ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

ޝަކުވާތަކާ ގުޅިގެން ޓީޗަރުން މުސާރައިގެ އޮނިގަނޑަށް އިސްލާހު ގެންނަން ޖެހޭތޯ ބަލަނީ

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ ހަފުތާގައި "މިހާރު" އަށް އިންޓަވިއު ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކުގެ ތެރެއިން ޝަކުވާ ބޮޑުވި ކަންކަމުގައި އިސްލާހު ގެންނަން ޖެހޭތޯ ބަލަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައި މޭ 1، 2022 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ. އެ ބަދަލާ އެކު ޓީޗަރުންގެ މުސާރަތައް ބޮޑުވި އެވެ.

އެކަމަކު، އެ ބަދަލާ އެކު ބައެއް އެލަވަންސްތައް އުނިވުމުން ޝަކުވާ ބޮޑުވި އެވެ. އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް އޮތީ، ރަށްރަށަށް ބަދަލުވާ ޓީޗަރުންނާއި ޕްރިންސިޕަލުންނަށް ލިބެމުން ދިޔަ އެލަވަންސް އުނިވުމެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ ހަފްތާގައި "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މިނިސްޓަރު މިދިޔަ ހަފުތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން އެ އެލަވަންސާ ގުޅޭ ގޮތުން ސުވާލުކުރުމުން ވިދާޅުވީ، ދައުލަތުގެ ޕޭހަމަނައިޒޭޝަންގެ ވަކި ޕޮލިސީއެއް އެބައޮތް ކަމަށާއި އެ އެލަވަންސްތައް މިހާރު ތައާރަފް ކުރަނީ ޕޭ ކޮމިޝަންގެ ތެރެއިން ކަމަށެވެ.

ކުރީގެ ސަރުކާރުން ހެލްތު ދާއިރާއިރާގެ މުސާރަތައް ބޮޑުކޮށްފައިވީ ނަމަވެސް އެލަވަންސްތައް ލިބުމުގައި އެ ދާއިރާގައި ވެސް ގޮންޖެހުންތައް ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބަދަލެއް އަންނަ އިރު ރޫރަލް އެލަވެންސެއް ނޫން ކަމުގައި ވަންޏާ، ރިޑެންޝަނެއް ފަދަ އެލަވެންސެއް އަދި ހާއްސަ ހިދުމަތެއް ދިނުމަށްޓަކައި ދައުލަތުން އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އުސޫލެއް ގާއިމްކުރަން ޖެހިއްޖެ ކަމުގައިވާ ނަމަ ޔުނިފޯމް ޕޮލިސީއެއް އޮންނަން ވާނީ. އެ ނޫން ކަމުގައި ވާ ނަމަ އެކަން ދެމެހެއްޓެނިވި ގޮތެއްގައި ހިނގަމުން ނުދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު މި އޮތް ޕޭ ފްރޭމްވޯކަށް އަޅުގަނޑުމެން މިހާރު މި ދަނީ ބަލަމުން ކޮން ކަހަލަ ބަދަލުތަކެއްތޯ، އިސްލާހުތަކެއްތޯ ހުށަހަޅަން ޖެހޭނީ. ކޮން ކަހަލަ ބަދަލުތަކެއްތޯ ގެންނަން ޖެހޭނީ."

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މާލޭގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ | މިނިސްޓްރީ

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުއްލިއަކަށް އެފަދަ ބަދަލެއް ގެނެސްފި ނަމަ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ހިނގަމުން ނުދާނެ އެވެ. އެހެންކަމުން، ބަދަލެއް ގެންނާނީ އޮނިގަނޑު މުރާޖައާކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

24 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިޖޫ

15 August 2024

ހަމަ ހައިރާންވެ. މިގައުމުގަ ތިބެނީ ހުސް ޓީޗަރުންތަ. ކޮންމެ ސަރުކާރަކުން ޓީޗަރުން ޑޮކްޓަރުން ޕޮލިހުންގެ މުސާރަ ބޮޑުކުރޭ. މުސާރަ އުނިކުރަންވެއްޖެނަމަ ފުރަތަމައިނުން ވެސް އިންޖިނިއަރުންނާއި އެހެން ތަންތަނުގެ ސްޓާފުންގެ މުސާރަ އުނިކުރަނީ. މިހާތަނަށް އިންޖިނިއަރިންގެ މުސާރަ ބޮޑުކޮށްފައެއްނެތް. މުސާރަ ބޮޑުކުރަންޏާ ހަމަހަމަ ކަމާއި އެކު ކުރުން ރަނގަލު

The name is already taken The name is available. Register?

