ރައީސް މުއިއްޒު: އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަމަލުތައް ބެހެއްޓުމަކީ ކޮންމެ ދިވެއްސަކު ވެސް އުފަލާ އެކު ކުރަން ވާނެ ކަމެއް ކަމަށް ރައީސް މިއަދު ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ| މިހާރު
21 ނޮވެމްބަރ 2025 - 17:30
އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރުމަށާއި ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް ވުމަށް ދިވެހި ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ މީހުންގެ ކިބައިން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
ރައީސް މީގެ އިރުކޮޅެއް ކުރިން އެކްސްގައި އެ ކަމަށް އެދިވަޑައިގަތީ، އޮލިމްޕަހުގައި ރޭ އެޅުވި ދިވެހި ފިލްމު "ލިލީ" ގެ ކާޕެޓް އިވެންޓަށް އިސްލާމްދީނާއި ދިވެހި ސަގާފަތާ ނުގުޅޭ ގޮތަށް ހެދުން އަޅައިގެން ދިޔަ ފިރިހެނެއްގެ މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެފައި ވަނިކޮށެވެ.
ސީދާ އެ މައްސަލައިގެ ވާހަކަ ރައީސްގެ ޕޯސްޓުގައި ވިދާޅުނުވި ނަމަވެސް އެ މަނިކުފާނުގ ވިދާޅުވީ، އިސްލާމްދީނުގެ ހުދޫދުން ބޭރު ނުވެ، ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް ވުމަކީ މި ގައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ހިދުމަތް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ރާއްޖެއަކީ 100 ޕަސެންޓު މުސްލިމް ގައުމަކަށް ވުމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަމަލުތައް ބެހެއްޓުމަކީ ދިވެހި ކޮންމެ ރައްޔިތަކު އުފަލާ އެކު ކުރަން ވާނެ ކަމެކެވެ. އަދި މުސްލިމުންގެ ސަގާފަތާ ހިލާފު ކަންކަމާ އަޅުގަނޑުމެން ދުރުވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް. ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް އަޅުގަނޑުމެން ވުމަކީ މި ގައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ހިދުމަތް،" ރައީސްގެ ނަސޭހަތުގެ ޕޯސްޓުގައި ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
24 November 2025
ދޮގު ހެދުމާ ވައުދު ނުފުއްދުމަކީ އިސްލާމްދީނުގެ ހުދޫދުން ބޭރު ކަންކަން ނޫންބާ؟
ދޮޅި ހުސޭނު
23 November 2025
ކޮންމެހެން ބުނަން ޖެހޭ ވާހަކަ ކަމަށްވާތީ އެނޫން ގޮތެއް ނެތީމަ ބުނެލަނީ އެހެންނުންތޯ؟؟ އެހެން ވީމަ އިހުލާސްތެރިކަމުގެ ވާހަކަ ނުދެއްކުން ރަނގަޅުވާނެ
ލޮލް777
22 November 2025
މީ އަސްލު ހިނގި ކަމެއްވެސް ނޫން. އޭއައި ވީޑިއޯއެއް
މިއޮތީ
22 November 2025
ކޮންމެ މީހަކީވެސް މައްސޫލުވެރިއެއް. ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެ. އެދުވަހު ބަހަނާާއެއް ނުދެއްކޭނެ. ވަރަށް އަވަހަށް ދުނިޔޭގައި ލިބިފައިވާ ބާރު އެއްކޮށް ނެތިދާނެ. އަމަލުތައް ސީދާކޮށް ތައްޔާރުވުން ބުއްދިވެރިއެއް ނޫންތަ؟؟ ނޫނީ ގާފިލުކަންމަތީ ހުރުންތަ މޮޅީ؟؟
ގޯސްކަންތައް
22 November 2025
ކޮންކަމެއްތޯ ގޯސްވެގެން މިއުޅެނީ؟
ހައްދު
22 November 2025
ވައްކަމާއި ކޮރަޕްޝަނަކީ އިސްލާމްދީނުގަ ހުއްދަ ކަމަކަށް ނަހަދާތި އަނެއްކާ!!!!
ޢަރުތަ
21 November 2025
އަޅުގަނޑަށް ދެރައީ، ރާއްޖެއަކީ 100 ޕަސެންޓު މުސްލިމް ގައުމަކަށް ވުމުން ދެޖިންސުގެ ބޭފުޅުންވެސް އިސްލާމްދީނުގަ އޮންނަ ގޮތަށް އައުރަނިވާ ކުރުމަށް ނަސޭހަތްތެރި ނުވީމަ، ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ތަރަހައިގެ ތެރޭގަ ނަމޫނާ ދެއްކޭނީ އޭރުން ކަމަށް ފެނޭ.
ރެސްޕެކްޓް
21 November 2025
ތީ މިގައުމުގެ ރައީސެވެ. އެކަހަލަ ކަންތައްތައް ތިބާ ހުއްޓުވަން ޖެހޭނީ ދުލަކުން ނޫނެވެ. އަތުންނެވެ. އެބާރު މާތްﷲ ވަނީ ތިބާއަށް ދެއްވާފައެވެ، ހަނދާން ކުރައްވާށެވެ. ސުވާލުވެވޭނޭ ދުވަހެއް އެބަ އާދެއެވެ.
ލަހްމާ
22 November 2025
ވ ރަނގަޚު ވާހަކައެއް. އަދި ސީދާ ސީދަލަށް ބުނުއްވީކީ ވެސް ނޫން. ނުކެރިފަ ހުންނެވި ގޮތަކަށް އެވެސް. މުންކަރާތުގެ ކުރިމަތީ ކެރެން ވާނެ ވެރިޔާ ފިޔަވަޅު އަޅަން.
މަ ބުނީ
21 November 2025
ކޮބައިތޯ އިސްލާމިކު މިނިސްޓަރ ، ކޮބައިތޯ ޤަޢުމިއްޔަތުގެ މިނިސްޓަރ ރާއްޖޭގަ ނޫޅުއްވަނީތޯ ! ކާޅު ހާލި ހެދީމާ ކުބޯ ބިސް އަޅާއުސޫލުތޯ މިފެންނަނީ ކާޅަށް ރޭކާލީމަ ކާކާގޮވާނެ !
ދިއްދާ
21 November 2025
ތިބޭފުޅާނޫންތޯ ބުނީ ކުރިންދުވަހުވެސް ޒުވާނުން އަންނާށޭ ކަރޯކޭ ޖައްސަން. އެއީ އިސްލާމީ ކަމެއްތޯ؟
ކާނިި
21 November 2025
ރައީސްވެސް މިފަދަ އިވެންޓުތައް ވަރަށް ގާތުން ބައްލަވާހެން ހީވަނީ.