އިމިގްރޭޝަނުން ފުލުހުންނާ އެކު ރޭ ހިންގި އޮޕަރޭޝަނުގައި ބަންދުކުރި މަސާޖުޕާލާއަކުން މީހުން ހައްޔަރުކުރަނީ.-- ފޮޓޯ: އިމިގްރޭޝަން
10 ޑިސެމްބަރ 2025 - 11:46
މާލޭގައި ހިންގަމުންދިޔަ މަސާޖުޕާލާތަކެއް ބަންދުކޮށް، އެ ތަންތަނުގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް ރޭ ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހަތަރު މަސާޖު ޕާލާއެއް ވަނީ ބަލައިފާސްކޮށްފަ އެވެ. މިތަންތަން ފާސްކުރީ ގަވައިދާ ހިލާފަށް، ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ އެ ތަންތަން ހުއްޓުވަން ހިންގާ އޮޕަރޭޝަނުގައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ އެ އޮޕަރޭޝަނުގައި ބަލައިފާސްކުރި ތަންތަނުން ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ރޭ ހިންގި އޮޕަރޭޝަނުގައި ބަންދުކުރި މަސާޖުޕާލާއަކުން މީހުން ހައްޔަރުކުރަނީ.-- ފޮޓޯ: އިމިގްރޭޝަން
އެ ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި، ނޯޓިސްދީ އިކޮނޮމިކް މިނިސްޓްރީން ހުއްޓުވާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
މާލެ އާއި ރާއްޖޭގެ ބޮޑެތި އާބާދީތައް ދިރިއުޅޭ ރަށްރަށުގައި ޕްރޮފެޝަނަލް މަސާޖުކުރާ ކަމަށް ބުނެ ގިނަ އަދަދަކަށް މަސާޖު ޕާލާތައް ހިންގި ނަމަވެސް އެއީ ފުޅާ ދާއިރާއެއްގައި ހަށިވިއްކާ ތަންތަން ކަމުގެ ތުހުމަތު އެތައް ބަޔަކު ކުރެ އެވެ.
އިމިގްރޭޝަނުން ރޭ ހިންގި އޮޕަރޭޝަނުގައި ބަންދުކުރި މަސާޖުޕާލާއެއްގައި ނޯޓިސް ހަރުކޮށްފައި.-- ފޮޓޯ: އިމިގްރޭޝަން
އަދި އެކަން ކުރާ ބިދޭސީން ދަނީ އެ މީހުންގެ ފޮޓޯ އާއި ނަމްބަރު ވެސް ޖަހައިގެން ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންނެވެ.
މަސާޖްޕާލާތައް ހިންގާތީ އެކަމުގެ ކަންބޮޑުވުން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. ރައްޔިތުންނާ ބައްދަލުކުރައްވަން މާލޭގެ އެކި އަވަށްތަކުގައި ބާއްވާ ބައްދަލުވުންތަކުގައި ހައްލުކޮށްދޭން ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި އެކި ނަން ނަމުގައި ހިންގާ މަސާޖްޕާލާތައް ހުއްޓުވައި ފިޔަވަޅު އަޅައިދޭން ވަނީ އެދިފަ އެވެ.
އެ ބައްދަލުވުންތަކުގައި ހުށަހަޅާ ހުރިހާ މައްސަލަތަކަކަށް އެޓެންޑް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވައިފަ އެވެ.
މާލޭގައި ހިންގާ ސްޕާތަކާއި މަސާޖްޕާލާތައް ހުއްޓުވަން ދޭތެރެ ދޭތެރެއިން އިމިގްރޭޝަނާއި ފުލުހުން އޮޕަރޭޝަންތައް ހިންގަ އެވެ. އެފަދަ ތަންތަނުން ގިނަ އަދަދެއްގެ ދިވެހިންނާއި ބިދޭސީން ވެސް އަތުލައިގަނެ، ބިދޭސީން ޑީޕޯޓުކޮށްފައި ވެސް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށސ11
11 December 2025
ތީގެ ގިނަ އަންހެނުން އެއުޅެނީ ކުރުއެތިކޮޅުލައިގެން މަގުމަތީ، ފުލުހުންނަށް އިނގޭކަމަކަށްނުވޭ. މީސްމީހުނަށް ގޮވާހަދާއިރުވެސް. ތިޔަ މަސާޖުޕާލާތަކާ ސްޕާތަށް ހިންގުން މަނާކޮށްބަލަ، ނިވާނުވެ މަގުމަތީ އުޅުންވެސް މަނާކޮށްބަލަ. ވޭޕާ ޖުވާވެސް މަނާކުރިހެން
ހަބީބު.
