ކުރީގެ ރައީސް ޔާމީން: ފުއްގިރި މައްސަލާގައި އެމަނިކުފާނަށް ކުރާ ދައުވާގެ މާދަމާގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައި --- ފޮޓޯ/މިހާރު
19 އޯގަސްޓް 2024 - 20:15
ރ. ފުއްގިރީގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް މާދަމާ ބާއްވަން ހަމަޖެއްސުމަށް ފަހު މިއަދު ކެންސަލްކޮށްފި އެވެ.
ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު މާދަމާ ބާއްވަން ހަމަޖެއްސިކަން ކުރިން އޮތީ އިއުލާންކޮށްފަ އެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން މިރޭ ބުނިގޮތުގައި އެ އަޑުއެހުން ކެންސަލްކުރީ މާދަމާގެ އަޑުއެހުމަށް ދައުލަތުގެ ހެކިންނަށް ހާޒިރު ނުވެވޭތީ ދައުލަތުން އެދިގެންނެވެ.
އެ އަޑުއެހުން ކެންސަލްކުރި ނަމަވެސް، ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގެ ޝަރީއަތް އަންނަ ބުދަ ދުވަހަށް އޮތީ ތާވަލްކޮށްފަ އެވެ. އެ މައްސަލާގައި ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރިން 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ހައި ކޯޓުން ކުރިން ވަނީ އެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަމުރުކޮށްފަ އެވެ.
ފުއްގިރި މައްސަލާގައި ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންޖިނިއަރިން ކުންފުނީގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިޔާޒްް
20 August 2024
ދުވަހަކުވެސް ތި ޔާމިނަކަށް މަށެއް ދެން ތާއީދެއްނުކުރާނަން. އަހަރެންގެ ހަޔާތުގަވެސް މިހާ އަމިއްލަ އެދުން ބޮޑު މީހަކު ނުދެކެން.
ކިނާންް
20 August 2024
ވަރަށް ވާހަކަ މޮޅުވެގެން އުޅޭ މީހެއްތީ. ތިމަންނަ ވައްކަމެއް ނުކުރަމޯ. މީނަގެ ވެރިކަމުގަ ބޮޑު މާސިންގާ ވައްކަމެއް ހިނގި އިރުވެސް މީނަޔަކަށް ނޭނގެޔޯ. އަޖައިބެއްފަދަ ކަމެއް
މަހޭން
20 August 2024
ކަލޯ ތިހާ ޔަގީންކޮށް ބުނަންޏާ އަވަަހައް ދޭ ހެކިދޭން ކޯޓައް ނޫނީ ކޮސް ނުގޮވާ
ޑރ ވާންޗޯ
20 August 2024
އޭރުވެސް ބުނިން ފުށާނުބެހޭށޭ، ފުށްނުގިރާށޭ. އަޑުނޭހީމަ ވީގޮތް ފެނިއްޖެ؟
ސުހާނާ
19 August 2024
11 އަހަރަށް ޖަލަށް ލާން ޙުކުމްކުރީ ޔާމީންގެ މައްޗަށް. އެއީ ރިޝްވަތު ހިފުމުގެ ކުށަށް 3 އަހަރާއި މަނީ ލޯންޑްރިންގެ ކުށަށް 8 އަހަރު. ޔޫސުފް ނަޢީމުގެ މައްޗަށް ޙުކުމްކުރީ 3 އަހަރަށް ޖަލަށް ލާން. އެއީ ރިޝްވަތު ދިނުމުގެ ކުށުގައި.