ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ: ވަޒީފާ ދިނުމާއި އަދާކުރުމުގައި އެއްވެސް މީހަކާ މެދު ތަފާތު ނުކުރަން ރައީސް ވަނީ އަންގަވާފައި. -- ފޮޓޯ: ރައީސް އޮފީސް
22 އޯގަސްޓް 2024 - 10:38
އިސްލާމް ދީނާ ޚިލާފު ނުވާ ގޮތަކަށް ހެދުން އަޅާ ނަމަ ވަޒީފާ ދިނުމާއި ވަޒީފާ އަދާކުރުމުގައި އެއްވެސް މީހަކާ މެދު ތަފާތުކޮށްގެން ނުވާނެ ކަމަށާއި އެ ތަފާތުކުރުން ގެންގުޅެވޭ ގޮތަށް އެއްވެސް ގަވައިދަކާއި އުސޫލަކަށް އަމަލުކުރާ ނަމަ ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާ ބެހޭ ފަރާތްތަކަށް މިއަދު އަންގަވައިފި އެވެ.
ހެދުން އަޅާ ގޮތަކުން ވަޒީފާގައި މުވައްޒަފުންނާ މެދު ތަފާތު ނުކުރަން ރައީސް އެންގެވީ، ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާތީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ނިންމުމަށް އޭނާ ޑިސްކޮލިފައި ކުރުމުންނެވެ.
ޑީޖޭއޭ އިން ނިންމާފައި އޮތީ އޭނާ ވަޒީފާ އަށް ޝަރުތު ހަމަނުވާ ކަމަށެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމް ދީނާ ޚިލާފުނުވާ ގޮތަށް، އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ތަފާތު ނުކުރެވޭނެ ކަމަށެވެ.
އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ! އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް…
— Dr Mohamed Muizzu (@MMuizzu) August 22, 2024
ވަޒީފާގައި ތަފާތު ކުރުން ގެންގުޅެވޭ ގޮތަށް، ކުރިން ގަވާއިދުތަކާއި އުސޫލް އެކުލަވާލާފައި އޮތް ނަމަ ބަދަލުކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެ ތަފާތުކުރުން ގެނުވާ ގޮތަށް ކުރީގައި ހަދާ އަދިވެސް އަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް. އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ މިހާރު އަންގާފައި،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މި މުޖުތަމައު އަކީ ހުރިހާ މާނައެއްގައި އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމައަކަށް ހަދަން އެންމެން އަޒުމް ކަނޑައަޅަމާތޯ."
ވަޒީފާއަށް ޝަރުތު ހަމަނުވާ ކަމަށް ނިންމައި، ހުޅުދެލީ ކޯޓުން ފޮނުވި އީމެއިލްގައި ބުނެފައި ވަނީ، ވަޒީފާގައި އިންޓަވިއު އާއި ޕްރެކްޓިކަލް ކުރިއަށް ގެންދިޔައިރު އޭނާއަކީ މޫނު ބުރުގާ އަޅާ މީހެއްކަން ފާހަގަކުރެވިފައި ވާތީ، އޭނާ ޑިސްކޮލިފައިކޮށް، ވަޒީފާގެ ރެކްރޫޓްމަންޓް ޕްރޮސެސްގައި ވެސް ނުހިމަނަން ނިންމާފައިވާ ކަމަށެވެ.
މީގެ ކުރިން، ވެސް ވަޒީފާ ދިނުމުގައި، މޫނު ބުރުގާ އެޅި މީހުންނަށް ތަފާތުކުރުން ގެންގުޅެފައިވެ އެވެ. ބައެއް މީހުން ވަޒީފާ އިން ވަކިކޮށްފައިވެ އެވެ.
މި މައްސަލަތަކުގައި ކަންބޮޑުވުންފާޅުކުރައްވައި، ރައީސް މުއިއްޒު ކުރިން ވެސް ވިދާޅުވެފައި ވަނީ، ރާއްޖެއަކީ 100 ޕަސެންޓް މުސްލިމް ގައުމަކަށް ވެފައި، އިސްލާމީ ޝަރީއަތާ އެއްގޮތަށް ހެދުން އަޅާ މީހުންނާ މެދު ތަފާތު ކުރާ ނަމަ، އެއީ ގާނޫނެެއްގައި ބަޔާން ކުރެވިގެން ވިޔަސް ހައްގުގެ ކަށަވަރުކަން ދޭން ޖެހޭ ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީސީޓީވީ
23 August 2024
އެހެންވީމާ ސީސީޓީވީކެމެރާދެކެ މޫނުނިވާކުރިމީހުން ޖެހިލުމެއްނުވާނެ. ކެމެރާއަށް އެރިޔަސް ކާކުކަމެއްނޭގޭނެ!!!
raajje
23 August 2024
މިފަދައެންގުމެއް އާންމުކުރާއިރު ކަމުގެ އެކޮޅުމިކޮޅު ރައީސްވެސްބައްލަވާނެތާ! މޫނުބުރުގާގެމައްސަލައިގާ އަޅުގަނޑުގެ ހިޔާލަކީ ވަޒީފާއަދާކުރާތަންތަނުގައި އުޅެންވާނީ ހަމަމޫނުފެންނަގޮތަށޭ! މީގެކުރިންވެސް މޫނުބުރުގާއަޅާމީހުނަށް ހެދިގެން ބޮޑެތިކުށްތައް މާލޭގައި ހިންގާފައިވޭ! މިހާރު މިޒަމާނުގައި ހިންގާޖަރީމާތައް އިހުނަށްވުރެން ބޮޑުވެފައި ނުރަށްކާވަނެ! ކުށްކުރަނީ ހަގީގީމާނައިގާ މޫނުއަޅަމީހުނެއްނޫން، އެކަމުގެ އެޑުވާންޓޭޖުނަގައިގެން އެހެންބަޔަކު!
