ޚަބަރު / އިމިގްރޭޝަން

މުޑުދާރުކޮށް ފޯއް ކޮށައި ވިއްކަމުން ދިޔަ ދެ ބިދޭސީއަކު ހުއްޓުވައިފި

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ ބިދޭސީން ވިޔަފާރިއަށް ފޯއް ކޮށަމުން ދިޔަ ތަން.-- ފޮޓޯ: އިމިގްރޭޝަން

ވަރަށް މުޑުދާރު ތަނެއްގައި ފޯއް ކޮށައި، ބަންދުކޮށްގެން ވިއްކަމުންދިޔަ ބިދޭސީންތަކެއް އިއްޔެ އަތުލައިގަނެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަނުގައި، މ. ރީތި އޯކިޑްގެ އިން އެ ދެ މީހުން ހައްޔަރުކުރީ މާލޭ ސިޓީ ކައުންސިލުން ދިން މައުލޫމާތަކާ ގުޅިގެންނެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި ރެއިޑް އޮޕަރޭޝަނުގައި ބެލިއިރު އެ ގޭތެރޭގައި އެ މީހުން ދިޔައީ ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގަމުންނެވެ.

ގަވާއިދާ ޚިލާފަށް އުޅުނު ބިދޭސީން އިމިގްރޭޝަނުގެ ވެހިކަލަށް އަރުވައިގެން ގެންދަނީ. -- ފޮޓޯ | އިމިގްރޭޝަން

އެތަނުގެ ތެރޭގައި ފޯއް ކޮށައި ވިއްކަން ތައްޔާރުކުރަމުން ދިޔަ އިރު މުޅި ތަން އޮތީ، ކެއިން ބުއިމަށް ތަކެތި ތައްޔާރުކުރާ ވަރަށް ވުރެ ނުތާހިރުކޮށް ކަމަށާއި އެކަން ކަމާބެހޭ އިދާރާތަކާ ހިއްސާކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން އާއްމުކުރި ފޮޓޯތަކުން ވެސް ފެންނަ ގޮތުގައި ކޮށާފައި ހުރި ފޯއް ފުންޏެއް ތަށިމުށި މަތީގައި ހުރި އިރު ހެދުމާއި އެހެން ސާމާނުތައް ވެސް އެތަނުގައި ބަހައްޓާފައި ހުއްޓެވެ. ފާހާނާއެއްގެ ދޮރުމަތީގައި ގޯންޏެއް އަޅައި ފޯއް ހިއްކަން ބަހައްޓާފައި ހުރި މަންޒަރު ވެސް ފޮޓޯތަކުން ފެނެ އެވެ.

އިއްޔެ ހައްޔަރުކުރި ބިދޭސީން ކާބޯތަކެތި ފޯއް ކޮށައި ތައްޔާރުކުރަމުންދިޔަތަން..-- ފޮޓޯ: އިމިގްރޭޝަން

ކޮށަން ފަސޭހައަކަށް، ގިނަ އަދަދެއްގެ ފޯއް ފެން ޓައްޕެއްގެ ތެރޭގައި ބަހައްޓާފައި ހުރި މަންޒަރު ވެސް އެއް ފޮޓޯ އިން ފެނެ އެވެ.

އެ ކޮޓަރި ތެރޭގައި ހެދުންތައް އަޅުވާފައި ހުރުމުން، ބެލެވޭ ގޮތުގައި އަތުލައިގަތް ދެ ބިދޭސީން ދިރިއުޅެނީ ވެސް އެތަނުގެ ތެރޭގަ އެވެ.

ބިދޭސީން ވިޔަފާރިއަށް ފޯއް ކޮށައި، ބަންދުކުރަމުން ދިޔަ ތަން.-- ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަނުން ބުނީ އިއްޔެގެ އޮޕަރޭޝަނުގައި، އެސްއެމްއީ ހަބްގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން ދިޔަ ބަޔަކު ވެސް ހުއްޓުވި ކަމަށެވެ. އިއްޔެ "އިމިގްރޭޝަން ވޮޗް"އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެތަން ބަލައި ފާސްކޮށް ތިން މީހަކު ވަނީ އަތުލައިގެންފަ އެވެ.

