ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރައްވައި ސުވާލުކުރައްވަނީ.
19 އޯގަސްޓް 2024 - 19:02
ހުޅުމާލެއިން ފްލެޓެއް ބައްލަވައިގަތީ މީގެ ފަސް އަހަރު ކުރިން ލޯނެއް ނަގައިގެން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ހަލީލް ބައްލަވައިގަތީ 3.1 މިލިއަން ރުފިޔާއަށް ހުޅުމާލޭގެ އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓެކެވެ.
އެ ފްލެޓް ހަލީލްގެ ނަމަށް ބަދަލުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މި މަހުގެ ހަތް ވަނަ ދުވަހު ކުރި ހުކުމުގައިވަނީ 1،235 އަކަފޫޓްގެ އެ ފްލެޓްގެ އަގު ހަލީލް ދައްކަވާފައިވާތީ ފްލެޓް އޭނާ އަށް މިލްކު ވެފައިވާ ކަމަށެވެ.
މީޑިއާތަކުގައި އެ ހަބަރު ރިޕޯޓު ކުރުމުން ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފްލެޓް ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރީ އޮގަސްޓް، 2018 ގައި ކަމަށާއި ފްލެޓު ގަންނަން ބޭނުންވާ އިތުރު ފައިނޭންސް ހޯދީ ބީއެމްއެލް އިސްލާމިކްގެ ފެސިލިޓީއަކުން ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ. އަދި އެ ފްލެޓަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް 1.4 މިލިއަން ރުފިޔާ ނުދެއްކި ބާކީ އޮތް ކަމަށް ވެސް އެ ޕޯސްޓުގައި އޭނާ ވިދާޅުވި އެވެ.
ހަލީލަކީ ކުރިން ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ މި ސަރުކާރުގެ މިނިސްޓަރަކަށް ހަމަޖެއްސުމުގެ ކުރިން އަމިއްލަ ވިޔަފާރި ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
20 August 2024
ފަސްއަހަރުކުރިން ނެގިލޯނަކުން ފައިސާދެއްކެވީ މިމަހުތޯ؟. މިމަހުގެ 7 ވަނަދުވަހު ހުކުމްކުރީ؟.
މަޖްދީީ
20 August 2024
މިސަރުކާރުގެ ތަފާތަކީ މިފަދަ ތުހުމަތެއް ކުރިމަތިވާއިރަށް އެކަން އަސްލު ވެގެންދިޔަ ގޮތް ހާމަކުރާނެ. ރައްޔިތުންނަށް ފުރިހަމަ ޓްރާންސްޕޭރެންސީ އެބައިން
އަދުމީހާ
23 August 2024
ދެން ބުނެބަލަ، ސިޔާސީ މަގާމުތައް ކިތަކެއް؟
މައިނާާ
20 August 2024
ކިތަންމެ ދޮގު މައުލޫމާތާއި ފޭކް ހަބަރު ފެތުރިޔަސް ނުހައްޤުން ހޯދި ފްލެޓެއްނޫން މިއީ. ބޭންކް ފައިނޭސްއިން 2018 ގައި ބަލައިގަތް ފެލެޓެއް ކޮރަޕްޝަނާ ގުޅުވޭނެ އެއްވެސް ގޮތެއް ނޯންނާނެ.
މައިނާ ބަލާ
23 August 2024
އަނބުރާ އެ ލޯނު ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ ދައްކާ ޚަލާސްކުރަން ފައިސާ ހޯދި ގޮތް ބަލަންވާނެތަ؟
ފިރާޝްް
20 August 2024
އެމްޑީޕީއާ ހިލާފަށް މި ސަރުކާރުގެ މިނިސްޓަރުން ކަންކުރައްވާނީ ވަރަށް ޓްރާންސްޕޭރެންޓްކޮށް. ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ނުކުރައްވާނެ.
މަންސޫރްް
20 August 2024
ޒިފްލީން ގޯތި ގަތް ގޮތަށް އެހެން މީހުން ގޯތި ގަންނާނެ ކަމަށް ހީކުރުމަކީ ބޮޑު ގޯހެއް. މި ސަރުކާރުން އެހެންނޫނަސް އެ ޖާގައެއްވެސް ނުދޭނެ
ދޫމްކޯމީ
20 August 2024
ތިމާއަށް ހެވަށް އެދޭހެން އަނެކާއަށް ވެސް ހެވަތަށް އެދޭށެވެ. އަނެކާ މޮޅުވުމަކީ ނުވަތަ ތަނަވަސްވުމަކީ ނުވަތަ ކާމިޔާބު ވުމަކީ އެ މީހަކާމެދު ހިތް ގަރުބަކޮށް ނުނިޔަތް ލާންވީ ކަމެއް ނޫނެވެ. ހެޔޮކޮށް ވިސްނާން ދަސްކުރާށެވެ. އެންމެންނަކީ ވެސް އަޚުންނެވެ.
ސާބަސް1
20 August 2024
ބަޔަކަށް އެއްޗެއް ލިބިއްޖެއްޔާ ދެން ތިބޭ ބަޔަކަށް މިވަނީ ކިހިނެއް؟ ހަސަދަ ދޯ އެޔަށް ކިޔާނީ. އަހަރުންނަށް ހެޔޮ އެންމެން ފްލެޓް ގަތަސް. ބޯ ހަލާކު
ކުޅަދު
20 August 2024
ވަރަށް ނުބައި ސަގާފަތެއް މިއީ. މަޤާމަކަށް ދާއިރަށް އަސާސެއްނެތި ތުހުމަތުކުރުން.
ކަކުނިބޯ
20 August 2024
މުދާއުފުލާދޯނިތަކާ ހެވީވެހިކަލްތަކާ ކޮންކްޜީޓް މެޝިންތަކާ ފްލެޓާ މީހުސްލޯންނަގާގެން ގަތްތަކެތި ލޯނެއްނަގާފައި އޮވެދާނެ އޭގެމާނައެއްނޫން އެއީ ބްލެކް އޯ ވައިޓް މަނީކަން. ޢަތުގައިހުރެ ލޯނުނަގަންވެސް ފަސޭހަވާނެ
ބަތްކައްކާ
20 August 2024
މިހެން މިއްސަނދިކަމުގަ އުޅޭމީހުން ވަރަށް ދީންވެރިވާނެ.ﷲއާއި ވަކީލު