ނޯތު ހާބަރުގައި އޮތް ބޯޓެއް: 50،000ރ.ގެ ރިހާކުރު ޓައްޕުތަކެއް ވަގަށް ނެގި މައްސަލައެއް ދަނީ ބަލަމުން
25 އޯގަސްޓް 2024 - 22:14
މާލޭ ނޯތު ހާބަރުގައި އޮތް ބޯޓަކުން 50،000 ރުފިޔާގެ އަގު ހުރި ރިހާކުރު ޓައްޕުތައް ވަގަށް ނަގައި ވިއްކާލާފައި ވަނިކޮށް ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނި ގޮތުގައި ރިހާކުރު ޓައްޕުތައް ވަގަށް ނެގި މައްސަލައެއް މިދިޔަ ހުކުރު ދުވަހު ރިޕޯޓް ކުރުމާ އެކު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ވަގަށް ނެގި ތަކެތި ހޯދަން ސީސީޓީވީ ފުޓޭޖް ބަލައި ކުރި މަސައްކަތުން ރިހާކުރު ޓައްޕުތައް މިހާރު ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ޓައްޕުތައް ފެނުނީ މީހަކަށް ވިއްކާލުމުން، ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައި ކަމަށް ފުލުހުން ބުންޏެވެ. އެ ޓައްޕުތަކުގައި ހުރި ރިހާކުރުގެ އަގު ބައިލައްކަ ރުފިޔާއަށް އަރާނެ ކަމަށް އޭގެ ވެރިފަރާތުން ބުނާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯލެސް ސްޓޭޓް
26 August 2024
ރިހާކުރު ގަތްމީހާ ހައްޔަރުނުކުރުމަކީ މައްސަލައެއް. ތިޔަ ރިހާކުރު ގަތްމީހާއަށް އެނގޭނެ އެރިހާކުރު ވިއްކަން އައީކީ ރިހާކުރު ވިއްކުމުގައި އުޅޭމީހެއް ނޫންކަން. އެމީހާ ވަގުތުން ހައްުޔަރުކުރަންޖެހޭ. މިފަދަ ވަގުންވިއްކާ މުދާ ގަންނަމީހާ ހައްޔަރުނުކުރާނަމަ މިކަންކަން ނުހުއްޓޭނެ. ނުއަގުގައި ވަގު ސާމާނު ގަންނަމީހާ ހައްޔަރުކުރެވޭނެ ގާނޫނު ނެތިއްޔާ ގާނޫނު ހަދާ. ބަހަނާ ދައްކަން ނުހަދާ
ސުންބުލް
26 August 2024
ތިއީ އިގުތިސޯދު ރަނގަޅުވަމުންދާކަމުގެ އަލާމާތެއް ނޫންބާ؟ އިއްޔެ ޑޮލަރު ފުންޏަކާއި ރިހާކުރު ޖާޑިއެއް ފެނިއްޖެ. މިއަދާއި މާދަމާ ފެންނާނީ ކޯނޗެއްކަމެއްވެސް ނޭނގެ.
މަހާރަދުން
26 August 2024
މީހަކު ހައްޔަރެއް ނުކުރޭ! ސީސީ ޓީވީން ބަލައިގެން ހޯދީ...ކެމެރާޔަކަށް މީހަކު ނާރާ ، އެރީ ހަމައެކަނި ޓައްޕު....މިހެންވީމަ ތި ތަން ތަނަށް ބޮނދުން ލާން ޖެހޭނީ .. އެިއރަށް ކުޑަ މުސާތަޔަކުން ހުރިހާ މޮއްސަލަ ހައްލުވީ....މިހާރު މުޅި އާއިލާޔަށް ބޭސް ފަރުވާ ހިލޭދީގެން ވެސް ރިޕޯޓު ކުރި އެތި އެހޯދުނީ ..ވަގެއް ނިހިފޭ!!
ޑިސްއޮނަރަބަލް ޑީޑީ
25 August 2024
ބައިލައްކަ ރިހާކުރަކީ ހާދަހާ ބައިވަރު ރިހާކުރެކޭ. ތިޔަގަންނަމީހާ ގަންނާނީވެސް ނުއަގުގާ. އެނގޭނެ ނުބައެއްއުޅޭކަންވެސް ގަންނައިރު. ގަތްމީހާ މިހާރު ކޮބާ؟
ކިމް
26 August 2024
ރިހާކުރު ފުކެއް ފުޅިޔަކަށް އަޅާފަ ވިއްކަނީ 200 ރުފިޔާއަށް. އެހެންވީމަ ބައިލައްލަ ވެދާނެ
ޙޫނދޯ
26 August 2024
ގިނަވެގެން 10 ޓައްޕުބކަމަށް ވާނީ . ދަން ގެއްލުނީމާ އަގެގެ އަދަދު ހަމަ ބޮޑުވާނެ. ޥަރަށް އަގު ބޮޑުވާނެ