މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލޯބިވެރިޔާ ރަހީނުކޮށް، ވަޅިން ބިރު ދެއްކި އަތުހަރު.
31 އޯގަސްޓް 2024 - 11:48
މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކޮށް، ވަޅިން ބިރުދައްކައި ފުލުހުންނަށް އިންޒާރު ދިން އާދަމް އަތުހަރު ހޮސްޕިޓަލުން ދޫކޮށްލުމާ އެކު މިއަދު ފުލުހުންގެ ހައްޔަރަށް ގެންގޮސްފި އެވެ.
އަތުހަރުގެ ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި، އެ އަންހެންމީހާ ރަހީނު ކުރުމުން އަންހެންމީހާ ސަލާމަތް ކުރަން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރޭގައި ލިބުނު އަނިޔާ އަށް ފަރުވާ ދިނުމަށް ފަހު އޭޑީކޭ ހޮސްޕިޓަލުން އަތުހަރު ދޫކޮށްލީ އިއްޔެގެ ވަގުތެއްގަ އެވެ. އެކަމަކު، އޭގެ ފަހުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އިތުރަށް ހާލު ގޯސްވެގެން އޭނާ ރޭ އައިޖީއެމްއެޗުގައި އެޑްމިޓްކުރި އެވެ.
ފުލުހުން ބުނީ، އޭޑީކޭ ހޮސްޕިޓަލުން ދޫކޮށްލި ފަހުން، އަތުހަރު ހޮޑުލާން ފެށުމުން ސިއްހީ ހާލަތު އިތުރަށް ބެލުމަށްޓަކައި އައިޖީއެމްއެޗުގެ އޮބްޒަވޭޝަން ރޫމުގައި ފަރުވާދީ، ދޫކޮށްލީ މިއަދު ހެނދުނު ކަމަށެވެ.
"މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި،" މީޑިއާތަކާ ފުލުހުން ހިއްސާކުރި މެސެޖެއްގައި ވެ އެވެ.
ށ. މިލަންދޫ، ހެޕީލޭންޑް އަހުތަރު ވަނީ އޭނާގެ ލޯބިވެރިޔާ ރަހީނުކޮށް އަނިޔާކޮށްފަ އެވެ. އޭނާ ސަލާމަތް ކުރަން ފުލުހުން އުޅުމުން އެ އަންހެން މީހާ މަރާލާނެ ކަމަށް ބުނެ، ކަރުގައި ވަޅި ޖައްސައި އަތުހަރު ފުލުހުންނަށް އިންޒާރު ދިނެވެ. އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ ގެއިން މަގުމައްޗަށް ނެރެ، އޭނާ ސައިކަލަށް އަރުވައިގެން ފިލަން ވެސް އަތުހަރު މަސައްކަތް ކުރި އެވެ.
އަތުހަރު ހުއްޓުވަން ޖެހުނީ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ.
އޭނާ ސައިކަލް މަޑުކޮށްލި ދަނޑިވަޅު ބަލައި ފުލުހަކު ވަނީ އަތުހަރުގެ ގައިގައި މުގުރަކުން ޖަހައި، އަންހެން މީހާ ސަލާމަތްކޮށްފަ އެވެ. އެ އަންހެން މީހާގެ ކަރުގައި ވަޅި އަޅަން އެ ވަގުތު އަތުހަރު މަސައްކަތް ކުރި ނަމަވެސް، އަންހެން މީހާއަށް ވަޅިން މާ ބޮޑު އަނިޔާއެއް ނުވެ އެވެ. ފުލުހުން މުގުރުން ތެޅުމުން އަހުތަރަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.
އަތުހަރާއި އޭނާގެ ލޯބިވެރިޔާއާ ދެމެދު މައްސަލަ ހޫނުވީ، އެ ދެ މީހުން ދިރިއުޅޭ ގޭގެ ކުއްޔާ ގުޅޭ ގޮތުން އުފެދުނު ޒުވާބެއްގެ ތެރޭގަ އެވެ. އަތުހަރު ވަޒީފާއެއް އަދާނުކުރާތީ، އެ ތަނުގެ ކުލި ދައްކަމުން ދިޔައީ ދާދި ފަހުން ފުލުހުންގެ ހިދުމަތާ ގުޅުނު އަންހެން މީހާއަށް ލިބޭ މުސާރައިންނެވެ. ހަމަނުޖެހުން ހިނގީ އަބަދު އެގޮތަށް ކުރިއަށް ދާން ބޭނުން ނުވާ ކަމަށް ބުނެ އަތުހަރަށް ފައިސާ ދޭން އަންހެން މީހާ ދެކޮޅު ހެދުމުންނެވެ.