ދުފުމަށް، ނުތާހިރުކޮށް ފޯއް ވިއްކަމުން ދިޔައިރު އިމިގްރޭޝަނުން ވަނީ ފިހާރަތަކުން އާއްމުކޮށް ގަންނަ އެކި ސާމާނު ވެސް ވަރަށް މުޑުދާރުކޮށް ތައްޔާރުކުރަމުން ދިޔަ ބަޔަކު މިދިޔަ ހަފުތާގައި އަތުލައިގެންފަ އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވެ އެންމެ އިސްކަންދީފައިވާ އެއް ކަމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ. އެކަމަށް ހާއްސަ އޮޕަރޭޝަނެއް ފަށައި ގިނަ ބަޔަކު ހުއްޓުވައި އޭގެތެރެއިން ބައެއް މީހުން ވަނީ ޑިޕޯޓްކޮށްފަ އެވެ.

އެސްއެމްއީ ހަބްގައި މަސައްކަތް ކުރަމުން ދަނިކޮށް އަތުލައިގެން ބިދޭސީއެއް.-- ފޮޓޯ: އިމިގްރޭޝަން

އޭގެ ތެރޭގައި ރާއްޖޭގައި ހުއްދަ ނެތި ފުޅާކޮށް ވިޔަފާރި ހިންގަމުން ދިޔަ ބިދޭސީން ހިމެނެ އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މިދިޔަ ހަތް މަސްދުވަހުގެ ތެރޭގައި 2،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓް ކޮށްފަ އެވެ. މި އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

42 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 0%
icon angry icon angry 21%
icon wow icon wow 32%
icon inlove icon inlove 36%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙޯހް

21 August 2024

ޢޮޅުވާލައިގެން ބަންގާޅީން އެތެރެކޮއްދި އިމިގުރޭޝަން އޮފިސަރުން ދެން ތިބޭ ބާގާކައިގެން ރަތްކޮށް މިފޯއް ދުފައިގެން. ރާކަނިމަސްކެވިއްޖެއްނު.

The name is already taken The name is available. Register?

މިއުރާޖްް

20 August 2024

މިފަދަ މީހުން ހިފާ ހައްޔަރުކޮށް ގައުމުން ބޭރުކުރުމަށް އިމިގްރޭޝަންއާއި ފުލުހުން ހިންގާ އޮޕަރޭޝަނަށް ހަމަ ސާބަސް ދަންނަވަން.

The name is already taken The name is available. Register?

މަސްއޫދްް

20 August 2024

މިއީ އެމްޑީޕީ ވެރިކަން ނަމަ އަދި މި ބިދޭސީން އުޅޭނީ މިޔަށްވުރެ މާ މިނިވަންކޮށް.

The name is already taken The name is available. Register?

އިއަރޝޮޓް

20 August 2024

މީ ކުރިންވެސް ހަމަ ކަމާއިބެހޭ ފަރާތްތަކުން ނުބަލާ ހުރިކަންތައްތައް. މީގެންވެސް މި އިނގޭ ކަމަކީ ހަމަ ޒިއްމާ ނުނަގާ ތިބީކަން ފާއިތުވި ހުރިހާ ދުވަހަކު. އަދި ކިރިޔާ ބަލަން ފެއްޓީމަ މި އިނގެނީ. އިމިގްރޭޝަން ކޮންޓޮރޯލާ ހަމަ ކުޅަދާނަ. އަދިވެސް ވީހާވެސް ގިނަ މީހުން މިކަހަލަ ތަންތަން ރިޕޯޓް ކުރަންވީ “އިމިގްރޭޝަން ވޮޗް“ އިން.

The name is already taken The name is available. Register?

ފާތުން.

