުވާތަކެތި އެތެރެ ނުކުރާ ކަމަށެވެ.
އޭނާ ބުނި ގޮތުގައި އެކަން ކުރީ ދަބަސް ޕެކްކުރި މީހުންނެވެ. އެކަން ހިނގީ އޭނާ އަށް އެނގިގެން ނޫން ކަމަށް ވެސް ކޯޓުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
13 August 2024
ރާއްޖޭގަ ކޯޓްތަކާއި މައްސަލަތައް ހިނގާ ގޮތަށް ފަރިތަމީހެއް ކަމަށް ފެނެއެވެ! ރާއްޖެއަށް އެހާ ޤަވާޢިދުން ޑްރަގް ފޮނުވަނީ ބޭރުގެ ކޮން އެއާޕޯޓަކުން ބާއެވެ؟
ވަހީދުބެ
13 August 2024
އޭނާ އަތުން އެނުފެނުނު ނަމަ، އެވާނެ އޭނާގެ އެއްޗަކަށް. އޭނާ އެއިން ވިޔަފާރިކޮށް ޑޮލަރުކޮޅެއް ހަދައި، އަދި ޗުއްޓީ ވެސް ހަދާފައިދާނީ އުފަލުން ރަށަށް.
ހެޔޮނުވާނެ
13 August 2024
ކަލޭމެން ކުދިން މިގައުމު ސިންގަޕުރަށް ވޭތޯ ދުއާ ކޮށްބަލަ.
އަފްރާސިޔާބު
13 August 2024
ތިޔަ ޔަށްވުރެ ރަނގަޅުވާހައެއްނެތްތަ ބުނަން. ނުބުނީ ކީއްވެ އޭނާ ފޮއްޓަކީ އެޒާތުގެ ތަކެތި ވިހާ ފޮށްޓެކޭ. އޭނާ އަކަށް ނޭގުނީއޭ ވިހާނެ ވަގުތު ޖެހޭ އިރު ފޮށި ހުންނާނީ ކޮން ގައުމެއްގައި ކަން.
ޑަޗްހިޔުމާ
13 August 2024
ކޮންމެ މީހަކު ޕެކް ކުރިޔަސް ދަބަހުގެ ޒިންމާ ނަގަންޖެހޭނީ ބައިނަލް އަގުވާމީ ގާނޫނުގެ ދަށުން ތި ޑައިނަސޯމާ! ތިހެން ދެމިގަނެވޭނެ ކަމަށް ހީ ނުކުރޭ!
ޖޭދް
13 August 2024
މަސްތުވާ ތަކެތި އެތެރެކުރާ މީހުންނާ އޭގެ ވިޔަފާރި ހިންގާ މީހުންނާ މަސްތުވާތަކެތި ބޭނުންކުރާ މީހުން މެރުން ލާޒިމްކޮށް އެކަން ތަންފީޒްކުރަން ފަށަންވީ!
ާހހސނ
13 August 2024
ރަނގަޅު ކަމެއް. އެކަމަކު، ކޯޓުން މަރަން ހުކުންކޮށްފަ ތިބިމީހުންގެ ހުކުން ތަންފީޒު ނުކުރެވިގެން މިއުޅެނީ.
އެމްސް
13 August 2024
އޭރަށް ސިޔާސީ ހަތިޔާރަކަށް ތިޔަކަންވެސް ހަދާލަފާނެއެވެ! މިހާރުވެސް އުޅެނީ ބިލިޔަނުން ވައްކަން ކުރީމަވެސް މީހާ ނުހޯދިގެންނެވެ!