ވިޔަފާރި / ރާއްޖޭގެ އިގްތިސާދު

ފިޗް އިން ރާއްޖެ އަށް ދިނީ "ސީސީ" ރޭޓިން އެއް

29 އޯގަސްޓް 2024 - 13:20

21 comments

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ރާއްޖެ އަށް "ސީސީ" ރޭޓިން އެއް ދީފި އެވެ.

މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ ރޭޓިން ދަށްކުރި ދެ ވަނަ ފަހަރެވެ. ރާއްޖޭގެ މާލީ ހާލަތަށް ބަލައި މިދިޔަ ޖޫން މަހު ފިޗް އިން ރާއްޖޭގެ ރޭޓިން "ސީސީސީ ޕްލަސް" އަށް ދަށްކުރި އެވެ. އޭގެ ކުރިން، ރާއްޖެ އަށް ސީސީސީ ރޭޓިން އެއް ދީފައިވަނީ ކޮވިޑުގެ ދުވަސްވަރު އެވެ. ކޮވިޑުގެ ކުރީގެ ތިން އަހަރު ވެސް ރާއްޖެ އަށް ދީފައި ވަނީ "ބީ މައިނަސް" އެވެ.

މިއަދު ދިން ރޭޓިން އަކީ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ތިން ދަރަޖަ ދަށްކޮށް ދީފައިވާ ރޭޓިން އެކެވެ. ސީސީ ރޭޓިންގެ މާނައަކީ، ދަރަނި އަނބުރާ ދެއްކުމަށް ރާއްޖެ އަށް ބޮޑެތި ހިރާސްތައް ހުރި ކަމެވެ.

ފިޗް އިން ބުނީ މިދިޔަ މެއި މަހު 494 މިލިއަން ޑޮލަރުގައި ހުރި ބޭރު ފައިސާގެ ރިޒާވް، ޖުލައި މަހާ ހަމައަށް 395 މިލިއަން ޑޮލަރަށް ދަށްވެފައިވާ ކަމަށެވެ.

އެ ރިޕޯޓްގައި ރާއްޖޭ ބޭރުގެ ދަރަނި ހުރި މިންވަރުގެ މައްޗަށްވެސް އަލިއަޅުވާލާފައިވެއެވެ. އެގޮތުން ޖުމްލަ ބޭރުގެ ދަރަނި 2025 ވަނަ އަހަރު 557 މިލިއަން ޑޮލަރަށް އިތުރުވެ އެ އަދަދު އެއް ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. އޭގެތެރޭގައި އަނބުރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއްވެސް ހިމެނެ އެވެ.

ރާއްޖޭގެ އެތެރޭގެ ދަރަނި ބޮޑުވެފައިވާ ކަމަށް ފިޗުން ގާބޫލުކުރާ ސަބަބުތަކުގެ ތެރޭގައި، ސަރުކާރުގެ މަޝްރޫޢުތަކަށް ކުރާ ހޭދަ މަތިވުމާއި، ކާބޯތަކެއްޗާއި ތެލާއި އެހެނިހެން ތަކެތި އިމްޕޯޓްގެ މައްޗަށް ބަރޯސާވެފައި އޮތުމާއި އެކަމުގެ ސަބަބުން ޑޮލަރަށް ޑިމާންޑު ބޮޑުވުން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ފިޗްގެ ރިޕޯޓްގައި މިހާރުގެ މާލީ ހާލަތު ބަދަލުކުރުމަށް ރާއްޖެއަށް ކުރެވިދާނެ ކަންކަން ވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ދޭދޭ ގައުމުތަކާ އެކު ކަރަންސީ ސްވޮޕް އެރޭންޖްމަންޓްސް ހެދުމަކީވެސް ބޭރުގެ މާލީއެހީ ރާއްޖެއަށް ލިބުމަށް މަގުފަހިވާނެ ކަމެއްކަމަށް ބުންޏެވެ. މީގެއިތުރުން، އިގްތިސާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ފިސްކަލް ސްޓްރެޓަޖީއެއް އެކުލަވައިލާ ތަންފީޒުކުރުމުން، ބޭރުގެ މާލީ އެހީ ލިބުމުގެ ފުރުސަތު ބޮޑުކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ފިޗުގެ ރޭޓިންސް އާންމުކޮށް ނެރެނީ 12-18 މަސް ތެރޭގަ އެވެ. އެކަމަކު، އިގުތިސާދަށް ކުރިމަތިވާ ބޮޑެތި ހާލަތްތަކުގައި ގައުމުތަކުގެ އިގުތިސާދު ރިވިއުކޮށް، ރޭޓިން ބަދަލުކުރެ އެވެ.