އަތުހަރަކީ އަކީ މީގެ ކުރިން ކުށެއް ސާބިތުވެ ޖަލު ހުކުމެއްގައި ހުރި މީހެކެވެ. ނަމަވެސް، މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަތުހަރުގެ ހުކުމް ލުއިކޮށް އޭނާ ދޫކޮށްލާފައި ވަނީ ސެޕްޓެމްބަރު 2، 2022 ގަ އެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚާޓިބު
01 September 2024
ދެން ކޮންތާކަށް ދާން އޮތީ... ރިސޯޓް ޓްރިޕްއަކަށް... މި ހީވަނީ މީނާ ހޮސްޕިޓަލުން ނިކުތީ އޭލެވެލް ޓޮޕް ޓެންގަ ހިމެނެން ކިޔެވިކިޔެވީނުން ހެން.
އަސުރުމާ
31 August 2024
އަތުހަރުގެ މަންމަ ދުނިޔޭގަ ހުރި ނަމަ ހާދަ ހިތާމައެއް ކުރީހެވެ.
ޚަރާބުވެއްޖެ
31 August 2024
އެންމެންގެ ކުރިމަތީގަ ފާޅުގަ ކުރިކަމެއް. އެކަމަކު މަގޭ ހިތަށް އަރަނީ ތީނަގެ މައްޗަށް ތިމައްސަލަ ސާބިތުވާނެ ބާއޭ... ތީނަ ސަލާމަތް ކުރުމަށް ގާނޫނާ ގަވާއިދުތަކުގަ ހުންނަ އަކުރުތަކާ ފިލިތަކުގަ ހިފާ އަނބުރާ ދަމަން ދިފާއީ ވަކީލު މަސައްކަތް ކުރާނެ. ދިފާއީ ވަކީލު ބަލާނީ ފައިސާކޮޅަށް.
raajje
31 August 2024
ދިފާއީވަކީލުގެ ޒިންމާއަކީވެސް ސާލާމަތްކުރުން، ކުށެއްކުރިކަންއެނގުނަސް ދިފާއީވަކީލުކުރަންޖެހޭނެކަމަކީ އެކުށްނުކުރާކަމަށް ސާބިތުކުރުން، ދައުލަތުގެ ވަކީލުންކުރަންޖެހޭކަމަކީ ފުރިހަމަ ހެކިތަކާއެކު ކުށްސާބިތުކުރުވުން، މިކަމުގައި ބޮޑަށްމައްސަލަ މިއުޅެނީރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެކަމަށް އަޅުގަނޑުދެކެނީ! މިޗެލެންޖުމިގޮތަށްއުފެދުނީމާ އިންސާފަށްވާސިލުވެވޭނީ! ފެންނަމަންޒަރުތަކާ އިވޭއަޑުތަކާ ކަމުގެހަގީގަތުގާ ބައެއްފަހަރުވަރަށްބޮޑެތި ތަފާތުތައްހުރޭ
ތިމަރަ
31 August 2024
ތިފަދަ މީހުން މުޖްތަމަޢަށް ނުނެރެބަލަ ހެޔޮނުވާނެ. އަހަރެމެންގެ ޅަ ދައިރިން ހަލާކުވެގެން ހިނގައިދާނެ
ގެދާނޯމޮސް
31 August 2024
މުގުރުން ޖެހިމީހާ އަށް މަގާމު މަތިކޮށް ދޭންޖެހެއެވެ. މީހެއްގެ ފުރާނަ ސަލާމަތް ކުރުމުންނެވެ. ދެން ދޫކުރުމާއި މިނިވަން ވުމާއި ސާބިތު ގެ ވާހަކަ ނޫންއެއްޗެއް ނޫހުގެ ހެޑިންގައި ނޯންނާނެއެވެ!