20 August 2024

އެމީހުންގެ ފޮޓޯ އާއި ޕެކެޓް ލޭބަލް ތައްވެސް ފޮޓޯނަގާފަ ލާދީ އޭރުން ދޯ މީހާރުވެސް އެގޭނީ ނުގަންނަން ހާދަހާ ބައިވަރު ފިހާރައެއްގެ ހުންނާނެ ތިސާމާނުތައް. މީ ވަރަށް މުހިންމު ކަތެއް ފިހާރާތަކުން އެތަކެތި ނެގުން ވވވވ. އެެދެން.

The name is already taken The name is available. Register?

ޒަވިޔަނި

20 August 2024

މިހިސާބައް މިކަންތައްތައް ގޮއްސަ މިއޮތީ. މާދަންވެސް ކޯޓާހަމަޔައް މައްސަލަދާއިރައް ބުނާނެ އެއްވެސް ހެއްކެއްނެތޭ. ދެރަ ކަންތައްތައްމީ ކޮންމެއަކަސް. ތިހުރިހާ ބިދޭސީން ޑީޕޯޓް ކުރޭ. ދެންވެސް ދިވެހިން ވިސްނަންވެއްޖެ ނުން. އަހަރެމެން ތެރޭ މި ރޯގާތަކާ، ކެއްސުން ތަކާ އެއްޗެހި ނުފިލާމިއޮންނަ ސަބަބު. މިވިޔަފާރި އަހަރުން ދިވެހިން ކުރަންވީނުން. ގައިމުން އާމްދަނީވެސް ލިބޭނެނުން.

The name is already taken The name is available. Register?

ފެއިލް

20 August 2024

އެހެންވީމަ މަށަށް މިހާރު ގަބޫލު ކުރެވޭ ގޮތުގަ ހޮޓާ ތަކުގެ ފޯއްތަބަކުން މަށަށް ހުންނާނެ ނޭގި ޕުއްޕުކޮޅުތައްވެސް ކެވިފަ.

The name is already taken The name is available. Register?

ފޯކާއިނުލައި ދިރިއުޅޭ

20 August 2024

އެންމެ ރަނގަޅު ގޮތަކީ އެއްގޮތަކަށްވެސް ނުދުފުން. ކީއްވެ؟ 1- ފޯއް އެއީ ކެންސަރު ޖައްސާ 1 ވަނަ ދަރަޖައިގެ ކެމިކަލްއެއް އެކުލެވޭ އެއްޗެއް 2- އަނގަތެރެ ހަލާކުވޭ. ރާއްޖޭގައި އެންމެ ގިނައިންޖެހެނީ އަނގައިގެ ކެންސަރ 3- ދަތްތަކުގައި ރެނދުލާ ހިރުގަނޑު ހަލާކުވާނެ 4- ދުފާފަ ކުޅުޖެހުމަކީ ތަންތަން ހަޑިވާ ނާ ތަހުޒީބީ ޢަމަލެއް 5- ދުފާތަބައްތަކުން ދުފާ އިރު އެކަކު އަތްކާތާފަ ހުން ފޯއްފޮތިތަކުގަ އނެއްކަކު އަތްކާތާ އަދި ކައި ހަދާ ބޭކާރު ޢަމަލެއް

The name is already taken The name is available. Register?

އާދަނު333

20 August 2024

ދިވެހީން ހަމަ އެހާވަރަށް ފޯއްކާންޖެހޭތޯ؟ މުޅި ދުނިޔޭންވެސް އާބާދީގެ ނިސްބަތުން އެންމެގިނައިން ފޯއްކާ ޤައުމަކީ ދިވެހިރާއްޖެ.

The name is already taken The name is available. Register?

ސަލީމު އިދުރީސް

20 August 2024

ސަރުކާރު ފޭލިވެހުންނަ ސުލަމް ތަކުގަ ތިބާވަތުގެ ކަންތަން ހިގާނެ! 300 ޑޮލަރު މުސާރަ ލިބޭމީހެއް މަހަކު 1000 ބޭކުވެނެ ގޮތެއްނޯނާނެ! ދުނެއޭގެ އެންތާކުރާގޮތައް ބޭރުމީހުން ފުރާއިރު ނަގުދު ފައިސާ ބޭރުކުރޭތޯ ބަލަން ހަރުކަށި ކޮއްޗެކުރަންޖެހޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454