ރޭޓިން އޭޖެންސީތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ޒަމާނުއްސުރެ ލަފާދެމުން އައިސްފައިވާ އިސްލާހީ ފިޔަވަޅުތައް އެޅުމަށް މި ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

މިގޮތުން، ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަކުރުމުގެ ގޮތުން، ތެލާއި ކާޑުގެ ސަބްސިޑީ އަދި އާސަންދައަށް ވަމުންދާ އިސްރާފު ކުޑަކުރަން ހަރުކަށި ފިޔަަވަޅުތަކެއް އެޅުމަށް ވަނީ ނިންމައިފަ އެވެ. ހަރަދު ކުޑަކުރުމާ އެކު، ދައުލަތުގެ އާމްދަނީ އިތުރުކޮށް ޑޮލަރުގެ ދަތިކަން ހައްލުކުރަން ވެސް ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.

އޭގެތެރޭގައި، އަންނަ އަހަރުގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް ނުވަތަ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ) އާއި ގްރީން ޓެކްސް ބޮޑު ކުރަން ވަނީ ނިންމައިފަ އެވެ. އަދި ޓެކްސް ނެގުމުގެ ބޭސް ފުޅާކުރުމާއި، ޑޮލަރުގެ އާމްދަނީ އިތުރުކުރަން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ކުންފުނިތަކުން ޓެކްސްތައް ޑޮލަރުން ދައްކަންޖެހޭ ގޮތަށް ގާނޫނުތައް އިސްލާހުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ލޯނުތަކުގެ ސަބަބުން، އަންނަ އަހަރު ޖުމްލަ 500 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން 2026 ވަނަ ދައްކަން ޖެހޭ ދަރަނީގެ ޖުމްލަ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ބުނެފައިވެ އެވެ.

އެއާ އެކު، ރާއްޖޭން އެންމެ ބޮޑު ދަރަންޏެއް ނަގާފައިވާ ޗައިނާ އާއި އިންޑިއާ އިން ލޯނު އަނބުރާ ދެއްކުން ފަސްކުރުމުގެ މަޝްވަރާތައް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. އެ ލޯނުތައް އަނބުރާ ދެއްކުން ފަސްކުރުމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.

މިދިޔަ ޖޫން މަހު ނެރުނު ފިޗް ރޭޓިންގައި ދައުލަތުގެ އޭރުގެ ދަރަނީގެ ހާލަރު ރަނގަޅުކޮށް އިސްލާހީ ފިޔަވަޅުތައް އަވަސް ކުރުމަށް ގޮވާލާފައި ވެ އެވެ.

21 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 61%
icon angry icon angry 17%
icon wow icon wow 11%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުނެއިދު

29 August 2024

އެވްރީތިންގް އިސް އަންޑަރ ކޮންޓްރޯލް. ރައީސް މުއިއްޒު ރައްޔިތުންނަށް ދަތިވާ ގޮތަކަށް ކަންކަން ނުކުރާނެ

The name is already taken The name is available. Register?

ނުފެނޭ

30 August 2024

އަންޑަރ ކޮންޓްރޯލްނަމަ ރޭޓިންގ ދަށެއްނުކުރާނެ. ކާކަށް އޮޅުވާލަން ތިއުޅެނީ

The name is already taken The name is available. Register?

