އައިޖީއެމްއެޗް: މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތުވާ އައިޖީއެމްއެޗުގެ ނަރުސް ވަނީ ސަސްޕެންޑްކޮށްފައި.-- ފޮޓޯ | މިހާރު
18 އޯގަސްޓް 2024 - 11:29
މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތުވާ އައިޖީއެމްއެޗުގެ ނަރުސް ސަސްޕެންޑްކޮށްފި އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ އެ ހޮސްޕިޓަލުގެ ދިވެހި އަންހެން ނަރުހަކު މަސްތުވާތަކެތި ބޭނުންކުރި ކަމަށް ޝައްކުކުރެވިގެން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މީގެ ދެ ހަފުތާ ކުރިންނެވެ.
"އަދި އެ މުވައްޒަފު މިހާރު ވަނީ ސަސްޕެންޑްކުރެވިފައި،" އައިޖީއެމްއެޗުން ބުންޏެވެ.
އެއީ އައިޖީއެމްއެޗުގެ ވޯޑު އިންޗާޖަކަށް ކުރިން ހުރި ނަރުހެކެވެ.
"މި ނަރުހަކީ ކުރީގެ ވޯޑް އިންޗާޖެއް ނަމަވެސް، މަސައްކަތުގެ ފެންވަރަށް ބަލާފައި މީގެ ދެ މަސް ދުވަސް ކުރިން ވަނީ މަގާމު ބަދަލު ކުރެވި، ވޯޑް އިންޗާޖުގެ ވަޒީފާގެ މަސްއޫލިއްޔަތު ނަގާފައި،" އެ ހޮސްޕިޓަލުން ބުންޏެވެ.
ފުލުހުން އިއްޔެ ބުނި ގޮތުގައި، ތަހުގީގު ކުރަމުން އަންނަ އެ މައްސަލާގައި ތުހުމަތުވާ މީހާ އަދި ހައްޔަރެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު ބޭ
19 August 2024
ބަލިމީހުންނަށް ޑްރަގް ދޭން ހުންނަ މީހާ ޑްރަގް ބޭނުންކުރާތީ މައްސަލަ ޖެހުނީ ދެއްތޯ؟
އަމިއްލަ ހިޔާލް
18 August 2024
މަސްތުވުން ނޫނީހަމާގައި ނުހުރުން މީ އަސްލު ވަރައްދެރަ ކަމެއް، ސުވާލަކީ ނަރުސް މަސްތުގެ ހާލުގައި އުޅޭތާ ކިހާދުވަހެއް ވެއްޖެތޯ، މަސްގުގެ ދުނިޔެ އައް ދާންޖެހުނުސަބަބު، މަސްތުވާ ތަކެތި ހޯދިގޮތް ހޯދަން މެދުވެރި ގޮތް، މީވަރައް ކުޑަކުޑަ ތަނެއް ކީއްވެބާ މިކަން ނުހުއްޓިގެން މިއުޅެނީ ……؟ މީ 100 ޕަސެންޓް މުސްލިމް ގައުމެއް.
މަނާނަ
18 August 2024
އަންހެނެއް ވީމަތަ ކުށްކުރީމަވެސް ފޮޓޯ އާންމު ނުކުރަނީ؟
ޖަބަސް
18 August 2024
އައިޖީއެމްއެޗުގައި ވޯޑު ނަރުހުންނަށް ތިބޭ ބައެއް މީހުންގެ ފަރާތުން ބަލިމީހުންނަށް ވަރަށް އިހާނެތިކަން އަބަދުވެސް ލިބެމުންދޭ. މިހާރު މި އެނގެނީ ކީއްވެ ކަން!!!!!! ހެޑު ނަރުސް އަނެއްކާ ގާބިލް ބާ؟؟؟
ސުންބުލް
18 August 2024
މަސްތުވާތަކެތި ބޭނުންކުރާމީހާއަށް ވަގުތުން ފަރުވާ ފެށޭ ނިޒާމެއް މިގައުމަށް ބޭނުންވޭ! އެހެންނޫނީ އެމީހާގެ މުޅިހަޔާތް އެކަމުގެ މުސީބާތުގެ ތެރޭގައި ހޭދަ ކުރަންޖެހިދާނެ. މިހާރަކަށްއައިސް މިގައުމުގެ ކުދިބޮޑު އެންމެންހެން މިވަނީ މި މުސީބާތުގެތެރޭ އުޅެންޖެހިފައި. މިގައުމުން މަސްތުވާތަކެތީގެ ވަބާނައްތާލުމަށް ސަރުކާރުން ހިފަންޖެހޭނީ އިސްލާމީ ޝަރީޢަތުގައި ކަމަށް ދެކެން. އަދި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާމީހުންނަށް ފާސިދުންނަށް ދޭ އަދަބު ދޭންޖެހޭ!
ﷲއަކުބަރު
18 August 2024
ފަރުވާ އޭ ހެހެހެ އަމިއްލަ އައް ފެނިގެން ގަދަ އަޒުމެއްގަ ހުއްޓާލައިގެން ތި ހުއްޓޭނީ ފަރުވާ ތީ ނަމެއްގަ އިންނަ އެއްޗެއް
ޢެހެންނޭ
19 August 2024
ފަރުވާ ނަމެއްގަ އިންނާތީއޭ އެބުނަނީ އެކަހަލަ ރަނގަޅު ނިޒާމެއް އޮންނަން ޖެހެއޭ
ގެދާނޯމޮސް
18 August 2024
ތިބޭނުން ކޮށްގެން ނަމުގަ ތަޙްގީގު ކުރާ ބަޔަކުވެސް ތިތާކައިރީގައި ކަނެއްގައި ތިބޭނެއެވެ!