ދިވެހިބަސް
22 August 2024
ރައީސް އެވެ، ބަދަލްކުރަންވީ އުސޫލެއް ނޫނެވެ. ބަދަލްކުރަންޖެހޭނީ ހަދާފަ ހުންނަ ގަވާއިދުތަކެވެ. ކަން ކުރަންޖެހޭނީ ހަދާފަހުންނަ ގަވައިދުރަކަށެވެ. އުސޫލެއްގެގޮތުން ކުރެވޭނީ ގަވާއިދެއް ހަދާފަ ނުހުންނަ ކަންކަމެވެ.
ފޭކްލިސްޓް
22 August 2024
ކަމާއިބެހޭ ފަރާތްތަކަށް އަންގަވައިފިޔޭ ބުނާއިރު މުއިއްޒަށް އެންގެވޭނެތޯ ޑީޖޭއޭއަށް؟
ޟިރާރު އަޙުމަދު
23 August 2024
މުއިއްޒަކަށް ނޭންގޭނެ. އެކަމަކު، ހެޑް އޮފް ސްޓޭޓްގެ ހައިސިއޔަތުން، ރައީދުލްޖުމްހޫރިއްޔާއަށް އެ ކަން، ކުރެއްވޭނެ.
ތަންޑު
22 August 2024
ވަނާތަކަށް ބާރުކޮށް ހެދުންއެޅޭނެ މިންގަނޑެއް ކަނޑައަޅާންޖެހޭ.
އައްޓަމަސް
22 August 2024
ދަންނަމީހުންނަށް އެކަނި އެނގުނަކަސް ކަމަކު ނުދާނެ, މޫނުބުރުގާއަކީ އެއަޅައިގެން އުޅެން ޖެހޭނީ ދީނުގައި އޮންނަ ގޮތަށް މުހައްރަމަކާ ނުލައި އެކަނި ތަންތާކަށް ނުދެވޭނެ, ދީނުގެ ބޭނުންބައިގަ ހިފާފަ ބޭނުން ނުވާބައި ދޫކޮށެއް ނުލެވޭނެ, އިސްލާމް ދީނުގެ އަސާސަކީ މައިން ގޭގައި ތިބުން, އެކަމާ ޚިލާފުވީމައި ދަރިން ދާނީ ގޯސްމަގުން
ރޯޒަސް
22 August 2024
މުހައްރަމޭ؟ އެއީ ކާކު ބާ އަނެއްކާ؟ ހިޖުރީ މަހަކާ އެކީ ބޭރަކަށް ނުދެވޭނެއޭ ތޯ ތިބުނަނީ؟
ރާވެރިބެ
22 August 2024
ސަރުކާރުގެ އޮފީހަކުން ނުވަތަ ކޯޓަކުން ދިމާވެ ވާހަކަ ދައްކާ މީހާގެ މޫނު ނުފެންނަ ނަމަ ބިރުވެރި. މީ ދީނާ ގުޅުވަން ޖެހޭ ކަމެއް ނޫން. މޫނު ބުރުގާ އަޅާ މީހުން ހަމަ އަޅަންވީ. އެކަމަކު މޫނު ބުރުގާ އަޅައިގެން އަދާ ނުކުރެވޭނެ ވަޒީފާ ހުންނާނެ.
ލޮއްލަ
22 August 2024
މޫނު ބުރުގާ އެޅިއްޔާ އެއީ ހަރުކަށިވެ ހައްދުފަހަނަ އެޅި ޓެރަރިސްޓެއް. އޮރިޔާންވިވަރަކަށް މަތީތައުލީމު ހޯދި މިނިވަންވި މޮޅު މީހެއް. މީ ސީދާ ޓިޕިކަލް ބައެއް ދިވެހިންގެ ކަޓު ވިސްނުން ހުރި ގޮތް. ކަޑައޭ މީތި. ބަދަލުކޮށްލާ. ގާނޫނާ ހައްގު ތަކަކީ ލައިގެން ހުންނަ ހެދުމަކަށް ބަލައި މިނިމިރަންޖެހޭ އެއްޗެއްނޫން.
އަހުމަދު އަތީގު
23 August 2024
މަގޭ ދަރިފުޅަށް ކިޔަވާދޭ ޓީޗަރަކީ ކާކު ކަން މަށަށް އެނގެން ޖެހޭ ދޯ
ފަންޑަމެންޓަލިސްޓް
22 August 2024
ދިވެހި އަންހެނުންނަށް ނޭނގެނީ އަސްލުމޫނުބުރުގާ އެޅުމުގެ އެތިކްސް. ބޭރު އެހެން ގައުމުތަކުގަވެސް މުސްލިމު އަންހެނުން މޫނުބުރުގާ އަޅާ. އެކަމަކު އެއީ އެމީހުން މަގުމައްޗަށް ބާޒާރަށް ނުކުންނައިރު. އޮފީހުގަ ސްކޫލްގަ ޑޮކްޓަރުގަ ގޭގެ ބެލްކަނީގަ ގަހަށް ފެންދޭރިއު މޫނުބުރުގާ އަޅަންޏަށް އެއީދެން ހައްދުފަހަނައެޅުން
އާބިދު ސައީދު
22 August 2024
ފެނޭތަ އެމްޑީޕީ މީހުންނަ؟ އަންހެންގެ ރައީސް މުއިއްްޒް ހަމަ ތަފާތޭ