ގިޔާސް

29 August 2024

އަވަސް ފިޔަވަޅު ނާޅާފިއްޔާ މި ގައުމު ވައްޓާފަ މި އޮތް އަނދަވަޅުން ސަލާމަތެއް ނުވާނެ. ދަރަނީގެ ވާހަކަ މީހުން ދައްކާ އިރު މަގޭ ހިތަށް އަރަނީ ކީއްވެގެންހޭ އިންސާނުން ކަންކަން ހަދާން ނެތެނީ އެހާ އަވަހަށް. އިބުރާހިމް ކޮވިޑްގެ ބޭނުން ހިފައިން ކުރި ކަންކަން އަހަރުން ހަދާނެއް ނުނެތޭނެ

The name is already taken The name is available. Register?

ފާރިޝް ޖަލީލް

29 August 2024

މި ސަރުކާރުން ހަރަދު ކުޑަ ކުރުމަށް މި އަޅާ ހަރުކަށި ފިޔަވަޅުތައް ވަރަށް ފުރިހަމަ.

The name is already taken The name is available. Register?

ވެއްޓުނީ

30 August 2024

ފުރިހަމަކަމުން ހަމަ އެ ރޭޓިން ދަށްވަނީ

The name is already taken The name is available. Register?

މުޑަހަންޖާ

29 August 2024

ކ.ހުޅުމާލެ ހަދާނިމޭއިރު ގައުމުގެ ފައިސާ ހުސްވެ ގައުމު ދަރަނިވެރިވެފައި މިވަނީ. ގައުމު ބަނގުރޫޓު ވުމުގެ އަސްލަކީ ގައުމުގަ ނެތްފެންވަރަށް ބިލިއަނުން ބޮޑެތި ދަރަނި ނަގައިގެން ކ.މާލެއާއި ކ.ހުޅުމާލެއަށް ހަރަދުކޮށްގެން ސިންގަޕޫރުހަދަން ދިމާކުރުން. ދެން އެކަމަކު ފައިސާ ހުސްވާވާހަކަ ދައްކާއިރަށް އުތުރު ރަށްރަށު ކަތީބުން ގިނައޭކިޔާފަ ވާހަކަ ދައްކާލަނީ.

The name is already taken The name is available. Register?

އެމެރިކާ

29 August 2024

އަހަރެމެން އެންމެ 35 ޓްރިލިއަން ދަނަނި އޮތީ! ފިޗުން ބުނީ އޭ ސްޓާއެކޯ ދޭނީ

The name is already taken The name is available. Register?

ތެފައާސާ.

29 August 2024

ފިޗާއި ބޮޓުން ގުޅިގެން ހިންގަންއުޅެފައިއޮތް ބޮޑު ބަގާވާތެއް. ލަސްނުކޮށް ފިޔަވަޅު އަޅުއްވާ. ރައްޔިތުން މިތިބީ ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި..

The name is already taken The name is available. Register?

ފެހި ސިގުނަލް

29 August 2024

މީ ވަރުގަދަ ފެހި ސިގްނަލެއްތާ...

The name is already taken The name is available. Register?

ހަވސވަޗ

29 August 2024

ޕޗ ތީ ސަކަރާތްބަޔެއް. އިޒުރޭލުގެ ރޭޓިން ދައްކުރަންޖެހޭ ވަރަށް ދައްކުރަން ނުކެރުން.. ނަމަކަށް ދައްކުރީ

The name is already taken The name is available. Register?

ސަމޫހް

29 August 2024

މިވަރުގެ ބަޔެއް މާ ރޭޓިންގް ވެފަ. އެމެރިކާ އާ އިޒްރޭލަށް ވާގިވެރިވާ އެއްވެސް ބަޔަކު ރަނގަޅެއް ނުވާނެ

The name is already taken The name is available. Register?

މިއައު

29 August 2024

އަދި ދެގުނަ ކޮށްލާ ސިޔާސީ މަގާމުތައް. ހުރިހާ ކަމެއް ހަމަ ޖެހޭނެ

The name is already taken The name is available. Register?

ސައިމާ

29 August 2024

ކޮބާ އެއްކަލަ ޕްރެސް ބްރީފިންގ އަށް މޮޅުކުދިން؟ އެކުދިންގެ ވެރިކަމުގައި މިވަރަށް ދަރުވައި ގައުމު ބަނގުރޫޓްކޮށްފައި، ދެން މީޑިއާތަކަށް އަރާ ކޮސްގޮވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454