10 December 2025
ރިސޯޓުތަކައްވެސް ދާތި ދިވެހިން އާދޭ މިހާރު މުޅިންދަނީ ރިސޯޓުތަކައް ނުވަތަ ލަންކާ އިންޑިޔާއައް ދިވެހި ވެރިންގެ ގަމާރު ކަމާއެވެ ރިސޯޓު ތަކުގަ ދިވެހިން އެތިބީ ހަމަ ހެވިފަ ތިޔައީ ބޭކާރު ކަމެއް ރަލާ އޫރުމަސްވެސް އެހެރީ މިކަހަލަ މޮޔަކަންތައް ކުރަނީ ކޮއްކޯ ކުރާބަޔަކު ކުރާނެ ކޮންމެ ކަމެއްވެސް މަސާޖު ކުރުމަކީ އޭގެޒާތުގަ ގޯސްކަމެއްނޫން ދިވެހި ބައެއް މީހުންގެ ބުއްދި ގޯހީ
ށސ11
11 December 2025
އަންހެނުުން ފިރިހެނުންނަށް މަސާޖުކޮށްދީ އެހެން ފާހިޝްހަޑިމުޑުދާރުކަންކަން ކޮށްދިނުމުގެ ހުރިހާ ދޮރެއް ބަންދުކުރަންޖެހޭ. މަސާޖުޕާލާ ސްޕާތަކުގެ ނަމުގަ ގިނައީ ހައްތަހާވެސް މިކަންތައް. ކޮންގޮތަކަށް ހުއްދަވާނީ؟!
ބްލާ ބްލާ ބްލާ
11 December 2025
ބޭކާރު އުޒުރު. ރިސޯޓުތަކުގެ ވާހަކަ ބާއްވާ! މިކިޔަނީ %100 މުސްލިމް ގައުމެއްގަ ރައްޔިތުން އުޅޭ ރަށް ރަށުގަ ބޭރުން ހިލޭ އަންހެނުން ގެނެސް އެކަހެރި ކޮޓަރިތަކުގަ ފައިސާއަށް މަސާޖޭ ސްޕާ އޭ ކިޔާފަ މީހުންގެ "ގައިމޮޑެންށޭ" ކިޔާ ތިކުރާ ކަންކަމަކީ ކަޑައެޅިގެން ފާފަ ކުރުމަށް މަގުފަހި ކުރަން ބަޔަކު ކުރުވާ ކަމެކޭ. މިކަން ހުއްޓުވާށޭ! ދިވެހިން ބޭނުމެއް ނޫނޭ މިފަދަ މުންކަރާތް ތަށް ރައްޔިތުންގެ ތެރޭ ކުރެވެން. އަމުދުން ސަރުކާރުގެ ލައިސަންސް ލިބިގެން! ހުއްޓުވާ!
ކަކުނިބައު
10 December 2025
ބޯކޮށާ ތަންތަންވެސް ބަލާލަ ދެއްވާ އިމިގުރޭޝަން. އެޗުޕީއޭ އަކަށް ޓުރޭޑު މިނިސްޓުރީއަކަށް ނުވޭ. އެހެރަ ބޭނުން ކުރަނީ އެކަކު ކަސްމަތިޖަހަން ބޭނުންކުރާ ރޭޒަރު އަނެކަކު ކަސްމަތިޖަހަން، އެ ކޮށިވަންދެން. ހަމުގެ ނުރައްކާތެރި ބައްޔެއް، ނޫނީ ލެއިން ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރުމުގެ ކުރިން، މިކަން ހުއްޓުވަންޖެހޭ.
ބސބސވ
10 December 2025
ނުކުންނާނެ ހައްގުތަކުގެ ނަމުގައި. ކިތައް ދިވެހީންގެ ހައްގު ތިޔަ ގެއްލުނީ. މިކަމުގެ ސަބަބުން އަމިއްލަ ނަފުސަށާއި ދިރިއުޅުންތަކަށް ކުރާ ނޭދެވޭ އަސަރުގެ ވަހަކަ ދައްކަންވީ.