އަހްނާ

15 August 2024

މިހާރު ތިހަދައިފަ އޮތް ޕޭ ފްރޭމްވޯކްގަ ޑިގްރީ ޓީޗާރުންނާއި މާސްޓާރސް ޓީޗަރުންނަކާއިވެސް މުސާރައިގެ މާބޮޑު ތަފާތެއް ނެތް! އިތުރަށް ކިޔަވައިގެން ޕްރޮފެޝަންގައި ކުރިއަށް ދާން ބޭނުންވާ މީހުން ޑިމޯޓިވޭޓް ވާ ގޮތަކަށް އޮތީ! ޑިގްރީ މާސްޓާސްތެ މުސަރައިގެ ފަރަގަކަށް ކުޑަމިނުން 4000 ނުވަތަ 3000 އޮންނަ ނަމަވެސް ރަނގަޅު! ނަރުހުންގެ މިދެންނެވި ތަފާތު އޮވޭ 7000 ނުވަތަ 8000 ރުފިޔާގެ ފަރަގެއް ލައިފަ. އެވެސް ބޮޑުވަރު. އެކަށީގެންވާ ތަފާތެއް އޮންނަން ޖެހޭ!

The name is already taken The name is available. Register?

ސަސީ

14 August 2024

ޓީޗަރުންގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުން އެކި ޓީޗަރުންނަށް ލިބޭ މުސާރައިގެ ފަރަގު ވަރަށް ބޮޑު. ހަައްސިކޮށް އޓެންޑެންސް އެލްވަންސްކީ ހުރިހާ ޓީޗަރުނއނަށް ހަމަހަމ ވާން ޖެހޭ އެއްޗެއް. މިއަދު ވަޒީފާ އަށް ނުކުންނަ ޓީޗަރާ ތަޖުރިބާހުރި ގާބިލު މޮޅު ޓީޗަރުންނަށް މުސާރައާއި އެލަވަނއސް ދިނުމިގަ ކޮންމެވެސް ފަރަގެއް ހުންނަން ޖެހޭ. .

The name is already taken The name is available. Register?

އެކްސިް

14 August 2024

ޕޭ ހާމަނައިޒް ކޮށް ނިމެންވާއިރަށް ހާމަނީ އެކީ ގެއްލިދާނެ.

The name is already taken The name is available. Register?

ކަށަވަރު

14 August 2024

ދައުލަތް ދަރާ ސަލާމަތް ނުވެގެން އުޅޭއިރު އަދިވެސް މުސާރަ އިތުރުކުރެވޭތޯ ބަަަލަންވީ ތޯ؟ މިހާރު ވެސް ކުދިވިޔަފާރި ތަކަށް ދައުލަތުން ދައްކަންޖެހޭ ބިލިއަން ފައިސާ އަވަހަށް ދައްކާށެވެ. އެ ވިޔަފާރި ތަކުގައި މަސައްކަތް ކުރާ މުވައްޒިފުން އަދިވެސް މުސާރަ ނުދެވި އިމާރާތުގެ ރެންޓް ވެސް ނުދެވި އެ އުޅެނީ ދދއުލަތުން ޖޭންޖެހޭ ފައިސާ ނުދޭތީއެވެ. މީވެސް ހަމަ މީވެސް ދިވެހި ދަރީންނެވެ.

The name is already taken The name is available. Register?

މިސްރާ

14 August 2024

ފާއިތުވި 3 ސަރުކާރުގަވެސް ޓީޗަރުންގެ މުސާރަ ދިޔާއީ ބޮޑު ކުރަމުންނެވެ. ސިވިލްގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ނުކުރާތާ 15 އަހަރުމިވީ. ޢެކަމަކުވެސް ޓީޗަރުންގެ މުސާރަ ކުޑަވެގެން ކުރާ ޝަކުވާއަކަށް ނިމުމެއް ނާދެއެވެ. މިހާރުގެ ޓީޗަރުން މަސައްކަތް ކުރަނީ ބޮޑު މުސާރަ ހޯދަން، ކުދިންނަށް ރަނގަޅު އެއް އުނގެނުމުގެ ބަދަލުގަ. ޓިއުޝަންތަކުންވެސް ހެސްކިޔާފަ ބޮޑު އެއްޗެއް ކުދިންއަތުން ނަގަމުންދަނީ. ޢެޑިއުކޭޝަން މިނިސްޓްރީ މިކަން ކަން ނުބަލަނީ ތޯ ހަމަ..

