25 އޯގަސްޓް 2024 - 11:10
ސަރުކާރުން ގދ. ތިނަދޫގައި އިމާރާތްކުރި 200 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު ހުޅުވާލަން ނިންމައިފި އެވެ.
ތިނަދޫ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ، އެ ރަށަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ އަށް ހައްލު ހޯދައިދިނުމަށް ކައުންސިލާއި ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން، އެ ރަށުގެ ރައްޔިތުންނާއި އެ ރަށަށް ހިޖުރަ ކުރަން ބޭނުންވާ މީހުންނަށް އިމާރާތް ކުރަމުން އަންނަ 200 ފްލެޓް ދޫކުރަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް، އެ 200 ފްލެޓް ދޫކުރުމުގެ އުސޫލު އަދި އާންމެއް ނުކުރެ އެވެ.
އެ އިއުލާނުގައި ބުނީ، ފްލެޓަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށެވެ.
ހުވަދު އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް، ތިނަދޫގައި 200 ފްލެޓް އިމާރާތްކުރަން ސްރީ ލަންކާގެ ސިއޭރާ ކޮންސްޓްރަކްޝަނާއި ސްޓާ ކޮންސްޓްރަކްޝަން އެންޑް އިންޖިނިއާސްގެ ޖޮއިންޓް ވެންޗާ (ޖޭވީ)އާ ހަވާލުކުރީ އޮކްޓޯބަރު 2022 ގަ އެވެ. އެއީ 253 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން އަޅާ ހައުސިން ޔުނިޓެއްގެ ބޮޑުމިނަކީ 700 އަކަފޫޓެވެ. ކޮންމެ ޔުނިޓެއްގައި ސިޓިންރޫމަކާއި ފާހާނާއާ އެކު ތިން ކޮޓަރި އާއި ބަދިގެ އާއި ކާގެ އާއި ލޯންޑްރީ އޭރިއާ އަދި ސްޓޯ ރޫމެއް ވެސް ހުންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދޮރުވެރިޔާ
26 August 2024
އަޅުގަނޑުގެ ހިތަށް އަރަނީ 700 އަކަފޫޓުގަ 3 ކޮޓަރި ފާޚާނާ, ބަދިގެ ސިޓިން ރޫމް ޑައިނިންގ ލޯންޑްރީއާއި ސްޓޯރ ރޫމެއް ވީމަ ވަރަށް ކޮންޖެސްޓެޑް ނުވާނެބާއޭ
ހިތްގައިމު
25 August 2024
ރޫޙް ވަނީ ތިނަދޫ ގައި އޭ. ވަރަށް ހިތްގައިމު ރަށެއް މިއީ، އެންމެންވެސް އާދޭ.
ރައްކަލާ
25 August 2024
ގޯއްޗަށް ހުށަހަޅާފަ ތިބި މީހުންގެ ތެރެއިން ފުލެޓުބޭނުންވާ މީހުންވެސް އެބައުޅޭ. ފުލެޓާ ގޯއްޗާ ބަދަލު ކުރެވިދާނެތަ.؟ ނޫނީ ގޯއްޗާއި ފުލެޓު ދިނުން އެކީއެކަށްޗަކަށް ހަދަންވީނުން.
ގޯތިބަހާހާ
25 August 2024
އެންމެ ފަހުން ނެރުނު ގޯތި ލިސްޓުގައި ތިބީ ދުވަހަކު ތިނަދުއަށް ދިރިއުޅެން ނުދާނެ މީހުން. ތިނަދުއަށް ނާންނަތާ އެތައްއަހަރެއް ވެފަ ތިބިމީހުން. އެކަމަކު ތިނަދޫގަ ވަރަށް ހާލުގަ އުޅޭ އެތައްބަޔަކަށް ޕޮއިންޓު ލިބުނީ މަދުން. އެއްވެސް އިންސާފެއްނެތް މި ރާއްޖެއަކު.
އިލި
25 August 2024
އެންމެ 9 މަހުން 200 ފުލެޓު އާޅާ އެބަހާލަނީ އޯގާތެރި ސަރުކާރު ސުކުރިއްޔާ މުއިޒޫ
ނާޖިހު
25 August 2024
9 މަސދުވަހުން 200 ފްލެޓް އަޅާ ނިއްމާއިރު އެފްލެޓް ތަކުގަ ދިރިއުޅެވޭން ބާއޭ ހިތައްއަރާ ތިތަންތަނުގެ ހާލަތުހުރިގޮތް ބަލަންޖެހޭ
މިނިވަންހިޔާލު
25 August 2024
ކުރީ ސަރުކާރުން މަސައްކަތް ނިންމާފައި ހުރި ގޮތަށް ހުރީ އަދި. 200 ނިމުނީ 25%