ފޫހި
10 December 2025
މާލެއަކީ ތިޔަކަހަލަ ހާއްޔެއް. ބަލާބަލަ ޓޭކްއަވޭ ތަންތަން. ދިވެހިންނަށް މިއަދު އެއްވެސް ޖާގައެއްނެތް. މި ބިދޭސީން އައިސް އެންމެ ކުދި ވިޔަފާރިތެރެއަށްވަނީމަ ވިޔަފާރިއެއްކޮށް ހަލާކުވެއްޖެ. ކުދި ތަންކޮޅުކޮޅު ހަދާފަ ނޭޕާލް އަންހެން ކުއްޖެއްލާފަ މަގުމަތީ ތިބެގެން ކާގޮތަށް ހަދަނީ ދެރަކަމެއް. މިތަންތަނުގެ ސަބަބުން ކެފޭތައްބަންދުކުރާ ހިސާބުގަ. މިއީ ބިދޭސީން ނަށް ހުއްދަދޭންޖެހޭކަހަލަ ވިޔަފާރިއެއްނޫން. ފުލުހުންގެ އިންޓެލް އިން މިތަންތަން ބަންދުކޮށްބަލަ.
މިއާން
10 December 2025
ބަަލަ ހުއްދަދެނީ ކޮންމެވެސް ދިވެއްސަކަށް، ދެން އެމީހާ ވިޔަފާރި ބިދޭސީއަކާ ހަވާލުކޮށްފަ ކޮންމެ މަހަކު ވަކިވަރަކަށް ފައިސާ ނަގައިގެން ގޭގަ އޮންނަނީ،
އިހްސާސް
10 December 2025
ދިވެހިންނަށް ޖާގަނެތީއެއް ނޫން. ދިވެހިންގެ ބައެއްގެ އިހުމާލާ، ކަންނެތްކަމާ، ނުކެރުން މިއީ. ނިކަން ކެރިގެން ބިދޭސީން ފަހާލަން ދިވެހިން ނިކުންނަންވީ.
ޕާލާ
10 December 2025
ތި މަސާޖް ޕާލާ ތަކުގައި ކުރަނީ ކީއްތަ؟ އެހާ ގިނައިން މީހުން ވަންނަނީ ކީއްވެތަ؟ ދޭތެރެއަކުން އިވޭނެ އެފަދަ ބައެއް ތަންތަން ބަންދުކުރާ ވާހަކަ! އެކަމު އެތަންތަން ވަނީ ގިނަ!
ހާފިޒް ރަސާދު
10 December 2025
އެތަންތަން ބަންދުކުރަނީ އެތާއުޅޭ ކޮންމެ ކުއްޖަކަށް ފުލުހަކު އެތެރެޔަށް ވަދެފައޭ. އޮޅިގެން ނޫޅެބަލަ.
ވަންޗޫ
10 December 2025
މިހާރު ޓިކޮޓޮކުގަ އަދި އެބަ އުޅޭ ގޮލަޔަކު ގޭގެއަށް ގޮސް މަސާޖްކޮށްދޭ އެޕެއް ހަދައިގެން މިކަން ކުރުވަން! އޭރުން އަދި ގޭގެއަށް މީހުން ގޮސް އަމިއްލަ ކޮޓަރީގަ ޒިނޭކުރަން ތިބޭ މީހުން ނެރޭތަން ދެން ފެންނާނި! ސަރުކާރަށް ގޮވާލަން މިފަދަ ފާހިޝް އަމަލުތަކަށް އެއްގޮތަކަށްވެސް މިރަށުގައި ހުއްދަ ނުދެން! ހުރިހާ ދޮރެއް ބަންދުކުރަން!
ޙައްގުބަސް.
10 December 2025
އެމްޑީޕީ ވެރިކަމުގަ ހުއްދަދީފަ ހުރި ތަންތަންތީ.
ހައްގުލައްގަނޑުނިތްކުރީގަ
10 December 2025
މިވެރިކަމުގަ ފުޅާވެ ތަރައްގީވެފައި.
ހަޖާމްބެ
10 December 2025
ދެންކީއްވެ މިސަރުކާރުން ބަންދު ނުކުރަނީ. އެމްޑީޕީ ސަރުކާރުން ދީފަހުރި ފްލެޓްތަކާ ގޯތިތައް ކޮބާ.
ޑިޕޮލޮމާމަ
10 December 2025
ދިވެހިންގެ ނަމުގަ ރަޖިސްޓަރީކޮއްގެން ޑިޕޮލޮމާ ހޯދަގެން ހިންގާ މަސަޖު ޕާލަރުތައް އަދިވެސް ރަގަޅަށް ބަލާން އެބަޖެހޭ!!
ކޮރަލް
10 December 2025
ތިޔަ ކަހަލަ ތަނެއް ނެތް މަގެއް މާލޭގަ މަދު ވާނެ އެވެ. އެކުދީން ބޭރަށް ނުނިކުމެ ހުންނަނީ އެތާތެރޭގަ އެވެ. މަސްވެރީންނާ ރިސޯޓް މީހުން ވެސް އެސަރަހައްދު ތަކުން ފެނެ އެވެ.