The name is already taken The name is available. Register?

މުސާރަފުޅު

14 August 2024

ޓީޗަރުންގެ މުސާރަ ބޮޑުކުރެވިއްޖެ އެތައް ފަހަރަކު. ޝަކުވާއަކަށް ނިމުމެއް ނެތް. ޝަކުވާ ގުޅިފައި ވަނީ މުސާރައަކާ ނޫން. ޝަކުވާއަކީ ގިނައިރު އުޅެންޖެހުން. ވާދަޖަހަން ހަރާދުކިޔައިގެން އެއް ސްކޫލަށްވުރެ އަނެއް ސްކޫލެއް މޮޅުކަންދައްކަން ތިހިންގާ ބޭކާރު ކަންކަން ހުއްޓާލަންވީ. ކުޅިވަރު އެކެޑަމީތައް އެބަހުރި. އަދި އެނޫން ތަންތަން އެބަހުރި. ވަކި ރޮނގަކުން ކެރިއަރ ގެންދަން ބޭނުންވާ ކުދިން އެތަންތަނަށް ދާންވީ. މި ހަރަކާތްތައް ސްކޫލުން ބޭރުކުރަންވީ.

The name is already taken The name is available. Register?

ރިބަން

14 August 2024

ވަރަށް ރަނގަޅު ވާހަކައެއް. އެ ކުޅިވަރު ކަންތައްގަނޑު ސްކުލްތަކުގައި ހިނގައިގެން ވާ ފައިދާއެއް ވެސް ނެތް. އޮލިމްޕިކްސް އާއި އޭޝިއަން ގޭމްސް ގައި މެޑެލެއް ވެސް ލިބެނީކީއެއް ނޫން އެއްވެސް ކުޅިވަތަކުން. އަދި އެއީ ވަރަށް މަދު އެއްޗެއް ގައި ބައިވެރިވާ އިރު. ޕާސަނަލް ބެސްޓް ހެދީމަ މެޑެލެއް ލިބުމުން ސެލެބްރޭޓްކުރާ ވަރަށް ފާހަގަކުރަނީ.

The name is already taken The name is available. Register?

އީޝަލް

14 August 2024

ޕޭވެސް ހާމަނައިޒް ކުރާނެ. ރައްޔިތުންގެ ޖީބުތައް ފުރާލަވެސް ދޭނެ މި ސަރުކާރުން

The name is already taken The name is available. Register?

މަސްއޫދު ޝަރީފް

14 August 2024

ވަރަށް ރަނގަޅު ތި ޕްލޭން. ދާއިމީ ކޮށް ކުރިޔަށް ގެންދެވޭ ގޮތަށް ކަން ކުރަން ވާނީ.

The name is already taken The name is available. Register?

ހާއިބްރީ

14 August 2024

މުސާރައިގެ އޮނިގަނޑަށްވުރެ ކުރިން ނޭޝަނަލް ޕޭ ފްރޭމްވޯކް އެބަޖެހޭ އިސްލާހުކުރަން. މުސާރަޔާ އެލަވަންސާ އެހެނިހެން އިނާޔަތް ދޭންޖެހެނީ މީހާގެ ކޮލިގިކޭޝަނާއި ހުނަރާއި ގާބިލްކަމާއި ތަޖުރިބާއާއި މަސައްކަތުގެ މަސްއޫލިެްޔަތާއި ޒިންމާ އަދި މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތާއި މަސައްކަތުން ނެރެން ބޭނުންވާ ނަތީޖާއާއި މިފަދަ އެތައްކަމެއްގެ މެޓްރިކްސްއަށް ބެލުމަށްފަހު. މިހާރު ހެދިފަހުރި ޕޭ ފްރޭމްވޯކް ބިނާކޮށްފައިވަނީ މިފަދަ ގޮތަކަށްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454