އެންއައިސީގެ ބައެއް މެންބަރުންނާއި މުވައްޒަފުން: އެ ތަނަށް އާ މަގާމުތަކަށް މީހުން އައްޔަން ކުރަން ފިނޭންސް މިނިސްޓްރީން ހުއްދައެއް ނުދިން --
19 އޯގަސްޓް 2024 - 13:08
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ އާ މަގާމުތަކަށް މުވައްޒަފުން ނެގުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ނުދޭ މައްސަލާގައި، މިވަގުތު އެ މަގާމުތަކަށް މީހުން ނެގުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން މިއަދު ނިންމައިފި އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އެންއައިސީއިން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މި އަހަރުގެ ބަޖެޓްގައި އާ ހަތަރު މަގާމަކަށް މުވައްޒަފުން ނެގުމަށް ބޭނުންވާ ފައިސާ ހިމަނާފައި ވިޔަސް، އެ މަގާމުތަކަށް މީހުން ނަގަން ފިނޭންސް މިނިސްޓްރީގެ ހުއްދަ މިދިޔަ ޖުލައި މަހާ ހަމައަށް ވެސް ލިބިފައިނުވާ ކަމަށެވެ،
ކޮމިޝަނުން އަލަށް ނަގަން ބޭނުންވާ މުވައްޒަފުންނަކީ:
- އެސިސްޓެންޓް ޑިރެކްޓަރު
- ލީގަލް އޮފިސަރު
- އެސިސްޓެންޓް އިންވެސްޓިގޭޓަރު
- އެޓްމިނިސްޓްރޭޓިވް އޮފިސަރު.
އެންއައިސީ އިން ބުނީ އެ ކޮމިޝަނަކީ މުވައްޒަފުން ވަރަށް މަދު މުއައްސަސާއެއް ކަމަށާއި ނަމަވެސް މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށެވެ. އަދި ކޮމިޝަނަކީ ތަހުގީގީ ބާރުދީފައިވާ އަދި ތަހުގީގީ އެހެން އިދާރާތަކުގެ މައްސަލަތައް ބަލަން ހާއްސަ އިހުތިސޯސް ދީފައިވާ ކޮމިޝަނެއްކަން ފާހަގަކުރި އެވެ.
"މި މަގާމުތަކަކީ ކޮމިޝަނަށް ކޮންމެހެން ވެސް ބޭނުންވާ މަގާމުތަކެއް ކަން ދަންނަވަން. ވީމާ އާ ހަތަރު މަގާމަށް ފިނޭންސް މިނިސްޓްރީން ހޯދަންޖެހޭ ހުއްދަތައް ހޯދަން ކޮމިޓީއަށް ކޮށްދެވޭނެ ކަމެއް އޮތް ނަމަ، އެކަން ކޮށްދިނުމަށް އެދެން،" ސިޓީގައިވެ އެވެ.
ނަމަވެސް ކޮމިޓީއިން މިއަދު ފާސްކުރީ ދައުލަތުގެ އިގުތިސާދީ ހާލަތު ހުރިގޮތުން ހަރަދު ކުޑަކުރަން އަންގާފައިވާ މި ދަނޑިވަޅުގައި އާ މަގާމުތަކަށް މީހުން އައްޔަން ކުރުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށް އެ ކޮމިޝަނަށް އެންގުމަށެވެ.
ނަމަވެސް އަންނަ އަހަރުގެ ބަޖެޓްގެ މަސައްކަތް މަޖިލީހުގައި ހިނގާއިރު، މިނިވަން މުއައްސަސާތަކުގެ ބަޖެޓާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ކޮމިޓީގެ ފަރާތުން މުއައްސަސާތަކާ ހިއްސާ ކުރަން ވެސް ކޮމެޓީން ނިންމި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީރުބޮލް
20 August 2024
ފުރަތަމަ ތި ކޮމިޝަނުން ބަލާ ގޮތް ކަނޑައެޅި މައްސަލަތަށް ޕަބްލިކް ކޮށްބަލަ. މިހާތަނަށް އަޑެއް ނީމޭ މައްސަލައެއް ބެލި އަޑެއް ނިންމި އަޑެއް. ނިންމި ގޮތެއް. އިންޓެގްރިޓީ ކޮމިޝަން ފުރަތަމަ އިންޓެގްރިޓީ އަކީ ކޯޗެއްކަން ދަސްކޮށްބަލަ. ރައްޔަތުންނަށް ސިއްކރުން ކުރާ ކަންކަމުގަ ކޮން އިންޓެގްރިޓީއެއް ހުންނާނީ؟ ތިއީ ހަމަ ބަޔަކަށް މުސާރަ ދޭން ހަދައިގެން އުޅޭ ތަނެއް. ރައްޔަތުންގެ ފައިސާއިން މުސާރަ ނަގަންޏާ ރައްޔަތުންނަށް ކަލޭމެން ކުރާ މަސައްކަތް އިންގެންޖެހޭ.
ބަރުބާދު
19 August 2024
ތިޔަ 4 މަގާމަށް ނަގާނެމީހުންވެސް ހަމަޖައްސާފަތޯ ބަޖެޓުގަ ޖެއްސެވީ ، އެހެންމިއަހާލީ މިހާރު ވަޒީފާހަމަޖައްސަނީ ވަކިބަޔަކަށް ދޭންނިމިގެންކަން ވަރަށްބޮޑަށްހީވާތީ.
ސުހާނާ
19 August 2024
ތިޔަ ތަނަށް ވެސް ސިޔާސީ މަގާމުތަކެއް އުފައްދާފައި މީހުން ލާން އެދެފިއްޔާ، ޤާނޫނު ބަދަލުކޮށްގެން ވެސް އެ ހުއްދަ ދޭނެ. އޭރުން ވަކި ބަޔަކު ބޭނުންވާ ބަޔަކު އެތަނަށް ލާނީ. މިހާރުވެސް އެވްރެޖްކޮށް ކޮންމެ މިނިސްޓްރީއެއްގައި 50 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން ތިބި ކަމަށް ކިޔާ އަޑު އިވޭ. ހީވަނީ ތޯއްޗެ، ދައުލަތުގެ ޚަޒާނާއަކީ މިބައިމީހުންގެ މައިބަފާގެ ތަރިކައެއް ހެން.
ބޭކާރު
19 August 2024
ކީއްކުރާ ތަނެއްތަ ތީ؟؟ ދުވަހަކު އަޑުވެސް ނާހަން. އުވާލާ