ވެންގަބޯ
31 August 2024
މިހާރު މިއުޅޭ އަންހެން ކުދިން ވެސް ބޭނުންވަނީ ކުށުގެ ވެއްޓަށް އަރާގަންނަ ފިރިހެނުން މިގޮތަށް ބެލުމެއްނެތި ކުރެވޭ ކަމަކުން އުމުރައްވެސް މިޖެހެނީ އަނިޔާއާއި ރުއިމާއި ވޭން ތަހައްމަލް ކުރަމުންދާ:! ވީމާ ކަމެއް ކުރާއިރުވެސް އެއީކާކުތޯ ބަލާ ވަޒީފާ އަދާކުރޭ ތޯ ޒަވާޖީޙަޔާތެއް ފަށާގެން އުޅެވޭ ފެންވަރު ހުރިއްޔާ އަނބިމީހާ ގޮވަގެން އޭރުން އުފަލުގައި އުޅެވޭނ.ﷲ އަންގަވަނީ އަހުލާގު ރަނގަޅު ހެޔޮލަފާ ފިރިހެނެއް އިހުތިޔާރު ކުރާށޭ ތިޔަބައިމީހުން ހެޔޮވިސްނުން ދެއްވާންދޭ
ޝައްކު
31 August 2024
ހީވަނީ މިއީ ފުލުހުން ކުޅުނު ބޮޑު ޑްރާމާއެއް ހެން ވީޑިއޯ އިން ފެނޭ އާންމުންގެ މީހަކު އަތުހަރު އާ ދިމާޔަށް ދިޔައިމަ ފުލުސް މީހާ އޭނަ ހުއްޓުވި ތަން. އަދި އަތުހަރުގެ ލޯބިވެރިޔާއަކީ ވެސް ފުލުހެއް މި ހުރިހާ ކަމެއް ހިނގި އިރު އޭނަ އިނީ ސްކްރިޕްޓާ އެއް ގޮތަށް މޫނުވެސް ނިވާވެސްކޮށްގެން އޭނަގެ އެއްވެސް މައުލޫމާތެއް އާންމުވެސް ނުކުރޭ. އޭގެ އިތުރަށް ކުށްވެރިޔާ އަކީ ކުރީ ސަރުކާރުން ދޫ ކުރި މީހެއް.
ކޮބާ މައުލޫމާތު?
31 August 2024
ތި ބުނީ ރަނގަޅު ވާހަކައެއް, ބޮޑު ޑްރާމާގަނޑެއް ނޫންނަމަ މިހާރުވާންޖެހޭނެދޯ މި ހާދިސާއާއި ގުޅުންހުރި އިތުރު މައުލޫމާތުތައްދޭން! ކުރިން މަކިޔި އާޓިކަލްގައި އިނީ ލިޔެފަ އަހުތަރު އަދި މި އަންހެންކުއްޖާގެ އިތުރުންވެސް އަދި އިތުރު މީހެއް އެގޭގައި އުޅޭކަމަށް. މިމައްސަލަ ފުރިހަމައަށް ބަލާ ތަހުގީގުކޮށް, ހުރިހާ މައުލޫމާތެއް ވީހާވެސް އަވަހަކަށް ހާމަކުރަންޖެހޭ!
ޢަލްޓިކޯ
31 August 2024
މިހާރުސަރުކާރަށް އިގޭނެ ތިސޮރަކީ ކާކު ކަން ވީމާ ހުކުމެއް ކޮށް ފިއްޔާ އެދަމަހައްޓަބަލަ.މުޖުތަމައަށް ދޫކޮށްލުން އެއީ ގޯހެކެ
ސަލީމު އިދުރީސް
31 August 2024
ބަޔަކު ފުލުހުން މާޅައް އެކަންތައް ކުރީއޭބުންޏަސް ފުލުން މާޖަޒުބާތީވީމަ ފުލުހުންނައް އާންމުން ކުރާގަދަރު ކުޑަވަނީ! ހިފައައްޓާންމީހަ ފުލުހުން ނައްހަމަލާއެއް ނުދެވޭހާލަތައް ދިއައީމަ އެމިހަގައިގަ އިތުރައް ތެޅުމަކީ އިންޑިއާގެ ދަންޑޭމާރޭ ސުޓައިލު ކަމުގަ ދަންނަވަން! އެކަމަކުވެސް ފުލުހުންގެ ފެންވަރުން ރަހީނު ކުރި މީހަޔައް ގެއްލުމެއް ނުލިބޭންނީސް ސަލާމަތް ކުރީމަ ފުލުހުންނައް ސުކުރުދަންނަވަން